Saturday, March 24, 2012

ތާރީޚުގެ ތެރެއިން ފެބްރުއަރީ

ޢަބްދުﷲ ސަޢީދު (މަޢުލޫމާތު: ވިކިޕީޑިއާ)
  • ފެބްރުއަރީ 2 - 1887 - ދިވެހިރާއްޖެ:- ބާޒާރު މައްޗާއި ކަނބާފާނު ގަނޑުވަރު ފަދަ ސަރުކާރު އިމާރާތްތަކެއް މާލޭގައި އަދައިގެން ދިއުން
  • ފެބްރުއަރީ 2 - 1965 – ދިވެހިރާއްޖެ:- ޚަތިބު މީހާ މިސްކިތަށް އެރުމުން ކިޔާ އާޔަތާއި ހުކުރު ހަދީޘް ކިޔުން ހުއްޓާލުން
  • ފެބްރުއަރީ 2 - 1972 – ދިވެހިރާއްޖެ:- ގާނޫނު އަސާސީ އަށް ރައީސް އޮފީހުން ހުށަހެޅި އިސްލާހުތަކެއް ރައްޔިތުން މަޖުލީހުން ފާސްކުރި. އޭގެތެރޭގައި ބޮޑު ވަޒީރަކު ބެހެއްޓުން ހިމެނެއެވެ.
  • ފެބްރުއަރީ 2 - 1978ދިވެހިރާއްޖެ:- ޅ. ފެލިވަރުގައި ހެދި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާ ރަސްމީގޮތުން ހުޅުވުން
  • ފެބްރުއަރީ 4 - 1609 - އިބްރާހީމް ކަލާފާނު، ދިވެހިރާއްޖޭގެ ރަދުން.
  • ފެބްރުއަރީ 4 - 1946 - ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ދުވަސް ފާހަގަ ކުރަން ފެށުން.
  • ފެބްރުއަރީ 4 - 1974 – ދިވެހިރާއްޖެ:- ރާއްޖޭގައި ހުޅުވުނު ފުރަތަމަ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިޔާ މާލޭ ގޮފި ހުޅުވުން
  • ފެބްރުއަރީ 7 - 1962 - ދިވެހިރާއްޖެ:- ހުވަދު އަތޮޅު އިދާރީގޮތުން ދެބަޔަށް ދެވަނަ ފަހަރު ބައިކުރެއްވުން.
  • ފެބްރުއަރީ 7 – 2012 – ދިވެހިރާއްޖެ-: ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުން
  • ފެބްރުއަރީ 8 - 1980 - ދިވެހިރާއްޖެ:- ގއ.ވިލިގިލީގައި ކޮމިއުނިޓީ ސުކޫލެއް ހުޅުވުން
  • ފެބްރުއަރީ 9 - 1980 - ދިވެހިރާއްޖެ:- ކުރީގެ މައުހަދު މިހާރުގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ހުޅުވުން
  • ފެބްރުއަރީ 9 - 1983 - ދިވެހިރާއްޖެ:- ރާއްޖޭގައި ފުއް ލޮނު އުފައްދާކަން އިއުލާންކުރުން
  • ފެބްރުއަރީ 10 - 1982 - ދިވެހިރާއްޖެ:- ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖޭގައި ބިނާކުރި ފުރަތަމަ ސުކޫލް އދ. މަހިބަދޫގައި ހުޅުވުން
  • ފެބްރުއަރީ 14 - 1960 - ދިވެހިރާއްޖެ:- އިގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު އެގްރިމެންޓް ގައި ސޮއިކުރުން ދާރުލް އުލޫމް ގައި އޮތް
  • ފެބްރުއަރީ 14 - 1978ދިވެހިރާއްޖެ:- ދިވެހިރާއްޖެ އޭޝިޔަން ޑިވެލޮޕްމަންޓްގެ މެންބަރަކަށްވުން
  • ފެބްރުއަރީ 16 - 1979 - ދިވެހިރާއްޖެ:- ދިވެހި ޘަގާފަތާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް އުފެއްދެވުން
  • ފެބްރުއަރީ 17 - 1961 - ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ އާލާރި ހިންގަން ފެށުން
  • ފެބްރުއަރީ 20 - 1883 - ދިވެހިރާއްޖެ : މާލޭގައި ދެލި ސްޓޭޝަނެއް ހެދުމަށް އިގިރޭސި ކުންފުންޏެއްގެ އެޖެންޓް މިސްޓަރ މޮރިސަން އެކަމަށް އެދި ސިލޯނުގައި ހުންނެވި އިގިރޭސި ގަވަރނަރ ސަރ ހިޒް އެކްސެލެންސީ ޖޭއާރް ލޮންގޑަންގެ ފަތްކޮޅެއް ހިފައިގެން މާލެއައުން
  • ފެބްރުއަރީ 21 - 1935 - ސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރަސްކަމަށް އިސްވެ ވަޑައިގަތުން
  • ފެބްރުއަރީ 21 - 1952 - ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުން
  • ފެބްރުއަރީ 21 - 1979 - ދިވެހިރާއްޖެ:- ބޮޑެތި މިސްކިތްތަކުގައި އިމާމުން ކުދި މިސްކިތް ތަކުގައި މުދިމުން ތިބޭގޮތަށް ހަމަޖެއްސުން
  • ފެބްރުއަރީ 21 - 1982 - ދިވެހިރާއްޖެ:- މަދަރުސަތުލް އަހުމަދިއްޔާ ހުޅުވުން
  • ފެބްރުއަރީ 22 - 1958 - ދިވެހިރާއްޖެ:- ހަތަރު އަވަށުގެ އަވަށުވެރިގެ އުވާލުން
  • ފެބްރުއަރީ 22 - 1972ދިވެހިރާއްޖެ:- ފަތުރުވެރިންގެ ގޮތުގައި އިޓަލީން އައި 22 މީހުން ފުރުން
  • ފެބްރުއަރީ 22 - 1979 - ދިވެހިރާއްޖެ:- އިބްރާހިމް ނާޞިރުގެ ވެރިކަމުގައި ނީލަންކިޔައިގެން ފުރަނަ ޓްއަރިސްޓް ރިސޯޓުން ނަގައިފައިވާ ކަޅުވަކަރު މިސްކިތް އަނބުރާ ސަރުކާރާ ޙަވާލުކުރެއްވުން
  • ފެބްރުއަރީ 23 - 1935 - ދިވެހިރާއްޖެ:- އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ރާއްޖޭގެ ވެރިކަމުގެ ތަޚްތަށް އިސްވުން.
  • ފެބްރުއަރީ 23 - 1952 - ދިވެހިރާއްޖެ:- ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ބޭރުގައި އޮތް މައުރަޒެއްގައި ބައިވެރިވުން. އެގޮތުން ކޮލަމްބޯ ޕްލޭން އެގްޒިބިޝަން ގައި ބައިވެރިވުން.
  • ފެބްރުއަރީ 23 - 1980 - ދިވެހިރާއްޖެ:- ރާއްޖޭގެ ޕްރައިމަރީ ތައުލީމްގެ ފަސް އަހަރުގެ މުގައްރަރެއް ކަނޑައެޅުން
  • ފެބްރުއަރީ 24 - 1937 - ދިވެހިރާއްޖެ:- އިހުޒަމާނުއްސުރެ ރައްޔިތުން އަތުން ނެގެމުން އައި ވާރު ކަނޑާލެއްވުން
  • ފެބްރުއަރީ 24 - 1978ދިވެހިރާއްޖެ:- ރާއްޖޭގައި ހުޅުވުނު ފުރަތަމަ ކޮމިއުނިޓީ ސްކޫލް ބ.އޭދަފުށީގައި ހުޅުވުން
  • ފެބްރުއަރީ 24 - 1979 - ދިވެހިރާއްޖެ:- ސަރުކާރުން ގުރުއާން ހިތުދަސް މީހުންނަށް ދެމުން އައި މުސާރަ 15 ރުފިޔާ އިން 50 ރުފިޔާއަށް ބޮޑުކުރުން
  • ފެބްރުއަރީ 24 - 1980 - ދިވެހިރާއްޖެ:- އަސާސީ ތައުލީމްގެ މަޝްރޫޢު އަމަލީގޮތުން ފައްޓަވައި ދެއްވުން. އެގޮތުން 15 މީހުންގެ ކްލާހަކަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް ކިޔަވައިދެއްވި އެވެ.
  • ފެބްރުއަރީ 28 - 1963ދިވެހިރާއްޖެ:- އަމީނިއްޔާ ސުކޫލް ގައި ގާރލް ގައިޑް އުފެއްދުން
  • ފެބްރުއަރީ 28 - 1967ދިވެހިރާއްޖެ:- ދިވެހިރާއްޖެ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔުނިޓްގެ މެންބަރަކަށް ވުން
  • ފެބްރުއަރީ 08 - 1987 - ދިވެހިރާއްޖެ:- އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވުން

No comments: