Tuesday, August 8, 2023

އީކޯވަސް މީ ކޮން ޖަމާޢަތެއް؟

 


ޢަބްދުﷲ ސަޢީދު
 
ހުޅަނގު އެފްރިކާގެ ޤައުމުތަކުގެ އިޤްތިޞާދީ ޖަމްޢިއްޔާ (އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް) ނުވަތަ (ECOWAS) ގައި ހިމެނެނީ 15 ޤައުމެކެވެ. އެއީ ބެނިން، ބުރްކިނާ ފާސޯ، ކެބޯ ވަރޑޭ، ކޯޓް ޑި އައިވޯއާ، ދަ ގަމްބިއާ، ގާނާ، ގިނީ، ގިނީ - ބިސާއޯ، ލައިބީރިއާ، މާލީ، ނައިޖަރ، ނައިޖީރިއާ، ސެނެގާލް، ސިއެރާ ލިއޯން، އަދި ޓޯގޯ އެވެ. 
 
 
މިހާރު ނައިޖަރގައި ގެނެސްފައި އަސްކަރީ އިންގިލާބާ ދެކޮޅަށް އެ ޤައުމަށް އަރައި، އަސްކަރީ ބާރު ބޭނުންކޮށްގެން، ކުރިން ނައިޖަރގެ ރައީސްކަމުގައި ހުންނެވި މުޙައްމަދު ބާޒޫމް ސަލާމަތްކޮށް ވެރިކަމަށް އަލުން ގެންނާނެ ވާހަކަ އީކޯވަސްގެ ބައެއް ޤައުމުތަކުން ވަނީ ބުނެފައެވެ. އަސްކަރީ ބާރު ބޭނުންކުރުމާ އީކޯވަސްގެ ބައެއް ޤައުމުތައް ވަނީ ދެކޮޅު ވެސް ހަދާފައެވެ. 
 
ނައިޖަރގެ އަސްކަރީ ވެރިންނާއި ގިނަ ރައްޔިތުން ބުނާގޮތުގައި މަގާމުން ދުރުކޮށްފައިވާ ރައީސް މުހައްމަދު ބާޒޫމަކީ ޔޫރަޕްގެ ކުރީގެ އިސްތިޢުމާރީ ބާރެއްކަމަށްވާ ފަރަންސޭސީންނަށް ވިކިފައިވާ އަދި ފަރަންސޭސީންގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ވެރިކަން ކުރެއްވި ބޭފުޅެކެވެ.
 
ރައީސް މުޙައްމަދު ބާޒޫމުގެ ވެރިކަން ވައްޓާލުމަށް ފަހު 2023 ޖުލައި 26 ވަނަ ދުވަހުން ފެށިގެން ނައިޖަރގައި ވެރިކަން ހިންގަނީ "ނޭޝަނަލް ކައުންސިލް ފޮ ދަ ސޭފްގާޑިން އޮފް ދަ ކަންޓްރީ"ގެ ނަމުގައި އަސްކަރީ ލީޑަރުން އުފައްދާފައި އޮތް ކައުންސިލަކުންނެވެ. މި ކައުންސިލަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ބަލައިގެންފައިވާ ބައެއް ނޫނެވެ.

No comments: