Wednesday, June 21, 2023

ނަމޫނާ އަސްކަރީ އިސްޚިދުމަތްތެރިންގެ މަތިވެރި މެޑެލި

 




ޢަބްދުﷲ ސަޢީދު

131 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި "ނަމޫނާ އަސްކަރީ އިސްޚިދުމަތްތެރިންގެ މަތިވެރި މެޑެލި" ހާސިލުކުރެއްވި ދިވެހި އަސްކަރިއްޔާގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ލެފްޓިނަންޓް ޖެނެރަލް (ރިޓަޑަރޑް) އަންބަރީ ޢަބްދުއްސައްތާރު، ނިޝާން ޢަސްކަރީގެ ވެރިޔާ (ނ.ޢ.ވ) މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމަށް  ތަހުނިޔާ ދަންނަވަމެވެ. މި މެޑެލި ދެއްވި ތާރީޚަކީ 21 އެޕްރީލް 2023 އެވެ. ނަމަވެސް މެޑެލި ދެއްވި ރަސްމިއްޔާތު ބޭއްވުނީ 21 ޖޫން 2023 ގައެވެ. 

 

ނަމޫނާ އަސްކަރީ އިސް ޚިދުމަތްތެރިންގެ މަތިވެރި މެޑެއްޔަކީ، ދިވެހި އަސްކަރިއްޔާގައި އެންމެ މަތީ މަޤާމު ތަކުގައި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވައި ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށްފަހުގައި ވެސް، ދިވެހި އަސްކަރިއްޔާގެ އިސް ޚިދުމަތްތެރިއެއްގެ ގޮތުގައި ދައްކުވައިދެއްވާފައިވާ ފުރިހަމަ ނަމޫނާއާއި ސާބިތުކޮށްދެއްވާފައިވާ އަސްކަރީ އަޚްލާޤު ފާހަގަކޮށް ދިވެހި އަސްކަރިއްޔާއިން އެރުވި ޚާއްޞަ މެޑެއްޔެކެވެ. 

 

މި މެޑެއްޔަކީ ސިފައިންގެ ޤާނޫނު 1/2008 ގެ 14 ވަނަ މާއްދާގެ ހ. ގެ ދަށުން އުފައްދާފައިވާ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސް އަށް ދެއްވާފައިވާ ލަފަޔާއެކު އެރުވުމަށް ނިންމާފައިވާ މެޑެއްޔެކެވެ. މިއީ މި މެޑެލި ތަޢާރަފުކުރައްވައި މި މެޑެލި ދެއްވި ފުރަތަމަ ފަހަރެވެ.

ނޯޓު: ނ.ޢ.ޢ.ވ ލެފްޓިނަންޓް ޖެނެރަލް (ރިޓަޑަރޑް) އަންބަރީ ޢަބްދުއްސައްތާރުގެ ފަރާތްޕުޅުން މި ޝަރަފާ ހަވާލުވެވަޑައިގަތީ ދަރިކަނބަލުން އަލްފާޟިލާ ރީނީ ޢަބްދުއްސައްތާރެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމުގެ ފަރާތްޕުޅުން މި ޝަރަފާ ހަވާލުވަޑައިގެންނެވީ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރެވެ.

No comments: