Thursday, August 7, 2008

ރީތި މަނަދޫ




ޤާނޫނު އަސާސީ ތަސްދީގު ކުރެއްވި ދަރުބާރު - 2008







ރާއްޖޭގެ އާ ޤާނޫނު އަސާސީ އަށް މަރުޙަބާ


ރައީސް މައުމޫން އާ ގާނޫނު އަސާސީ ތަސްދީޤު ކުރައްވަނީ . ވާތްފަރާތުގައިވާ ފޮޓޯގައި ފުރަތަމަ ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވި ދަރުބާރު 1932

މިއަދަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި މުޅިން އާ ސަފުހާއެއް ލިޔެވިގެންދާ ދުވަހެކެވެ. ރާއްޖޭގައި އާ ޤާނޫނު އަސާސީއެއް މިއަދު ތަސްދީޤު ކުރެވިއްޖެއެވެ. މި ޤަނޫނު އަސާސީ ތަސްދީޤު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެކަމަކަށްޓަކައި ދަރުބާރުގޭގައި ޚާއްޞަ ދަރުބާރެއް ބޭއްވެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވީ މިއަދު ހެނދުނު 10:00 ގައެވެ.

ރާއްޖޭގައި އަލަށް މިއެކުލަވާލެވުނު ޤާނޫނު އަސާސީއަކީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ. ފުރަތަމަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 22 ޑިސެމްބަރ 1932 ގައެވެ. ދެވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 23 އޭޕްރީލް 1942 ގައެވެ. ތިންވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 01 ޖެނުއަރީ 1953 ގައެވެ. ހަތަރުވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 7 މާޗް 1954 ގައެވެ. ފަސްވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 11 ނޮވެމްބަރު 1968 ގައެވެ. ހަވަނަ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 6 ނޮވެމްބަރު 1997 ގައެވެ. އެ
ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުނީ 1 ޖެނުއަރީ 1998 ގައެވެ.

މިއަދު ތަސްދީޤު ކުރެވުނު ރާއްޖޭގެ 7 ވަނަ ޤާނޫނު އަސާސީ ހެދުމުގެ މަސައްކަތް ފެށުނީ 19 ޖުލައި 2004 ގައެވެ. އެއީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވުމުންނެވެ. ޚާއްޞަ މަޖިލިހުގެ އިންތިޚާބު ބޭއްވުނީ 28 މޭ 2004 ގައެވެ. މި ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކުރައްވާފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވަނީ 30 ޖޫން 2008 ގައެވެ.

Saturday, August 2, 2008

ޝަހީދުންގެ ދުވަސް - 1429 : ޢަލީ ރަސްގެފާނުގެ ޒިޔާރަތް





ޢަލީ ރަސްގެފާނުގެ ޒިޔާރަތް ( 2008 ) މިއަހަރުގެ ޝަހީދުގެ ދުވަހަކީ 2 އޯގަސްޓް 2008 / 1 ޝައުބާން 1429