Friday, January 1, 2021

ކޮންޓި ގުއިޓީ ތިއަރީ (ސްލޫކީ އުނގެނުމުގެ ނަޟަރިއްޔާ)

    


 

ޢަބްދުﷲ ސަޢީދު

 

އުނގެނުމުގެ އާންމު މަފްހޫމެއް އޮވެއެވެ. މި މަފްހޫމް ބަޔާންކޮށްދިނުމަށް އެކުލަވާލެވިފައިވާ ތަފާތު ނަޒަރިއްޔާތުތައް ވެސް ހުރެއެވެ. އޭގެތެރެއިން މި ލިޔުމުގައި މި ބަލާލަނީ ސްލޫކީ އުނގެނުމުގެ ހަތަރު ޕްރޮސެސްއަށެވެ. އެއީ ކޮންޓި ގުއިޓީ، އޮޕަރަންޓް ކޮންޑިޝަން، ކްލެސިކަލް ކޮންޑިޝަނިންގ އަދި އޮބްޒަވޭޝަނަލް ލާރނިންގ އެވެ

 

    އުނގެނުމަކީ ކޮބައިބާވައެވެ. އުނގެނުމަކީ ކޮބައިކަން އެންމެ ފުރަތަމަ ޝަރަޙަކޮށް ދިން އެއް ބޭފުޅަކީ ގްރީކުގެ ފިލޯސަފަރެއް ކަމަށްވާ އެރިސްޓޯޓަލް އެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އަހަރުމެންނަށް ދެއެއްޗެއް އެއްކޮށް އެކުއެކީގައި ހަނދާންވަނީ އެއީ އެއްގޮތް އެއްޗެހި ތަކެއް ނުވަތަ ތަފާތު އެއްޗެހި ތަކެއްކަމުގައި ވާނަމައެވެ. ނުވަތަ ކޮންޓިގުއަސް އެއްޗެއްކަމުގައިވާނަމައެވެ." 

    ކޮންޓިގުއުޓީ ތިއަރީގެ މޮޑެލްގެ ތަޢާރަފް އައިސްފައިވަނީ އެޑްވިން އާރ ގުތުރީ ( 1886 ން 1959 ) ގެ ލިޔުއްވުންތަކުންނެވެ. މި މޮޑެލްގައި ފާހަގަކުރެވޭގޮތުގައި ސްޓިމިއުލަރ އަކާއި ރެސްޕޮންސް އެއްވަގުތެއްގައި އެއްތަނެއްގައި ހިނގައިފިނަމަ އެއީ ގުޅިގެންދާ ކަމެއްކެވެ. އެހެންގޮތަކުން ދަންނަވާ ނަމަ އެއީ އެންމެ އާދައިގެ ގޮތެއްގައި އެއްކަމެއް އަނެއްކަމަކާ ލާމެހިގެންދިއުމެވެ.

 

    މިގޮތުން ސްޓިމިއުލަރ (އިވުން، ފެނުން، ބީހުން) ފަދަ ތަފާތު ޙިއްސުތައް މެދުވެރިކޮށް ތަފާތުކަންކަމާ ގުޅުވާލެވިދާނެއެވެ. އަދި އުޅުމުގެ ސަބަބުން ތަފާތު ސުލޫކު (ބިހޭވިއަރ) ތައް ފާޅުވެއެވެ. މިގޮތުންބަލާއިރު ތަކުރާރުކޮށް އަބަދު ކިޔާ އެއްޗެއް އެއްކަމަކާ އަނެއްކަމަކާ ގުޅުވާލެވެއެވެ. މިސާލަކަށް: ނަވަތަ ދަސްކުރާގޮތަށް ބައްލަވާށެވެ.  4=2×2 އެވެ.

