Saturday, June 1, 2013

ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރުން



ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ކާމިޔާބު މަސައްކަތެކެވެ. ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަކީ ކޯޓުން މައްސަލަ ހައްލުކުރުމަށްވުރެ ފައިދާހުރި ކަމެއްގެ ގޮތުގައި މިއަދުގެ ދުނިޔޭގައި ބެލެވެއެވެ. މިކަމުގެ ފައިދާތަކުގެ ތެރޭގައި ވަގުތު ސަލާމަތްވުމާއި، ދެފަރާތުގެ ގުޅުން ހީނަރު ނުވުމާއި، ޤާނޫނުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ދިމާވާ ދަތިތަކުން ސަލާމަތްވުން ހިމެނެއެވެ. ކޯޓުން ބޭރުގައި މައްސަލަތައް ހައްލުކުރެވެނީ ތަފާތު މެތަޑްތައް ބޭނުންކޮށްގެންނެވެ. އާންމުކޮށް މަދަނީ (ސިވިލް) މައްސަލަތައް ކޯޓުން ބޭރުގައި ނިންމި ނަމަވެސް މިއަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި ޖިނާއީ (ކްރިމިނަލް) މައްސަލަތަކުގައިވެސް މި ނިޒާމް ބޭނުންކުރެއެވެ.


ޝަރީޢަތުން ނިންމާ ނިންމުންތަށް ނުވަތަ ކުރެވޭ ހުކުމްތަކަކީ މައްސަލައިގެ ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކާ އެއްކޮޅަށް ނިންމޭ ނިންމުމެކެވެ. އެހެންނަމަވެސް ކޯޓުން ބޭރުގައި ނިންމޭ ނިންމުންތަކަކީ ވިންވިން ސިޗްއޭޝަނަކަށް (ދެފަރާތަށް ކާމިޔާބު ނުވަތަ ދެފަރާތަށްވެސް ހިތްހަމަޖެހުން) ލިބިދޭ ނިންމުންތަކެކެވެ. ކޯޓުގައި ޤާނޫނު ކުރިމަތީގައި ބާއްވައިގެން ނުވަތަ އަތްމަތީގައި ބާއްވައިގެން، ދެފަރާތުން ވަކާލާތުކޮށް ކުރެވޭ ހަނގުރާމައިގެ ބަދަލުގައި ބޭނުންކުރޭވެ އިތުބާރުހިފޭ މެތަޑްތަކެއް އެބަހުއްޓެވެ. އޯލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން (އޭޑީއާރު) ގެ ގޮތުގައި ބޭނުންކުރެވެނީ މައިގަނޑު 3 މެތަޑެކެވެ. އެއީ

1- އާބިއުޓްރޭޝަން 
2- މީޑިއޭޝަން
3- ނިއުޓްރަލް އިވެލުއޭޝަން

ރާއްޖޭގައި ކޯޓުން ބޭރުގައި މައްސަލަތައް ނިންމުމުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކުރެވެއެވެ. އެހެންނަމަވެސް އެކަމަށްޓަކައި ޚާއްޞަ ޤާނޫނެއް ނެތެކެވެ. މިހާރު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ފެމެލީ ކޯޓުން މީޑިއޭޝަން މެތަޑުގެ ތެރެއިން ހަމަޖައްސައެވެ. މި މެތަޑް ކުރިއަށް ގެންދެވޭނީ މީޑިއޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެ އިތުބާރުހިފޭ ކަމާބެހޭ އިލްމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުންނެވެ. ފެމެލީ ކޯޓުން މިކަންކުރަނީ ޤާޒީންގެ ބެއްލެވުމުގެ ދަށުންނެވެ. ދެފަރާތުން ކުރެ ކޮންމެ ފަރާތަކުންވެސް އެ މައްސަލައިގައި އެމީހެއް ފަރާތުން ވާހަކަދައްކާ މައްސަލަ ހައްލުކުރުމަށް މީހަކު ކަނޑައަޅައެވެ. މި މީހާއަކީ ދެފަރާތުންވެސް ޤަބޫލުކުރާ މީހަކަށް ވާންޖެހެއެވެ. އެދެފަރާތުން ވާހަކަ ދައްކާ ނިކުންނަ ނަތީޖާ ގާޒީއަށް ހުށަހަޅައެވެ. އެދެފަރާތުން އަރުވާ މަޢުލޫމާތުގެ އަލީގައި ދެމަފިރިންނާ ވާހަކަ ދެއްކުމަށްފަހު ގޮތެއް ކަނޑައަޅަނީ ޤާޒީއެވެ. ދެފަރާތުންކުރެ ފަރާތަކުން ކަނޑައަޅާފައިވާ ފަރާތަކީ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މީހެއް ކަމަށް ގާޒީއަށް ނުފެންނަ ކަމަށްވާނަމަ އެމީހަކު އެކަމުން ވަކިކުރުމުގެ އިޚްތިޔާރުވެސް ޤާޒީއަށް ލިބިގެންވެއެވެ. 

ޤާނޫނީ ބޮޑެތި ޚިޔާލު ތަފާތުވުންތައް ހުންނަ މައްސަލަތަކާއި އެގްރިމެންޓްތަކާބެހޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށް އާބިއުޓްރޭޝަން މެތަޑް ބޭނުންކުރެއެވެ. ރާއްޖޭ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރަށް ސަރުކާރުން ކުއްޔަށް ދެއްވި މައްސަލަ ކުރިއަށްދަނީ ސިންގަޕޫރުގެ އާބިއުޓްރޭޝަން އެއްގައެވެ. އެގޮތުން އެފަރާތުންވެސް ދެފަރާތަށްވެސް ޤަބޫލުކުރެވޭ ވަކީލުން ހަމަޖައްސާ މައްސަލަ އެޖެންޑާކޮށް ތާވަލުކުރެއެވެ. ގިނަ އާބިއުޓްރޭޓަރުންނަކީ ވަރަށް ތަޖުރިބާކާރު ޢިލްމީ ބޭފުޅުންނެވެ. މި ބޭފުޅުންނަކީ ކޮންމެހެން ޤާނޫނީ ބޮޑެތި މާހިރުންނަށް ވާކަށް ނުޖެހެއެވެ. އާބިއުޓޭޓަރުން ހަމަޖެއްސުމަށްފަހު މައްސަލަ ކުރިއަށް ގެންދާނީ ކޯޓުގައެވެ. ދެފަރާތުން ހުށަހަޅާ ލިސްޓްކުރާ ޕޮއިންޓްތަކަށް ބަލައި ވާހަކަ ދައްކައި ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް ދޫދެވެންހުރި ކަންތައްތައްކަށް ދޫދީ މައްސަލަ ފައިނަލް ކުރެއެވެ. 

ނިއުޓްރަލް އިވެލްއޭޝަން މެތަޑަކީ ދެފަރާތުން ޤަބޫލުކުރާ ތިންވަނަ ފަރާތެއްގެ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމުގެ މެތަޑެވެ.




No comments: