Wednesday, July 28, 2010

ﷲ އަށް ހަމްދާއި ޝުކުރު ހުއްޓެވެ.

އަޅުގަނޑުގެ ކޮއްކޮ ފަސީހާ ހަނާން އަށް ގެންޑީ ފީވަރ ޖެހިގެން އަޅުގަނޑު މި ހަފްތާގައި މިއުޅުނީ ހޮސްޕިޓަލްގައެވެ.

ބްލެޑް ޕްލެޓް ފުރަތަމަ ޓެސްޓްގައި ހުރީ 195 ގައެވެ. އެންމެ ދަށުގައި ހުންނަން ޖެހޭނެ ކަމަށް ބުނާ 150 އަށްވުރެ ފުރަތަމަ ދަށަށް ދިޔަ ދުވަހު ދަށަށް ދިޔައީ 134 އަށެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރަނީ 80 އަށްވުރެ ދަށްވީމާ ކަމަށްބުނެ އެޑްމިޓެއް ނުކުރެއެވެ. ގެއަށް ގެންގޮސް ގިނައިން ދިޔާތަކެތިދީ ހަދަމުން ދިޔަޔަސް ލުޔެއް ނުވެއެވެ. ޕެނެޑިން ދީ މުޅި ގައިގައި ފެންއުގުޅާއިރުވެސް ހުން މައިތިރިއެއް ނުވެއެވެ. ވަރު ދިޔައީ ދަށްވަމުންނެވެ. ދެން އެދުވަހު ގެންދިޔައީ އޭޑީކޭ އަށެވެ. އެހޮސްޕިޓަލްގައި އެޑްމިޓްކޮށްދޭތޯއެވެ. އައިޖީއެމްއެޗް އިން ހަދާފައިވާ ޓެސްޓްތައް ބެލުމަށްފަހު އޭޑީކޭ އިން އަލުން ޓެސްޓް ހެދިއެވެ. އޭރު ހުރީ 85 ގައެވެ. އޭޑީކޭއަކުވެސް އެނދެއް ނެތެވެ. އޭޑީކޭއިން ފޮނުވާލީ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗަށް އަނެއްކާގޮސް އޭޑީކޭގެ ލިޔުންތައް ދެއްކީމެވެ. ބުންޏެވެ. އޭޑީކޭ ގެ މެޝިންގެ މައްސަލައަކަށް ވެދާނެއެވެ. މިވީ ވަގުތުކޮޅުގެ ތެރޭގައި ތިޔަހާ ދަށްވެގެން ނުވާނެއެވެ. އެހެންވެ އައިޖީއެމްއެޗްއިން ޓެސްޓް ހެދިއެވެ. މިފަހަރު ބްލެޓްޕްލެޓް ހުރީ 56 ގައެވެ. އެހިސާބުން އެޑްމިޓްކުރިއެވެ. އަނެއްދުވަހު ހެދި ޓެސްޓްހުރީ 34 ގައެވެ. ޑެންގީއަށް ޕޮސްޓިވް ކަމަށް ބުނި ދުވަހަށް ތިންވަނައަށްވީ ދުވަހު 24 އަށް ތިރިވެއްޖެއެވެ. ރާއްޖެއިން ބޭރަށް ދިއުމަކަށް ހުއްދައެއް ނުލިބުނެވެ. ކޮއްކޮ އޮތް ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ޑޮކްޓަރުން ބުނަނީއެވެ. ބޭރުން އިތުރު ޑޮކްޓަރުންގެ ލަފާވެސް ހޯދީމެވެ. އެ ޑޮކްޓަރުންވެސް ބުނީ އެހެންނެވެ. އެހިސާބުން އަޅުގަނޑުމެން ގޮތް ހުސްވީއެވެ. ހެޔޮ ދުޢާ ކުރުން ނޫންކަމެއް ނެތެވެ. ޑޮކްޓަރުން ވަކި ގޮތަކަށް ބުނަމުންދަނިކޮށް ރިސްކް ނަގައިގެންވެސް ރާއްޖެއިން ބޭރަށް ކޮއްކޮ ގެންދިއުމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އެކަމަކު އާއިލާގެ މީހުންގެ މެދުގައި ވާހަކަ ދެއްކުމަށްފަހު ޑޮކްޓަރުންނަށް އިތުބާރުކޮށް ބޭރަށް ދިއުން މަޑުޖައްސާލީއެވެ.


ﷲ އަށް ހަމްދާ ޝުކުރު ހުއްޓެވެ. އަނެއް ދުވަހު ރިޕޯޓް ލިބުނުއިރު ހުރީ 70 ގައެވެ. ޖެހިގެން އައި ދުވަހު 93 އަށް އެރިއެވެ. އަނެއް ދުވަހު 195 އެރިއެވެ. އެދުވަހު ޑިސްޗާޖް ކޮށްފިއެވެ. ހުރިހާ ޝުކުރެއް ޙައްޤުވަނީ ބަލިތަކަށް ޝިފާ ދެއްވާ އަދި ބަލިތައް މެދުވެރިކުރައްވާ އަޅަމެންގެ ވެރި ރަސްކަލާނގެއަށެވެ. އެކަލާނގެ އަޅުގަނޑުގެ ކޮއްކޮއަށް ޝިފާ ދެއްވިއެވެ.

މީޓިއޮރޮލޮޖިކަލް ސާވިސްއަށް ކުރި ޒިއާރަތް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަށް މިއަދު އަޅުގަނޑު ޒިޔާރަތްކުރީމެވެ. އެތަނުގައި ހުރި ތަންތަން ބަލާލުމުގެ ފުރުސަތު ލިބުނެވެ. ވާރޭ ވެހޭމިންވަރު ބަލާގޮތާއި ފިނިހޫނުމިން ބަލާގޮތާއި ވައިޖެހޭމިންވަރު ބަލާގޮތް އަދި ދުވާލުގެ ދިގުމިން ބަލާގޮތާއި އެކަންކަމަށް ބޭނުންކުރާ އާލާތްތައް އަހަރެން ދެކުނީމެވެ. އަތްލާ ހެދީމެވެ.

ކޮންމެ ރެއަކު ޓީވީއެމްގެ އަށެއްގެ ޚަބަރަށްފަހު މޫސުމް ގެނެސްދޭ ސްޓޫޑިއޯއަށް ވަދެ އެތަންވެސް ބަލާލީމެވެ.

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ އިންޒާރުދޭ ދޭ ނިޒާމާއި އިންޒާރު ދިނުމުގައި ގެންގުޅޭ 4 މިންގަނޑު އަހަރެންނަށް ސާފުވިއެވެ. މޫސުމް ކުރިއަށް ލަފާކުރާގޮތާއި ވޯނިންގ އިޝޫކުރާ ސިސްޓަމްތައް އެގިގެންދިޔައެވެ. އެމްއެމްއެސް އިން މި މަޢުލޫމާތު ތައް ދެއްވީ ޢަޒީމާ އާއި ހާފިޒް ފަދަ ބޭފުޅުންނެވެ. މިދެބޭފުޅުންގެ ނަން މި ހިމަނާލީ އެއީ އަޅުގަނޑަށް އެތަނަށް ދިއުމުގެ ކުރިންވެސް ޓީވީ ސްކްރީނުން ރައްޓެހި ދެބޭފުޅުންނަށް ވާތީއެވެ.

  އަތިރިމަތީގޭ ޙައްވަދައިތައާއެކު ޢަބްދުﷲ ސަޢީދު މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައ...