Monday, March 27, 2023

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރުގެ އަގުހުރި އަސްކަރީ ޚިދުމަތް

 

ޢަބްދުﷲ ސަޢީދު

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1970 ވަނަ އަހަރު އޭޕްރީލް މަހުގެ 06 ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި އަސްކަރިއްޔާގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ޚިދުމަތް ކުރެއްވިއެވެ. މި ދިގު ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ސާރވިސް ނަންބަރު 214، މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް އާންމުކޮށް މުޚާޠަބު ކުރެވެނީ "ދޮންއެނބޫ ޅަހުއްތު" ގެ ނަމުންނެވެ. އަޅުގަނޑުމެން ޢުމުރުގެ ގިނަ ސިފައިންނަށް އެއީ "އެނބޫ ސަރ" އެވެ.

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަކީ އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ސީނިއަރ އޮފިސަރެކެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ.  ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާރޖެންޓްކަމާއި، ސްޓާފް ސާރޖެންޓް ކަމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމައި ވޮރަންޓް އޮފިސަރ ގްރޭޑް1 ގެ މަޤާމު ފުރުއްވިއެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނެންޓްކަމާއި، ފަސްޓް ލެފްޓިނެންޓްކަމާއި، ކެޕްޓަންކަމާއި، މޭޖަރކަމުގެ މަޤާމު ފުރުއްވިއެވެ. ދިވެހި އަސްކަރީ ޚިދުމަތުގައި ގިނަ ދުވަހު ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވި ނަމަވެސް އަސްކަރިއްޔާގައި ޢުމުރާނީ ތަރައްޤީގެ ދާއިރާއިން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ރާޑަރ ސްޓޭޝަންތައް ޤާއިމުކުރުމަށް ކުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. 

Thursday, March 16, 2023

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާ: ލެފްޓިނެންޓް ޖެނެރަލް ވިނޯދު ބާޓިއާގެ ތަޖުރިބާ

 




ޢަބްދުﷲ ސަޢީދު

އިންޑިއާގެ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާރޑް) ވިނޯދު ބާޓިއާ އޭރު ހުންނެވީ މޭޖަރ ރޭންކުގައެވެ. 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އައި އިންޑިއާ ސިފައިންގެ ކޮމާންޑް ޓީމުގައި ބްރިގޭޑިއަރ ޖެނެރަލް ބުލްސާރާގެ ދަށުން މަސައްކަތް ކުރެއްވި ކާނަލް ޖޯޝީގެ އެހީތެރިންނަށް ތިއްބެވީ މޭޖަރ ވިނޯދު ބާޓިއާ އާއި މޭޖަރ ދިލޯނެވެ
 

ޤާރީ ޝަކީބުބޭ - ޒަމާންވީ ޢާއިލީ އެކުވެރިއެއް


 



ޢަބްދުﷲ ސަޢީދު

އަޅުގަނޑަށް އެންމެ ފުރަތަމަ ޝަކީބުބެއާ ބައްދަލުވި ހަނދާންވަނީ އަޅުގަނޑުމެންގެ ރަށަށް ކުރު ޗުއްޓީއަކަށް ދުރުވުމުންނެވެ. އޭރު އެއީ އަޅުގަނޑުގެ ޢުމުރުން ދިހަ ބާރަ ވަރަކަށް އަހަރެވެ.  އެ ދަތުރުގައި ވެސް ބައްޕަ ވިދާޅުވެގެން ޝަކީބުބޭ އަރިހުން ޤުރުއާން ކިޔެވީމެވެ. ތަޖުވީދޭ ކިޔާ އަޑު އަޅުގަނޑު އެންމެ ފުރަތަމަ އެހީ ވެސް ޝަކީބުބޭ އަރިހުންނެވެ. އޭރު ރަށުގައި އަޅުގަނޑުމެން ޤުރުއާން ކިޔެވި އެދުރުގެތަކަކީ ތަޖުވީދު ކިޔަވައިދިން ތަންތަނެއް ނޫނެވެ

ޤައުމީ ޝުޢޫރުން ވޮނަދޮނަ ރާއްޖެ




ޢަބްދުﷲ ސަޢީދު


ޤައުމީ ޝުޢޫރަކީ މާނަ ފުން އިހުސާސެކެވެ. އެއީ މި ލޮބުވެތި ވަޠަނަށް ނިސްބަތްވާ ކަމުގެ އިޙްސާސެވެ. މި އިހުސާސްތައް ހޭލައްވަނީ މިނިވަންކަމާއެކު ޖެހޭ ވައިރޯޅިންނެވެ. މިނިވަންކަމާއެކު ގޮނޑުދޮށްތަކުގައި ބީހޭ ރާޅުތަކުގެ މިއުޒިކުންނެވެ. މިނިވަން ޖައްވުގައި ވިހުރޭ ދިދައިގެ ނިދާއިންނެވެ. އެ ދިދައިން ކިޔައިދޭ މިނިވަންކަމުގެ ދިގު ތާރީޚުންނެވެ. ދިވެހި ކާބައިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން އާރާސްތުކުރި ދިވެހި ރަށްވެހިކަމުންނެވެ. ދިވެހީންގެ ފަޚުރުވެރި ޙަޟާރަތުންނެވެ. ދިވެހީންގެ ގޮތްފޮތުންނެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް - 2023: މިންތީގެ ހަމަހަމަކަމަށް އީޖާދާއި ފަންނިއްޔާތު

 




 ޢަބްދުﷲ ސަޢީދު

މިންތީގެ ހަމަހަމަ ދުނިޔެއެއް ތަޞައްވުރު ކޮށްލައްވާށެވެ.  އެއްފަރާތްކުރުމާއި، އަންހެނަކަށްވީތީ ތަފާތުކުރުން ގެންގުޅުމާއި އެ މޭރުމުން ދުށުމުން އެއްކިބާވެފައިވާ ދުނިޔެއެކެވެ.  ތަފާތު، ހަމަހަމަ، އަދި ހުރިހާ އެންމެން ހިމެނޭ ޝާމިލު ދުނިޔެއެކެވެ.  ތަފާތުގެ އަގުތައް ވަޒަންކޮށް އުފާފާޅުކުރާ ދުނިޔެއެކެވެ.  

ޢަބްދުﷲ ޢަލީ ނަޞީރު

 #ތާރީޚު




ޢަބްދުﷲ ޢަލީ ނަޞީރަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނ. އަތޮޅު އޮފީސް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ނ. އަތޮޅަށް ޚިދުމަތްކޮށްދެއްވި އަތޮޅުގެ އެ ދުވަސްވަރުގެ ގިނަ ބަޔަކު ދަންނަ، ދެކެފަރިތަ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ނަޞީރުގެ ނަސަބު ދިވެހިތާރީޚުގެ އުސްތާޛު  މުޙައްމަދު ޝާތިރު (2023) ލިޔުއްވާފައިވަނީ އަންނަނިވި ގޮތަށެވެ.

"ޢަރަބިކަރައިން ރާއްޖެ ވަޑައިގެންނެވި،
ސައްޔިދު މުޙައްމަދު މަނިކުފާނުގެ،
ސައްޔިދު އަޙްމަދު ބޮޑުބަނޑޭރި މަނިކުފާނުގެ،
އަލީ މަނިކުފާނުގެ،
އައްސައްޔިދު މޫސާ ކުޑައެދުރުގެ،
އަލްވަޒީރު ޙަސަން ފާމުލަދޭރި ތަކުރުފާނުގެ،
އާދަމް  ތަކުރުފާނުގެ،
އަލްވަޒީރު އަޙްމަދު ފާމުލަދޭރި ތަކުރުފާނުގެ،
ޢަލީ ނަޞީރު މަނިކުގެ،
ޢަބްދުﷲ ޢަލީ ނަޞީރު
(ރަޙިމަހުﷲ)"

ގ. އަރިސް، ޢަބްދުﷲ ޢަލީ ނަޞީރަކީ ތަފާތު މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަވަހާރަވީ 2023 މާރިޗު 13 ވަނަ ދުވަހު 81 އަހަރުގައެވެ. އެ މަރުޙޫމުގެ ފުރާނައަށް މާތްﷲ، ހެޔޮ ރަޙުމަތްލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ކުޑަ އަޙްމަދު މަނިކު


އަލްފާޟިލް ކުޑަ އަޙުމަދު މަނިކު ނ. އަތޮޅުވެރިޔާގެ މަޤާމަށް ހަމަޖެއްސެވީ 2 ޖޫން 1964 ގައެވެ. ކުޑަ އަޙުމަދު މަނިކަކީ އެހެން ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.


Friday, March 10, 2023

ސިފައިންގެ ފުޓްބޯޅައިގެ ތާރީޚު: ސިފައިންގެ ފުޓްބޯޅަ މުބާރާތް - 2023

 

 https://online.fliphtml5.com/uliaj/nyxv/

ސިފައިންގެ ބަޑި މުބާރާތް ތަޚުސީސް ކުރެވިފައިވާ މޭޖަރ އިނގިރޭސި ޢުމަރު މަނިކު

 


ޢަބްދުﷲ ސަޢީދު

ސިފައިންގެ ތާރީޚުގައި ބާއްވަމުން އަންނަތާ އެންމެ ގިނަ ދުވަސްވީ މުބާރާތަކީ ސިފައިންގެ ބަޑި މުބާރާތެވެ. 1947 ވަނަ އަހަރުން ފެށިގެން ސިފައިންގެ ކޮންމެ އަހަރީ ދުވަހަކާ ގުޅުވައިގެން ބާއްވަމުން އަންނަ މި ތާރީޚީ މުބާރާތް އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވަން ފެށީ 1995 ވަނަ އަހަރުން ފެށިގެންނެވެ. ސިފައިންގެ އަހަރީ ބަޑި މުބާރާތް މިހާރު ވެސް ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ. މިފަދަ ތާރީޚީ އަދި މުހިންމު މުބާރާތެއް މޭޖަރ އިނގިރޭސި ޢުމަރު މަނިކަށް ސިފައިން ތަޚުސީސް ކޮށްފައިވަނީ ކީއްވެގެންކަން އެނގިވަޑައި ގަންނަވާތޯއެވެ؟ 

ތާރީޚުގެ ތެރެއިން ސިފައިންގެ ބަޑި މުބާރާތް

 


ޢަބްދުﷲ ސަޢީދު

މީލާދީން 1942 ވަނަ  އަހަރު ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުމައްޗަށް އެރިއެވެ. ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަގާމާއި ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަޤާމާއެކުގައެވެ. ފަހުން ދައުލަތް ހިންގާ މަޖިލިސްގެ ރައީސްކަމާއި ސިފައިންގެ ވެރިކަން ވެސް ލިބިވަޑައިގަތެވެ. ސިފައިންގޭގައި އެންމެ ފުރަތަމަ ބަޑި މުބާރާތެއް ބޭއްވީ މުޙައްމަދު އަމީނުގެ ސިފައިންގެ ވެރިކަމުގައި 1947 ވަނަ އަހަރުއެވެ. އެ މުބާރާތުގައި އެ މަނިކުފާނު ވެސް ބަޑި ޖެއްސެވިއެވެ