Wednesday, April 29, 2020

ރޯދައަށް އޭރު ތައްޔާރުވާގޮތް

 


ޢަބްދުﷲ ސަޢީދު

 

އެއްފުރާގެ ކުދިންނާއެކު މޫދަށް އެރި ކުޅެ މަޖާކޮށް އުޅުނު ދުވަހެކެވެ. ފަޅުމަތީގައި އަޅާފައި ހުންނަ ދޯނިތައް ދަށުން ދަނީއެވެ. ދޯނިތަކުގަޔާއި ފައްތިޔާތަކުގައި އެލި ހެދުމަކީ އޮޑިވެރިން ވަރަށް ރުޅިއަންނަ ކަމެކެވެ. ބައެއް ފަހަރަށް ބައެއް މީހުން އަތިރިއަށް ފައިބާ ހަޅޭއްލަވާ ދޯނިތަކުގައި އެލުން މަނާކޮށްހަދައެވެ. އެ ވަގުތުކޮޅު ދޯނިތަކާ ތަންކޮޅެއް ދުރަށް ޖެހިލެވެއެވެ. އިރުކޮޅަކުން އޮންނަނީ ކުޅިވަރު އަނެއްކާ ވެސް ފެށިފައެވެ.

Sunday, April 26, 2020

ކޯވިޑް 19: ސިފައިން ކޯވިޑަށް ފައްސިވުން

 


ޢަބްދުﷲ ސަޢީދު

މިއަދުގެ މިހާތަނަށް ކޯވިޑު-19 އަށް ދިވެހި ސިފައިންގެ ފަސް މީހަކު ފައްސިވެއްޖެއެވެ. އެކަން މީޑިއާގައި ދިވެހި އަސްކަރިއްޔާއިން ހާމަކުރައްވައިފިއެވެ. އެ ހިތާމަވެރި ޚަބަރާއެކު ދިވެހި އަސްކަރިއްޔާއިން އުންމީދީ ވާހަކަފުޅެއް ވިދާޅުވިއެވެ. ދިވެހި ސިފައިންގެ ފަރާތުން ވާހަކަ ދެއްކެވި ކާނަލް ޙުސައިން ޢަލީ ވިދާޅުވީ މި އޮޕަރޭޝަނާ ސިފައިން ކުރިމަތިލީ މި ބައްޔަށް ސިފައިން ވެސް ހުށަހެޅޭނެކަން އެނގިތިބެއެވެ. ސިފައިންގެ އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން މަސައްކަތް ކުރުމުގެ އަޒުމާއި އުންމީދުގައެވެ. މި ބައްޔާގުޅިގެން ސިފައިންގެ އެއްބަޔަކު އައިސޮލޭޓް ކުރެވިފައިވާއިރު އަނެއް ބަޔަކު ވަނީ ކަރަންޓީނު ކުރެވިފައެވެ. ކަރަންޓީނުކޮށް، އައިސޮލޭޓް ކުރެވުނު އެތައް ބަޔަކު މިހާރު އެނބުރި އައިސް ޚިދުމަތަށް ނުކުމެއްޖެއެވެ. އެހެންވީމާ މިއީ ވަށާޖެހޭނެ ޕްރޮސެސް އެކެވެ. ސިފައިން ޢަޒުމާ ހިތްވަރަށް ﷲގެ ވާގިފުޅާއެކު ބަދަލެއް ނާންނާނެއެވެ. ސިފައިން ތިބޭނީ ސާބިތުކަމުގައެވެ.

Friday, April 24, 2020

ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

 


ޢަބްދުﷲ ސަޢީދު

 

ސްކޫލަށް "އިސްކޫލު" ކިޔަނީ އިނގިރޭސި ބަސް ނުދަންނަ، ޒަމާނަށް ލޯނުހުޅުވޭ ދުވަސްވީ މީހުންނެވެ. އެ މީހުންނަށް ސްކޫލު ކިޔަން ނޭނގެނީއެވެ. ދިވެހި ބަހަކީ އެއްވެސް ފެންވަރެއްނެތް ފަގީރު ބަހެކެވެ. ރަނގަޅު އެއްވެސް ހަމައެއް ގަވާއިދެއް ދިވެހި ބަހުގައި ނެތެވެ. ދިވެހި ބަސް ކިޔެވުމުގެ އެއްވެސް ފައިދާއެއް ބޭނުމެއް ވެސް ނެތެވެ. ދިވެހި ބަހުގެ ބަހުރުވަތަކަކީ ބޮޑު ބޮލުގެ ރިހުމެކެވެ. ކޮންހާ ގިނަ ބަހުރުވަ ތަކެއް ހެއްޔެވެ. ކިޔާ ނުކިޔާއެއް ނޭނގެއެވެ. ދިވެހި ލަވައެއް ކަމަކު ނުދެއެވެ. ދިވެހި ލަވަ ކިޔަނީ އިނގިރޭސި ލަވަ ކިޔަން ނޭނގޭ މީހުންނެވެ. ޅެމާއި ރައިވަރާއެއީ މާ ކުރީ ޒަމާނެއްގެ ބޯދާ އެއްޗެއްސެވެ. މިހާރު ކީއްކުރާނެ އެއްޗެއްސެއް ހެއްޔެވެ.

Tuesday, April 21, 2020

ޤައުމީ ޚިދުމަތުގައި ސިފައިން

 


ޢަބްދުﷲ ސަޢީދު

 

ޤައުުމީ ޚިދުމަތާނުލައި ޤައުމެއް ނޯންނާނެއެވެ. ޤައުމަށް ޚިދުމަތްކުރާނެ ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ނެތް ޤައުމެއްގެ ޤައުމީ ދިދައަކަށް މިނިވަންކަމާއެކު ވިހުރިލާކަށް ފުރުސަތެއް ނުލިބޭނެއެވެ. ޤައުމީ ޚިދުމަތަކީ ހަމައެކަނި ސަލާމަތީ ބާރުތަކުން ޤައުމަށްކުރާ ޚިދުމަތެއް ނޫނެވެ. ހަމައެކަނި ދައުލަތާއި ސަރުކާރުގެ މުވައްޒަފުންކުރާ މަސައްކަތްތަކެއް ވެސް ނޫނެވެ. ޤައުމުގެ ކޮންމެ ދަރިއަކު ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީވެސް ޤައުމީ ޚިދުމަތެކެވެ. ކޮންމެ ގިންތިއެއްގެ ކޮންމެ ފަންތިއެއްގެ މީހަކު ޤައުމަށް ޚިދުމަތް ކުރިއަސް އެއީ ޤައުމީ ޚިދުމަތެވެ. އެހެންނަމަވެސް ސިފައިންގެ ޤައުމީ ޚިދުމަތާއި އެހެނިހެން ފަރާތްތަކުން ކުރާ ޤައުމީ ޚިދުމަތާ ތަފާތުތަކެއް ހުރެއެވެ.

Tuesday, April 14, 2020

ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކައަކީ ތާރީޚުގައިވާ ބޮޑު އޮޅުންގަނޑެއް؟




ތަޢާރަފު

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި އަކީ އައްސުލްޠާނު ޢުމަރު ވީރު ރަސްގެފާނުގެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ނިސްބަތްވަނީ ދިވެހިރާއްޖޭގެ ރަސްކަމަށް އައި ބޭރުގެ ފުރަތަމަ ދަރިކޮޅު ކަމަށްވާ އުމަރުވީރު ދަރިކޮޅަށެވެ. ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީން ޞާލިޙަކީ ބަންގާޅުގެ ވިޔަފާރިވެރިއެކެވެ.

ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބުލްފަތުޙި ޖަލާލުއްދީން ޢުމަރުވީރު (1306މ. – 1335މ.) ގެ ރަސްކަމަށްފަހު، އޭނާގެ ދަރިކަލުން އައްސުލްޠާން އަޙްމަދު ޝިހާބުއްދީން (1335މ. – 1341މ.) ގެ ރަސްކަމަށް ފަހުގައެވެ. ޝިހާބުއްދީނު ރަދުންނަކީ ރެހެންދި ޚަދީޖާގެ އެއްބައްޕާ، ވަކި ބަނޑު ކޮއްކޯފުޅެކެވެ. ޝިހާބުއްދީނު ރަސްކަމުން އަޒުލުކުރެވުނީ ރަސްކަމުގެ ބޮޑުން އެ ރަދުންގެ ދޯދިޔާ އަޚުލާޤާ ނުރުހިލައްވައިގެންނެވެ.

އިބުނު ބަތޫތާ ލިޔުއްވުމުން އެނގޭގޮތުގައި ޝިހާބުއްދީން ރަދުން ރަސްކަމުން އަޒުލުކުރެވުނީ އާދަވެގެން ރޭގަނޑު ސަރުކާރުގެ ކުރިއަށް ތިއްބެވި ބޭފުޅުންގެ އަނބިންނާއި އާދައިގެ އަންހެނުންނާއެކު ވެސް ހިންގަވާ އުޅުއްވި ދަށު ދަރަޖައިގެ ޢަމަލުފުޅުތަކުގެ ސަބަބުންނެވެ. ޝިހާބުއްދީން އަވަހާރަކޮށްލީ ރަސްކަމުން ދުރުކޮށް އަރުވާލައްވާފައި ހުންނަވަނިކޮށް ރަސްކަމުގެ ބޮޑުން މާލެއިން މީހަކު ހައްދުންމައްޗަށް ފޮނުވައިގެން ކަމަށް އިބުނު ބަތޫތާގެ ލިޔުއްވުމުން ދޭހަވެއެވެ. ޝިހާބުއްދީން ރަދުން އަވަހާރަކޮށްލެއްވުމާ ވެސް ރެހެންދި ޚަދީޖާއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ. އެކަމަކު އެ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް އޮތްތަނެއް ނުފެނެއެވެ. 7 އަހަރު ރަސްކަން ކުރެއްވި ޝިހާބުއްދީން ރަދުންނަށްފަހު އެ ރަދުންގެ ދައިތާފުޅު ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވީ ރަސްކަމުގެ ބޮޑުން އެކަމަނާއަށް ރަސްކަން ދެއްވީމައެވެ. ޝިހާބުއްދީނުގެ ދަރިކަލަކު އަދި ޝިހާބުއްދީނާއި ރެހެންދި ޚަދީޖާގެ ބައްޕާފުޅުގެ އެހެން ބޭފުޅަކު ވެސް ނެތަތީއެވެ. ރެހެންދި ޚަދީޖާ ރާއްޖޭގެ ރަސްކަމަށް އިސްކުރެވުނީ 1341 މ (742ހ.) ގައެވެ.

ރެހެންދި ޚަދީޖާގެ ރަސްކަން

ރެހެންދި ޚަދީޖާގެ ރަސްކަމުގެ ދުވަސްވަރަކީ ދިވެހިން ވަރަށް ހަމަޖެހިގެން އުޅުނު ވަރަށް ތިޔާގި ދުވަސްވަރެކެވެ. ރެހެންދި ޚަދީޖާގެ ރަސްކަމުގައި ދެ ފަހަރު ރާއްޖެ ވަޑައިގެންނެވި މޮރޮކޯގެ މަޝްހޫރު ސައްޔާޙު އިބުނު ބަތޫތާގެ ދަތުރުނަމާއާއި، ރެހެންދި ޚަދީޖާގެ ދުވަސްވަރު ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނުގެ ލިޔުންތަކުން ސާބިތުކޮށްދޭ އެންމެ ބޮޑު ޙަޤީޤަތަކީ ރާދަވަޅިތަކުގައާއި އަލްޤާޟީ ޙަސަން ތާޖުއްދީނު ލިޔުއްވާފައިވާ ތާރީޚު އިސްލާމި ދީބާ މަޙަލުގައި ރެހެންދި ޚަދީޖާއާ އާ ބެހޭގޮތުން ލިޔުއްވާފައިވާ ވާހަކަތަކުގައި އޮޅުންބޮޅުންތަކެއް ހުރިކަމެވެ. ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކޮށް ވެރިކަމަށް އިސްވިކަމަށް ލިޔެފައިވާ ރާދަވަޅިތަކަކީ އެ ކަމަނާގެ ރަނިކަމަށްފަހު މާފަހުން ލިޔުނު އަދި އެކަތިން އަނެކައްޗަށް ނަކަލުކުރަމުން އައި އެއްޗެކެވެ. ތާޖުއްދީނު ލިޔުއްވި ތާރީޚު ފޮތަކީ ރެހެންދި ޚަދީޖާގެ ޒަމާނުގެ 350 ވަރަކަށް އަހަރު ފަހުގެ މަސައްކަތްޕުޅެކެވެ. އެ ފޮތުގައި ރެހެންދި ޚަދީޖާގެ ވާހަކަތައް ކަނަލު ކުރެވިގެންދާނީ ރާދަވަޅިތަކުގައި ހުރި މަޢުލޫމާތާއި މީހުންގެ ތުންތުންމަތިން ދެކެވެމުންދިޔަ ވާހަކަތަކުގެ މައްޗަށް ކަމަށް ގަބޫލުކުރެވެއެވެ. ތާޖުއްދީނުގެ ތާރީޚު ފޮތުގެ އަސްލު  މީލާދީން 1753 ގައި މަލަބާރީން ރާއްޖެއަރައި ގަނޑުވަރު އަންދާލިއިރު ވަނީ އަނދައިގެން ގޮސްފައެވެ. ފަހުން ފެނިފައި ވަނީ އެހެން ބޭފުޅުން އެ ފޮތުން ނުވަތަ އެ ފޮތް ކިޔާފައިވާ މީހުންގެ ހަނދާންތަކުގެ މައްޗަށް ލިޔުއްވާފައިވާ އެ ފޮތުގެ ނަކަލު ނުވަތަ އަތުން ލިޔެފައިވާ ކޮޕީތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ފެނިފައިވާ ކޮޕީތަކުގައި ވެސް ތަފާތުތައް ހުއްޓެވެ.

އިބުނު ބަތޫތާ ދެފަހަރު ރާއްޖެ ވަޑައިގެންނެވިއިރު އޭނާއާ ރެހެންދި ޚަދީޖާގެ ދެ ފިރިކަލެއްގެ ދައުރާ ބައްދަލުވެއެވެ. އެ ދެ ދައުރުގެ ވާހަކަތަކުން ވެސް އެނގެނީ ރެހެންދި ޚަދީޖާގެ ރަސްކަމުގައި އިންނެވި ނަމަވެސް ރަސްކަމުގެ ހުރިހާ ކަމެއް ހިންގަވައި ބަލަހައްޓަވަމުން ގެންދެވީ އޭރަކު އެ ކަމަނާއާ ކައިވެނި ބައްލަވައިގެން ހުންނެވި ފިރިކަލެއް ކަމެވެ. އެއިން ބޭފުޅަކާ އެކަމަނާއާ މައްސަލައެއް ޖެހިވަޑައިގެން ޚިޔާލު ތަފާތުވެގެން ދެބަސްވެގެން އުޅުއްވި ވާހަކައެއް އިބުނު ބަތޫތާ ލިޔުއްވާފައެއް ނުވެއެވެ. އަދި އެއްވެސް ފިރިކަލަކު ގަތުލުކުރެއްވި ކަމެއް އަދި ގަތުލު ކުރައްވަން އުޅުއްވި ކަމެއް އަދި ފިރިކަލެއްގެ ރަސްކަން އެ ފިރިކަލަކު އަވަހާރަކޮށްލެއްވުމަށްފަހު ހޯއްދެވި ކަމަކަށް ވެސް ލިޔުއްވާފައެއް ނުވެއެވެ. އެހެންވީމާ ސުވާލަކީ އެފަދަ ވާހަކަތަކެއް ތާރީޚުގެ ޞަފުޙާތަކުގައި ލިޔެވިގެން މިއުޅެނީ  ކީއްވެގެންތޯއެވެ؟

އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ، އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ކަމަށް ރާދަވަޅީގައާއި ޙަސަން ތާޖުއްދީނުގެ ތާރީޚު ފޮތް (ތާރީޚު އިސްލާމް ދީބާ މަޙަލް)ގައި އެބައޮތެވެ. އަދި ރެހެންދި ޚަދީޖާއާ ބެހޭގޮތުން އޮންނަ ޒަމާންވީ ހުތުރު ތަސައްވުރެއް ދިވެހިންގެ މެދުގައި އެބައޮތެވެ. މިހެން މިކަން އޮއްވައި އެ ކަމަނާ ދެ ފިރިކަލުން ގަތުލުކުރެއްވިކަމާމެދު ފުރަތަމަ ސުވާލު އުފެއްދެވި ބޭފުޅެއް ގޮތުގައި ލިޔެކިޔުންތަކުން ފެންނަން އޮތީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެއެވެ. "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު"ގައި އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. "ދޫދޫ މަތިން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވާ މަޢުލޫމާތުތަކުންނާއި ޙަސަން ތާޖުއްދީނުގެ ލިޔުއްވުމުން ރެހެންދި ޚަދީޖާއަކީ، އޭނާގެ ދެ ފިރިކަލުން ޤަތުލުކުރެއްވި ރަނިކަނބަލެކެވެ. ނަމަވެސް އޭނާގެ ރަސްކަމުގައި ދެ ފަހަރުމަތިން ރާއްޖެއަށް ދުރުވި އަބޫ ޢަބްދުﷲ މުޙައްމަދު އިބްނު ބަޠޫޠާ ތަފްސީލީ ލިޔުއްވުމުގައި އެކަމަނާގެ މައްޗަށް އެއްވެސް ކަހަލަ ދައުވާއެއް ކުރައްވާފައެއް ނުވެއެވެ. އަދި ކީއްތޯއެވެ! އޭނާގެ ހުރިހާ ލޔުއްވުމެއް ވެސް ދޭހަކޮށްދެނީ ޖަމާލުއްދީން ރަދުން ޤުދުރަތީ ގޮތެއްގެ މަތިން ފުރައުއްތަވީ ކަމުގައެވެ. އިބުނު ބަޠޫޠާގެ މިބަސް ޝައްކު ކުރާންވީ ސަބަބެއް އަޅުގަނޑުމެންނަކަށް ނުވިސްނެވެއެވެ...... މިފަދަ އިދިކޮޅު ތާރީޚީ ހެކިތަކެއް ކުރިމަތީގައި ވަނިކޮށް، ރެހެންދި ޚަދީޖާ އޭނާގެ ފިރިކަލުން ޤަތުލުކުރެއްވީ ކަމުގައި ނިޔާ ކަނޑައެޅުމަކީ އޭނާއަށް ކުރެވޭ އިންސާފެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުވިސްނެއެވެ."

ތާރީޚުގައި ހުރި އޮޅުންތައް

ރެހެންދި ޚަދީޖާ ވެސް އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވިއްޔާ ވާނީ ގަތުލު ކުރެއްވި ކަމަށެވެ. އެކަން އޮމާންކޮށް އެއީ ނުކުރާ ކަމަކަށް ހަދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ބަދަލެއް ނުވާނެއެވެ. ހަމައެހެންމެ، އެ ކަމަނާ ދެ ފިރިކަލުން ގަތުލު ކުރެއްވި ކަމާމެދު ސުވާލު އުފެދޭނަމަ ދެން ކުރަންޖެހެނީ އެކަން ހޯދާ ބެލުމުގެ ދިރާސާއެވެ. ދިރާސާކޮށް ބަލާއިރު ފެންނަން އޮތް އެއް ޙަޤީޤަތަކީ ރެހެންދި ޚަދީޖާ ދެ ފިރިކަލުން ގަތުލުކުރެއްވި ކަމަށް ލިޔެފައިވާ ލިޔުންތަކުގައި ހުރި ތާރީޚުތަކާއި އެކަމަނާ ރަނިކަން ކުރެއްވި ދުވަސްވަރު ލިޔެވިފައިވާ ލިޔުންތަކާ ދިމާނުވާކަމެވެ. ތާރީޚުތަކުގައި ވަރަށް ބޮޑު ޚިލާފުތަކެއް ހުރިކަމެވެ.

ރެހެންދި ޚަދީޖާ  އެކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ކަމަށް ޙަސަން ތާޖުއްދީނުގެ ތާރީޚު ފޮތުގައާއި ބައެއް ރާދަވަޅިތަކުގައި ލިޔެފައި އޮތަސް އެއީ އެމަކަނާ ކުރެއްވި ކަމެއްކަމަށް ދައްކައިދޭ ގަބޫލުކުރެވޭފަދަ ހެކިތަކެއް ފެންނަން ނެތްކަމަށް ތާރީޚު ދިރާސާކުރައްވާ ނަސީމާ މުޙައްމަދު (2000) ލިޔުއްވާފައިވެއެވެ. ރެހެންދި ޚަދީޖާގެ ކުރިން ރާއްޖޭގައި ރަސްކަންކުރެއްވި އެކަމަނާގެ ކޮއްކޯފުޅު ޝިހާބުއްދީނު ރަދުން ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާގައި ހުކުރު މިސްކިތް އިމާރާތްކުރައްވައި ނިމުނީ ހިޖުރައިން 738 ވަނަ އަހަރު (1337މ.) ޛުލްޙިއްޖާމަހުގައި ކަމަށް ލިޔުއްވާފައިވެއެވެ. އެ ރަދުން އަވަހާރަވީ ހިޖުރައިން 742 ވަނަ އަހަރު (1341މ.) ގައި ކަމަށް ތާރީޚު ފޮތުގައި ވެއެވެ. އިބުނު ބަޠޫޠާ ފުރަތަމަ ރާއްޖެ ވަޑައިގަތީ މީލާދީން 1343 ވަނަ އަހަރު (744ހ.) ގެ ކުރީކޮޅުގައެވެ. އިބުނު ބަޠޫޠާގެ ދަތުރުނަމާގެ ތާރީޚުތައް ސާފުކޮށް މިހާރު އެނގޭތިއްޔާއި ދުނިޔޭގެ އެހެން ޤައުމުތަކުންނާއި ދިރާސާވެރިން އެ ތާރީޚުތަކަށް ބަރޯސާވާތީ އެ ދަތުރުނާމާގެ ތާރީޚުތައް ސައްހަކަމަށް ބަލަންޖެހެއެވެ. މާނައަކީ ރާއްޖެއަށް ފުރަތަމަ ވަޑައިގެންނެވި ތާރީޚާއި، އެނބުރި ވަޑައިގެންނެވި ތާރީޚާއި، ދެވަނަ ފަހަރަށް ވަޑައިގެންނެވި ތާރީޚާއި އެނބުރި ވަޑައިގެންނެވި ތާރީޚު ސައްހަކަމަށް ބަލަންޖެހެއެވެ.

އިބުނު ބަޠޫޠާ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވިއިރު ރަނިކަމުގައި އިންނެވި ރެހެންދި ޚަދީޖާގެ ފިރިކަލަކީ އަލްވަޒީރު މުޙައްމަދު ޖަމީލު (އިބުނު ބަޠޫޠާ ލިޔުއްވާފައިވާގޮތުގައި ޖަމާލުއްދީން) އެވެ. އެއީ އަލްޚަތީބު މުޙައްމަދު ޖަމީލް އެވެ. ރެހެންދި ޚަދީޖާއަށް ރަސްކަން ލިބިވަޑައިގެންނެވުމުން ފިރިކަލުންނަށް އޮތް ޚަތީބުކަން މުޙައްމަދު ޖަމީލުގެ ދަރިކަލުންނަށް ދެއްވިއެވެ. އަދި އިސް ވަޒީރެއްގެ ގޮތުގައި ރަސްކަމުގެ ކަންތައްތައް ބެލެހެއްޓުމާ ފިރިކަލުން ހަވާލުވެވަޑައިގެންނެވިއެވެ. އެއް އަހަރާއި އަށް މަސްދުވަހު ރާއްޖޭގައި ހުންނަވައި، ރާއްޖޭގެ ފަނޑިޔާރުކަން ވެސް ކުރައްވާފައި އިބުނު ބަޠޫޠާ އެ ފަހަރު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ މީލާދީން 1344 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ރަނިކަމަނާއާއި ފިރިކަލުންނާ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިފައިވާކަމެއް ލިޔުއްވާފައެއް ނުވެއެވެ. އެކަމަކު ވަޒީރު މުޙައްމަދު ޖަމީލުގެ ޢަމަލުފުޅުތައް އޭރު ހުރީ ރަސްކަލެކޭ އެއްފަދައިން ކަމުގައި އިބުނު ބަޠޫޠާ ލިޔުއްވައެވެ. އިބުނު ބަޠޫޠާ ރާއްޖެއިން އެފަހަރު ފުރާވަޑައިގެންނެވިއިރު ރެހެންދި ޚަދީޖާ އިންނެވީ އާލާސްވެއެވެ. އެއީ އެކަމަނާގެ ރަނިކަމުގެ ހަތަރުވަނަ އަހަރެވެ. އިބުނު ބަޠޫޠާ ލިޔުއްވާފައިވާގޮތުގައި ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން އަވަހާރަވީ އިބުނު ބަޠޫޠާ ރާއްޖެއިން ފުރާވަޑައިގެންނެވި އަހަރުގެ ޑިސެންބަރު މަހުގައެވެ. ރަނިކަމަނާ ރައްކައުވީ ފިރިކަލުން އަވަހާރަވީ ފަހުންނެވެ.

ރެހެންދި ޚަދީޖާ އޭނާގެ ފުރަތަމަ ފިރިކަލުން ގަތުލުކުރެއްވި ކަމަށް ލިޔެފައިވާ ރާދަވަޅީގައި ވަނީ އެ ދެ ބޭފުޅުން 16 އަހަރު ކައިވެނިފުޅު ބައްލަވައިގެން އުޅުއްވުމަށްފަހު ފިރިކަލުން ތަޚުތު އަތުލެއްވީ ކަމަށެވެ. އަދި އޭގެ އެއް އަހަރުފަހުން އެ ރަސްގެފާނު ގަތުލުކުރެއްވީ ކަމަށެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުންގެ ކައިވެނިފުޅާއެކު ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު އުޅުއްވާފައިވަނީ ހަތަރު އަހަރަށްވުރެ ކުރު މުއްދަތެއްގައިކަން އިބުނު ބަޠޫޠާގެ ތާރީޚުން އެނގެއެވެ. އެހެންވީމާ ރާދަވަޅީގައި އޮތް ރަސްކަމުގެ މުއްދަތުގައި މައްސަލަ އުޅޭކަން އެނގެއެވެ. އިބުނު ބަޠޫޠާ ރާއްޖެއަށް ވަޑައިގެންނެވި ތާރީޚުތައް ވަނީ އެހެނިހެން ބޭރުގެ ލިޔުންތަކުން ބަލައި ޔަޤީން ކުރެވިފައިކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވައެވެ. އެހެންވީމާ އެ ތާރީޚުތައް ލިޔެފައިވަނީ ހަގީގަތާ އެއްގޮތަށްކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަންޖެހެއެވެ. އެގޮތަށް ގަބޫލުކުރާނަމަ އެ ދޮގު ކުރެވެނީ ރެހެންދި ޚަދީޖާ އެކަމަނާގެ ދެ ފިރިކަލުން ގަތުލު ކުރެއްވި ކަމަށް ލިޔެފައިވާ ރާދަވަޅީގައި އޮތް ތާރީޚުތަކާއި އެ ރާދަވަޅިތަކުން ނަކަލު ކުރައްވައިގެން ޙަސަން ތާޖުއްދީނު ލިޔުއްވާފައިކަމަށް ބެލެވޭ އެމަނިކުފާނުގެ ތާރީޚު ފޮތުގައި އޮތް ވާހަކަތަކެވެ. އާދެ! ރެހެންދި ޚަދީޖާ އެކަމަނާގެ ދެ ފިރިކަލުން ގަތުލު ކުރެއްވިކަމަށް ބުނާ ދެ މަސްދަރެވެ.

ރެހެންދި ޚަދީޖާގެ ދެވަނަ ފިރިކަލުންނަކީ އަލްވަޒީރު ޢަބްދުﷲ އެވެ. އެއީ ޝިހާބުއްދީނު ރަދުންގެ ދޮންބައްޕައެވެ. އެ ކައިވެނި ބައްލަވައިގެންނެވީ ރަނިކަމުގެ ހަތަރުވަނަ އަހަރުގައިކަން އިބުނު ބަޠޫޠާގެ ލިޔުއްވުމުން އެނގެއެވެ. އެކަމަކު އެ ފިރިކަލުން އަވަހާރަވީ ތާރީޚެއް ނޭނގެއެވެ. އެނގޭކަމަކީ އެ ފިރިކަލުން ގަތުލު ކުރެއްވިކަމަށް ލިޔެފައިވާ ރާދަވަޅީގައި އޮތް ތާރީޚު އެހެން މަސްދަރަކުން ބަލާއިރު ވެސް ގަބޫލުކުރެވެން ނެތްކަމެވެ. އެއީ ބޮޑުގަލު މިސްކިތު ލޯމާފާނެވެ. އެޗްސީޕީ ބެލް (1940) ގެ މޮނޮގްރާފުގައި އޮތް އެ ލޯމާފާނުގެ ތަރުޖަމާގައި ވާގޮތުން އެ ލޯމާފާނު ލިޔެފައިވަނީ ރެހެންދި ޚަދީޖާގެ ރަނިކަމުގެ 16 ވަނަ އަހަރުގައި ކަމަށެވެ. އެއީ ހިޖުރައިން 758 (މީލާދީން 1356) ވަނަ އަހަރެވެ. އެ ލޯމާފާނުގައި ލިޔެފައިވާ ގޮތުން އޭރު ރެހެންދި ޚަދީޖާގެ ފިރިކަލަކީ ޢަލީ ހަނދޭގިރި ކިލެގެ އެވެ. މި ހިސާބުން ރާދަވަޅީގައި ލިޔެފައިވާ ތާރީޚުތައް އޮޅިފައިވާކަން ޔަގީންވެ ކަށަވަރުވެއެވެ. ރާދަވަޅިއާއި ބޮޑުގަލުމިސްކިތުގެ ލޯމާފާނާ ދޭތީގެ ތެރެއިން ރާދަވަޅިއަކީ މާފަހުން ލިޔެފައިވާ އެއްޗަކަށް ވެފައި އެ ލޯމާފާނަކީ ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރު ލިޔެފައިވާ އެއްޗަކަށްވާތީ ލޯމާފާނުގެ މަޢުލޫމާތު ސައްހަކަމަށް ބަލަންޖެހެއެވެ.

ރާދަވަޅީގައިވާ ގޮތުންނަމަ ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެވަނަ ފިރިކަލުންނާ ކައިވެނި ބައްލަވައިގަތީ ރަނިކަމަށް އިސްވެވަޑައިގެންނެވިތާ 17 އަހަރު ފަހުންނެވެ. ނަމަވެސް ބޮޑުގަލު މިސްކިތު ލޯމާފާނުގައި ވަނީ އެ ކަމަނާގެ ރަސްކަމުގެ 16 ވަނަ އަހަރުގައި ކައިވެނިބައްލަވައިގެން އިންނެވީ ޢަލީ ހަނދޭގިރި ކިލެގެ އާކަމަށެވެ. ފާހަގަ ކުރެވެނީ ރާދަވަޅީގައި އޮތް ތާރީޚު ރަނގަޅު ނޫންކަމެވެ. އަދިވެސް މިއިން އެއްވެސް ފިރިކަލެއް ގަތުލުކުރެއްވި ކަމަކަށް އަދި ގަތުލު ނުކުރައްވާ ކަމަކަށް ވެސް ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.
ރެހެންދި ޚަދީޖާ ތިންވަނަ ފަހަރު ރަނިކަން ހޯއްދެވީ ދެވަނަ ފިރިކަލުން ގަތުލުކުރައްވާފައި ކަމަށް ބުނާއިރު، ރާދަވަޅީގައި އޮތީ ފިރިކަލުންގެ ވާހަކަ ނޫންކަން ދަންނަވަންޖެހެއެވެ. މިހާރު ފެންނަން އޮތް ދެ ރާދަވަޅީގައި އޮތީ ރެހެންދި ޚަދީޖާގެ ރަސްކަން އަތުލެއްވި ބޭފުޅަކީ:- "މިރަދުނަށަ ފިރިވީ ޢަބްދުލޮކަ (ޢަބްދުﷲ) މަހާރަދުނަށަ ފުރަސޫރާވި ހެނެވިރަސްގޮށް ސިރީ ދަންމަރާދީއްތަ މަހާރަދުން" ކަމަށެވެ. އާދޭހެވެ. ރަނިކަމަނާގެ ފިރިކަލުން ޢަބްދުﷲގެ މަހާރަދުންގެ ދަރިކަލުން ހެނެވި ރަސްގެ ސިރީ ދަންމަރާދީއްތަ މަހާރަދުންނެވެ. ރާދަވަޅީގައި އޮތްގޮތަށް ގަބޫލުކުރާނަމަ އެ ގަބޫލުކުރެވެނީ ރެހެންދި ޚަދީޖާ ތިންވަނަ ފަހަރަށް ރަނިކަމަށް އިސްވެވަޑައިގެންނެވީ އެ ކަމަނާގެ ދޮންދަރިކަލުން ގަތުލުކުރައްވާފައި ކަމަށެވެ. ފިރިކަލުންނެއް ނޫނެވެ. މިހިސާބުން ޔަގީންވި ކަމަކީ ރެހެންދި ޚަދީޖާ ރަސްކަން ހޯއްދެވުމަށް އެއްވެސް ފަހަރަކު ފިރިކަލަކު ގަތުލުކުރައްވާފައި ނުވާކަމެވެ.

އަޅުގަނޑަށް ފެންނަގޮތް

ރާދަވަޅީގައި ރެހެންދި ޚަދީޖާގެ ރަސްކަމުގެ ތާރީޚުތައް ގެނެސްދީފައިވާ ގޮތުގައި ވަރަށް ބޮޑެތި ކުށްތައް ހުރި ކަން އެއަށްވުރެ އިތުބާރުހުރި ދެ މަސްދަރަކުން ސާބިތުކުރެވެއެވެ. އެއީ އިބުނު ބަޠޫޠާގެ ދަތުރުނާމާ އާއި ބޮޑުގަލު މިސްކިތު ލޯމާފާނެއެވެ. އަދި ދެ ފިރިކަލަކު ގަތުލުކުރެއްވި ކަމަށް ކިޔޭއިރު، ފުރަތަމަ ފިރިކަލުން އަވަހާރަވީ ޤުދުރަތީ މަރަކުންކަން އިބުނު ބަޠޫޠާގެ ދަތުރުނާމާއިން ކަށަވަރުވެއެވެ. އަދި ދެވަނަ އަށް ގަތުލުކުރެއްވީ ފިރިކަލެއް ނޫންކަން ޚުދު ރާދަވަޅީގައި ލިޔެފައިއޮތް ޢިބާރާތުން ވެސް ޔަގީންވެއެވެ. ރާދަވަޅީގައި އޮތީ ދޮން ދަރިކަލެއްގެ ވާހަކައެވެ. މި ހަގީގަތްތައް މިހެން ފެންނަން ހުރުމުން ކުށް މައުލޫމާތުތަކެއް ހުރި ރާދަވަޅީގެ މައްޗަށް ބަރޯސާވެ، ރެހެންދި ޚަދީޖާ ދެ ފިރިކަލުން ގަތުލުކުރެއްވި ކަމުގެ އިލްޒާމު އެކަމަނާގެ އިސްތަށިފުޅުގައި އެޅުމަކީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.
ދެން އޮތީ މި ލިޔުމުގެ ތެރެއިން އަޅުގަނޑު އުފެއްދި ސުވާލެވެ. ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ވާހަކަ ތާރީޚުގެ ޞަފުޙާތަކުގައި ލިޔެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟

ދިވެހިތާރީޚުގައި ލިޔެވިފައިވާ ލިޔުންތަކާއި ކިޔެމުން އަންނަ ވާހަކަތަކަށް ބަލާއިރު އެއްކަމެއް ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެކަމަކީ ރާއްޖޭގައި ރަސްކަމުގެ ތަޚުތަށް އިސްވި އަންހެން ބޭފުޅުން ނުވަތަ ރަސްކަމުގެ ތެރޭގައި ސިޔާސީގޮތުން ނުފޫޒު ގަދަ ހުރިހާ އަންހެން ބޭފުޅުންގެ ވާހަކަތައް ވެސް ދިވެހި ތާރީޚުގައި ލިޔެވިފައި ހުރީ އެހާ ރީތި ޢިބާރާތްތަކުން ނޫނެވެ.  އޭގެތެރޭގައި ރާއްޖެ އިސްލާމްވި އިރު ތަޚުތުގައި އިންނެވި ދަރުމަވަންތަ ރަސްގެފާނުގެ އަނބިކަނބަލުން ދަރްމާ އާއި ޢުމަރުވީރު ދަރިކޮޅުގެ ރެހެންދި ޚަދީޖާ އާއި، އައްސުލްޠާން ޢަލީ (5) ނުވަތަ ދޮންބުޅާ ފާށަނާގެ ދައިތާފުޅު ބުރެކިރަނިން އާއި، އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނުގެ އަސީރާއެއް ކަމަށްވާ ޚާންޒީ ކަމަނާ އާއި، ޢަލީ ރަސްގެފާނުގެ އަނބިކަބަލުން ކަނބާ ޢައިޝާއާއި، އައްސުލްޠާން އިބްރާހީމް ކަލާފާނުގެ ދޮން މަންމާފުޅު މަނާޔަ ކިލެގެ އާއި، އައްސުލްޠާން އިބްރާހީމް ކަލާފާނާއި އައްސުލްޠާން ޙުސައިން ފާމުލަދޭރިކިލެގެފާނާއި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (1) ބޮޑުރަސްގެފާނުގެ އަނބިކަނބަލުން އަދި އިސްކަންދަރު ރަސްގެފާނުގެ މައިކަނބަލުން ޢައިޝާ ކަނބާ އާއި، އިސްކަންދަރު ރަސްގެފާނުގެ ޖާރިޔާއެއްކަމަށްވާ އަދި އައްސުލްޠާން ކުޑަ މުޙައްމަދު ރަސްގެފާނުގެ މަންމާފުޅު ކަމަށްވާ މަރިޔަމް ކަނބާ ނުވަތަ އެނދި މަރިޔަނބާއި، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (3)ގެ ހަގު އަނބިކަމަނާ ޙައްވާ މަނިކުފާނާ ބެހޭގޮތުން ވެސް ތާރީޚުގެ ޞަފުޙާތަކުގައި ހުރީ ތަޢުރީފުގެ ވާހަކަތަކެއް ނޫނެވެ. ކަނޑައެޅިގެން ޢަދުލުވެރިކަމުން އެއްކިބާވެފައިވާ ރަސްރަސްކަލުންނާއި ގަދަބާރުން ރަސްކަން އަތުލައިގެންފައިވާ ރަސްރަސްކަލުންގެ ވާހަކަތައް ވެސް ތާރީޚުގައި އޮމާންކޮށް ރީތިކޮށް ވަރުގަދަ ނަންފުޅުތައް އޭގެތެރެއިން ބައެއް ބޭފުޅުންނަށް ދެއްވާފައިވާއިރު ސިޔާސީ މައިދާނުގައި އުޅުއްވި ނަމަ އުޅުއްވި އަންހެން ބޭފުޅަކަށް ދިވެހިތާރީޚުގައި އޮތީ މަލާމާތާއި ފުރައްސާރަ ރައްދުވާގޮތަށް ހުރި ވާހަކަތަކެވެ. ބައެއް ބޭފުޅުންނަށް ސީދާ އެ ބަސްތައް ރައްދު ނުކުރިނަމަވެސް ދެ ފޮޅުވަތް ދޭތެރެއިން ކިޔަންޖެހެނީ އެ ބޭފުޅުންގެ ގޮތްކުޑަކަމާއި އައްޔާޝީކަމުގެ ވާހަކަތަކެވެ.

މިހެން ވެގެންދިޔަ ސަބަބެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ މުޖުތަމަޢުގައި އަންހެނުންނަށް ދެވިފައިއޮތް މަޤާމެވެ. ލިޔުންތެރިންގެ ފިކުރާއި ވިސްނުން ބައްޓަންވެފައިވާ ގޮތެވެ. ރެހެންދި ޚަދީޖާ އެ ކަމަނާގެ ދެ ފިރިކަލުން ގަތުލުކުރެއްވި ކަމަށް ތާރީޚުގައި ލިޔެވުނު ޒަމާނާއި މި ޒަމާނާ ހުރި ތަފާތުތަކަށް ވިސްނަވާށެވެ. މި ޒަމާނަކީ ތަޢުލީމީ ގޮތުންނާއި، ހޭލުންތެރިކަމުގެ ގޮތުން އެ ޒަމާންތަކަށްވުރެ މާބޮޑަށް ކުރިއަރާފައިވާ ޒަމާނެކެވެ. މިއީ އަންހެނުންގެ ޙައްޤުތަކަށާއި މިންތީގެ ހަމަހަމަކަމަށް ވަރަށް  ބޮޑަށް ވަކާލާތު ކުރެވޭ ޒަމާނެކެވެ. އެހެންނަމަވެސް އަދިވެސް ސިޔާސީ މައިދާނަށް ޚާއްޞަކޮށް ޤައުމީ ފެންވަރުގައި ނިކުންނަވައި، ހަރަކާތްތެރިވެވަޑައިގަންނަވާ ކޮންމެ އަންހެން ބޭފުޅަކަށް ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތައް ބައިވަރެވެ. އެ ހަރު ތޮށިގަނޑުން އެގޮތްމިގޮތުން ނިކުންނެވި މަދު އަންހެން ބޭފުޅުންގެ އަބުރާއި ޢިއްޒަތް ފުޑާލުމަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކުރިމަތިވެވަޑައިގަންނަވާ ފުރައްސާރައާއި މަލާމާތާއި ދިމާކުރުމާއި ހަނގާކުރުމާއި ގަނާކުރުމުގެ ވާހަކަ މިއަދު ލިޔެވޭ ޞަފުޙާތަކުން ވެސް އެހެރީ ފެންނާށެވެ. އެ ތަކެތި މާދަމާ ވާނީ މި ޤައުމުގެ ތާރީޚަށެވެ. އޭރުން ދިވެހިތާރީޚުން އިއްޔެއެކޭ އެއްފަދައިން މާދަމާ ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި އަބުރުވެރި، ހިތްވަރުގަދަ، ޤައުމީ ރޫޙާއި ޖޯޝްހުރި ކަނބަލެއް ފެންނާނެތޯއެވެ؟ (ނިމުނީ)

ހަވާލާ:
މުޙައްމަދު އަމީން (1949) ތަންޤީޙުކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު
ނަސީމާ މުޙައްމަދު (2000) ފަތްތޫރަ 251 ނަންބަރު
އެޗްސީޕީ ބެލް (1940) މޮނޮގްރާފް
ނަސީމާ މުޙައްމަދު ( 2010) ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު

Monday, April 13, 2020

ޣަފޫރުބެއާއި އަޅުގަނޑު

ޢަބްދުﷲ ސަޢީދު 


އެންމެ ދުރު ހަނދާން


އަޅުގަނޑާއި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޢަލީ އާ ދެބެން ތިބީ ގޭގެ ބަދިގެކައިރީގައި ކާށެވެ. އެއީ ރޯދަ މަހެއްގެ އެއްދުވަހުގެ ހެނދުނެވެ. ކާންތިބީ މާމަ ހާރަށް ކައްކާފައިހުރި ބަތެވެ. އެހެންވީމާ އަޅުގަނޑުމެން ކާން އެތިބީ ރޭހުރި ބަތެވެ. އޭރު އަޅުގަނޑުމެން ވަރަށް ކުއްޖެވެ. ބައެއް ދުވަސް ދުވަހު ރޯދައަށް ބަހައްޓާ ހަނދާން ވެއެވެ.

މާސްކެއްގެ ޝަކުވާ

ޢަބްދުﷲ ސަޢީދު


އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު އުޅޭނެބާވައެވެ. އެކަމަކު މި ވާހަކަ ބުނަން ބޭނުމެވެ. މިއަދުގެ ހާލަތަށް މި ވާހަކަ ވަރަށް މުހިންމު ވާހެން ހީވަނީއެވެ. އަހަރެންނޭ ކިޔައިގެން ވަރަށް ގިނަ ވާހަކަ ދައްކާތީއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ބޭނުން ކުރާތީއެވެ. އަނެއް ބަޔަކު އެހެން މީހުން އަހަރެން ބޭނުން ކޮށްފާނެތީ އުޅޭހެން ވެސް އުޅޭތީއެވެ. އަހަރެން އެކަށީގެން ނުވަނީ ހެއްޔެވެ. ނުވަތަ އަހަރެން ބޭނުން ކުރުމަށް އިންސާނާ ކުފޫ ހަމަ ނުވަނީހެއްޔެވެ.

ކޯވިޑަށް ފަހު....ރާއްޖެ

ޢަބްދުﷲ ސަޢީދު




ކޯވިޑް-19 ރޯގާއަށް ބޭހާއި ވެކްސިން ހޯދިއްޖެއެވެ. ރޯގާ މުޅީން ކޮންޓްރޯލްވެ ދުނިޔެ ހަމައަކަށް އެޅިއްޖެއެވެ. ފުރަބަންދުން އިންސާނުން ސަލާމަތްވެއްޖެއެވެ. ދުނިޔެ ވެއްޓުނު އިޤްދިޞާދީ ފުންވަޅުގަނޑުން މަޑުމަޑުން ދަނީ އަރައިގަންނަމުންނެވެ. ކޯވިޑުގައި މަރުވި މީހުންގެ ހަނދާނީ ބިނާތައް ހަދާ ހުޅުވެނީއެވެ. ބަލި މީހުންނަށް ފަރުވާކުރުމުގައި އުޅެނިކޮށް ނިޔާވި ޑޮކްޓަރުންގެ ހަނދާނަށް ހޮސްޕިޓަލްތަކުގެ ނަންތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ނަންތައް ބަދަލުކުރަނީއެވެ. ހަމައެއާއެކު ޤައުމުތަކުގައި ކޯވިޑު އޮޕަރޭޝަންގެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަން ކުރެވެމުން ދަނީއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލާއިރު ފެންނަނީ އަޖައިބެއް ފަދަ މަންޒަރުތަކެކެވެ. ވަރަށް ބޮޑު ބަދަލެކެވެ.

ހީވަނީ އިންސާނުންނަށް އެބައިމީހުންގެ ސައިޒު އެނގިއްޖެހެންނެވެ. އެތައް ބަޔަކު އިސްލާމްވެއްޖެއެވެ. އިސްލާމް ދީނާމެދު ދުނިޔެ ދެކެމުންދިޔަގޮތް މުޅިން ބަދަލުވެއްޖެއެވެ. ދުނިޔޭގައި ބަންގީގެ މޫރިތި ކަލިމަތައް ނުގޮވޭ އެއްވެސް ޤައުމެއް ރަށެއް ނެތެވެ.


ކޯވިޑުގެ އިމުތިހާނުގައި

ޢަބްދުﷲ ސަޢީދު


އަޅުގަނޑުމެން މި ތިބީ ކޯވިޑުގެ އިމުތިހާނުގެ ކަރުދާސް ހިފައިގެން އިމުތިހާނުގެ ހޯލުގައެވެ. މި އިމުތިހާނުން ފާސްވުމާއި ނުވުމުގެ އިޚުތިޔާއި ފުރުސަތު މާތް ﷲ އަޅުގަނޑުމެންނަށް ދެއްވިއެވެ.

މިއީ ފަސޭހަ އިމުތިހާނެއް ނޫންކަން ދުނިޔެ ހެކިދެއެވެ. ފުދުންތެރި އަދި ކުރިއަރާފައިވާ އެތައް ޤައުމެއް ފޭލި ވެއްޖެއެވެ. މި ބަލި ޖެހޭ މީހުން މިލިއަނުން ގުނަން ފަށާފައިވާއިރު މަރުވާ މީހުން ލައްކައެއް ގިރާކޮށްފިއެވެ. ހީވަނީ އަރާފައިބާ ވަރުގަދަ ތޫފާނެއް ހެންނެވެ. އެހެރަ ބިޔަ ބޮޑެތި ޤައުމުތައް އެދަނީ ގޮތް ހުސްވަމުންނެވެ.

ޤައުމު އުފަލުން ރޮއްވާލި ގޯލު

ޢަބްދުﷲ ސަޢީދު


ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ސިޔާސީ ވާދަވެރި އާ ރޭހަކަށް ޤައުމު ތައްޔާރުވަމުން ދިޔަ ވަގުތެވެ. ޤައުމެއްގެ ހަޔާތުގައި ސިޔާސީ ގޮތުން ބަޔަކު ބައިބައިވެފައި އޮންނާނީ އެހާކަންހާވަރަށެވެ. އެކަމަކު 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި މުޚުތާރު ނަޞީރު (ޓޫކިލޯ) ވައްދާލި ހިތްގައިމު ގޯލާއެކު މުޅި ޤައުމު އުފަލުން ރޮއްވާލިއެވެ. ބައިބައިވެ ކަފިކަފިވެފައިވާ ފިކުރުތައް ޤައުމީ ރޫޙުން ބަނދެލައިދިނެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވިންދު ދިވެހި ފަސްގަނޑުގައި އަލުން ޖަހަންފެށިއެވެ.

އަޅުގަނޑުގެ ލޮބުވެތި މިލަދޫ ޓީޗަރު

ޢަބްދުﷲ ސަޢީދު 


އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު  ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ.  އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަށް ދާކަށް ނިކުމެވަޑައެއް ނުގެންނެވިއެވެ. އިރުގަނޑެއް ވީ ފަހުން ކުއްޖަކު އެގެއަށް ވަނެއެވެ. ޓީޗަރު ގެއަކު ނޫޅުއްވައެވެ. އެ ދުވަހު ހިނގި ހިތާމަވެރި ހާދިސާއަކާ ގުޅިގެން މޫދަށް އެރުން ކެންސަލްވީކަން އެނގިއްޖެއެވެ.  ދެރަވެ މާޔޫސްވިއެވެ. އެއަށްވުރެ ބޮޑަށް އެ ހާދިސާގެ ޚަބަރުން ހުރީ މާބޮޑަށް ބިރުގަންފައެވެ.


Friday, April 3, 2020

ކޮވިޑް-19 ތޯ؟ ނޫނީ ކޯވިޑް-19 ތޯ؟



މި ދެގޮތަށް ވެސް ދިވެހިން އަންނަނީ ލިޔަމުންނެވެ. އެކި ނޫސްތަކުގައި އެކި ގޮތަށެވެ. ބައެއް ނޫސް ތަކުގައި ދެ ގޮތަށެވެ. ރަސްމީ އިދާރާތަކުގެ ރަސްމީ ލިޔުންތަކުގައި ވެސް މިކަން އޮތީ ހަމަ މިހެންނެވެ. އެންމެ ރަނގަޅުގޮތް ހޯދަން އުޅޭ ފަރާތްތަކަށާއި ރަނގަޅަށް ބަސް ބޭނުންކުރާހިތްވާ މީހުންނަށާއި ކުދިންނަށް މިއީ ފަހުން ނަމަވެސް ބޮލުގައި ރިހުމަކަށް ވެދާނެއެވެ. ގައިމު ވެސް އަޅުގަނޑަށް މިހާރު ވެސް  އުނދަގޫވާހެން އެބަހީވެއެވެ.

Wednesday, April 1, 2020

ބިރުވެރި އެކަމަކު...ހާދިސާއެއް





ކޯވިޑް-19 އާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން އެކުލަވާލެއްވި ކޮމިޓީއެއްގައި އަޅުގަނޑުގެ އެކުވެރިޔަކު ވަރަށް މުހިންމު ޚިޔާލެއް ހުށަހެޅުއްވިއެވެ. އެއީ މިފަދަ ހިއުމެނިޓޭރިއަން އޮޕަރޭޝަނެއް ހިނގަމުންދާއިރު ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު އެއްކަންތަކެވެ. ސިފައިންގެ ތެރޭގައި ތިބި ކަށުކަމާކެމީގެ ކަންތައް ދަންނަ މީހުން ދެނެގަނެ ރިފްރެޝަރކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އެފަދަ މީހުން އިތުރަށް ތަމްރީނު ކުރުމުގެ ވާހަކައެވެ. އެއް ފަހަރަކު ނޫނެވެ. ދެ ތިން ފަހަރު އެ ވާހަކަ ދެއްކެވިއެވެ. ވަކިންވަކިން ވެސް އެކަމުގެ މުހިންމުކަން ހިއްސާ ކުރެއްވިއެވެ. މިހާރުން މިހާރަށް ވެސް ކުރަން ވެއްޖެ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ކޮންމެ ވެސް އާދަޔާ ޚިލާފު ތަޖުރިބާއެއް މި ކަމުގައި އޮންނާނެއެވެ. ވާނީ އެކަން ސާފުކޮށްލާށެވެ.