Monday, August 21, 2023

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އިސްލާމްދީނަށް ކުރެއްވި އަގުހުރި ޚިދުމަތްތައް

 


ޢަބްދުﷲ ސަޢީދު
 
އަޅުގަނޑު ކުޑައިރު ރޭޑިއޯއިން ފޮނުވި ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި އެންމެ ގިނައިން އިވެމުންދިޔަ އެއް އަޑަކީ ށ. މަރޮށްޓަށް އުފަން މ. ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީގެ އަޑެވެ. "ފަރުޟު ޒަކާތް" ފަދަ ޕްރޮގްރާމްތަކަކީ އުޘްމާން ޢަބްދުﷲއަށްޚާއްޞަ ޕްރޮގްރާމެކޭ އޭރު އަޅުގަނޑަށް ހީވެފައި އޮތެވެ. އެ ސިލްސިލާ ޕްރޮގްރާމްގައި ޢުޘްމާން ޢަބްދުﷲގެ މަޑުމައިތިރި އަޑުން ދެއްވި ހެޔޮ ނަސޭހަތްތައް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ރޭޑިއޯގެ އިތުރުން ޓީވީ މޯލްޑިވްސްއިން ފޮނުއްވި ދީނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ވެސް ޢުޘްމާން ޢަބްދުﷲ ގެ އަގުހުރި ޚިދުމަތްތައް ދިވެހީންނަށް ދިޔައީ ލިބެމުންނެވެ.
 

Thursday, August 17, 2023

ކުރުވާހަކަ: ރަނގަޅު ނޫނިއްޔެވެ.

 



ޢަބްދުﷲ ސަޢީދު
 
ރަސްގެފާނުގެ ގަނޑުވަރުގައި ގެންގުޅުއްވި އަންހެން ކައްކާއެކެވެ. މި ކަނބުލޭގެއާ ރަސްގެފާނާ މާތް ގާތްގުޅުމެއް އުފެދިއްޖެކަން ރަސްގެފާނުގެ އަނބިކަމަނާއަށް ހީފުޅު ވެއްޖެއެވެ. ކެއްކުމުގެ އިތުރުން މޭޒުކޮޅު ބެލެހެއްޓުމާއި ރަސްގެފާނަށް ފަރިއްކޮޅު ވަތްކުރުމުގެ މަގާމު އޭރު ފުރަނީ އެ ކައްކާއެވެ. މި ޝައްކެއް ހިނގާފައި ވަނިކޮށް ރަސްގެފާނު އެ ކަނބުލޭގެއާ ހީސަމާސާ ކުރައްވާ އުޅުއްވާތަން ވެސް މަހާރެހެންދިއަށް ފެނިވަޑައި ގަންނަވަން ފަށައިފިއެވެ. 
 

Tuesday, August 15, 2023

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފުގެ އަގުހުރި އަސްކަރީ ޚިދުމަތް

 


ޢަބްދުﷲ ސަޢީދު 
 
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝަރީފް (ސަރވިސް ނަންބަރު: 720) އަކީ، 1982 ފެބުރުވަރީ 27 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 41 އަހަރާއި، 5 މަހާއި، 18 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލާންސް ކޯޕްރަލް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް، އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ކޯޕްރަލް، ސާރޖަންޓް، ސްޓާފް ސާރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 2 އަދި ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ ރޭންކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް ކަމިޝަން ކުރެއްވީ 21 އެޕްރީލް 1998 ގައެވެ. ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލްގެ ރޭންކުގައި ދިވެހި އަސްކަރިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޝރީފް، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރެއްވީ 24 ޖަނަވަރީ 2021 ގައެވެ. 
 

Tuesday, August 8, 2023

އީކޯވަސް މީ ކޮން ޖަމާޢަތެއް؟

 


ޢަބްދުﷲ ސަޢީދު
 
ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ އިޤްތިޞާދީ ޖަމްޢިއްޔާ (އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް) ނުވަތަ (ECOWAS) ގައި ހިމެނެނީ 15 ޤައުމެކެވެ. އެއީ ބެނިން، ބުރްކިނާ ފާސޯ، ކެބޯ ވަރޑޭ، ކޯޓް ޑި އައިވޯއާ، ދަ ގަމްބިއާ، ގާނާ، ގިނީ، ގިނީ - ބިސާއޯ، ލައިބީރިއާ، މާލީ، ނައިޖަރ، ނައިޖީރިއާ، ސެނެގާލް، ސިއެރާ ލިއޯން، އަދި ޓޯގޯ އެވެ. 
 

Sunday, August 6, 2023

އިސްދޫ ލޯމާފާނުގައި އޮތީ ކޮން ވާހަކައެއް؟

 



ޢަބްދުﷲ ސަޢީދު
ދިވެހިރާއްޖެއިން ފެންނަން އޮތް އެންމެ ދުވަސްވީ ރަސްމީ އެއް ލިޔުމަކީ އިސްދޫ ލޯމާފާނެވެ. އިސްދޫ ލޯމާފާނު ލިޔެވިފައި ވަނީ އައްސުލްޠާން ދިނެއި ކަލަމިންޖާ ސިރީ ގަޑަނާދީއްތަ މަހާރަދުން (1192 - 1198) ގެ ރަސްކަމުގެ ތިންވަނަ އަހަރުއެވެ. އެއީ ކީރިތި ރަސޫލާ ސުވަރުގަ ވަޑައިގެންނެވިތާ 582 އަހަރު ފަހެވެ. ހިޖުރީގޮތުން 592 ވަނަ އަހަރެވެ. އެއީ މީލާދީން 1194 ވަނަ އަހަރެވެ. ގަދަނާދީއްތަ މަހާރަދުންގެ އަމުރުފުޅަށް އިސްދޫ ލޯމާފާނު ލިޔުއްވީ ފެހެންދޫ ފެހިފުނައަވަށު ފަނޑިއަތާއެވެ. 
 

Tuesday, August 1, 2023

އިސްދޫ އިސްލާމްކުރެއްވި ހާދިސާ

 



ޢަބްދުﷲ ސަޢީދު 
 
ހައްދުންމަތީ އިސްދޫއަށް އެ ނަން ކިޔެނީ އެ ރަށް އެ ސަރަޙައްދުގެ އެހެން ރަށްރަށަށްވުރެ އިސް ވީމައެވެ. އެ ރަށަކީ އެ ރަށް އިސްލާމް ކުރުމުގެ ކުރިން، ބުދު ދީނުގައި އޮތް އިރު ވެސް އިސް ރަށެކެވެ. އަދި އިސްލާމްކުރުމަށް ފަހުގައި ވެސް އެ އިސްކަން ދިވެހި ދައުލަތުން ދެއްވާފައިވާ ރަށެކެވެ. ދިވެހިރާއްޖެ އިސްލާމްވީ މީލާދީން 1153 ވަނަ އަހަރުއެވެ. އިސްދޫ އިސްލާމް ކުރެއްވީ އޭގެ ގާތްގަނޑަކަށް 42 އަހަރު ފަހުން 1195 ވަނަ އަހަރުއެވެ. އިސްދޫ އިސްލާމް ކުރެއްވީ އައްސުލްޠާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގެ ތިން ވަނަ އަހަރުއެވެ. މި ރަދުން ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވީ މީލާދީން 1192 ވަނަ އަހަރުން 1198 ވަނަ އަހަރަށެވެ.