Thursday, April 10, 2014

ނ. އަތޮޅުގެ ކުރު ތާރީޚް

މަނަދޫ ޕްރައިމަރީ ސްކޫލް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާދު މައުމޫން ޢަބްދުލް ޤައްޔޫމް ހުޅުވައިދެއްވީ 01 މާޗް 1979 ގައި

·         01 ނޮވެމްބަރު 1959: ޒަމާނުއްސުރެ ނ. އަތޮޅުގައި ވެރިކަން ކުރަމުންއައި މަނަދޫން އެއަތޮޅު ހޮޅުދޫއަށް ނ. އަތޮޅު އޮފީސް ބަދަލު ކުރެއްވި.
·         28 ނޮވެމްބަރު 1959: ނ. އަތޮޅުވެރކަމުގައި ހުންނެވި ކުޑިގޭ މުޙައްމަދު ޢަބްދުއްލަޠީފް ކުއްލި އަކަށް އަވަހަރާވި. އެމަނިކުފާނު އަވަހާރަވީ ނ. ހޮޅުދޫގައި.
·         20 ޑިސެމްބަރު 1960: ނ. އަތޮޅު އޮފީސް އެއަތޮޅު ހޮޅުދޫން ނ. މަނަދޫއަށް އަނބުރާ ބަދަލު ކުރެއްވި.

·         03 ޖުލައި 1968: ނ. ތޮޅެންދޫ ރައްޔިތުން އެއަތޮޅު ވެލިދޫއަށް ބަދަލު ކުރެއްވި.
·         09 ޖުލައި 1968: ނ. ތޮޅެއްދޫއަކީ ފަޅު ރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވި. މިގޮތަށް ހަމަޖެއްސެވުމާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު 209 ވި.
·         01 މެއި 1969: ހުކުރު ވާޖިބުވާ 40 މީހުން ހަމަނުވާތީ ނ. މަގޫދޫ ފަޅުރަށެއް ކަމުގައި ސަރުކާރުން ހަމަޖެއްސެވި.
·         12 ޖޫން 1975: ނ. ތޮޅެއްދޫއަކީ މީހުން ދިރިއުޅޭ ރަށެއް ކަމުގައި އަލުން ހަމަޖެއްސެވި.
·         01 މާޗް 1979: ނ. މަނަދޫގައި ސަރުކާރުން އެހީވެދެއްވާ ސްކޫލެއް ހުޅުވައިދެއްވި. މަނަދޫ ރައްޔިތުން ދަނޑިފަނުން އެޅި މި ސްކޫލް ނ. މަނަދޫ ޕްރައިމަރީ ސްކޫލްގެ ނަމުގައި މި ސްކޫލް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް.
·         22 ނޮވެމްބަރު 1980: މަނަދޫގައި އަންހެނުން ނަމާދުކުރާ ނަމާދު ގެއެއް ހުޅުވި.
·         19 ފެބްރުއަރީ 1981: ނ. ވެލިދޫގައި ނ. އަތޮޅު ކޮމިއުނިޓީ ސްކޫލް ހުޅުވައިދެއްވި. މި ސްކޫލް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން.
·         27 ނޮވެމްބަރު 1982: ނ. ހޮޅުދޫ ރަށު އޮފީހުގެ އާ ޢިމާރާތް ހުޅުވި.
·         19 މެއި 1983: ނ. ހޮޅުދޫ މޭނާ ސްކޫލްގެ އާ ޢިމާރާތް ކުޅުވައި ދެއްވި. މި ޢިމާރާތް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު.
·         28 ޑިސެމްބަރު 1983: މަނަދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި މަސްޖިދިލް ރިޟްވާން ހުޅުއްވައިދެއްވި. މި މިސްކިތް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު.
·         19 ފެބްރުއަރީ 1984: ނ. މާޅެންދޫ މަސްޖިދިލް ބަރަކާތު ހުޅުވި.
·         28 އޭޕްރީލް 1984: "ހަފްތާ ޚަބަރު"ގެ ނަމުގައި މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާއިން ހަފްތާ ނޫހެއް އަތުން ލިޔެގެން ފެރެންފެށި.
·         26 ސެޕްޓެމްބަރު 1984: ނ. މިލަދޫގައި އެރަށު ހުޅަނގު އަވަށާއި އިރުމަތީ އަވަށުގެ ރައްޔިތުން އިމާރާތްކުރި އަންހެނުންގެ ދެ މިސްކިތް ހުޅުވައި ދެއްވި. މި ދެ މިސްކިތް ހުޅުވައިދެއްވީ ނ. އަތޮޅުވެރިޔާ ހޮޅުދޫ ޙަސަން ކަލޭފާން.
·         19 ޖުލައި 1985: އަތުން ލިޔެގެން ނ. އަތޮޅު މަދަރުސާއިން ނެރެމުންދިޔަ "ހަފްތާ ޚަބަރު" ، ހަފުތާ ނޫސް ރަޖިސްޓްރީކޮށްގެން ޗާޕްކޮށްގެން ފުރަތަމަ އަދަދު ނެރުނު. މިއީ ރާއްޖޭގެ ސްކޫލަކުން ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ޗާޕްކޮށްގެން ނޫހެއް ނެރެންފެށި ފުރަތަމަ ދުވަސް.
·         18 އޮކްޓޯބަރު 1986: މަނަދޫގައި ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި ނ. އަތޮޅު އޮފީސް ހުޅުވައިދެއްވި. ނ. އަތޮޅު އޮފީސް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު.
·         06 އޯގަސްޓް 1987: ނ. ޅޮހީގައި ޢިމާރާތްކުރި އެރަށު އާ އޮފީސް ހުޅުވައި ދެއްވި. މި އޮފީސް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު.
·         01 މާޗް 1988: ނ. ފޮއްދޫގައި ޢިމާރާތްކުރި މިސްކިތް ހުޅުވި.
·         18 ޑިސެމްބަރު 1990: ނ. މަނަދޫ ޞިއްޙީ މަރުކަޒު ހުޅުވައިދެއްވި. މި މަރުކަޒު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުއްސައްތާރު މޫސާ ދީދީ.
·         14 އޮކްޓޯބަރު 1991: ނ. ހޮޅުދޫގައި ޢިމާރާތް ކުރި މަސްޖިދިލް އިޚްލާޞް ހުޅުވި.
·         07 މެއި 1992: ނ. ތޮޅެއްދޫ މީހުން ނ. ކެނދިކުޅުދޫއަށް ބަދަލު ކުރުމަށް ގޯތި ދޫކުރައްވަން ފެއްޓެވި.
·         29 މެއި 1992: ނ. ޅޮހީގައި ޢިމާރާތް ކުރި މަދަރުސާ ހުޅުވައިދެއްވި. މި މަދަރުސާ ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް.
·         30 ޑިސެމްބަރު 1992: ނ. ތޮޅެއްދޫ މީހުން ނ. ކެނދިކުޅުދޫއަށް ބަދަލު ކުރައްވައި. ތޮޅެއްދޫއަކީ ފަޅުރަށެއް ކަމުގައި ހަމަޖެއްސެވި.
·         09 ފެބްރުއަރީ 1993: ނ. މަނަދޫ ޞިއްޙީ މަރުކަޒަށް 25 އަހަރު ފުރުނު. މި މުނާސަބަތު ވަރަށް ކުލަގަދަކޮށް މަނަދޫގައި ފާހަގަކުރި.
·         24 ޖޫން 1993: ނ. މާފަރުގައި ޢިމާރާތްކުރި މިސްކިތް، މަސްޖިދިލް މުނައްވަރު ހުޅުވައި ދެއްވި. މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ނާއިބު ޑރ. މުޙައްމަދު ލަޠީފް.
·         27 ފެބްރުއަރީ 1994: ނ. މަގޫދޫގައި އެރަށުގެ ރައްޔިތުން ޢިމާރާތްކުރި މަސްޖިދިލް ޛިކުރާ ނ. އަތޮޅުވެރިޔާ ޙަސަން ކަލޭފާން ހުޅުވައިދެއްވި.
·         06 ސެޕްޓެމްބަރު 1994: ނ. ކުޑަފަރީ އޮފީހާއި ރަށްވެހިގެ ހުޅުވައިދެއްވި. މި ޢިމާރާތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން ޢަބްދުއްރަޝީދު ޙުސައިން.
·         16 އޮކްޓޯބަރު 1994: ނ. ކެނދިކުޅުދޫ ރަށު އޮފީހާއި ރަށު ކޯޓާއި ރަށްވެހިގެ ހިމެނޭ ޢިމާރާތް މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން ޢަބްދުއްރަޝީދު ޙުސައިން ހުޅުވައި ދެއްވި.
·         19 މާޗް 1996: ނ. ހޮޅުދޫ ވިމެންސް ސެންޓަރު ހުޅުވި.
·         22 ޑިސެމްބަރު 1997: ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ޓެލެފޯން ބޫތު ބަހައްޓާ ނިންމި.
·         01 ފެބްރުއަރީ 1999: ނ. ހޮޅުދޫ ޕްރައިމަރީ ސްކޫލާއި، ނ. ހޮޅުދޫ ފާލަމާއި، ނ. މަގޫދޫ އޮފީސް މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހުޅުވައިދެއްވި.
·         15 ޖޫން 1999: ނ. މަނަދޫގައި ޤައުމި ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރި. ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަސްމީ ޖަލްސާ ބާއްވައި، ސިފައިން މަނަދޫގެ ބޮޑެތި މަގުތަކުގައި ބޭންޑާއެކު ރޫޓްމާޗް ކުރި. ނ. މަނަދޫގައި އިރުމަތީ އަވަށު ރައްޔިތުން ބިނާކުރި އިރުމަތީ އަވަށު މައިޒާން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯރކްސް ޢުމަރު ޒާހިރު ހުޅުވައިދެއްވި. ނ. މަނަދޫ ޒުވާނުންގެ ގުޅުމުން ހެދި ކުޑަކުދިންގެ ޕާކް ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅު މެމްބަރު އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހުޅުވައިދެއްވި. ނ. މަނަދޫ "އާވެހި" ގެސްޓް ހައުސް މިނިސްޓަރ އޮފް ހޯމް އެފެއާރޒް ހައުސިންގ އެންޑް އެންވަރަންމަންޓް އިސްމާޢީލް ޝަފީޢު ހުޅުވައިދެއްވި.
·         01 ޖުލައި 1999: "އެންއެސްއެސް ނ. މަނަދޫ"ގެ ނަމުގައި މަނަދޫގައި ސިފައިންގެ މަރުކަޒެއް ހުޅުވި. މިތަނުން ދޭންފެށީ ފުލުހުންގެ ޚިދުމަތް. އޭރު ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން އައީ އެއް މުއައްސަސާއެއްގެ ގޮތުގައި. މިތަން ހިންގަންފެށީ މަނަދޫ އާވެހި ގެސްޓް ހައުސްގައި ކުށްޔަށް.
·         03 ޑިސެމްބަރު 1999: ނ. ކެނދިކުޅުދޫ ޞިއްޙީ މަރުކަޒު މިނިސްޓަރ އޮފް ހެލްތު އަޙްމަދު ޢަބްދުﷲ ހުޅުވައިދެއްވި. މި މަރުކަޒު ހުޅުވިއިރުހުރީ ބަލިމީހުންބަލާ ކޮޓަރިއަކާއި، އާންމު ވޯޑަކާއި، ވިއްސާ ކޮޓަރިއަކާއި، ވިހައިގެން ތިބޭ ވޯޑަކާއި ލެބޯޓްރީއެކެވެ.
·         21 ޑިސެމްބަރު 2000: ނ. ހޮޅުދޫ ޞިއްޙީ މަރުކަޒް، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ޢަބްދުﷲ ހުޅުވައިދެއްވި.

No comments: