Friday, November 17, 2023

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފުގެ އަސްކަރީ ޚިދުމަތަށް އަވަސް ނަޒަރެއް

 



ޢަބްދުﷲ ސަޢީދު 
 
 
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވީ 17 ނޮވެންބަރު 2023 ގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވިއިރު 11 ޑިސެންބަރު 2018 އިން ފެށިގެން މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.
 

Monday, November 13, 2023

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު (ނޮވެންބަރު 1986




10 ނޮވެންބަރު 1986، ރިފަރެންސް: SA/RMAG/1986/24

بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العالمـين. والصّـلاة والسّـلام على أشرف المرسلين. سيّدنا محـمّد، وَعلـى آلـه وصحبـه أجمـعـين.

އާދެ، މަނަދުއަށް ޒިޔާރަތްކޮށް މަނަދޫގެ އަހުލުވެރިންނާ ބައްދަލުކޮށްލުމަށް މި ލިބޭ ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެ ކުރިން ދެ ފަހަރަކު މި ރަށަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ފުރަތަމަ ފަހަރު އައީ 1979 ވަނަ އަހަރު މާރިޗު މަހުގެ އެއްވަނަ ދުވަހު. އެދުވަހު އަޅުގަނޑު މިރަށަށް އައިސް، އޭރުގެގޮތުން ނ. އަތޮޅުގެ އަތޮޅު މަދަރުސާ، އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި މި ރަށުގައި ހުޅުވައިދިނިން. އޭގެފަހުގައި 1981 ވަނަ އަހަރު އަޅުގަނޑު މި އަތޮޅަށް ކުރި ދަތުރުގައި، އެ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އަޅުގަނޑު މި ރަށަށް އައިން.

މަނަދޫ ސީނުގޭ ދަރިކޮޅު

 



ޢަބްދުﷲ ސަޢީދު
 
މަނަދޫ ސީނުގޭ ދަރިކޮޅުން އެންމެ ދުރުން ފެންނަނީ ސީނު ކަޅުފުތުބެއެވެ. ކަޅުފުތު ގޭގެ ތިބީ ދެބޭންނެވެ. އެއީ ސީނު ހުސޭނާއި، ސީނު އާދަންކޮޔެއެވެ. މި މީހުންގެ ޢާއިލީ މުސްކުޅި ގެއަކީ ސީނުގެއެވެ. އެގެ ހުރީ މަނަދޫގެ އެންމެ އުތުރު ފަރާތުގައި ހުރި ގޯތިތަކުގެ ތެރޭގައި ދަންޑަހެލު ކެޔޮޅުގެ ގޯއްޗާއި ސިއްތި ހުސެންބެ ގޯއްޗާ ދެމެދުގައެވެ. ދަންޑަހެލު ގޯއްޗަކީ ފަހުން އުރާމާގެއެވެ. ސީނު ޢާއިލާގެ މުސްކުޅި ގެއަކީ ފަހުން ނޫރަންމާގެއެވެ. މި ގޯތީގައި ސީނުގެ ޢާއިލާގެ އެތައް ބަޔަކު ދިރިއުޅުނެވެ. އެންމެ ފަހުން އެ ގޯތި އޮތީ ސީނު ސަންފަދައިތަގެ ދޮން ޙުސޭނުގެ މުޙައްމަދަށެވެ. 
 

Saturday, November 4, 2023

ތާބޫތު ކޮން އެއްޗެއް؟

 


ޢަބްދުﷲ ސަޢީދު 


ތާބޫތު (Ark of Covenant) އަކީ ބަނީ ފޮށްޓެވެ. އެ ފޮށީގައި ހުރީ ސަލާމްލެއްވި މޫސާގެފާނުގެ އާލުވެރިންނާއި، ސަލާމްލެއްވި ހާރޫނުގެފާނުގެ އާލުވެރިން ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗެވެ. ތާބޫތުގައިވާ ތަކެއްޗާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރެއެވެ. އެންމެ އިތުބާރު ހުރި ގޮތަކީ ތާބޫތުގައި ވަނީ މޫސާގެފާނުގެ އަސާކޮޅާއި، މޫސާގެފާނާއި ހާރޫނުގެފާނުގެ ހެދުންކޮޅަކާއި، ތައުރާތު ލިޔެފައިވާ ބައެއް ފިލާތައްކަމަށް ބުނެވޭ ބުނެވުމެވެ. މޫސާގެފާނަށްފަހު ބަނީ އިސްރާއީލުންގެ ތެރެއަށް ފޮނުއްވި ނަބީ ބޭކަލުން ދުޝްމަނުންނާ ހަނގުރާމަތައް ކުރެއްވިއިރު ހަނގުރާމައިގެ މައިދާނަށް ތާބޫތު ގެންދެވިއެވެ.