Sunday, June 16, 2013

ހިކުމަތްތެރިންގެ ބަސް


1. ފަސްމަގުން ޢިބުރަތް ހާސިލު ނުކުރެވުނު މީހަކަށް ކުރިމަގު އުޖާލާކުރަން ދަތިވާނެއެވެ. 
2. މިތުރުން އެނގޭނީ ކަމަކާ ޖެހުނީމައެވެ.
3. އުމުރަކީ ކުރު އެއްޗެކެވެ. ފުރުސަތަކީ މަދު އެއްޗެކެވެ.
4. ބަހާ ޢަމަލާ ދިމާނުވާނަމަ ލިބިފައިވާ ޢިލުމެއްގެ ބޭނުމެއް ނެތެވެ. 
5. ނުބެހޭ ކަންތައްތަކާ ނުބެހި ދޫކޮށްލުމުން ބެހޭ ކަންތައްތަކާ އަޅާލާނެ ވަގުތު ލިބޭނެއެވެ.

Saturday, June 1, 2013

ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުން



ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ކާމިޔާބު މަސައްކަތެކެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަކީ ކޯޓުން މައްސަލަ ހައްލުކުރުމަށްވުރެ ފައިދާހުރި ކަމެއްގެ ގޮތުގައި މިއަދުގެ ދުނިޔޭގައި ބެލެވެއެވެ. މިކަމުގެ ފައިދާތަކުގެ ތެރޭގައި ވަގުތު ސަލާމަތްވުމާއި، ދެފަރާތުގެ ގުޅުން ހީނަރު ނުވުމާއި، ޤާނޫނުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކުން ސަލާމަތްވުން ހިމެނެއެވެ. ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރެވެނީ ތަފާތު މެތަޑްތައް ބޭނުންކޮށްގެންނެވެ. އާންމުކޮށް މަދަނީ (ސިވިލް) މައްސަލަތައް ކޯޓުން ބޭރުގައި ނިންމި ނަމަވެސް މިއަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ޖިނާއީ (ކްރިމިނަލް) މައްސަލަތަކުގައިވެސް މި ނިޒާމް ބޭނުންކުރެއެވެ.

މަގޭ ވޯޓް


ވޯޓު ލުމުގެ ޙައްޤަކީ އަޅުގަނޑަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެއީ އެހެން ކޮންމެ ރައްޔިތެކޭ އެއްފަދައިން އަޅުގަނޑުގެ ކޮޑުގައިވެސް އެޅިފައިވާ އަމާނާތެކެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އުފުލަންޖެހިފައިވާ މަސްއޫލިއްޔަތެކެވެ. އަޅުގަނޑުގެވެސް އާއިލާއެއް އޮވެއެވެ. ވޯޓްލެވޭ އުމުރުގެ ދަރިއަކު އަދިނެތަސް އަނތްބަކާއި މައިންބަފައިން ދުނިޔޭގައި ﷲ ގެ އިރާދަފުޅުން އެބަ ތިއްބެވެ. އެކަމަކު ދުވަހަކުވެސް އެއިން މީހަކު ވޯޓުދޭގޮތެއް ނުބަލަމެވެ. ނުވެސް ބަލާނަމެވެ. އަދި އެއިން މީހަކުވެސް ވޯޓުލަނީ ކާކަށްތޯ އަޅުގަނޑު ކުރެންނެއްވެސް ނާހައެވެ. އަހާނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ. 

އިސްތިރި : ލޯބިޖައްސާ ސިހުރު



 މިއީ ފޮޓޯއިން އެފެންނަ އިސްތިރީގެ ވާހަކައެއް ނޫނެވެ. މިއީ އެއަށްވުރެ މާނުރައްކާތެރި އިސްތިރިއެއްގެ ވާހަކައެވެ. އަލިފާން އަޅައިގެން ދޮންކޮށްގެން ބޭނުންކުރި އިސްތިރިއާއި މިޒަމާނުގައި ބޭނުންކުރާ ކަރަންޓް އިސްތިރިންވެސް ބޮޑުވަރަކަށް ވާނެ ކަމަކީ ގައިގައި ޖެހުގައި ފިހޭނީއެވެ. ދަންނަވަން މިއުޅޭ އިސްތިރީގެ ނުރައްކާތެރިކަމުން މުޅި މީހާގެ ހަޔާތް ގެއްލި ހަލާކުވަނީއެވެ. ދެދުނިޔޭގެ އަބާއްޖަވެރިއަކަށްވަނީއެވެ.