Monday, May 22, 2023

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލް މަތީން އަޙްމަދުގެ އަގުހުރި އަސްކަރީ ޚިދުމަތް

 



ޢަބްދުﷲ ސަޢީދު

 

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުލްމަތީން އަޙްމަދަކީ ދިވެހި އަސްކަރިއްޔާއާއި ދިފާޢީ ވުޒާރާގައި އިސް މަޤާމުތަކެއް ފުރުއްވައި، އެމްއެންޑީއެފްގެ މުހިންމު ބޯޑުތަކަކާއި ކޮމެޓީތަކެއްގައި މަސައްކަތްކުރައްވާފައިވާ އިދާރީ ކުޅަދާނަ ހިންގުންތެރިއެކެވެ. ސަރުކާރުން ދެއްވާ އާންމު ޚިދުމަތުގެ އިނާމު ވިޒްއަލް އާރޓްސްގެ ދާއިރާއިން ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ރޮނގުން ހާސިލުކުރައްވާފައިވާ ހުނަރުވެރި ފަންނުވެރި ފަރުމާކުރުންތެރިއެކެވެ. ސިފައިންގެ އައްޑަނަ މަޖައްލާ ވުޖޫދަށް ގެންނެވުމުގައި އިސް ދައުރެއް އަދާކުރައްވައި އެ މަޖައްލާގެ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޤާބިލު މޮޅު ލިޔުންތެރިއެކެވެ. ފަހުގެ ތާރީޚުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރެއްވި ހުރިހާ ދިފާޢީ ވަޒީރުންގެ އަރިހުގައި މަސައްކަތްކުރެއްވި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ވަފާތެރި އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ތަފާތު ރޭންކުތަކުގައި ތަފާތު ގިނަ ރޮނގުތަކުން އެއްވެސް ފަސްޖެހުމެއްނެތި ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕަށް އެއްބާރުލުން ދެއްވި، ދިވެހި އަސްކަރިއްޔާގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތް ހިފެހެއްޓުމަށް މަސައްކަތް ކުރެއްވި، އަސްކަރީ އަޚްލާޤާއި ސުލޫކަށް ޓަކައި ދިވެހި އަސްކަރިއްޔާ ފަޚުވެރިވާ ޖެނެރަލް އޮފިސަރެކެވެ. 

Saturday, May 20, 2023

ދިވެހިރާއްޖޭގެ ކެޑޭޓުގެ ތާރީޚު -1

 

 

 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖޭގެ ކެޑޭޓް ހަރަކާތްތަކުގެ ތާރީޚަށް ބަލާއިރު ތިން ދުވަސްވަރެއް ނުވަތަ ތިން ޒަމާނެއް ފާހަގަކުރެވެއެވެ. އެއް ދުވަސްވަރަކީ މަދަރުސަތުލް ސަނިއްޔާގެ ފިރިހެން ގޮފި (މިހާރުގެ މަޖީދިއްޔާ ސްކޫލް) ގައި 19 މާރިޗު 1945 ގައި އުފެއްދެވި "ޚާއްޞަ ޕާޓީ" ގެ ހަރަކާތާއެކު ކެޑޭޓްގެ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރެވެ. އެއީ ދިވެހިރާއްޖޭގައި ކެޑޭޓް ހަރަކާތުގެ ބިންގާ އެޅިގެންދިޔަ ދުވަސްވަރެވެ. މަދަރުސަތުލް ސަނިއްޔާގެ ނަމުން މަދަރުސަތުލް މަޖީދިއްޔާގެ ނަމަށް ނަން ބަދަލުކުރެއްވީ 6 އެޕްރީލް 1947ގައެވެ. އަނެއް ދުވަސްވަރަކީ 1961 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައި އިނގިރޭސި މީޑީއަމަށް ކިޔަވައިދޭން ފެށުމާއެކު މަޖީދިއްޔާ ސްކޫލުގައި "ދަ މޫވްމަންޓް"ގެ ނަމުގައި ކެޑޭޓްގެ ހަރަކާތްތަކަށް ބޮޑު ކުރިއެރުމަކާއެކު އާ ދިރުމެއް އައި ދުވަސްވަރެވެ. އެ ދުވަސްވަރު އުފެދިގެން އައި ކެޑޭޓުގެ ވަރުގަދަ ރޫޙުގެ ތެރެއިން 25 އޯގަސްޓް 1963ގައި މަޖީދިއްޔާ ސްކޫލުގައި "މަޖީދިއްޔާ ކެޑޭޓް ކޯރ" އުފެދި، ކެޑޭޓް ހަރަކާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އައެވެ. އަނެއް ދުވަސްވަރަކީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލް، މަދަރުސާތަކެއްގައި ހަރަކާތްތެރިވާ ކެޑޭޓުންގެ މައްޗަށް 25 ޖުލައި 1995 ގައި "މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ" އުފެދުމަށް ފަހުގައި އައި ދުވަސްތަކެވެ. މިއީ ކެޑޭޓުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެޑޭޓުގެ ހަރަކާތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ވިލަރެސްކުރެވިގެން ކުރިއަށްގެންދަންފެށި ދުވަސްވަރެވެ.

 

 

ޚާއްޞަ ޕާޓީ

 

ދިވެހިރާއްޖޭގައި ކެޑޭޓުގެ ހަރަކާތް ފުރަތަމަ ފެށުންކަމަށް ބަލަނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނުގެ ޒަޢާމަތުގައި މަދަރުސަތުލް ސަނިޔާގެ ފިރިހެން ގޮފި (ފަހުން މަޖީދިއްޔާ ސްކޫލް) ގައި ފެށި "ޚާއްޞަ ޕާޓީ"ގެ ހަރަކާތް ފެށުމަށެވެ. އެ ދުވަސްވަރަކީ ދިވެހި ދައުލަތް ހިންގަވާ މަޖިލިހުގެ ރައީސްކަމާއި ވަޒީރުއްދާޚިލިއްޔާ (ހޯމް މިނިސްޓަރ)ގެ މަޤާމުގައި ހުންނަވައިގެން މުޙައްމަދު އަމީން ދިވެހި ދައުލަތް ހިންގެވި ދުވަސްވަރެވެ. އޭރު އެއީ ސިފައިންގެ ވެރިޔާ ވެސް މެއެވެ.

 

Friday, May 5, 2023

މި ކިޔައިދެނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔަގޮތް

ޢަބްދުﷲ ސަޢީދު

ފެންނަނީ ދިވެހި ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން ދައްކައިދޭ ރަސްކަމުގެ ދަރުބާރެވެ. ތަޚުތުގައި އެއިންނެވީ ދިވެހިރާއްޖޭގެ ރަސްގެފާނެވެ. ކޮންމެ ވެސް މީހަކު ރަދުންނަށް ކަރުދާސްގަނޑެއް ދައްކަވާއިރު އޭނާގެ ފަހަތުން ފެންނަން އެތިބީ ބޭރުގެ ސިފައިންގެ ބައެކެވެ. ދެން ފެންނަނީ ދުވަސްވީ ބޭކަލަކު ރަސްކަމުގެ ދަރުބާރު ނުކުންނަވަންދާ މަންޒަރެވެ.

މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މާލޭ ދެކުނު ފަރާތުގައި ބޮޑުތަކުރުފާނު މަގަށް ފެންނާނެހެން ސްޓެލްކޯ ފާރުގައި ކުރެހި ކުރެހުންތަކުން ތަސްވީރެކެވެ. މި ތަސްވީރުން ކުރެހުންތެރިޔާ ކިޔައިދީފައި މިވަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހީން ދިޔަ ގޮތެވެ. އޭނާގެ ދަވާދު ފިހިން ސިފަކޮށްފައި އެވަނީ މީލާދީން 1887 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހެވެ.

ސިފައިންގެ 11 ބޭކަލެއްގެ މައްޗަށް ސާބިތުވި ބަޣާވާތުގެ ކުށާއި ކަނޑައެޅުނު ނިޔާތައް


 

ޢަބްދުﷲ ސަޢީދު

ސިފައިންގެ ބަޔަކު ސިފައިންގެ ވެރީންނާ ދެކޮޅަށް ހިންގަން ރޭވި ބަޣާވާތެކެވެ. ސިފައިންގެ ބައެއް ވެރީންނާމެދު  ހިތްހަމަ ނުޖެހިގެން އެ ބޭކަލުން މަސައްކަތްކުރީ  ދެކޮޅުވެރިކަމުގެ ހަރަކާތެއް ހިންގައިގެން ބައެއް ވެރީން މަޤާމުތަކުން ދުރުކުރުމަށެވެ. މިކަން ފަޅާއެރި ހިސާބުން މިކަމުގައި ޝާމިލުވި އެންމެން ވަގުތުން ހައްޔަރުކޮށް، ސިފައިންގެ ވަޒީފާއިން ވަކިކޮށް، ތަހުގީގު ފެށިއެވެ. އެއަށްފަހު ޝަރީއަތަށް މައްސަލަ ހުށަހެޅުނެވެ. މިއީ އެ ބަޣާވާތް ގެންނަން ކުރި ނާކާމިޔާބު މަސައްކަތާއި އެ ކުށަށް ޝަރީޢަތުން ކަނޑައެޅުނު ބޮޑު އަދަބުގެ ވާހަކައެވެ.  

އޭރު ރަސްކަމުގައި އިންނެވީ ދިވެހި ތާރީޚުގައި އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލެވެ. އޭރު ސަރުކާރާއި މުޅި ދައުލަތް ވެސް ހިންގަވަމުން ގެންދެވީ ސިޔާސީގޮތުން ބާރުގަދަ ވަޒީރުލްއަޢުޒަމް (ބޮޑުވަޒީރު) އިބްރާހީމް ނާޞިރެވެ. ދުވަސްވަރަކީ ދެކުނު ގަޑުބަޑުގެ ދުވަސްވަރެވެ. ދިވެހީން އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވުމަށް ނިޔަތްގަނެ ދަތުރަށް އޮތީ ފަށާފައެވެ. ސިފައިންގެ ކޮމާންޑަރަކީ  ޢަބްދުލް ޙަންނާން ޙަލީމެވެ. 1961 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 3 ވަނަ ދުވަހު ސިފައިންގެ ސަރުދާރުކަން ނުވަތަ މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ޢަބްދުލްޙަންނާނަށް ދެއްވީ 3 ނަންބަރު ސަރުދާރުގެ މަޤާމުގައި ހުންނަވަނިކޮށެވެ. އެއީ ތިން ދަރަޖައިގެ މަޤާމުގެ ކުރިއެރުމެކެވެ.  

ބޭފުޅިޒަމް


 

ޢަބްދުﷲ ސަޢީދު 

 

"ބޭފުޅިޒަމް" އަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމާ އެއްފަދަ ތަފާތުކުރުމެކެވެ. ހަގީގީ ބޭފުޅިޒަމް އޮތީ ރާއްޖޭގައި ކުރިން އޮތް ރަސްކަމާއި ރަސްކަމުގެ ކޮއިލުތެރެއާ ގުޅިފައެވެ. ބޭފުޅިޒަމަކީ ބޭފުޅުންގެ ދަރަޖައިގައި ގިންތިކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން ފެންނަ އަބުއިކަމާއި، ޢާއިލީ ދަރިކޮޅާއި ނަސަބާއި ހަސަބަށް  ފަޚުރުވެރިވެވަޑައިގެންވުމާއި އެހެން މީހުންނަކީ މާދެރަ ބައެއްގެ ގޮތުގައި ދެކެވަޑައިގެން، ކުޑައިމިސް ކުރައްވައި ނިކަމެތިކޮށްލުމެވެ.

 

Thursday, May 4, 2023

ޗާގޯސް އާއި ރާއްޖޭގެ އިމުގެ މައްސަލަ

 
ޢަބްދުﷲ ސަޢީދު

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާ ދެމެދުގައި އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖެއާއި މޮރިޝަސްގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެން ދިޔައީ 28 އެޕްރީލް 2023 ވީ ހުކުރު ދުވަހުއެވެ. މި މައްސަލަ ނިންމީ ޖަރުމަނުވިލާތުގައި ހުންނަ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިންނެވެ.

މި މައްސަލައަކީ ޗާގޯސްއާ ދެމެދުގައި އޮތް ކަނޑުގެ މައްސަލައެއް ކަމަށް ވިޔަސް އިޓްލޮސްއިން އިއްވި ޙުކުމުގައި އެއް މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ މައްސަލައެއްގެ ގޮތުގައެވެ. އެގޮތަށް އިޓްލޮސްއިން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރެފައިވާ އިސްތިޝާރީ ލަފައަށް ބިނާކޮށް، ޗާގޯސް އަކީ މޮރިޝަސްގެ ބައެއްކަމަށް ނިންމައިގެންނެވެ.