Friday, December 15, 2023

މަނަދޫ ނެވިގޭ ދަރިކޮޅު

ނެވިގޭ ކަމަނަދައިތަ (ޢާއިޝަތު ޤާސިމް)
ޢަބްދުﷲ ސަޢީދު
 
މަނަދޫ ނެވިގޭ ދަރިކޮޅު އެނގެނީ ނެވިގޭ ކާސިމާ ހަމައިންނެވެ. މި ނެވިގޭ ކާސިމް (ޤާސިމް) ގެ އަންހެނުންނަކީ ކާކުކަމެއް އަދި ނޭނގެއެވެ.
ނެވިގޭ ކާސިމުގެ ތިބީ 6 ދަރިންނެވެ. އެއީ ނެވިގޭ އަބޫބެއާއި، ނެވިގޭ ކަމަނަ ދައިތައާއި، ނެވިގޭ ކުޑަކަމަނަ ދައިތައާއި، ނެވިގޭ ހުސޭނުބެއާއި، ނެވިގޭ އިބްރާހީމްކޮބޭ އާއި ނެވިގޭ ހައްވާކޮއި ދައިތަ އެވެ.
1. ނެވިގޭ އަބޫބެ (އަބޫބަކުރު ޤާސިމް / ނޫވިލާގެ)
2. ނެވިގޭ ކަމަނަދައިތަ (ޢައިޝަތު ޤާސިމް / ދިލްބަހާރުގެ)
3. ނެވިގޭ ކުޑަކަމަނަދައިތަ ( އަލަމާގޭ)
4. ނެވިގޭ ހުސޭނު (ޙުސައިން ޤާސިމް)
5. ނެވިގޭ އިބްރާހިމްކޮބެ (އިބްރާހީމް ޤާސިމް)
6. ނެވިގޭ ޙައްވާކޮއި ދައިތަ (ޙައްވާ ޤާސިމް)
 
 
---------------
 
 
ނެވީގޭ އަބޫބެ (އިށީންދެގެން) އަދި ނެވިގޭ އަބޫބެގެ ޢަބްދުއްރަޙިންބެ (ކޮޅަށް)
1. ނެވިގޭ އަބޫބެގެ އާއިލާ 
 
ނެވިގޭ އަބޫބެގެ ދަރިކޮޅު ދެމިގެން އައިސްފައިވަނީ އައްޔެބޭގެ ކުޑަކަމަނަ ދައިތައާ ކުރިކައިވެނިންނާއި، ކުރޮޅި ސިއްތިދައިތައާ ކުރި ކައިވެނިންނެވެ. ނެވިގޭ އަބޫބެގެ ތިބީ ތިން ދަރިންނެވެ. ކަތްދާކޮއިދައިތައާއި ޢަބްދުއްރަހިންބެއާއި ކަނބުލޮދައިތައެވެ. 
 
ނެވިގޭ އަބޫބެ + އައްޔަބޭގެ ކުޑަކަމަނަ (އައިޝަތު ޢަލީ) 
 
1. ޚަދީޖާ އަބޫބަކުރު (ކަތްދާކޮއިދައިތަ)
ނެވިގޭ އަބޫބެ + ކުރޮޅި ސިއްތި ދައިތަ (ކުރޮޅި ކާސިމުގެ ސިއްތި)
2. ޢަބްދުއްރަޙީމް އަބޫބަކުރު
3. ޙަސީނާ އަބޫބަކުރު (ކަބުލޮދައިތަ) 
 
ނެވިގޭ އަބޫބެގެ ކަތްދާކޮއިދައިތަގެ ދަރިން.
 
ޚަދީޖާ އަބޫބަކުރު (ކަތްދާކޮއި ދައިތަ) + އަޙްމަދު ކަލޭފާނު (ރަތްވިލާގެ)
1. ހަފީޒާ އަޙްމަދު
ޚަދީޖާ އަބޫބަކުރު (ކަތްދާކޮއި ދައިތަ) + ޔޫސުފް ޙަސަން (ބޮނގަރަ ޔޫސުންބެ)
2. ޒައިނުއްދީން ޔޫސުފް (ކުޑައިރު ނިޔާވެފައި)
3. ޝަކީބާ ޔޫސުފް
4. އަބޫބަކުރު ޔޫސުފް (ކުޑައިރު ނިޔާވެފައި)
5. ޢަބްދުއްޣަނީ ޔޫސުފް (ދޮންތުއްތު)
6. ފަރީޝާ ޔޫސުފް
7. ޢަލީ ޝަރީފް (ދޮންކަލޯ)
8. އައިމިނަތު ޔޫސުފް 

 
* ނެވިގޭ އަބޫބެގެ ޢަބްދުއްރަހިންބެގެ ދަރިން
 
ޢަބްދުއްރަޙީމް އަބޫބަކުރު + ފާތުމަތު އަބޫބަކުރު (އެދުރުބޭ ފާތުމަދައިތަ)
1. އާސިމާ ޢަބްދުއްރަޙީމް
2. ޢަބްދުﷲ ޝަފީޢު
3. އާއިދާ ޢަބްދުއްރަޙީމް 
 
ޢަބްދުއްރަޙީމް އަބޫބަކުރު + މަޖީދާ މުޙައްމަދު 
 
4. މާޖިދާ ޢަބްދުއްރަޙީމް
5. ޢަލީ މާޖިދު
6. އަޙްމަދު ޢާޠިފް
7. ސާޖިދާ ޢަބްދުއްރަޙީމް (ބަދުރިއްޔާ)
8. އަމީން ޢަބްދުއްރަޙީމް
9. އަޙްމަދު ނޫރު
ޢަބްދުއްރަހީމް އަބޫބަކުރު + މާޅެންދޫ ޝަހީމާ ޙަސަން
10. އަމީރާ ޢަބްދުއްރަޙީމް 
 
* ނެވިގޭ އަބޫބެގެ ކަނބުލޮދައްތަގެ ދަރިން
 
ހަސީނާ އަބޫބަކުރު (ކަނބުލޮދައްތަ) + އަތިރިމަތީގެ ޢަބްދުއްރަޙުމާން ޢަލީ (ދޮންފުތުބެ) 
 
1. ޢަބްދުލްޣަފޫރު ޢަބްދުއްރަޙުމާން (ތުއްތުބޭ ޓީޗަރ)
 
* ޙަސީނާ އަބޫބަކުރު (ކަނބުލޮދައްތަ) ފަހުން ކައިވެނިކުރީ އަބޫބަކުރު ޙަސަން މަނިކު (ބޮޑުކާށި އަބޫބެ) އާއެވެ. އެ ކައިވެންޏަށް ލިބުނު ޒުބޭރާއި ނާޞިރު ކުޑައިރު ނިޔާވީއެވެ.
 
 
---------------

2. ނެވިގޭ ކަމަނަދައިތަގެ ޢާއިލާ
 
ނެވިގޭ ކަމަނަ ދައިތަ (ޢައިޝަތު ޤާސިމް) ގެ ޢާއިލާ ދެމިގެން އައިސްފައިވަނީ މަނަދޫ ހާރޫނު ހާޖީކަލޭފާނާ ކުރި ކައިވެނިން ލިބުނު ދެދަރިންގެ ފުށުންނެވެ. އެއީ މަނަދޫ ކާސިންހާޖީ (ޤާސިމް ހާރޫނު) އާއި އިބްރާހީމް ހާޖީ (ހާޖީގޭ އިބުރަބޭ) އެވެ. 
 
ނެވިގޭ ކަމަނަދައިތަގެ ދަރިން
 
ނެވިގޭ ކަމަނަދައިތަ (ޢައިޝަތު ޤާސިމް) + ހާޖީބެ (ހާރޫނު ހާޖީ ކަލޭފާނު)
1. ކާސިންހާޖީ (ޤާސިމް ހާރޫނު) / ފިނިވާގެ
2. ހާޖީގޭ އިބުރަބޭ (އިބްރާހީމް ހާރޫނު) / ދިލްބަހާރުގެ
 
* ނެވިގޭ ކަނަމަދައިތަގެ ކާސިންހާޖީގެ ދަރިން
 
ޤާސިމް ހާރޫނު (ކާސިންހާޖީ) + މަރިޔަމް މޫސާ (މަރިޔަ ދައިތަ)
1. ސަޢީދު ޤާސިމް (ދޮންތުއްތުބޭ)
2. ޢަބްދުލް ޢަޒީޒް ޤާސިމް (ތުއްތުބޭ)
3. އަޙްމަދު ޙަނީފް (މަނުބެ)
4. ޙައްވާ ޤާސިމް (ދޮންތަ)
ޤާސިމް ހާރޫނު (ކާސިންހާޖީ) + މަރީނާ މޫސާ (ބޮނޑިބަތް މަރީނާ ދައިތަ)
5. މުޙައްމަދު ނާސިޙް
6. އަބޫބަކުރު ޖައުހަރީ
7. ޢާއިޝަތު ފަޒުނާ
8. ބަދޫރާ ޤާސިމް
9. އައިމިނަތު ފަޒީލާ 
 
* ނެވިގޭ ކަމަނަދައިތައިގެ ހާޖީގެ އިބުރަބޭގެ ދަރިން
.
އިބްރާހީމް ހާރޫން (އިބުރަބޭ) + ފާތުމަތު ޙަސަން (ކުޑަމަންޖެ ފާތުމަދައިތަ)
1. ޢަބްދުއްރަޙްމާނު އިބްރާހީމް (އަބުދުކޮއި ދޮންބެ)
2. ޙަބީބާ އިބްރާހީމް (ހަބީދައިތަ)
3. މުޙައްމަދު ސަލީމް (ތުއްތުބޭ)
4. ޢަބްދުއްލަޠީފް އިބްރާހީމް (ތުއްތުދޮންބެ / ތުއްތުކޮއި)
5. ޒުލޭޚާ އިބްރާހީމް (ކުޑައައްތަ)
6. ޢަބްދުލް ޙަމީދު
7. އަޙްމަދު ޙަމީދު
 
 -------------------------
 
3. ނެވިގޭ ކުޑަކަމަނަ ދައިތަގެ އާއިލާ
 
މަނަދޫ ކުޑަކަމަނަ ދައިތަ ދެ ކައިވެންޏެއް ކުރިކަށް އެނގެއެވެ. އޭގެތެރެއިން އާއިލާ ދެމިގެން އައީ އާދަމް މަނިކުބެއާ ކުރި ކައިވެނިންނެވެ. މި އާދަމް މަނިކުބެއާ ކަރަންކާވިލާ މޫސާމަނިކުބެއާއި ރަތްވިލާގޭ ކެޔޮޅު ދޮންފުތުބޭ (އިބްރާހީމް) އާ މިއީ ތިންބޭންނެވެ. ކުޑަކަމަނަ ދައިތައާ އާދަމް މަނިކުގެއަށް ލިބުނީ ދޮން އައިސަދައިތައެވެ. ނެވިގޭ ކުޑަކަމަނަ ދައިތަގެ އާއިލާ ދެމިގެން އައިސްފައިވަނީ ދޮންއައިސަތަދައިތަގެ މަރިޔަންކޮއި ދައްތަގެ ފަރާތުންނެވެ. 
 
ނެވިގޭ ކުޑަކަމަނަ ދައިތަ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ކަމަނަ ޔޫސުންބެއާއެވެ. މި ކައިވެންޏަށް ދަރިއަކު ނުލިބެއެވެ. 
 
* ނެވިގޭ ކުޑަކަމަނަ ދައިތަ + އާދަމް މަނިކުބޭ 
 
1. ދޮން ޢައިސަދައިތަ 
 
ދޮން ޢައިސަދައިތަ  + ދޮންފުތު މުޙައްމަދުބެ /ގުރީންގެ
 
1. މަރިޔަމް މުޙައްމަދު (މަރިޔަންތަ /އަލަމާގެ)
 
 
---------------
 
4. ނެވިގޭ ޙުސޭނުބޭގެ ޢާއިލާ 
 
ނެވިގޭ ޙުސޭނުބޭ އާއި ޙައްވަ ދައިތައާ އިނދެގެން ލިބިފައިވަނީ ހަތަރު ދަރިންނެވެ. އެއީ ކަންމަތީގޭ އިބްރާހީމްބެއާއި މާވިނަ މޫސަބެއާއި ތަނޑިރަތްމާގޭ އަބޫބަކުރުބެއާއި، އޯކިޑުވިލާ ޢަބްދުﷲ ޙުސައިނެވެ. ނެވިގޭ ހުސޭނުބޭ އިނދެގެން އުޅުނު ޙައްވަދައިތަގެ މަންމައަކީ ސިއްތިއެކެވެ. މި ސިއްތި ދައިތައަކީ ސިއްތި ހުސެންބެގެ މަންމައެވެ.
ނެވިގޭ ޙުސޭނުބޭ (ޙުސައިން ޤާސިމް) + ޙައްވަ ދައިތަ (ސިއްތި ޙައްވަ)
1. އިބްރާހީމް ޙުސައިން /ކަންމަތީގެ
2. މޫސާ ޙުސައިން / މާވިނަ
3. އަބޫބަކުރު ޙުސައިން / ތަނޑިރަތްމާގެ
4. ޢަބްދުﷲ ޙުސައިންބެ / އޯކިޑުވިލާ
 
* ނެވިގޭ ހުސޭނުބޭގެ އިބްރާހީންބެގެ ދަރިން
 
އިބްރާހީމް ޙުސައިން + ފާތުމަދައިތަ (ރާހައްވަގެ ފާތުމަ ދައިތަ)
 
1. ޢަބްދުލް ޖަލީލު (ކުރީގެ ނަމަކީ މޫސާ އިބްރާހީމް )
2. ސާމިޔާ އިބްރާހީމް
3. ޚާލިދު އިބްރާހީމް
ނެވިގޭ ހުސޭނުބޭގެ ނެވިގޭ މޫސަބޭގެ ދަރިން
ނ. މަނަދޫ މާވިނަ، މޫސާ ޙުސައިން (ނެވިގޭ މޫސަބޭ) އަށް ދެ ބަނޑަކަށް ދަރިން ލިބިފައިވެއެވެ. އެއީ ތާރަ ސާފިޔަތު ދައިތައާ ކައިވެނިކޮށްގެން ލިބުނު 2 ދަރިންނާއި ރާޢުމަރުބޭގެ ޙައްވަދައްތައާ ކުރި ކައިވެނިން ލިބުނު 7 ދަރިންނެވެ. 
 
* މޫސަ ޙުސައިން (ނެވިގޭ މޫސަބޭ) + ތާރަ ސާފިޔަތު ދައިތަ 
 
1. ޒުލޭޚާ މޫސާ (މޫސަ ދަލޭ ދައްތަ)
2. އިބްރާހީމް މޫސާ (ވެލިދޫ)
* މޫސަ ޙުސައިން (ނެވިގޭ މޫސަބޭ) + ޙައްވާ ޢުމަރު (ރާއުމަރުބޭގެ ޙައްވަދައްތަ)
3. ޝަފީޢު މޫސާ
4. މަރިޔަމް ސިޔާނާ
5. ޢަލީ ސިޔާމް
6. އައިމިނަތު ޝިޔާމާ
7. ޞަފޫރާ މޫސާ
8. އިބްރާހީމް ސަލީމް
9. އަޙްމަދު ޝަމީމް
 
* ނެވިގޭ ހުސޭނުބޭގެ އަބޫބަކުރުގެ ދަރިން.
 އަބޫބަކުރު ޙުސައިން + ޞާބިރާ ޢުމަރު
 
1. މަދީހާ އަބޫބަކުރު (ތަނޑިރަތްމާގެ)
 
 
* ނެވިގޭ ހުސޭނުބޭގެ ޢަބްދުﷲ ހުސޭނުގެ ދަރިން. 
 
ޢަބްދުﷲ ހުސޭނަށް ދެ ބަނޑަކަށް 10 ދަރިން ލިބިފައިވެއެވެ. ޢަބްދުﷲ ހުސޭނަށް ދަރިން ލިބިފައިވަނީ ޙަބީބާ ޢަބްދުއްރަޙުމާން (މޫމިނާ މަންޒިލް) އާއި މަރިޔަމް އަބޫބަކުރު (އޯކިޑުވިލާ) އާ ކުރި ކައިވެނިންނެވެ. 
 
* ޢަބްދުﷲ ޙުސައިން + ޙަބީބާ ޢަބްދުއްރަޙުމާން 
 
1. ޙުސައިން ފިޔާޒު
 
* ޢަބްދުﷲ ޙުސައިން + މަރްޔަމް އަބޫބަކުރު (މަރިޔަންކޮއި ދައްތަ)
 
2. ޒައިތޫނާ ޢަބްދުﷲ
3. އާމިނަތު ވަޙީދާ
4. އިބްރާހީމް ރަމީޒު
5. ހާރޫން ރަޝީދު
6. ޚަދީޖާ ޢަބްދު الله
7. އަޙްމަދު ނަޞްރު
8. ޙުސައިން ޝަނީޒު
9. ފާޠިމަތު ހިދާޔާ
10. މުޙަންމަދު މަމްދޫޙް
 
 
 
5. ނެވިގޭ އިބްރާހީމް ކޮބޭގެ އާއިލާ 
 
ނެވިގޭ އިބްރާހީމްކޮބޭގެ އާއިލާ ދެމިގެން އައިސްފައިވަނީ ސިއްތި ކިޔާ މީހަކާ ނެވިގޭ އިބްރާހީމްކޮބޭ އިނދެގެން ލިބުނު ކުޑަކޮއިދައިތަ (ރަންކޮކާގެ) ފަރާތުންނެވެ. 
 
ނެވިގޭ އިބްރާހިމްކޮބޭ + ސިއްތި
 
1. ކުޑަކޮއި ދައިތަ / ރަންކޮކާގޭ 
 
* ނެވިގޭ އިބްރާހީމްކޮބޭގެ ކުޑަކޮއިދައިތަގެދަރިން
 
ކުޑަކޮއި ދައިތަ / ރަންކޮކާގޭ + ޙުސައިން ޙަސަން (ދޮންކަމަނަ ޙުސޭނުބޭ) 
 
1. ޚަދީޖާ ޙުސައިން
2. މޫސަ ޙުސައިން (ކުޑަކޮއި މޫސަ)
3. ޢަލީ ޙުސައިން
4. އާދަމް ޙުސައިން
5. ހާރޫނު ޙުސައިން
 
--------------

6. ނެވިގޭ ޙައްވާކޮއި ދައިތަގެ އާއިލާ
 
ނެވިގޭ ޙައްވާކޮއިދައިތައަށް ދެ މީހަކާ އިނދެގެން ތިން ދަރިން ލިބުނެވެ. ފުރަތަމަ ކައިވެނިކުރީ ސީނު އަހަންމަދުބެއާއެވެ. އެ ކައިވެނިން ލިބުނީ ސީނު އަބޫބެއާއި ސީނު ޢުމަރުބެއެވެ. ސީނު އަހަންމަދުބެއަށްފަހު ނެވިގޭ ޙައްވާކޮއިދައިތަ ކައިވެނިކުރީ ކުޅުދުއްފުށީގޭ ޢަލިބެއާއެވެ. އެ ކައިވެނިން ލިބުނީ ސުރީދައިތައެވެ. ނެވިގޭ ޙައްވާކޮއި ދައިތަގެ ދެ ފިރިހެން ދަރިންގެ ދަރިންނެއް ނެތެވެ.
ނެވިގޭ ހައްވާކޮއިދައިތަގެ އާއިލާ ދެމިގެން އައިސްފައިވަނީ ނެވިގޭ ހައްވާކޮއިދައިތަގެ ސުރީދައިތަގެ ފަރާތުންނެވެ. 
 
ނެވިގޭ ޙައްވާކޮއި ދައިތަ + ސީނު އަޙްމަދުބެ / ދިލްޝާދުގެ 
 
1. އަބޫބަކުރު އަޙްމަދު (ސީނު އަބޫބެ)
2. ޢުމަރު އަޙްމަދު (ސީނު ޢުމަރުބޭ) ހުދުދޯނިގެއްލުނު ދަތުރުގައި ގެއްލިފައި
ނެވިގޭ ޙައްވާކޮއި ދައިތަ + ކުޅުދުއްފުށީގޭ އަލިބެ
3. ސުރިއްޔާ ޢަލީ / ސާދާގެ 
 
* ނެވިގޭ ޙައްވާކޮއި ދައިތަގެ ސުރީދައިތަގެ ދަރިން
 ސުރިއްޔާ ޢަލީ + އިދުރީސް ޢުމަރު (ރާޢުމަރުބޭގެ އިދުރީސްބެ)
 
1. ޙަސީނާ އިދުރީސް
2. ޢަލީ ޝަރީފް
3. އާދަމް ޝަރީފް
4. މުޙައްމަދު ޝަރީފް
5. އަހުޝަން ޝަރީފް
6. ނަޝްފާ
 
 
 
 
 
ޚާއްޞަ ޝުކުރު
 
ސަޢީދު ޤާސިމް / މާލްރޯޑް
އައިމިނަތު ޙަފުސާ / ނިޝާން
މާޖިދާ ޢަބްދުއްރަޙީމް / ކުންނަމަލަ
ޒައިތޫނާ ޢަބްދުﷲ / އޯކިޑުވިލާ
ޝަފީޢު މޫސާ / މާވިނަ

No comments: