Sunday, June 16, 2013

ހިކުމަތްތެރިންގެ ބަސް


1. ފަސްމަގުން ޢިބުރަތް ހާސިލު ނުކުރެވުނު މީހަކަށް ކުރިމަގު އުޖާލާކުރަން ދަތިވާނެއެވެ. 
2. މިތުރުން އެނގޭނީ ކަމަކާ ޖެހުނީމައެވެ.
3. އުމުރަކީ ކުރު އެއްޗެކެވެ. ފުރުސަތަކީ މަދު އެއްޗެކެވެ.
4. ބަހާ ޢަމަލާ ދިމާނުވާނަމަ ލިބިފައިވާ ޢިލުމެއްގެ ބޭނުމެއް ނެތެވެ. 
5. ނުބެހޭ ކަންތައްތަކާ ނުބެހި ދޫކޮށްލުމުން ބެހޭ ކަންތައްތަކާ އަޅާލާނެ ވަގުތު ލިބޭނެއެވެ.

6. ބިޔަ އަލިފާންގަނޑެއް ރޯވަނީ ކުޑަކުޑަ އަލިފާން ކަންޏަކުންނެވެ.
7. ވަގުތަކީ ތޫނު ކަނޑިއެއްފަދަ އެއްޗެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ ވަގުތު ތިބާ އަވަދިކޮށްލަފާނެއެވެ.
8. އުފާވެރި ހަޔާތަކަށް އެންމެ މުހިންމީ ވަފާތެރި ބައިވެރިއެކެވެ. 
9. ފުރުސަތަކީ މަދުއެއްޗެކެވެ. ވަސްވާހަކީ ގިނަ އެއްޗެކެވެ.
10. ޞިއްޙަތަކީ މުދަލާއި ފައިސާއަށްވުރެ އަގުބޮޑު އެއްޗެކެވެ.
11. ދެމަފިރިންގެ ދެމެދުގައި އުފެދޭ ޝައްކުބަލީގެ ފަރުވާވާނީ އެދެމީހުންގެ އަތުގައެވެ. 
12. ދަރުއަޅާ އަލިފާންގަނޑެއް ކުޑައެއް ނުވާނެއެވެ. 
13. އެންމެ މަޝްހޫރީ އެންމެ ރަނގަޅު އެއްޗަށް ނުވެދާނެއެވެ. 
14. ވަރި ނުކުރިއަސް އާއިލާއެއް ރޫޅިފައި އޮވެދާނެއެވެ. 
15. އިސްކޮޅު ނުޖެހޭ މޮޅު ވާހަކަ ދައްކަން ހަދައިގެން ގިނަފަހަރަށް ވާނީ ފަލީހަތެވެ. 
16. ފާފަތަކަށް އަރައިގަތުމަކީ ބޮޑުކަމެއްކަމަށް ނުދެކޭ މީހާ ގެއްލި ހަލާކުވެދާކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ.
17. ފައިސާއަށް ކައިވެނިކޮށްފި މީހާ ވަފާތެރިއެއް ނުވާނެއެވެ.
18. ބަދަލު ހިފުމުގެ ބަދަލުވެސް ހިފޭނެއެވެ.
19. ހިތްއެދޭ ހުރިހާކަމެއް ކުރުމުގެ ޤާބިލުކަން އެއްވެސް މީހަކަށް ލިބިގެންނެއްނުވެއެވެ.
20. ޒަޚަރަށް އަގު އަދާކޮށްފައި މާމުޔަށް އުންމީދު ނުކުރާށެވެ.

No comments: