Thursday, March 16, 2023

ޢަބްދުﷲ ޢަލީ ނަޞީރު

 #ތާރީޚު




ޢަބްދުﷲ ޢަލީ ނަޞީރަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ނ. އަތޮޅު އޮފީސް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ނ. އަތޮޅަށް ޚިދުމަތްކޮށްދެއްވި އަތޮޅުގެ އެ ދުވަސްވަރުގެ ގިނަ ބަޔަކު ދަންނަ، ދެކެފަރިތަ ބޭފުޅެކެވެ. ޢަބްދުﷲ ޢަލީ ނަޞީރުގެ ނަސަބު ދިވެހިތާރީޚުގެ އުސްތާޛު  މުޙައްމަދު ޝާތިރު (2023) ލިޔުއްވާފައިވަނީ އަންނަނިވި ގޮތަށެވެ.

"ޢަރަބިކަރައިން ރާއްޖެ ވަޑައިގެންނެވި،
ސައްޔިދު މުޙައްމަދު މަނިކުފާނުގެ،
ސައްޔިދު އަޙްމަދު ބޮޑުބަނޑޭރި މަނިކުފާނުގެ،
އަލީ މަނިކުފާނުގެ،
އައްސައްޔިދު މޫސާ ކުޑައެދުރުގެ،
އަލްވަޒީރު ޙަސަން ފާމުލަދޭރި ތަކުރުފާނުގެ،
އާދަމް  ތަކުރުފާނުގެ،
އަލްވަޒީރު އަޙްމަދު ފާމުލަދޭރި ތަކުރުފާނުގެ،
ޢަލީ ނަޞީރު މަނިކުގެ،
ޢަބްދުﷲ ޢަލީ ނަޞީރު
(ރަޙިމަހުﷲ)"

ގ. އަރިސް، ޢަބްދުﷲ ޢަލީ ނަޞީރަކީ ތަފާތު މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަވަހާރަވީ 2023 މާރިޗު 13 ވަނަ ދުވަހު 81 އަހަރުގައެވެ. އެ މަރުޙޫމުގެ ފުރާނައަށް މާތްﷲ، ހެޔޮ ރަޙުމަތްލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

No comments: