Saturday, April 27, 2013

ދިވެހި ދައުލަތުން މެޑެލާއި ޢިއްޒަތް މިހާތަނަށް އަރުވާފައިވާ ބޭފުޅުން

 2011ވަނަ އަހަރު ދައުލަތުން ޢިއްޒަތް އެރުވި ބޭފުޅުން



ދިވެހި ދައުލަތުންދޭ ޢިއްޒަތާއި ޝަރަފު ދެއްވަމުން ގެންދަވަނީ ޤާނޫނު ނަންބަރު 1/97 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު) ގެ ދަށުންނެވެ. މި ޤާނޫނުގެ 5 ވަނަ މާއްދާގައި ދިވެހި ދައުލަތުންދޭނެ ނިޝާނުގެ ޢިއްޒަތްތައް ވަނީ ބަޔާންކޮށްފައެވެ. އެ ޢިއްޒަތްތަކަކީ 
ހ. ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ)
ށ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)
ނ. ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން (ނ.ދ.މ.ޢ.ވ)
ރ. ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތުގެ ވެރިކަން (ނ.ޝ.ޢ.ޢ.ވ)
ބ. ނިޝާން އިސްކަންދަރުގެ ޢިއްޒަތުގެ ވެރިކަން (ނ.އ.ޢ.ވ)
ޅ. ނިޝާން ޢަސްކަރީގެ ވެރިކަން (ނ.ޢ.ވ) 


ނިޝާންގެ ޢިއްޒަތުގެ އިތުރަށް، ދިވެހި ދައުލަތުން މީހުންނަށް ދިނުމަށް އެހެނިހެން ޢިއްޒަތާއި މެޑެއްޔާއި ލަޤަބާއި ކުލަ ކަނޑައެޅުމާއި އެ ޢިއްޒަތާއި މެޑެއްޔާއި ކުލަ ދިނުމުގެ އިޚްތިޔާރު ޤާނޫނު ނަންބަރު 1/97 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުގައި ކަނޑައެޅިފައިވާ ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތަކީ 1 ވަނަ ދަރަޖައިގެ ޢިއްޒަތްކަމަށާއި ޤާނޫނުގައި ކަނޑައެޅިފައިވާ ދިވެހި ދައުލަތުގެ ޢިއްޒަތަކީ 2 ވަނަ ދަރަޖައިގެ ޢިއްޒަތްކަމަށްވަނީ ކަނޑައަޅުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ދެއްވާ ޢިއްޒަތަކީ 3 ވަނަ ދަރަޖައިގެ ޢިއްޒަތްކަމަށްވަނީ ކަނޑައަޅުއްވާފައެވެ. މި ޢިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅުންނަކީވެސް ސަރުކާރަށާއި ރައްޔިތުންނަށާއި މުޖްތަމަޢަށް އެކި ރޮނގުތަކުން މިގު މުއްދަތެއްގައި އިޚްލާޞްތެރި ފައިދާހުރި ޚިދުމަތްތަކެއް ކުރައްވާ ބޭފުޅުންނެވެ. 

1. ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް
ހ. ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ) 

2. ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް
ހ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) 
ށ. ނިޝާން ދަރުމަވަންތަ މަހާރަދުންގެ ޢިއްޒަތުގެ ވެރިކަން (ނ.ދ.މ.ޢ.ވ)
ނ. ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތުގެ ވެރިކަން (ނ.ޝ.ޢ.ޢ.ވ)
ރ. ނިޝާން އިސްކަންދަރުގެ ޢިއްޒަތުގެ ވެރިކަން (ނ.އ.ޢ.ވ)
ބ. ނިޝާން ޢަސްކަރީގެ ވެރިކަން (ނ.ޢ.ވ)
ނިޝާން ޢަސްކަރީގެ ވެރިކަން (ނ.ޢ.ވ) މި ޢިއްޒަތަކީ ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ސިފައިންކުރާ ޚިދުމަތަށާއި ޤައުމެއްގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރި ކުރުމުގެ ގޮތުން ޚާއްޞަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ މީހުންނަށާއި ބައިނަލް އަޤްވާމީ ފެންވަރެއްގައި އަސްކަރީގޮތުންވިޔަސް އަދި ދުނިޔޭގެ ސުލުހަ ބެލެހެއްޓުމުގެ ގޮތުންވިޔަސް ޚިދުމަތް ކޮށްފައިވާ މީހުންނަށް ދެވޭ ޢިއްޒަތެކެވެ. އަދި ސިފައިންގެ ޚިދުމަތުގައި ތިމާގެ ހަށިގަނޑާއި ފުރާނައިން ޤުރުުބާންވެފައިވާ ޝަހީދުންނަށާއި އެމީހެއްގެ ޖިހާދުގައި ލާމަސީލު ނަމޫނާއެއް ދައްކައިދީފައިވާ ސިފައިންގެ މީހަކަށްވެސް މި ޢިއްޒަތް ދެވިދާނެއެވެ.

3. ދިވެހި ދައުލަތުގެ ޢިއްޒަތް
ހ. ނިޝާން އާގަނޑުވަރުގެ ޝަރަފުގެ ޢިއްޒަތް (ނ.އ.ޝ.ޢ)
ށ. ނިޝާން ރެހެއްދީގެ ޝަރަފުގެ ޢިއްޒަތް (ނ.ރ.ޝ.ޢ)
ނ. ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް (ނ.ކ.ޝ.ޢ)
ރ. ނިޝާން ބޮޑުރަސްގެފާނުގެ ޝަރަފުގެ ޢިއްޒަތް (ނ.ބ.ޝ.ޢ)
ބ. ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ)
ޅ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ)


ތިރީގައި މިވަނީ ދިވެހި ދައުލަތުން މެޑެލާއި ޢިއްޒަތް މިހާތަނަށް އަރުވާފައިވާ 40 ބޭފުޅުންނާއި އެބޭފުޅުންނަށް އަރުވާފައިވާ ޢިއްޒަތްތަކާއި އެ ޢިއްޒަތް އަރުވާފައިވާ ތާރީޚުތަކެވެ.

01. އަލްއަމީރު މުޙައްމަދު އަމީން (ނިޝާން މަޖީދުގެ ވެރިކަން) 20 ޖޫން 1949 
02. އަލްއަމީރު މުޙައްމަދު އަމީން (އަސްކަރީ މެޑެލް) 20 ޖޫން 1949 
03. އަލްއަމީރު މުޙައްމަދު ފަރީދު ފާށަނާކިލެގެފާނު (ނިޝާން މަޖީދުގެ ވެރިކަން) 20 ޖޫން 1949 
04. އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު (ނިޝާން މަޖީދުގެ ވެރިކަން) 20 ޖޫން 1949 
05. ބަންދު މުޙައްމަދު ކަލޭފާނު (އަސްކަރީ މެޑެލް) 20 ޖޫން 1949 
06. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިކަން) 09 ފެބްރުއަރީ 1967 
07. ކްއީން އެލިޒިބަތު (2ވަނަ) / އިނގިރޭސި ރާނީ (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިކަން) 15 މާޗް 1972 
08. ޑިއުކްއޮފްއެޑިންބަރާ / އިނގިރޭސި ރާނީގެ ފިރިކަލުން (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން  މާޗް 1972 
09. އާރލް މައުންޓް ބެޓްން (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން  މާޗް 1972 
10. ސަރ މާރޓިން ޗާޓަރިސް / އިނގިރޭސި ރާނީގެ ޕްރައިވެޓް ސެކްރެޓަރީ (ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތްތެރިވެރިކަން  މާޗް 1972 
11. ހިޒް އެކްސެލެންސީ މެކިންޓޮޝް / އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ (ނިޝާން ޝަހީދު ޢަލީގެ ޢިއްޒަތްތެރި ވެރިކަން)  މާޗް 1972 
12. މިސްޓަރ ފިލިޕް މުއަރ / އިނގިރޭސި ރާނީގެ އެސިސްޓެންޓް ޕްރައިވެޓް ސެކްރެޓަރީ (އަސްކަރީ މެޑެލްގެ ވެރިކަން)  މާޗް 1972 
13. ހިޒް އެކްސެލެންސީ ޗުންޑޫ ހުވާން / ދެކުނު ކޮރެއާގެ ރައީސް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަން) 30 އޮކްޓޯބަރ 1984 
14. ސަރ ޝްރީދަތު ރާމްޕާލް / ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 16 ނޮވެމްބަރ 1989) 
15. އަލްއުސްތާޛު ފަތުޙުﷲ ޖަމީލު މ. ޒަމާލިކް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008  
16. ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ހ. ނީލްވިލާ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
17. އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހ. މީނާޒް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
18. ޢަލީ ޢުމަރު މަނިކު މ. ޕާމްކޯޓް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
19. ޢުމަރު ޒާހިރު މ. މެރީގޯލްޑް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
20. ޢަބްދުﷲ ޖަމީލު މ. ދޫރެސް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
21. އިލްޔާސް އިބްރާހީމް މ. އަލިވާގެ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
22. އިސްމާޢީލް ޝަފީޢު ހ. އޯކިޑްމާގެ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
23. އަޙްމަދު ޒާހިރު މ. ސީނާ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
24. ޢަބްދުﷲ ކަމާލުއްދީން މއ. އެވަރލާސްޓް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
25. ފަޟީލަތުލް އުސްތާޛުއް ޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމް ގ. ގަސްކަރަ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 10 ނޮވެމްބަރ 2008 
26. ޕްރިންސް ވަލީދު ބިން ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 02 ޑިސެމްބަރ 2009 
27. އިބްރާހީމް ޙުސައިން ޒަކީ ހ. ހުޅުގަލި (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011
28. އިބްރާހީމް ރަޝީދު ހ. ޒޮނޭރިއާ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
29. ޢަބްދުއްސައްތާރު މޫސާ ދީދީ ގ. ހެލެނގެލި (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
30. މުއުމިނާ ޙަލީމް ގ. ނޫރާނީވިލާ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
31. މުޙައްމަދު ޒާހިރު ހ. ބުރެވިމާގެ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
32. ނަސީމާ މުޙައްމަދު ހ. މާގިރި (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
33. މުޙައްމަދު ނޫރައްދީން މ. ތާނގީދޮށުގެ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
34. މުޙައްމަދު ޒާހިރު ނަޞީރު މ. ފެެންފިޔާޒުގެ (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) 26 ޖުލައި 2011 
35. ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް ހ. ވިލާޑިސޯސަން (ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތް) 26 ޖުލައި 2011 
36.  ޙަބީބާ ޙުސައިން ޙަބީބް މއ. މާންދޫވިލާ (ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް) ޖުލައި 2011 
37. އަޙްމަދު ޝަފީޤު ހ. ޝަފީގުގެ (ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް) ޖުލައި 2011 
38. ޙުސައިން ޢަބްދުﷲ މ. ބަހީޖް ޕެލަސް (ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް) ޖުލައި 2011 
39. މުޙައްމަދު ޢުމަރު މަނިކު މ. ރުއްކަރަ (ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް) ޖުލައި 2011 
40. ސިއްކަގޭ މުޙައްމަދު ނަސީމް ހ. ސުނާރު (ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް) ޖުލައި 2011

No comments: