Monday, October 30, 2023

މަނަދޫ މުރީދު އާއިލާ

ޢަބްދުﷲ ސަޢީދު 
 
މަނަދޫ މުރީދު ދަރިކޮޅަކީ އެ އާއިލާގެ ދުވަސްވީ ގޮފިތައް މަނަދޫގެ އިތުރުން މާލެއާއި ށ. މާއުގޫދޫއަށް ފެތުރިފައިވާ ދަރިކޮޅެކެވެ. މުރީދުންނަކީ ޒިކުރު މާލޫދާއި ބޮޑުލަވަ ކިޔުމާއި ތާރަޖެހުންފަދަ ބައެއް ކަންކަމުގެ އެދުރުންނެވެ. މި އެދުރުކަމަކީ އިހުޒަމާނުގައި ރަސްގެފާނު ދެއްވާ ހުއްދައަކަށް ލިބޭ ވެރިކަމެކެވެ. އެހެންކަމުން، މަނަދޫގައި އޮތް މުރީދު އާއިލާއަކީ އެފަދަ މުރީދު ބޭކަލަކަށް ނިސްބަތްވާ އާއިލާއެއް ކަމަށް ގަބޫލުކުރެވެއެވެ. އޭނާގެ ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް އެ ނަމުން މުޚާޠަބު ކުރެވެނީ އެހެންވީމާ ކަމުގައި ވެދާނެއެވެ. އައްޑު އަތޮޅު ފޭދޫގައި އޮންނަ ސ. ގަމުން ހިޖުރަކުރި މަނަދޫ ޖައުހަރު ދަރިކޮޅާ ގުޅުމެއް އޮތްނަމަ އެ ގުޅުން އޮންނާނެކަމަށް ގަބޫލުކުރެވެނީ މި އާއިލާއާއެވެ. 

މަނަދޫ ކެލާ އާއިލާ

 



ޢަބްދުﷲ ސަޢީދު 
 
ކެލާ އާއިލާއަކީ މަނަދޫގައި އޮންނަ އެންމެ ބޮޑު އެއް އާއިލާއެވެ. މި އާއިލާ ބޮޑަށް ފެތުރިފައި އޮތީ މަނަދޫގެ އިރުމަތީ އަވަށުގައެވެ. މި އާއިލާއަކީ ހއ. ކެލާއަށް ނިސްބަތްވާ ދަރިކޮޅެކެވެ. 
 

Sunday, October 29, 2023

ހުވަދޫ ކެޔޮޅުގެ އާއިލާ

 



ޢަބްދުﷲ ސަޢީދު
 
ހުވަދޫ ކެޔޮޅުގެ އާއިލާއަކީ ހުވަދުއަތޮޅުން މަނަދޫއަށް ހިޖުރަކުރި މީހެއްގެ އާއިލާއެވެ. ހުވަދޫ މީހަކަށްވެފައި އެއީ ކެޔޮޅަކަށް ވާތީ އޭނާއަށް މަނަދޫ މީހުން "ހުވަދޫ ކެޔޮޅު" ކިޔަނީ ކަމަށް ގަބޫލުކުރެވެއެވެ. ހުވަދޫ ކެޔޮޅުގެ މައިންބައިންނާއި އޭނާގެ އުފަން ރަށަކާބެހޭ އިތުރު މަޢުލޫމާތެއް ނެތެވެ. އަދި ހުވަދޫ ކެޔޮޅު މަނަދޫ ކައިވެނިކުރި މީހެއްގެ ނަމެއް ވެސް ނޭނގެއެވެ. 

މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު

 


ޢަބްދުﷲ ސަޢީދު
 
މަނަދޫ މޫސާ މަނިކުބޭގެ ދަރިކޮޅު ދެމިގެންއައި ފުރަތަމަ ކައިވެންޏަކީ ފާތުމަތު މުޙައްމަދާ ކުރި ކައިވެންޏެވެ. އެ ދެމަފިރިންނަށް ތިން ދަރިން ލިބުނެވެ. އެއީ މަނަދޫ ފިނިވާގޭ މަރިޔަމް މޫސާ (މަރިޔަދައިތަ) އާއި، މަނަދޫ ކަރަންކާވިލާ ހާރޫން މޫސާ (ކަތީބު ހާރޫނުބޭ) އާއި، މަނަދޫ އިރަމާގޭ ޒުލޭޚާ މޫސާ (ކަނބުލޮދައިތަ) އެވެ. މަނަދޫ ކިނބިގަސްދޮށުގޭ ޢަލީ މޫސާ މަނިކު (އަލިމަނިކުބެ) އަކީ މޫސާމަނިކުބެއަށް އެހެން ބަނޑަކަށް ލިބުނު ދަރިއެކެވެ. 

މަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅު

 

ޢަބްދުﷲ ސަޢީދު
 
މަނަދޫ ކަތީބުގޭ މޫސަބެ އަކީ މުޙައްމަދު ކަތީބު (މަސްކާށި ކަތީބު)ގެ ދަރިއެކެވެ. މަސްކާށި ކަތީބުގެ ނަމުން މުޙައްމަދު ކަތީބަށް މުޚާޠަބު ކުރެވޭތީ ކަތީބުގެ މޫސަބެއަށާއި މޫސަބޭގެ ދަރިންގެ ނަމުގެ ކުރިއަށް ވެސް "މަސްކާށި" ބޭނުން ކުރެވުނެވެ. މުޙައްމަދު ކަތީބާއި ކަތީބުގެ މޫސަބެއަކީ ވެސް މަނަދޫގައި ވެރިކަންކުރެއްވި ދެ ބޭފުޅުންނެވެ. 

Saturday, October 28, 2023

އަސްކަރީ މެޑެލީގެ ވެރިޔާ، ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ އަސްކަރީ އަދި ޤައުމީ މަތިވެރި ޚިދުމަތްތައް

 


ޢަބްދުﷲ ސަޢީދު 
 
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފަނަކީ ދިވެހި އަސްކަރިއްޔާގައި ކޮމާންޑަރުކަން ކުރައްވާފައިވާ އަދި ތަފާތު ގިނަ ރޮނގުތަކުން ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭރު ސިފައިންގެ ސަރުދާރު ނުވަތަ ސިފައިންގެ އޮފިސަރުގެ ގޮތުގައި އަދާކުރެއްވީ ދިވެހި އަސްކަރިއްޔާގެ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ ދައުރެވެ. އެއީ ވަފާތެރި ޚާދިމެކެވެ. ވަރަށް މާތް އަޚްލާޤެއްގެ ވެރިއެކެވެ. އަސްކަރީ އަޚްލާޤުގެ މަތީގައި ސާބިތުވެ ހުންނަވައިގެން ދަރިވަރުން ތަރުބިއްޔަތުކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ތަފާތު ގިނަ ކުޅިވަރުތައް ކުޅުއްވި ކުޅަދާނަ، މޮޅު ކުޅިވަރުކުޅުންތެރިއެކެވެ. މީހުން ބިނާކޮށް މަގުދެއްކި ހެޔޮ މުރުޝިދެކެވެ. ގިނަ ބައެއްގެ ހިތްތަކުގެ ލޯތްބާއި އިހުތިރާމު ހޯއްދެވި ޢިއްޒަތްތެރިއެކެވެ. 
 

Friday, October 27, 2023

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކުގެ އަސްކަރީ ޚިދުމަތް

 

 



ޢަބްދުﷲ ސަޢީދު 
 
ގ. ފަސާނާ، ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ސިފައިންގެ ބޭކަލެއްގެ ގޮތުގައެވެ. އަޙްމަދު މަނިކު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1959 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އެއީ  މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއެވެ.  ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި 50 އަހަރާއި 2 މަހާއި 22 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009 އޮގަސްޓު 1 ވަނަ ދުވަހުއެވެ.
 

ޢުމަރުގެފާނުގެ މަދަނީ އަދި އަސްކަރީ އިދާރީ ސިޔާސަތު

 



ޢަބްދުﷲ ސަޢީދު 
 
މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޒަމާނުގައި އިސްލާމީ ދައުލަތްފުޅާވެ ކުރިއަރައިގެން ދިއުމުގެ ސަބަބުން އިދާރީ ނިޒާމެއް ގާއިމުކުރައްވަން ޖެހިވަޑައިގަތެވެ. އެ ދުވަސްވަރަކީ އިސްލާމީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އާ ސިޔާސަތުތަކެއް ތަޢާރަފު ކުރެއްވި ދުވަސްވަރެކެވެ.
 

ކުރީގެ ގަބޫލުކުރުމެއް - "މާލެއަކަށް ބޮމެއް ނޭޅޭނެ"

 


ޢަބްދުﷲ ސަޢީދު
 
ކުރީގައި ދިވެހީންގެ ތެރޭގައި ޚާއްޞަކޮށް މާލޭގެ ނުވަރުގެ ކުދީންގެ މެދުގައި ވާހަކަ ދެކެވި ގަބޫލުކުރެވިފައި އޮތް އެއް ކަމަކީ މާލެއަށް ބޮން ނޭޅޭނެކަމަށް ގަބޫލުކުރެވިފައި އޮތް ގަބޫލުކުރުމެވެ. މީގެ ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ކުރީގައި ކުޑަ ކުދިންގެ މެދުގައި ވާހަކަ ދެކެވެމުން އަދި ގަބޫލުކުރެވިފައި އޮތީ މާލެއަށް މަތިންދާ ބޯޓުގައި އައިސް ބޮން އެޅުމަކީ އެއްވެސް ބަޔަކަށް ވާނެ ކަމެއް ނޫން ކަމަށެވެ. 

މަލަން ދޮހުއްތު - މަނަދޫއަށް ގިނަ ރޮނގުތަކަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަތޮޅުވެރިއެއް

 



ޢަބްދުﷲ ސަޢީދު 
 
މަލަން އާދަން ކަލޭފާނުގެ، މަލަން މުޙައްމަދު ކަލޭފާނުގެ، މަލަން ދޮން ތުއްތު ނުވަތަ މަލަން ދޮހުއްތު މަނަދޫ ޒުވާން ކުދިންގެ ކުރިމަތީގައި މަޝްހޫރުވެ މަޤްބޫލުވެފައި ވަނީ "މަލަންބޭ"ގެ ނަމުންނެވެ. މާލޭ، ގަލޮޅު، މަންޒަރުގޭ މަލަން ދޮހުއްތުގެ ފޮތު ނަމަކީ ޢަލީ މުޙައްމަދެވެ. އެހެން ނަމަވެސް އެ ނަމަކީ ނ. އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމުގައި ހަތަރުވަރަކަށް އަހަރު ހުންނަވައި ތަފާތު ރޮނގުތަކުން މަނަދޫއަށް ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވި އިރުވެސް މަނަދޫ ރައްޔިތުން ދަންނަ ނަމެއް ނޫނެވެ. 

Tuesday, October 24, 2023

ޢަބްދުލްޢަޒީޒް ޔޫސުފް - ނ. އަތޮޅު ދުށް މަޤުބޫލު އަތޮޅުވެރިޔެއް

 


ޢަބްދުﷲ ސަޢީދު 
 
 
އަތޮޅަށް ވަޑައިގެންނެވިއިރު އެއީ އެންމެ 25 އަހަރުގެ ޒުވާނެކެވެ. އޭރު ނ.އަތޮޅުގެ ރައްޔިތުން ޚާއްޞަކޮށް މަނަދޫގެ ރައްޔިތުން ތިބީ މި ބަދަލު ވަރަށް ގާތުން ބަލާށެވެ. ސަބަބަކީ ސަރުކާރުން އަތޮޅު ކޮމެޓީތައް އުވާލައްވައި އެންމެ ފުރަތަމަ ނ.އަތޮޅަށް ފޮނުއްވި އަތޮޅުވެރިޔާއަށް ވީތީ އެކަންޏެއް ނޫނެވެ. އަތޮޅު ކޮމެޓީ ދުވަސްވަރު އޭރު ހުންނެވި އަތޮޅުވެރިން ކުރެއްވި ރިޕޯޓަކާ ގުޅިގެން މަނަދޫގެ އެތައް ބަޔަކު މާލެ ގެންދަވައި އެކި ރަށްރަށަށް ފޮނުވާލައްވާފައިވާތީއެވެ. އެ މީހުން ފޮނުވާލީ އަތޮޅުގޭގައި ތިބި ބޭރު ރަށްރަށުގެ މީހުން ރަށުތެރޭގައި އުޅުނު ގޮތުން އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެ ނުތަނަވަސް ދަނޑިވަޅުގައި އަތޮޅުވެރިޔާގެ ބަދަލުގެ ގޮތުގައި އަތޮޅު ހިންގެވުމާ ހަވާލުކުރައްވާ ސަރުކާރުން ފޮނުއްވީ މ. ދޫނިހުރާ، ޢަބްދުލްޢަޒީޒް ޔޫސުފެވެ. ޢަޒީއަށް އަތޮޅުވެރިޔާގެ ބަދަލުގެ މަޤާމު ދެއްވީ 7 ޖޫން 1975 ގައެވެ. އަހަރެއް ވާން އުޅެނިކޮށް، އަތޮޅުވެރިޔާކަން ދެއްވީ 4 މޭ 1976 ގައެވެ. އެއީ ނ. އަތޮޅުގެ ތާރީޚުގައި އަތޮޅުވެރިކަން ކުރެއްވި އެންމެ ޒުވާން އަތޮޅުވެރިޔާއެވެ.
 

އަރަބި ދިފާޢީ މުޢާހަދާ




ޢަބްދުﷲ ސަޢީދު

އަރަބި ދިފާޢީ މުއާހަދާ ނުވަތަ ޢަރަބް ޑިފެންސް ޓްރިޓީ އަކީ 18 ޖޫން 1950 ވަނަ އަހަރު ޢަރަބި ޤައުމުތަކުން އެކުލަވާލި މުއާހަދާއެކެވެ. ޙަޤީޤަތުގައި މި މުއާހަދާއަކީ ޢަރަބި ލީގުގެ ޤައުމުތަކުން މިޞްރުވެރި ވެރިރަށް ޤާހިރާގައި ސޮއިކުރި "ޖޮއިންޓް ޑިފެންސް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޓްރީޓީ" އެވެ. އެ މުއާހަދާގެ ދަށުން އަރަބި ލީގުގައި މުހިންމު ދެ މުއައްސަސާއެއް އުފެއްދިއެވެ. އެއީ ޖޮއިންޓް ޑިފެންސް ކައުންސިލާއި، އިޤްތިޞާދީ ކައުންސިލެވެ. ފަހުން ވަނީ މި ކައުންސިލުގެ ނަން އިޤްތިޞާދީ އަދި އިޖްތިމާޢީ ކައުންސިލްގެ ނަމަށް ބަދަލުކޮށްފައެވެ.

Monday, October 23, 2023

ހައިކަލް ސުލައިމާން އަކީ ކޮބާ؟


 

ޢަބްދުﷲ ސަޢީދު

ޔަހޫދީން ކިޔާ ހައިކަލް ސުލައިމާން އަށް "ސޮލޮމޮން ޓެމްޕަލް" ނުވަތަ "ފަސްޓް ޓެމްޕަލް" ވެސް ކިޔައެވެ. ތަފާތު ނަންނަމުން ކިޔަސް އެތަން ނިސްބަތް އެ ކުރަނީ ނަބިއްޔާ ސަލާމްލެއްވި ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ކަމަށްވާ "ބައިތުލްމަޤްދިސް" އަށެވެ. މައިތުލްމަޤްދިސް ހުރި ސަރަޙައްދަށް މުސްލިމުން ކިޔަނީ "އަލްޙަރަމުއްޝަރީފް" އެވެ. އިނގިރޭސީން ކިޔަނީ "ޓެމްޕަލް މައުންޓް" އެވެ.

 

މާތްﷲ ގެ އަމުރުފުޅަށް ޤުދުސްގެ ބިމުގައި ނަބިއްޔާ ސުލައިމާންގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވިއެވެ. އެ މިސްކިތްކޮޅު ބިނާ ކުރެއްވީ ދުނިޔޭގައި މާތްﷲ އަށް އަޅުކަން ކުރުމަށް ދެވަނައަށް ބިނާކުރެވުނު މަސްޖިދުލް އަޤްޞާ ބިނާކުރެވިފައިވާ ސަރަޙައްދުގައި ކަމަށް ތާރީޚީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ދުނިޔޭގައި މާތްﷲ އަށް އަޅުކަން ކުރުމަށް ފުރަތަމަ ބިނާކުރެވުނީ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމެވެ. މަސްޖިދުލް އަޤްޞާ ބިނާކުރެވުނީ މަސްޖިދިލް ޙަރާމް ބިނާކުރެވުނުތާ 40 އަހަރު ފަހުންނެވެ. މި ދެ މިސްކިތް ވެސް ބިނާކުރެއްވީ ސަލާމްލެއްވި އާދަމްގެފާނަށްފަހު ސަލާމްލެއްވި އިބްރާހީމްގެފާނެވެ. މުސްލިމުން މަސްޖިދުލް އަޤްޞާ ކިޔަނީ އެތައް ނަބީބޭކަލުންނަކާއި ރަސޫލު ބޭކަލުންނެއްގެ ވެސް ތާރީޚާ ގުޅިފައިވާ ސަރަޙައްދަކަށެވެ. 

 

Wednesday, October 18, 2023

ފަލަސްޠީނުގެ ގަދީމީ ތާރީޚު

 



ޢަބްދުﷲ ސަޢީދު

ފަލަސްޠީނުގެ ގަދީމީ ތާރީޚު އޮޅުވާލުމަށް އިސްލާމްދީނުގެ ޢަދުވުން ޚާއްޞަ ޔަހޫދީން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒަޔަނިސްޓް ޔަހޫދީންކުރާ މިލުކުވެރިކަމުގެ ދައުވާ ސައްހަ އެއްޗަކަށް ހެދުމަށް ޓަކައެވެ. އެހެން ނަމަވެސް ފަލަސްޠީނުގެ ތާރީޚު ގުޅިފައިވަނީ ދުނިޔޭގެ ތާރީޚުގެ ވަރަށް މުހިންމު ހާދިސާތަކަކާ ކަމަށްވާތީ އެ ޙަޤީޤަތް އޮޅުވާލެވިފައެއް ނުވެއެވެ

Sunday, October 15, 2023

މަނަދޫ މާމިސްކިތް ސަރަޙައްދު – މަނަދޫގެ އެންމެ ދުވަސްވީ ތާރީޚީ ތަރިކަ

 



ޢަބްދުﷲ ސަޢީދު

މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫއަކީ ދިވެހިރާއްޖޭގެ ޤަދީމީ ރަށްތަކުގެ ތެރެއިން މައި ރަށެކެވެ. ރާއްޖޭގައި އެކި ދުވަސްވަރު ވެރިކަންކުރެއްވި ރަސްރަސްކަލުންނާއި މަހާރެހެންދިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން ވެސް ދަންނަ ފަރިތަ ރަށެކެވެ. ދިވެހި ރާއްޖެއިން މިހާތަނަށް ފެންނަންހުރި މުސްކުޅި ލިޔުންތަކުގެ ތެރެއިން އެންމެ ދުވަސްވީ ރަސްމީ ދެ ލިޔުންކަމުގައިވާ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުގައި ވެސް މަނަދޫގެ ނަން އައިސްފައިވުމަކީ މިކަމުގެ ހެއްކެކެވެ.

Tuesday, October 10, 2023

އެމްޔޫޓީސީ - މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުނި

 



ޢަބްދުﷲ ސަޢީދު

މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުންޏަކީ އެމް.ޔޫ.ޓީ.ސީ އެވެ. އެއީ "މަނަދޫ ޔުނައިޓެޑް ޓްރޭޑިންގ ކޮމްޕެނީ" އެވެ. މި ކުންފުނި އުފެއްދިކަމަށް ބެލެވެނީ 1950 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.

 އެމްޔޫޓީސީ އުފެއްދީ އޭރު މަނަދޫގައި ތިބި އެންމެ ބޮޑު ތިން މުއްސަނދިންނެވެ. އެއީ މަނަދޫ ފިނިވާގޭ ޤާސިމް ހާރޫނު (ކާސިން ހާޖީ) އާއި މަނަދޫ ދިލްބަހާރުގޭ އިބްރާހީމް ހާރޫނާއި މަނަދޫ ރަތްވިލާގޭ އަޙްމަދު ކަލޭފާނެވެ.  މި ތިން ބޭފުޅުންގެ ތެރެއިން މަނަދޫ ކާސިންހާޖީ އާއި އިބްރާހީމް ހާރޫނަކީ ދެބެންނެވެ. އެއީ މަނަދޫ ހާރޫނު ހާޖީ ކަލޭފާނުގެ ދެ ބޭފުޅުންނެވެ. އަޙްމަދު ކަލޭފާނަށް ވުރެ މި ދެ ބޭފުޅުންގެ މުދާވެރިކަމާއި މުއްސަނދިކަން އޭރު ތަންކޮޅެއް ބޮޑެވެ. އެކަމަކު ސިޔާސީ ގޮތުން އަޙްމަދު ކަލޭފަނަކީ އޭރު ވެސް ބާރުގަދަ ބޭފުޅެކެވެ. އެމްޔޫޓީސީ އުފެއްދީ ތިން ބޭފުޅުންގެ ހިއްސާ އެއްވަރަކަށް ބާއްވައިގެން ތިން ބޭފުޅުން ވެސް އެއް ވަރަކަށް ބައިވެރިވުން ބާއްވާ ގޮތަށެވެ

Thursday, October 5, 2023

ވެރިކަމުގެ ނިޒާމު

 


ޢަބްދުﷲ ސަޢީދު
 
ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި މައިގަނޑު ގޮތެއްގައި ވެރިކަންކުރަނީ ބަރުލަމާނީ ނިޒާމު (ޕާލަމެންޓްރީ ސިސްޓަމް) އަށާއި ރިޔާސީ ނިޒާމު (ޕްރެޒިޑެންޝަލް ސިސްޓަމް) އަށެވެ. މި ދެ ނިޒާމު މަސްހުނިކޮށްގެން ސެމީ ޕްރެޒިޑެންޝަލް ސިސްޓަމް ހިންގާ ޤައުމުތައް ވެސް ދުނިޔޭގައި އެބަހުއްޓެވެ. ބަރުލަމާނީ ނިޒާމު އޮންނަ ޤައުމުތަކާއި ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައި ވެސް އެއް ނިޒާމެއް އޮތަސް އެކި ޤައުމުތަކުގައި ނިޒާމަށް ޢަމަލުކޮށް ހިންގުމުގައި ތަފާތުތައް ހުރެއެވެ. އެކަން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ދުސްތޫރާއި ރައްޔިތުންގެ ވިސްނުމާއި ސަޤާފީ އާދަކާދަތަކުގެ މައްޗަށެވެ. 
 

Tuesday, October 3, 2023

ދިވެހި އަސްކަރިއްޔާއަށް މުޙައްމަދު އަމީނު ގެންނެވި ޒަމާނީ ބަދަލުތައް

 


ޢަބްދުﷲ ސަޢީދު

ދިވެހި އަސްކަރިއްޔާގެ ބާރުތައް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތީ ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް އެމަނިކުފާނަށް ލިބިވަޑައިގެންނެވުމާއެކުގައެވެ. ދައުލަތް ހިންގެވުމުގެ އެންމެ މަތީބާރާ ހަވާލުވެ ވަޑައިގެން ހުންނެވި ވަޒީރުއްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ ޗުއްޓީއެއް ނެންގެވުމާއެކު ވަޒީރުއް ދާޚިލިއްޔާގެ ޤާއިމް މަޤާމުގެ ގޮތުން ދައުލަތް ހިންގެވުމުގެ ޒިންމާ، މުޙައްމަދު އަމީން ދީދީއާ ހަވާލު ކުރެވުނެވެ. މި ބަދަލާއެކު ސިފައިންގެ ވެރިކަން މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގަތީ 1942 ވަނަ އަހަރުއެވެ.  އެ ހިސާބުން ފެށިގެން ސިފައިންގެ ކަންތައްތަކުގެ ތެރެއަށް  މުޙައްމަދު އަމީން ގެންދެވީ ވަދެވަޑައި ގަންނަވަމުންނެވެ

Sunday, October 1, 2023

އަލްއަމީރު ޙަސަން ފަރީދު ދީދީގެ ސިފައިންގެ ވެރިކަން

 



ޢަބްދުﷲ ސަޢީދު

ސިފައިންގެ ވެރިކަމުގެ ބާރުތައް އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގަތީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއާ އެކުގައެވެ. އެ ޤާނޫނު އަސާސީގެ ދަށުން ދެ ވުޒާރާއެއްގެ ވަޒީރުކަމާއެކު ވަޒީރުލްޢަސްކަރިއްޔާގެ ނާއިބުކަން ލިބިވަޑައިގަތުމުންނެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކަށް އޭރަކު ހުންނަވާ ބޭފުޅެކެވެ. ރަސްކަމުގެ ދުވަސްވަރު އެއީ ކީރިތި މަހާރަދުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރަސްކަލަކު ނެތި ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ވެސް ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގެންނެވިއެވެ. ކުރިއްސުރެ ސިފައިންގެ މައްޗަށް އޮތް ނުފޫޒާއި ބާރުގެ އިތުރުން އެ ދުވަސްވަރު ދިވެހި ސިފައިންގެ އެންމެ މަތީ ވެރިކަން ވެސް ޙަޤީޤަތުގައި އޮތީ އެމަނިކުފާނުގެ އަތްޕުޅުގައިކަމަށް ދެންނެވިދާނެއެވެ.

ރިޔާސީ އިންތިޚާބު 2023 ގައި ރާއްޖޭގެ 100 ދީނީ ޢިލްމުވެރިންގެ ބަސް


ޢަބްދުﷲ ސަޢީދު 

 

ތިރީގައި މިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ދިވެހިރާއްޖޭގެ 100 ދީނީ ޢިލްމުވެރިއަކު ނެރުއްވި އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅީ ކޮން ބޭފުޅެއްކަން ބަޔާންކުރައްވާ ނެރުއްވި ބަޔާނެވެ. މި ބަޔާން މި ބްލޮގުގައި ޝާއިޢު މިކުރަނީ ހަމައެކަނި ތާރީޚަށް ޓަކައެވެ. މި ބްލޮގުގައި މި ބަޔާން ޕަބްލިޝިން މިކުރެވެނީ އިންތިޚާބު ނިމުމަށްފަހުގައެވެ.