Friday, December 15, 2023

 

އަތިރިމަތީގޭ ޙައްވަދައިތައާއެކު

ޢަބްދުﷲ ސަޢީދު

މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައިވާ  އަތިރިމަތީގެ އަލިކޮބޭއާއި، އަތިރިމަތީގޭ ސަންފަ ދައިތައާއި އަތިރިމަތީގޭ ފާތުމަ ދައިތައާއި އަތިރިމަތީގެ އަބުދުއްލޯހިބެއާއި، އަތިރިމަތީގެ ކުޑަމަންޖެ ދައިތައާ ހަމައިންނެވެ. އަތިރިމަތީގެ މި ފަސް ބޭންގެ ބައްޕައަށް ކިޔަނީ ބިލެއްގެ މުޙައްމަދުބެއެވެ. އަތިރިމަތީގެ ކުދީންގެ މަންމަގެ ނަމެއް އަދި އަޅުގަނޑަކަށް ނުހޯދެއެވެ. 

ބިލެއްގެ މުޙައްމަދުބޭގެ ދަރިން

1. އަތިރިމަތީގެ ޢަލިކޮބޭ (ޢަލީ މުޙައްމަދު)

2. އަތިރިމަތީގޭ ފާތުމަ ދައިތަ (ފާތުމަތު މުޙައްމަދު)

3. އަތިރިމަތީގޭ ސަންފަދައިތަ (ސަންފާ މުޙައްމަދު)

4. އަތިރިމަތީގެ ޢަބްދުއްލޯހިބޭ (ޢަބްދުﷲ މުޙައްމަދު)

5. އަތިރިމަތީގެ ކުޑަމަންޖެ ދައިތަ

 

އަތިރިމަތީގެ އަލިކޮބޭގެ ޢާއިލާ

އަލިކޮބޭ (ޢަލީ މުޙައްމަދު) ބޮނޑިބަތް ކަތްދަ ދައިތައާ އިނދެގެން 6 ދަރިން ލިބުނެވެ. މީގެ ތެރެއިން ދޮން އައިސަ ފިޔަވައި އެހެން ހުރިހާ ދަރިންގެ ފަރާތުން އާއިލީ ގޮފިތައް ފެތުރިފައި ވެއެވެ.

އަލިކޮބޭ (ޢަލީ މުޙައްމަދު) އާ ޚަދީޖާ މުޙައްމަދު  (ބޮނޑިބަތް ކަތްދަ ދައިތަ) އިނދެގެން ލިބުނު ދަރިންނަކީ:-

1. ޢަބްދުއްރަޙުމާން ޢަލީ (އަލިކޮބޭގެ އަބުދުބޭ) ފީރޯޒުގެ

2. ހާރޫނު ޢަލީ (އަލިކޮބޭގެ ހާރޫނުބޭ) ރީހުއްސަބާ

3. ފާތުމަތު ޢަލީ (އަލިކޮބޭގެ ފާތުމަދައިތަ) ބުލާޝަންމާގެ

4. އާދަމް ޢަލީ  (އަލިކޮބޭގެ އާދަންބެ) ފަތިހުގެއަލި

5. ޙައްވާ ޢަލީ (އަލިކޮބޭގެ ކަނބުލޮ ދައިތަ /ރަބީޢުގެ)

6. ދޮން ޢައިސަ (ހިޔަލީ ޤުލްޝަން އަބޫބެއާ ކުރި ކައިވެނިން ލިބުނު ދަރިފުޅު ކުޑައިރު ވަނީ ނިޔާވެފައި)

 

އަތިރިމަތީގެ އަލިކޮބޭގެ ފާތުމަދައިތަގެ އާއިލާ

* ފާތުމަތު ޢަލީ (އަލިކޮބޭގެ ފާތުމަދައިތަ) އާއި މޫސާ ޢަލީ (ސަންގު ދޮންބެ) ކައިވެނިކޮށްގެން ލިބިފައިވަނީ:-

1. ޖަމީލާ މޫސާ (ދޮންބެ ޖަމީލާ ދައްތަ)

2. އާބިދާ މޫސާ (ދޮންބެ އާބިދާ ދައްތަ)

3. މުޙައްމަދު މޫސާ (ދޮންބެ މުޙައްމަދުބެ)

4. ފާތުމަތު މޫސާ 

 

އަތިރިމަތީގެ އަލިކޮބޭގެ އަބުދުބޭގެ ޢާއިލާ

* ޢަބްދުއްރަޙުމާން ޢަލީ (އަލިކޮބޭގެ އަބުދުބޭ) 3 ކައިވެންޏެއް ކުރިއެވެ. އެއީ ޙައްވާ މަނިކެ އާއި، ފާއިޒާއާއި، ނާޒިމާއެވެ. ތިބީ 4 ދަރިންނެވެ.

އަބުދުބޭ އާއި ޙައްވާ މަނިކެއާ ކުރި ކައިވެނިން ލިބިފައިވަނީ:-

1. ޒާހިރާ ޢަބްދުއްރަޙުމާން

އަބުދުބޭ އާއި ފާއިޒާއާ ކުރި ކައިވެނިން ލިބިފައިވަނީ:-

1.  ޢަލީ ސުނޫސީ

އަބުދުބޭ އާއި ނާޒިމާ އާ ކުރި ކައިވެނިން ލިބިފައިވާ 2 ދަރިންނަކީ:-

1. ތޫބާ  ޢަބްދުއްރަޙުމާން

2  ފިރިހެން ކުއްޖެއް (ނަން އަދި ނޭނގެ)

 

އަތިރިމަތީގެ އަލިކޮބޭގެ ހާރޫނުބޭގެ ޢާއިލާ 

* ހާރޫނު ޢަލީ (އަލިކޮބޭގެ ހާރޫނުބޭ) އާއި ފާތުމަތު ޢަލީ (ފާތުމާފުޅު ދައިތަ) ކައިވެނިކޮށްގެން ލިބިފައިވަނީ:-

1. ޙައްވާ ހާރޫނު (ހައްވާކޮއި ދައްތަ)

2. ސަޢީދާ ހާރޫނު

3. މުޙައްމަދު ހާރޫނު

4.ޖުވޭރިޔާ ހާރޫނު

5. ޝިރުމީނާ ހާރޫނު

6. ޒުހުރާ ހާރޫނު 

 

އަތިރިމަތީގެ އަލިކޮބޭގެ އާދަންބެގެ ޢާއިލާ

* އާދަމް ޢަލީ (އަލިކޮބޭގެ އާދަމްބެ) އަށް ދެ ކައިވެންޏަކުން ދަރިފަސްކޮޅު ދެމިފައި އެބައޮތެވެ. ފުރަތަމަ ކައިވެނިކުރީ ޙަލީމާ ޢީސާ (އީސަބޭގެ ޙަލީމަ) ދަރިއަކު ލިބިފައިވާއިރު، އައިމިނަތު ޤާސިމް (ރާކާސިންބޭގެ އައިމިނަ ދައްތަ) އާ ކުރި ކައިވެނިން ލިބިފައިވާ 5 ދަރިންނަކީ:-

1. އަގުލީމާ އާދަމް

2. މުސްޠަފާ އާދަމް

3. ލިޔުސާ އާދަމް

4. އިލްހާމް އާދަމް

5. އިނާޔާ އާދަމް 

 

އަތިރިމަތީގެ އަލިކޮބޭގެ ކަނބުލޮ ދައިތަގެ ޢާއިލާ

* ޙައްވާ ޢަލީ (އަލިކޮބޭގެ ކަނބުލޮ ދައިތަ) އަށް ދެ ކައިވެންޏަކަށް 5 ދަރިން ލިބިފައިވެއެވެ. އެއީ އަބޫބަކުރު ޙުސައިން (އަބޫބެ) ދުންފިނިގެ އާއި ކުރި ކައިވެނިން ލިބުނު ދަރިއަކާއި  މުޙައްމަދު މޫސާ (ކުޑަ މުޙައްމަދުބެ) އާ ކުރި ކައިވެނިން ލިބުނު 4 ދަރިންނެވެ.

 ހައްވާ ޢަލީ (ކަނބުލޮ ދައިތަ) އާއި އަބޫބަކުރު ޙުސައިން (އަބޫބެ) ކުރި ކައިވެނިން ލިބުނީ

1. ސީމާ އަބޫބަކުރު

ހައްވާ ޢަލީ (ކަނބުލޮ ދައިތަ) އާއި މުޙައްމަދު މޫސާ (ކުޑަ މުޙައްމަދުބެ) ކައިވެނިކޮށްގެން ލިބުނީ:-

1. މޫސާ ޖަމީލް

2. ޞަފޫރާ މުޙައްމަދު

3. ޢަބްދުﷲ ޒުހައިރު

4. ޒުއްރިޔާން މުޙައްމަދު 

 

* * * * * * * * * * * * * * * * * * * * * * * * * * * * * 

 

އަތިރިމަތީގެ ފާތުމަ ދައިތަ ޢާއިލާ

އަތިރިމަތީގޭ ފާތުމަ ދައިތަ ދެ މީހަކާ އިނދެގެން އެ ދެ ބައްޕައެއްގެ ފަރާތުން ޢާއިލާ ދެމިގެން އައިސްފައިވެއެވެ. އެއީ ފުރަތަމަ ކައިވެނިކުރީ ނ. މިލަދޫ ކުރޮޅި ކާސިމަށް ލިބުނު ދަރިއެއްގެ ފަރާތުންނާއި،  މޫސާމަނިކުބޭ އާ ކުރި ކައިވެނިން ލިބުނު 3 ދަރިންގެ ފަރާތުންނެވެ.

އަތިރިމަތީގޭ ފާތުމަ ދައިތަ (ފާތުމަތު މުޙައްމަދު)  އާއި (މިލަދޫ ކުރޮޅި ކާސިމް) އާ ކައިވެނިކޮށްގެން ލިބުނީ:-

1. ޚަދީޖާ ޤާސިމް (ކުރޮޅި ސިއްތި ދައިތަ)

އަތިރިމަތީގެ ފާތުމަ ދައިތަ (ފާތުމަތު މުޙައްމަދު) އާއި މޫސާ މަނިކުބެއާ ކުރި ކައިވެނިން ލިބުނު ދަރިންނަކީ:-

1. މަރިޔަމް މޫސާ (މަރިޔަދައިތަ)

2.ޒުލޭޚާ މޫސާ (ކަނބުލޮ ދައިތަ)

3. ހާރޫނު މޫސާ (ކަތީބު ހާރޫނުބޭ) 

 

އަތިރިމަތީގެ ފާތުމަ ދައިތަގެ ސިއްތިދައިތަގެ ޢާއިލާ 

* އަތިރި މަތީގެ ފާތުމަ ދައިގެ ޚަދީޖާ ޤާސިމް (ކުރޮޅި ސިއްތި ދައިތަ) + އަބޫބަކުރު ޤާސިމް (ނެވީގޭ އަބޫބެ) އާ އިނދެގެން ލިބުނު 2 ދަރިންނަކީ:-

1. ޢަބްދުއްރަޙީމް އަބޫބަކުރު (ޢަބްދުއްރަހިންބެ) ކުންނަމަލަ

2. ޙަސީނާ އަބޫބަކުރު (ކަނބުލޮ ދައިތަ) 

 

އަތިރިމަތީގެ ފާތުމަ ދައިތަގެ މޫސާމަނިކުބޭގެ ޢާއިލާ

* އަތިރިމަތީގެ ފާތުމަ ދައިތަ މޫސާ މަނިކުބެއާ އިނދެގެން ލިބުނު މަރިޔަމް މޫސާ (މަރިޔަދައިތަ) އާއި ޤާސިމް ހާރޫނު (ކާސިންހާޖީ) ކައިވެނިކޮށްގެން ލިބުނީ:-

1. ސަޢީދު ޤާސިމް (ދޮންތުއްތުބޭ)

2. ޢަބްދުލް ޢަޒީޒް ޤާސިމް (ތުއްތުބޭ)

3. ޙައްވާ ޤާސިމް (ދޮންތަ)

4. އަޙްމަދު ޙަނީފް (މަނުބެ)

* ޒުލޭޚާ މޫސާ (ކަނބުލޮ ދައިތަ) އަށް ދެ ކައިވެންޏަކަށް ދަރިން ލިބުނެވެ. ރަތްވިލާގޭ އަޙްމަދު ކަލޭފާނާ ކުރި ކައިވެނިން ލިބުނު ދަރިއަކާއި ޢަބްދުލްޤާދިރު ޢަބްދުއްރަޙުމާނާ ކުރި ކައިވެނިން ލިބުނު ތިން ދަރިންނެވެ.

ޒުލޭޚާ މޫސާ (ކަނބުލޮ ދައިތަ) އާއި އަޙްމަދު ކަލޭފާނު ކުރި ކައިވެނިން ލިބުނީ

1. ޢަބްދުލް ހާދީ އަޙްމަދު (ހާދީބެ)

ޒުލޭޚާ މޫސާ (ކަނބުލޮ ދައިތަ) އާއި ޢަބްދުލްޤާދިރު ޢަބްދުއްރަޙުމާނު (ގާދިރުބެ) އާ ްކުރި ކައިވެނިން ލިބުނީ:-

1. ޢަބްދުލްވައްހާބު ޢަބްދުލްޤާދިރު (ހާބުބޭ)

2. ޝާހިދާ ޢަބްދުލްޤާދިރު

3. ޢަބްދުއްރަޝީދު ޢަބްދުލްޤާދިރު

* ހާރޫނު މޫސާ (ކަތީބު ހާރޫނުބޭ) އާއި ފާތުމަތު އަޙްމަދުއާ ކައިވެނިކޮށްގެން ލިބުނީ:-

1. އައިމިނަތު ހަފުސާ (ހަފުސާ ދައްތަ)

2. މޫސާ ހަފުސީ

3. މަރިޔަމް ސަޢީދާ (ކުޑައައްތަ)

4. އަޙްމަދު މަނިކު

5. އިބްރާހީމް މަނިކު

6. ޢަލީ މަނިކު (އަލިބެ)

 

 

* * * * * * * * * * * * * * * * * * * * * * * * * * * * * 

 

އަތިރިމަތީގެ ސަންފަ ދައިތަގެ ޢާއިލާ 

އަތިރިމަތީގޭ ސަންފަދައިތަގެ ޢާއިލާ ދެމިގެން އައިސްފަނީ  ދޮން އުނބުށޭމުގެ ޢަލިބެ (ޢަލީ އިބްރާހީމް) އާ ކުރި ކައިވެނިންނެވެ. ލިބިފައިވަނީ 6 ދަރިންނަކީ:-

1. މަރިޔަމް ޢަލީ (މަރީދައިތަ)

2. އަޙްމަދު ޢަލީ (މަދާބެ)

3. ޙަލީމާ ޢަލީ (ޙަލީމަ ދައިތަ)

4. ޙައްވާ ޢަލީ  (ޙައްވަ ދައިތަ)

5. ޢައިޝަތު ޢަލީ (ކުޑަދައިތަ / ކުޑަ އައިސަދައިތަ)

6. ޢަބްދުއްރަޙުމާން ޢަލީ (އަތިރިމަތީގެ ދޮންފުތުބެ) 

 

އަތިރިމަތީގެ ސަންފަދައިތަގެ މަރީދައިތަގެ ޢާއިލާ 

* މަރިޔަމް ޢަލީ (އަތިރިމަތީގެ މަރީދައިތަ)ގެ އާއިލާ ދެމިގެން ގޮސްފައިވަނީ ލޮނު އާދަންކޮޔާ އާ ކުރި ކައިވެނިންނެވެ. އެ ކައިވެނިން ލިބުނު 3 ކުދިންނަކީ:-

1. ޒުލޭޚާ އާދަމް (ފޫޅުމާގެ ދަލޭދައިތަ)

2. އުމަރު އާދަމް (ލޮނު އުމަރުބޭ)

3. ހާރޫނު އާދަމް / އަލަމާގެ

 

އަތިރިމަތީގެ ސަންފަދައިތަގެ މަދާބެގެ ޢާއިލާ 

* އަޙްމަދު ޢަލީ (މަދާބެ) އާއި ފާތުމަތު މޫސާއާ ކައިވެނިކޮށްގެން ލިބުނު ދަރިންތަކުގެ ތެރެއިން  ބޮޑުވި 9 ދަރިންނަކީ:-

1. ޢަބްދުއްސައްތާރު އަޙްމަދު (މަދާބެ ތުއްތުބޭ)

2. މުޙައްމަދު އަޙްމަދު

3. ޢަބްދުﷲ އަޙްމަދު

4. ޢަލީ ރަޝީދު (މަދާބެ ދޮންބެ)

5. ޙަސަން އަޙްމަދު (މަދާބެ ޙަސަން)

6. ޚަދީޖާ އަޙްމަދު

7. ނާޞިރާ އަޙްމަދު

8. ޙުސައިން އަޙްމަދު

9. ޚާލިދު އަޙްމަދު 

 

އަތިރިމަތީގެ ސަންފަދައިތަގެ ޙަލީމަދައިތަގެ ޢާއިލާ 

* އަތިރިމަތީގެ ޙަލީމަ ދައިތަ އާއި ޢަބްދުއްރަޙުމާނު މޫސާ (ބޮޑުގެ މޫސަގެ ޢަބްދުއްރަޙުމާނުބެ) އާ ކުރި ކައިވެނިން ލިބުނު 6 ދަރިންނަކީ:-

1. މަރިޔަމް ޢަބްދުއްރަޙްމާން

2. ޒުލޭޚާ ޢަބްދުއްރަޙުމާން (ދަލޭ ދައްތަ)

3. ސައުދު ޢަބްދުއްރަޙްމާން

4. ޙައްވާ ޢަބްދުއްރަޙްމާނު

5. ފާތުމަތު ޢަބްދުއްރަޙްމާން

6. ސަޢީދު ޢަބްދުއްރަޙުމާން 

 

އަތިރިމަތީގެ ސަންފަދައިތަގެ ޙައްވަދައިތަގެ ޢާއިލާ 

* އަތިރިމަތީގޭ ޙައްވަ ދައިތަ (ޙައްވާ މުޙައްމަދު) ކައިވެނިކޮށްގެން އުޅުނީ މުޙައްމަދު ޢަލީ (ތުއްތުބޭ) އާއެވެ. މި ދެމަފިރިންނަށް ދަރިއަކު ނުލިބެއެވެ. ޙައްވަ ދައިތަ ދަރިންގެ ގޮތުގައި ދެކިގެން އުޅުނީ އެއްބަނޑު ޢަބްދުއްރަޙުމާނު ޢަލީ (އަތިރިމަތީގެ ދޮންފުތުބެ) ގެ ދަރިންނެވެ. އެ ކުދިން ވެސް ޙައްވަ ދައިތަގެ ދެމަފިރިންނާމެދު އޮތީ އެހާ ގާތްގުޅުމެކެވެ.

 

އަތިރިމަތީގެ ސަންފަދައިތަގެ ކުޑަދައިތަގެ ޢާއިލާ 

* އަތިރިމަތީގެ ކުޑަދައިތަ (ކުޑަ އައިސަދައިތަ) އާއި ޢަލިމަނިކުބެއާ ކައިވެނިކޮށްގެން ލިބުނު 2 ދަރިންނަކީ:-

1. އަމީނަތު ޢަލީ މަނިކު (އަމީނަތުދައްތަ) ވީނަސް

2. އަބޫބަކުރު ޢަލީ މަނިކު

 

އަތިރިމަތީގެ ސަންފަދައިތަގެ ދޮންފުތުބެގެ ޢާއިލާ 

* އަތިރިމަތީގެ ދޮންފުތުބެ (ޢަބްދުއްރަޙުމާން ޢަލީ)ގެ ޢާއިލާ ދެ ބަނޑަކުން ދެމިގެން އައިސްފައިވެއެވެ. އެއީ ނެވިގޭ ކަނބުލޮދައްތަ (ޙަސީނާ އަބޫބަކުރު) އާ ކުރި ކައިވެނިން ލިބުނު ދަރިއެއްގެ ފުށުންނާއި، މަރިޔަމް މުޙައްމަދު (މަރިޔަންފުޅު ދައިތަ) އާ ކުރި ކައިވެނިން ލިބުނު  7 ދަރިންގެ ފުށުންނެވެ. 

 ޢަބްދުއްރަޙުމާން ޢަލީ (އަތިރިމަތީގެ ދޮންފުތުބެ) އާއި ނެވިގޭ ޙަސީނާ އަބޫބަކުރު (ކަނބުލޮދައިތަ) ކުރި ކައިވެނިން ލިބުނީ:-

1. ޢަބްދުލްޣަފޫރު ޢަބްދުއްރަޙްމާނު (ތުއްތުކޮއި ޓީޗަރު)

ޢަބްދުއްރަޙުމާން ޢަލީ (އަތިރިމަތީގެ ދޮންފުތުބެ) އާއި މަރިޔަމް މުޙައްމަދު (މަރިޔަމްފުޅު ދައިތަ) އާ ކައިވެނި ކޮށްގެން ލިބުނު 7 ދަރިންނަކީ:-

1. ނާދިޔާ ޢަބްދުއްރަޙުމާން

2. މޫމިނާ ޢަބްދުއްރަޙުމާން

3. އާދަމް ނަޞީރު

4. ނާޒިމާ ޢަބްދުއްރަޙްމާނު

5. އަބްދުﷲ ނަޝީދު

6. އަޙްމަދު ޝަރީފް

7. އިރުފާނު ޢަބްދުއްރަޙްމާނު

 

* * * * * * * * * * * * * * * * * * * * * * * * * * * * * 

 

އަތިރިމަތީގެ އަބުދުއްލޯހިބޭގެ ޢާއިލާ 

އަތިރިމަތީގޭ އަބުދުއްލޯހިބޭ (ޢަބްދުﷲ މުޙައްމަދު) ތިބީ ދެ ދަރިންނެވެ. މި ދެ ދަރިން ލިބިފައިވަނީ  ކެލާ ކާސިމުގެ މަރިޔަބާ ކުރި ކައިވެނިންނެވެ. މި ކައިވެނިން ލިބުނު ދެ ދަރިންނަކީ:-

1. މުޙައްމަދު ޢަބްދުﷲ (އަބްދުއްލޯހިބޭގެ މުޙައްމަދު /ތިބޭ މުޙައްމަދުބެ)

2. ރާގޭ ދައިތަ (ރާގޭ ދައިތަ ކިޔަނީ އެގޭގައި އެ ދައިތަ ދިރިއުޅުނީމައެވެ.)

 

އަތިރިމަތީގެ އަބުދުއްލޯހިބޭގެ މުޙައްމަދުބޭގެ ޢާއިލާ

* މުޙައްމަދު ޢަބްދުﷲ (ތިބޭ މުޙައްމަދުބެ) އާއި ޒުލޭޚާ މޫސާ (ލޮނުމިރުސް ދަލޭކަދައިތަ) ކައިވެނިކޮށްގެނަ ލިބިފައިވަނީ:-

1. ލަޠީފާ މުޙައްމަދު / ފަރިމާގެ

2. ޢައިޝަތު މުޙައްމަދު (ދޮންއައިސަ)

2. ޢަބްދުﷲ މުޙައްމަދު (އާޓޭ ބޮޑުބެ)

3. އަބޫބަކުރު މުޙައްމަދު

* ރާގޭ ދައިތަ އާއި ރާގޭ އަލިބެކުރި ކައިވެނިން ލިބިފައިވާ 3 ދަރިންނަކީ:-

1. ޒުހުރާ ޢަލީ / ބޮޑުކެކުރިގެ

2. ޙައްވާ ޢަލީ / ރެޑްރޯސް

3. އަމްޖަދު ޢަލީ / ރައިމާގެ

 

* * * * * * * * * * * * * * * * * * * * * * * * * * * * * 

 

އަތިރިމަތީގެ ކުޑަމަންޖެދައިތަގެ ޢާއިލާ

އަތިރިމަތީގޭ ކުޑަމަންޖެ ދައިތަ ކައިވެނިކުރީ ބޮނގަރަ ޙަސަންބެއާއެވެ. މި ދެމަފިރިންނަށް ލިބުނީ ޔޫސުފް ޙަސަން (ބޮނގަރަ ޔޫސުންބެ) އާއި ފާތުމަތު ޙަސަން (ކުޑަމަންޖެ ފާތުމަދައިތަ) އާއި، ޅޮހީގައި މީހަކާ އިނދެގެން ދިރިއުޅުނު އިދުރިސްބެއާއި،ހުސެންބެއެވެ. އެ ޙުސެންބެއަކީ ބޮޑުގޭ ރަޝީދާގެ ބައްޕައެވެ. އަތިރިމަތީގެ ކުޑަމަންޖެދައިތަގެ ޢާއިލާ ދެމިގެން އައިސްފައިވަނީ މި 4 ދަރިންގެ ފަރާތުންނެވެ.

ކުޑަމަންޖެ ދައިތަގެ ދަރިންނަކީ :-

1. ޔޫސުފް ޙަސަން (ބޮނގަރަ ޔޫސުންބެ) ދޫރެސް

2. ފާތުމަތު ޙަސަން (ދޮންމަންޖެ ފާތުމަ) ދިލްބަހާރުގެ

3. އިދުރިސްބެ (ޅޮހީ)

4. ހުސެންބެ  (ބޮޑުގޭ ރަޝީދާގެ ބައްޕަ)

 

އަތިރިމަތީގެ ކުޑަމަންޖެދައިތަގެ ޔޫސުންބެގެ ޢާއިލާ 

* ޔޫސުފް ޙަސަން (ބޮނގަރަ ޔޫސުންބެ) އާއި ޚަދީޖާ އަބޫބަކުރު (ކަތްދާކޮއި ދައިތަ) ކުރި ކައިވެނިން ލިބިފައިވާ ދަރިންނަކީ:-

1. ޝަކީބާ ޔޫސުފް (ޝަކީބާއްތަ)

2. ޢަބްދުއްޣަނީ ޔޫސުފް (ދޮންތުއްތު)

3. ފަރީޝާ ޔޫސުފް

4. ޢަލީ ޝަރީފް (ދޮންކަލޯ)

5. އައިމިނަތު  ޔޫސުފް (ސޮދުމާ) 

 

އަތިރިމަތީގެ ކުޑަމަންޖެދައިތަގެ ފާތުމަދައިތަގެ ޢާއިލާ 

ފާތުމަތު ޙަސަން (ދޮންމަންޖެ ފާތުމަދައިތަ) އާއި އިބްރާހީމް ހާރޫނު (ހާޖީގޭ އިބުރަބޭ) ކުރި ކައިވެނިން ލިބިފައިވާ 7 ދަރިންނަކީ:-

1. ޢަބްދުއްރަޙުމާނު އިބްރާހީމް (އަބުދުކޮއި ދޮންބެ)

2. ޙަބީބާ އިބްރާހީމް (ހަބީ ދައިތަ)

3. މުޙައްމަދު ސަލީމު (ތުއްތުބޭ)

4. ޢަބްދުއްލަޠީފް އިބްރާހީމް (ތުއްތުދޮންބެ)

5. ޒުލޭޚާ އިބްރާހީމް (ކުޑައައްތަ)

6. ޢަބްދުލްޙަމީދު

7. އަޙްމަދު ޙަމީދު 

 

 

ޝުކުރުގެ ލިސްޓް

- ސަޢީދު ޤާސިމް

- ޒުލޭޚާ އިބްރާހީމް

- އައިމިނަތު ހަފުސާ

- ޢަބްދުﷲ ރަޝީދު (ޖުންމާ)

- ޖުވޭރިއާ ހާރޫން

- ޒުއްރިޔާން މުޙައްމަދު

- ސަޢީދު ޢަބްދުއްރަޙުމާން

- ބޮނޑިބަތް ދޮންބެ

No comments: