Wednesday, July 28, 2010

މީޓިއޮރޮލޮޖިކަލް ސާވިސްއަށް ކުރި ޒިއާރަތް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަށް މިއަދު އަޅުގަނޑު ޒިޔާރަތްކުރީމެވެ. އެތަނުގައި ހުރި ތަންތަން ބަލާލުމުގެ ފުރުސަތު ލިބުނެވެ. ވާރޭ ވެހޭމިންވަރު ބަލާގޮތާއި ފިނިހޫނުމިން ބަލާގޮތާއި ވައިޖެހޭމިންވަރު ބަލާގޮތް އަދި ދުވާލުގެ ދިގުމިން ބަލާގޮތާއި އެކަންކަމަށް ބޭނުންކުރާ އާލާތްތައް އަހަރެން ދެކުނީމެވެ. އަތްލާ ހެދީމެވެ.

ކޮންމެ ރެއަކު ޓީވީއެމްގެ އަށެއްގެ ޚަބަރަށްފަހު މޫސުމް ގެނެސްދޭ ސްޓޫޑިއޯއަށް ވަދެ އެތަންވެސް ބަލާލީމެވެ.

ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި މޫސުމީ އިންޒާރުދޭ ދޭ ނިޒާމާއި އިންޒާރު ދިނުމުގައި ގެންގުޅޭ 4 މިންގަނޑު އަހަރެންނަށް ސާފުވިއެވެ. މޫސުމް ކުރިއަށް ލަފާކުރާގޮތާއި ވޯނިންގ އިޝޫކުރާ ސިސްޓަމްތައް އެގިގެންދިޔައެވެ. އެމްއެމްއެސް އިން މި މަޢުލޫމާތު ތައް ދެއްވީ ޢަޒީމާ އާއި ހާފިޒް ފަދަ ބޭފުޅުންނެވެ. މިދެބޭފުޅުންގެ ނަން މި ހިމަނާލީ އެއީ އަޅުގަނޑަށް އެތަނަށް ދިއުމުގެ ކުރިންވެސް ޓީވީ ސްކްރީނުން ރައްޓެހި ދެބޭފުޅުންނަށް ވާތީއެވެ.

No comments: