Sunday, October 29, 2023

ހުވަދޫ ކެޔޮޅުގެ އާއިލާ

 



ޢަބްދުﷲ ސަޢީދު
 
ހުވަދޫ ކެޔޮޅުގެ އާއިލާއަކީ ހުވަދުއަތޮޅުން މަނަދޫއަށް ހިޖުރަކުރި މީހެއްގެ އާއިލާއެވެ. ހުވަދޫ މީހަކަށްވެފައި އެއީ ކެޔޮޅަކަށް ވާތީ އޭނާއަށް މަނަދޫ މީހުން "ހުވަދޫ ކެޔޮޅު" ކިޔަނީ ކަމަށް ގަބޫލުކުރެވެއެވެ. ހުވަދޫ ކެޔޮޅުގެ މައިންބައިންނާއި އޭނާގެ އުފަން ރަށަކާބެހޭ އިތުރު މަޢުލޫމާތެއް ނެތެވެ. އަދި ހުވަދޫ ކެޔޮޅު މަނަދޫ ކައިވެނިކުރި މީހެއްގެ ނަމެއް ވެސް ނޭނގެއެވެ. 
 
ހުވަދޫ ކެޔޮޅުގެ ދަރިންނަކީ ދޮންބެއާއި، އާބަރުކުރުބެއާއި ކެޔޮޅު ހުސޭނާއި ހާރޫނު ހާޖީ ކަލޭފާނު (ހާޖީބެ) އެވެ. އެކަމަކު މި ދަރިން ލިބުނީ އެއްބަނޑަށްކަމެއް ސާފެއް ނޫނެވެ. މިހާރު މަނަދޫގައި ތިބި އެންމެ ދުވަސްވީ މީހުން ދުއްތަނާއި އަހާފައިވާ ވާހަކަތަކަށް ބަލާއިރު ދޮންބެއަކީ ދޮންބޭ މޫސަބޭގެ ބައްޕައެވެ. އާބަކުރުބެއަކީ އާބަކުރު ކާސިންބެއާއި އާބަކުރު ދަލޭކަދައިތައާއި އާބަކުރު ދޮންއައިސަދައިތަގެ ބައްޕައެވެ. ހާރޫނު ހާޖީ ކަލޭފާނު (ހާޖިބެ) އަކީ ކާސިންބެ (ކާސިން ހާޖީ) އާއި ހާޖީގެ އިބުރަބޭގެ ބައްޕައެވެ. ކެޔޮޅު ހުސޭނަކީ ކެޔޮޅު އިބުރަބެއާއި ކެޔޮޅު އައިމިންދައިތައާއި ކެޔޮޅު އިސްމާޢީލްބޭގެ ބައްޕައެވެ.
ހުވަދޫ ކެޔޮޅުގެ ދަރިން
1. ދޮންބެ
2. އަބޫބަކުރު (އާބަކުރު)
3. ހާރޫނު ހާޖީ ކަލޭފާނު (ހާޖީބެ)
4. ކެޔޮޅު ހުސޭނުބޭ
ތިރީގައި މިވަނީ ހުވަދޫ ކެޔޮޅުގެ ހަތަރު ދަރިންގެ ދަރިފަސްކޮޅެވެ. ހުވަދޫ ކެޔޮޅުގެ ދަރިންނަށް ލިބުނު ދަރިންގެ ތެރެއިން ދަރިފަސްކޮޅުގައި ހިމެނިފައި މިވަނީ ދަރިކޮޅު ދެމިގެން އައި ގޮތަށް ބަލައި ނަން ހޯދިފައިވާ ދަރިންނެވެ.
--------------------------------------------------
އާބަކުރުބޭގެ އާއިލާ
އާބަކުރުބޭ ކައިވެނިކުރި މީހުންގެ ނަމެއް ނޭނގެއެވެ.
އާބަކުރުބޭގެ ތިން ދަރިން ތިއްބެވެ. އެއީ ޒުލޭޚާ އަބޫބަކުރު (އާބަކުރުބޭގެ ދަލޭކަ ދައިތަ) އާއި ޢައިޝަތު އަބޫބަކުރު (އާބަކުރުބޭގެ ދޮން އައިސަ ދައިތަ) އާއި އާބަކުރުބޭގެ ކާސިމެވެ. އާބަކުރުބޭގެ ދަރިކޮޅު އޮތީ އާބަކުރުގެ ދޮން އައިސަ ދައިތަގެ ފަރާތުންނާއި އާބަކުރުގެ ކާސިމުގެ ފަރާތުންނެވެ.
އަބޫބަކުރު (އާބަކުރު) + (ނަމެއް ނޭނގެ)
1. . ޤާސިމް އަބޫބަކުރު (އާބަކުރު ކާސިމްބެ)
2. ޒުލޭޚާ އަބޫބަކުރު (އާބަކުރުބޭގެ ދަލޭކަ ދައިތަ)
3. ޢައިޝަތު އަބޫބަކުރު (އާބަކުރުބޭގެ ދޮން އައިސަ)
------------
ޤާސިމް އަބޫބަކުރު (އާބަކުރު ކާސިމްބެ) + (ނަމެއް ނޭނގެ)
1. އިބްރާހީމް ޤާސިމް (އިބްރާހީމްކޮއި)
ޤާސިމް އަބޫބަކުރު (އާބަކުރު ކާސިމްބެ) + ދޮންއައިސަ ސިއްތި
2. ކުޑަކޮއި ދައިތަ / ޗަނބޭލީގެ
3. މުޙައްމަދު ޤާސިމް / މޫމިނާ މަންޒިލް
4. މަރިޔަމް ޤާސިމް (ދޮންމަރީ ދައިތަ) ދަނބުގެ
--------------------------------------------------
ކުޑަކޮއިދައިތަ + ޙުސައިން މަނިކުބޭ
1. އަބޫބަކުރު ޙުސައިން
2. ޢަބްދުﷲ ޙުސައިން
3. މޫސާ ޙުސައިން
4. އައިމިނަތު ޙުސައިން
މުޙައްމަދު ޤާސިމް + ހަބީބާ ޢަބްދުއްރަޙްމާން
1. ޒާހިރާ މުޙައްމަދު
2. މޫމިނާ މުޙައްމަދު
3. ޢަބްދުﷲ ޖަމީލް
4. އިބްރާހީމް މުޙައްމަދު
5. މީނާޒް މުޙައްމަދު
6. ނަތީލާ މުޙައްމަދު
މަރިޔަމް ޤާސިމް (ދޮންމަރީ ދައިތަ) + މުޙައްމަދު މަނިކުބޭ
1. ޖަމީލާ މުޙައްމަދު / ފްލާވަރ
2. އައިޝަތު މުޙައްމަދު
3. ޙައްވާ މުޙައްމަދު
4. އިބްރާހީމް ރަޝީދު
5. ޙަސަން ރަޝީދު
---------------------------------------------
ޢައިސަތު އަބޫބަކުރު (އާބަކުރުބޭގެ ދޮން އައިސަ) + (ނަމެއް ނޭނގެ)
1. ޙަލީމަދައިތަ (ފޮއްދޫބެ އަންހެނުން)
********************************
ހާރޫނު ހާޖީ ކަލޭފާނު + ޢާއިޝަތު ޤާސިމް (ކަމަނަ ދައިތަ)
1. ގާސިމް ހާރޫން (ކާސިންހާޖީ / ކާސިންބެ) / ފިނިވާގެ
2. އިބްރާހީމް ހާރޫން (ހާޖީގެ އިބުރަބޭ) ދިލްބަހާރުގެ
******************************
ދޮންބެގެ އާއިލާ
ދޮންބެއަކީ ދޮންބޭ މޫސަބޭގެ ބައްޕައެވެ. ދޮންބެ ކައިވެނިކުރި މީހުންނާ ބެހޭ މަޢުލޫމާތެއް ނޭނގެއެވެ. އެކަމަކު ދޮންބެއަށް ހަތަރު ދަރިން ލިބުނުކަން އެނގެއެވެ. އެއީ ދޮންބޭ މޫސަބޭއާއި ދޮންބޭ ޢީސަބެއާއި ދޮންބޭ މުޙައްމަދާއި ދޮންބޭ ޙަސަނެވެ. މި ދަރިންގެ ތެރެއިން ދޮންބޭ މޫސަބޭ ފިޔަވާ އެހެން މީހުންނަށް ލިބުނު ދަރިން ނިޔާވީއެވެ. އެހެންކަމުން ދޮންބެގެ ދަރިކޮޅު ވެފައި މިވަނީ ދޮންބޭ މޫސަބޭގެ ދަރިކޮޅަށެވެ.
ދޮންބެ + (ނަމެއް ނޭނގެ)
1. މޫސަ (ދޮންބޭ މޫސަބޭ)
2. ޢީސަ (ދޮންބޭ ޢީސަބޭ)
3. މުޙައްމަދު (ދޮންބޭ މުޙައްމަދުބެ)
4. ޙަސަން (ދޮންބޭ ޙަސަންބެ)
--------------------------------------------------
ދޮންބޭ މޫސަބޭ + (ނަމެއް ނޭނގެ)
1. އާދަމް މޫސާ (އާދަންކޮބޭ) / އަހިގަސްދޮށުގެ
3. ޙައްވާ މޫސާ / ހުވަދުމާގެ
5. ޒުލޭޚާ މޫސާ (ދަލޭކަދައިތަ) / ބާމިޔާގެ
5. ޔޫސުފް މޫސާ (ހާޖީ ބޮޑުބެ)
-------------------------------------------------
އާދަމް މޫސާ (އާދަންކޮބޭ) + ސަންފަ ދައިތަ (ކަޅުބެ ސަންފަދައިތަ)
1. ޒައިނުއްދީން އާދަމް / އަހިގަސްދޮށުގެ
2. ޢުމަރު އާދަމް
3. ޒުލޭޚާ އާދަމް (ކަނބުލޮ)
-----------------------------------------------
ޙައްވާ މޫސާ + މޫސަބޭ (ޙައްވަ މޫސަބޭ)
1. އަޙްމަދު މޫސާ
2. ޢަބްދުއްރަޙްމާން މޫސާ (ދޮންސޮރުބެ)
3. ފާތުމަތު މޫސާ (ދޮންފާތުމަ)
4. ޙަސަން މޫސާ
5. ޢަބްދުﷲ މޫސާ
6. އިލްޔާސް މޫސާ
7. ޒުލޭޚާ މޫސާ
8. ޚަދީޖާ މޫސާ
-----------------------------------------------
ޒުލޭޚާ މޫސާ (ދަލޭކަ ދައިތަ) + މުޙައްމަދު ޢަބްދުﷲ (އަބުދުއްލޯހިބޭގެ މުޙައްމަދުބެ)
1. ލަތީފާ މުޙައްމަދު / ފަރިމާގެ
2. ޢައިޝަތު މުޙައްމަދު (ދޮންއައިސަ ދައްތަ)
3. ޢަބްދުﷲ މުޙައްމަދު (އާޓޭ ބޮޑުބެ)
4. އަބޫބަކުރު މުޙައްމަދު
----------
ޔޫސުފް މޫސާ (ހާޖީ ބޮޑުބެ) + ފާތުމަތު އަބޫބަކުރު (އެދުރުބޭގެ ފާތުމަދައިތަ)
1. މުޙައްމަދު ރިޟްވާން
ޔޫސުފް މޫސާ (ހާޖީ ބޮޑުބެ) + ސަންފާ މުޙައްމަދު
2. ޢަބްދުﷲ ޒުބައިރު
3. މަރިޔަމް ޝަޒުނާ
4. އަޙްމަދު އިޤްބާލް
5. އިބްރާހީމް ރަޝީދު
6. އައިމިނަތު ޒުހުރާ
7. ޢަލީ ޒާފިރު
8. ނަފީސާ ޔޫސުފް
ނޯޓު: ޔޫސުފް މޫސާ (ހާޖީ ބޮޑުބެ) ސަންފަދައްތަ އާއި ފާތުމަދައްތަގެ އިތުރުން އިތުރު މީހުންނާ ކައިވެނި ކުރިއެވެ. އޭގެތެރެއިން ރ. މާކުރަތުން އިން މީހާއަށް ދަރިން ވެސް ލިބުނެވެ. އެކަމަކު އެ ކުދިން ޅަފަތުގައި ނިޔާވީއެވެ. އެ އަންހެން މީހާއަށް ކިޔާއަޑު އިވެނީ "ޖާރިޔާ ދައިތަ" އެވެ. ފުރިހަމަ ނަމެއް ނޭނގެއެވެ. ޔޫސުފް މޫސާ ތ. ތިމަރަފުށީ ސިއްތިއަކާ ވެސް ކައިވެނިކުރިކަން އެނގެއެވެ. އެ ބަނޑަށް ކުއްޖަކު ނުލިބެއެވެ.
**********************************
ކެޔޮޅު ހުސޭނުގެ އާއިލާ
ކެޔޮޅު ހުސޭނުގޭގެ އަސްލު ނަމަކީ ޙުސައިން އެވެ. އޭނާއަށް ލިބުނު ކުދިންގެ ތެރެއިން ދުނިޔޭގައި ތިބެ ދަރިފަސްކޮޅު ދެމިފައި ވަނީ ތިން ދަރިއެއްގެ ފަރާތުންނެވެ. އެއީ
1. އިބްރާހީމް ޙުސައިން (ކެޔޮޅު އިބުރަބޭ)
2. އައިމިނަތު ޙުސައިން (ކެޔޮޅު އައިމިންދައިތަ)
3. އިސްމާޢީލް ޙުސައިން (ކެޔޮޅު އިސްމާޢީލްބެ) އެވެ.
އިބްރާހީމް ޙުސައިން (ކެޔޮޅު އިބްރަބޭ) + ފާތުމަތު ޙުސައިން (މުލަކު ފާތުމަދައިތަ)
1. މުޙައްމަދު ޢާރިފް / ނޫރީގެ
އިބްރާހީމް ޙުސައިން (ކެޔޮޅު އިބްރަބޭ) + މަރިޔަމް ޒުހައިރާ (ސަމަން/ގދ. ފަރެސްމާތޮޑާ)
2. ސާމިއު އިބްރާހިމް
------------------------------------------------
އައިމިނަތު ޙުސައިން (ކެޔޮޅު އައިމިންދައިތަ) + ޔޫސުފް ޙުސައިން (ކެލާ ޔޫސުންބެ)
1. ޚަދީޖާ ޔޫސުފް (ހަދީ ދައިތަ) / ޕެރިސްގެ
2.ޒުލޭޚާ ޔޫސުފް / ޕެރިސްގެ
3. މުޙައްމަދު ޔޫސުފް
-------------------------------------------------
އިސްމާޢީލް ޙުސައިން + އައިސާ މަނިކެދައިތަ / ބަހާރުގެ
1. ޖަމީލާ އިސްމާޢީލް / ޗާނދަނިވިލާ
2. އާބިދާ އިސްމާޢީލް
3. ޢުމަރު އިސްމާޢީލް
4. މުޙައްމަދު އިސްމާޢީލް

No comments: