Sunday, October 29, 2023

މަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅު

 

ޢަބްދުﷲ ސަޢީދު
 
މަނަދޫ ކަތީބުގޭ މޫސަބެ އަކީ މުޙައްމަދު ކަތީބު (މަސްކާށި ކަތީބު)ގެ ދަރިއެކެވެ. މަސްކާށި ކަތީބުގެ ނަމުން މުޙައްމަދު ކަތީބަށް މުޚާޠަބު ކުރެވޭތީ ކަތީބުގެ މޫސަބެއަށާއި މޫސަބޭގެ ދަރިންގެ ނަމުގެ ކުރިއަށް ވެސް "މަސްކާށި" ބޭނުން ކުރެވުނެވެ. މުޙައްމަދު ކަތީބާއި ކަތީބުގެ މޫސަބެއަކީ ވެސް މަނަދޫގައި ވެރިކަންކުރެއްވި ދެ ބޭފުޅުންނެވެ. 
 
 
ކަތީބުގެ މޫސަބޭގެ ދަރިކޮޅު ދެމިގެން އައީ ދެ ބަނޑަކުންނެވެ. ފުރަތަމަ ކައިވެނިން ލިބުނީ ދޮން ކަމަނަ ދައިތައާއި ކުޑަދައިތައެވެ.
ދެން ކައިވެނިކުރީ ބޮނޑިބަތް ސިއްތިދައިތައާއެވެ. އެ ކައިވެނިން ހަތް ދަރިން ލިބުނެވެ. ކަތީބުގޭ މޫސަބޭގެ ދަރިންގެ ފަރާތުން ބޮޑު އާއިލީ ދަރިކޮޅެއް މަނަދޫގައި އެބަ އޮތެވެ. އަދި ރ. މަޑުއްވަރީގައި ވެސް އެ ދަރިކޮޅު އެބައޮތެވެ.
 
ކަތީބުގެ މޫސަބޭގެ ދަރިކޮޅަކީ ޢިލްމީ ގޮތުންނާއި ބޭސްވެރިކަމާއި ފަންޑިތަވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ދަރިފަސްކޮޅެކެވެ. 
 
މި ދަރިފަސްކޮޅަކީ އަޅުގަނޑުގެ މައިފުށުގެ ދަރިކޮޅެވެ. އަޅުގަނޑަކީ މަސްކާށި މުޙައްމަދު ކަތީބުގެ، ކަތީބުގެ މޫސަބޭގެ، ފާތުމަދައިތަގެ ޒުލޭޚާ އިބްރާހީމް (ދޮންކަނބުލޮ)ގެ ޢަބްދުﷲ ސަޢީދެވެ. 
 
ތިރީގައި މި ވަނީ އަޅުގަނޑުގެ މައިފުށުގެ މުނި ކާފައާއި މުނިމާމަގެ ފަރާތުން ދެމިގެން އައި ދަރިފަސްކޮޅެވެ. މުނިކާފައާއި އެ ކާފަގެ ދަރިންނާއި އެ ދަރިންނަށް ލިބުނު ދަރިންނެވެ. އެކަކަށް އެއް ކައިވެންޏަށްވުރެ ގިނަ ކައިވެންޏަށް ދަރިން ލިބިފައިވާނަމަ އެ ކައިވެނި ކުރެވުނު މީހެއްގެ ނަމަށްފަހު ދަރިންގެ އަދަދު ތަރުތީބު ކުރެވުފައި ވާނެއެވެ. ދަރިން ލިޔެފައިވާނީ އެ ކުދިން ލިބުނު ތަރުތީބުންނެވެ. ފޮތުނަމާއެކު އާންމުކޮށް ރަށުތެރޭގައި ކިޔާއުޅުނުގޮތް ލިޔެވޭތޯ ބެލީމެވެ. އެއްކުރާ ފާހަގަ (+) ބޭނުން ކުރެވިފައިވާނީ ކައިވެނީގެ ގުޅުން ބަޔާންކޮށް ދިނުމަށެވެ. 
 
ކަތީބުގެ މޫސަބޭ + (ނަމެއް ނޭނގެ)
 
1. ދޮންކަމަނަ ދައިތަ
2. ކުޑަދައިތަ 
 
ކަތީބުގެ މޫސަބޭ + ބޮނޑިބަތް ސިއްތި ދައިތަ
 
1. ޔަހުޔާ މޫސާ (ޔާޔަބެ)
2. ޒަކަރިއްޔާ މޫސާ (ޒަކަރީބެ)
3. ޙައްވާ މޫސާ (ހައްވަދައިތަ)
4. ފާތުމަތު މޫސާ (ފާތުމަދައިތަ)
5. ޚަދީޖާ މޫސާ (ކަތްދަދައިތަ)
6. ޢާއިޝަތު މޫސާ (ދޮންދައިތަ)
7. ހާރޫނު މޫސާ (ބޯކެޔޮ ހާރޫނުބޭ)
-----
އައިމިނަތު (ދޮންކަމަނަ ދައިތަ) + އިބްރާހީމް ޢަލީ 
 
1. ނަޖުމުއްނިސާ އިބްރާހީމް (ޅަފަތުގައި ނިޔާވީ)
2. މޫސާ އިބްރާހީމް (ޅަފަތުގައި ނިޔާވީ)
3. . އަބޫބަކުރު އިބްރާހީމް (ރ. މަޑުއްވަރީގައި ދިރިއުޅުނީ. ދަރިއަކުނެތް)
4. އަޙްމަދު އިބްރާހީމް (ރ. މަޑުއްވަރީގައި ދިރިއުޅުނީ.
2 މަޑުއްވަރީ)
3.
------
ކުޑަދައިތަ + ޙަސަން (ކުޑަފުތުބެ)
 
1. އާދަމް ޙަސަން (ކުޑަފުތުބޭގެ އާދަންބެ)
2. ފާތުމަތު ޙަސަން (ކުޑަފުތުބޭގެ ފާތުމަ ދައިތަ)
-----
ޔަހުޔާ މޫސާ (ޔާޔަބޭ) + ސިއްތި (ދޮން އުނބުށެންބެ ހުސޭނުގެ ސިއްތި)
 
1. ޢަލީ ޔަހުޔާ (ޔާޔަބޭގެ އައްޔަބޭ)
2. ޢަބްދުﷲ ޔަހުޔާ (ޔާޔަބޭގެ ޢަބްދުﷲބެ)
-----
ޒަކަރިއްޔާ މޫސާ + ޒުލޭޚާ (ދޮން އުނބުށެންބެ ހުސޭނުގެ ދަލޭކަ)
 
1. މޫސާ ޒަކަރިއްޔާ (ޒަކަރީބެގެ މޫސަބޭ)
2. ފާތުމަތު ޒަކަރިއްޔާ (ޒަކަރީބެގެ ފާތުމަދައިތަ)
3. ހާރޫނު ޒަކަރިއްޔާ (ޒަކަރީބެގެ ހާރޫނުބޭ)
4. ޚަދީޖާ ޒަކަރިއްޔާ (ޅަފަތުގައި ނިޔާވީ)
5. ޙައްވާ ޒަކަރިއްޔާ (ޒަކަރީބެގެ ޙައްވާކޮއި ދައްތަ)
6. ނޫޙު ޒަކަރިއްޔާ (ޒަކަރީބެގެ ނޫހުބޭ)
-----
ޙައްވާ މޫސާ (ހައްވަ ދައިތަ) + މުޙައްމަދު (ފެސްކޯ މުޙައްމަދު / އަދަގޮނޑި ކަތީބު) 
 
1. ފާތުމަތު މުޙައްމަދު (ފާތުމަދައިތަ / ކުޑަދައިތަ)
2. މޫސާ މުޙައްމަދު (މޫސާފުޅުބެ)
3. ހުޞްނާ މުޙައްމަދު (ދޮންދައްތަ)
4. މަރިޔަމް މުޙައްމަދު (މަރިޔަންފުޅު ދައިތަ) 
 
ޙައްވާ މޫސާ (ހައްވަދައިތަ) + ޢަބްދުއްރަޙްމާން (ކުޑަފުތުބޭގެ އަބުދުބޭ)
 
5. ޙަބީބާ ޢަބްދުއްރަޙްމާން (ހަބީދައިތަ)
----
ފާތުމަތު މޫސާ (ފާތުމަދައިތަ) + ބޮޑުކާށި ޙަސަން މަނިކު
1. ޙުސައިން ޙަސަން މަނިކު (ބޮޑުކާށި ދޮންމަނިކު / ދޮންބެ)
2. ޢަބްދުއްރަޙްމާން ޙަސަން މަނިކު (ބޮޑުކާށި ތުއްތު މަނިކު / ތުއްތުބޭ)
3. އަބޫބަކުރު ޙަސަން މަނިކު (ބޮޑުކާށި އަބޫބަކުރު / އަބޫބެ)
4. އިބްރާހީމް ޙަސަން މަނިކު (ބޮޑުކާށި ކުޑަ މަނިކު / ކުޑަބެ)
ފާތުމަތު މޫސާ (ފާތުމަ ދައިތަ) + އިބްރާހީމް ޙަސަން (ދޮންކަމަނަ އިބްރާހީމް)
5. ޙަސަން އިބްރާހީމް (ކަތީބު ޙަސަންބެ)
6. ޒުލޭޚާ އިބްރާހީމް (ދޮންކަނބުލޮ)
7. ޢަބްދުﷲ އިބްރާހީމް
----
ޚަދީޖާ މޫސާ (ކަތްދަދައިތަ) + ޤާސިމް (ލޮނު ކާސިންބެ)
 
1. ޙައްވާ ޤާސިމް (ހައްވަ ދައިތަ)
2 ސަންފާ ޤާސިމް (ސަންފަދައިތަ)
3. އާދަމް ޤާސިމް (އާދަންބެ)
ޚަދީޖާ މޫސާ (ކަތްދަދައިތަ) + ޙަސަން (ކުޑަގެ ޙަސަންބެ)
4. ޝަމީމާ ޙަސަން (ސިއްތިކޮއިދައްތަ)
5. ޒުލޭޚާ ޙަސަން (ދަލޭދައްތަ)
----
ޢާއިޝަތު މޫސާ (ދޮންދައިތަ) + ޢަބްދުއްރަޙްމާން ޢީސާ (އީސަބޭގެ ދޮންބެ)
 
1. ޙަލީމާ ޢަބްދުއްރަޙްމާން (ތުއްތުކަނބުލޮ)
 
ޢާއިޝަތު މޫސާ (ދޮންދައިތަ) + ކެޔޮޅު ދޮންފުތުގެ ޢަބްދުﷲ
2. ސަޢީދާ ޢަބްދުﷲ

No comments: