Wednesday, December 19, 2018

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ޚިދުމަތަށް އަވަސް ނަޒަރެއް

 

ލިޔުނީ: ޢަބްދުﷲ ސަޢީދު
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ސާރވިސް ނަންބަރު: 1089، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ  1988 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 04 ވަނަ ދުވަހުއެވެ. ވޭތުވެ ދިޔަ 30 އަހަރު މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އައްޔަންކުރެއްވީ 2018 ޑިސެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމުގެ ޚިދުމަތަށް އަވަސް ނަޒަރެއް

ލިޔުނީ: ޢަބްދުﷲ ސަޢީދު 
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް، ސާރވިސް ނަންބަރު 941، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1986 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު، ޕްރައިވެޓް ރޭންކުގައެވެ. އެ ދުވަހުން ފެށިގެން 32 އަހަރާއި 02 މަހާއި 27 ދުވަހުގެ ދިގުމުއްދަތެއްގައި ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ޔުނިފޯމް އެޅި އެންމެ އިސް ކޮމާންޑަރެއްގެ ގޮތުން، ޗީފް ޑިފެންސް ފޯސްގެ މަޤާމު 2012 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ ދުވަހަށް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ އަދާކުރައްވާފައިވާފައެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދުގެ ޚިދުމަތަށް އަވަސް ނަޒަރެއް

ލިޔުނީ: ޢަބްދުﷲ ސަޢީދު 
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު، ސާރވިސް ނަންބަރު 873، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރު މޭ މަހުގެ 09 ވަނަ ދުވަހު، ލާންސް ކޯޕްރަލް ރޭންކުގައެވެ. އެ ދުވަހުން ފެށިގެން 34 އަހަރާއި 07 މަހާއި 03 ދުވަހުގެ ދިގުމުއްދަތެއްގައި ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. ސިފައިންގެ ތަފާތު ގިނަ އިސް މަޤާމުތައް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ވަނީ 2015 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ ދުވަހަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައިވާފައެވެ.