Friday, January 20, 2023

ސިފައިންގެ އަސާސީ ތަމްރީނު އުމުރުން 50 އަހަރުގައި


 

 

 

ޢަބްދުﷲ ސަޢީދު

 

އެމެރިކާގެ އަސްކަރިއްޔާގައި ސިފައިންގެ އަސާސީ ކޮމްބެޓް ޓްރޭނިންގ (ރެކްރޫޓް ޓްރޭނިންގ) 50 އަހަރުގެ މީހަކު ފުރިހަމަކޮށްފާނެ ކަމަށް ގަބޫލުކުރެވޭހެއްޔެވެ؟ ދިވެހި އަސްކަރިއްޔާގައި އަސާސީ ތަމްރީނު ހެދޭނެ އެންމެ ދޮށީ އުމުރަކަށް ވެސް ވާނީ 25 އަހަރަށްވުރެ ހަގު އުމުރެކެވެ. އެއީ ސިފައިންގެއަށް މީހުން ވައްދާ އުމުރަކީ 18 އަހަރާއި 25 އަހަރާ ދެމެދުކަމަށްވާތީއެވެ.

ލޮލުރޯގާ

 

 

 

 


ޢަބްދުﷲ ސަޢީދު 

 

ލޮލުރޯގާ (Conjunctivitis) އަށް އިނގިރޭސިބަހުން އާންމު ނަމެއްގެ ގޮތުގައި "ޕިންކް އައި" ވެސް ކިޔައެވެ. ލޮލުރޯގާ ކިޔަނީ  ވައިރަސްއަކުން ނުވަތަ ބެކްޓީރިޔާއެއްގެ ސަބަބުން ނުވަތަ އެލާޖީއެއްގެ ސަބަބުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވުމަށެވެ. އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް ނުވަތަ ބެކްޓީރިޔާ ނުވަތަ އެލާޖީގެ ސަބަބުންނެވެ. އާންމު ރޯގާއެއްގެ ގޮތުގައި ފެތުރެނީ ވައިރަސް ނުވަތަ ބެކްޓީރިޔާއިން ޖެހޭ ލޮލުރޯގާއެވެ. އެހެން ލޮލުރޯގާތައް ގައިންގަޔަކަށް ނާރައެވެ.  

އޮނަރ ކޯޑް

 


 ޢަބްދުﷲ ސަޢީދު

 

"އަހަރެމެން ދޮގެއް ނުހަދާނަން، ވައްކަމެއް ނުކުރާނަން، މަކަރާއި ހީލަތެއް ނުހަދާނަން، އަދި މިފަދަ ޢަމަލުތަކަށް އަހަރަމެންގެތެރޭގައި ފުރުސަތެއް ވެސް ނުދޭނަން"  މިއީ ދިވެހި އަސްކަރިއްޔާގެ އޮނަރ ކޯޑް ނުވަތަ ޝަރަފުވެރި މިންގަނޑެވެ. އަސާސީ ތަމްރީނުތަކުގައި ދަރިވަރުންގެ ކިބައިގައި ސިފަވަންތަ އަސްކަރީ އަޚުލާޤުގެ ސިފަ ޖެއްސުމުގެ ބިންގާ އަޅައިދެނީ މި އޮނަރ ކޯޑުންނެވެ. އޮނަރ ކޯޑަކީ އާންމު ފަރުދަކު ސިފައިންގެ  މީހަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި  ދަރިވަރުގެ ކިބައިން އުންމީދުކުރާ  ސުލޫކީ އެންމެ ކުޑަ މިންވަރެވެ. ދިވެހި އަސްކަރިއްޔާގެ އަސާސީ ތަމްރީނުގައި ބޭނުންކުރާ އޮނަރ ކޯޑާއި ބޭރުގެ ބައެއް އަސްކަރީ އެކަޑަމީ ތަކުގައި ބޭނުންކުރާ އޮނަރ ކޯޑާ އެއްވެސް ތަފާތެއް ނެތެވެ.