    މިތިއަރީއަށް ތާއީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި ކުލާސް ރޫމުގައި އުނގެނޭއިރު ތަފާތު ޑްރިލްތަކާއި ފަރިތަކުރުންތައް މެދުވެރިކުރުމުން އުގެނުމަށް އެހީތެރިވެދެއެވެ. އުގެނުމަކީ އެތެރެހަށީގައި ހިނގާ ކަމެކެވެ. އެކަން ހިނގައިފިކަން އަންގައިދެނީ އެފަރާތުން ފާޅުވާ ބޭރުފުށުގެ ޢަމަލަކުން ނުވަތަ ސުލޫކަކުންނެވެ. ނެގެޓިވް ރީއިންފޯސަކީ ސުލޫކުގެ ފަހުން އެ ސުލޫކާއި ގުޅިގެން މީހާ އަށް ކުރިމަތިކުރެވޭ ނުރަނގަޅު ކަންކަން ދުރުކޮށްދިނުމެވެ. މިގޮތަށް ކަންތައްތައް ކުރެވޭ ޙާލަތުގައި އެ ސުލޫކު އިތުރަށް ވަރުގަދަކޮށްދެއެވެ. ގަސްދުގައި ނުވަތަ ގަސްދުގައި ނޫން ގޮތެއްގައި ދިމާވާ ކަމެއްކަމުގައި ވެސްވެދާނެއެވެ. އެއީ ރަނގަޅު ނުވަތަ ނުބައި ބަދަލަކަށް ވެސް ވެދާނެއެވެ. މިސާލަކަށް: ނުރަޖެހުމާއި އިސްކޮޅުން ދިގުވުމަކީ އެނގުނުމެއްކަމުގައެއް ނުވާނެއެވެ. ނަމަވެސް މީހާއަށް ލިބޭ ގޯސް މަޢުލޫމާތެއްގެ ބޭނުން ހިފަނީ އޭނާގެ ނަފްސު ކޮންޓްރޯލް ނުވާ ވަގުތު ތަކުގައެވެ. މީގެ މިސާލަކަށް ރުޅި އައިމާ ހަޑިހުތުރު ބަހުން ވާހަކަދެއްކުން ނެގިދާނެއެވެ. 

 

    ކޮންޑިޝަނިންގ  Conditioning

    އެންމެ އާދައިގެ ގޮތަކީ associative learning  އެސޯސިއޭޓިވް ލޭރނިންގއެވެ. އެއީ މާހައުލުގަވާ އެކި ކަންތައް ގުޅުވައިގެން ދަސްކުރުމެވެ. އެސޯސިއޭޓިވް ލޭރނިންގގެ ދެވައްތަރެއްވެއެވެ. އެއީ ކްލެސިކަލް ކޮންޑިޝަނިންގ އަދި އޮޕަރަންޓް ކޮންޑިޝަނިންގ އެވެ. ކްލެސިކަލް ކޮންޑިޝަނިންގގެ މޮޑެލް ތަޢާރަފް ކޮށްފައިވަނީ އީވާން ޕެވްލޯވް (1849ން 1936 ށް) ގެ ތަޖުރިބާތަކުންނެވެ. މި މޮޑެލްގައި ފާހަގަކުރާގޮތުގައި އެލިސިޓިން ސްޓިމިއުލަރ އެއްގެ ސަބަބުން އުނގެނުން ހިނގާނެއެވެ. ޚާއްޞަ ގޮތެއްގައި މި މޮޑެލްގައި އަންގައިދެނީ ދެ ސްޓިމިއުލީއެއް އެކަތި އަނެކައްޗާއި ގުޅިގެން ފާޅުވާ ނަތީޖާ ނުވަތަ ރެސްޕޮންސް ހިނގާގޮތެވެ.  ކުލެސިކަލް ކޮންޑިޝަންގައި ކޮންޓިގުއިޓީ ވަރަށް މުހިންމު ރޯލެއް ކުޅޭކަން ފާހަގަކުރެއެވެ.

    ޕެވް ލޯވްގެ ތަޖުރިބާތަކުގެ ތެރެއިން އުނގެނުމާއި އެންމެ ގުޅުވާލެވިފައިވަނީ ކުއްތާ ބޭނުންކޮށްގެން ހެދި ތަޖުރިބާއެއްގެ މައްޗަށެވެ. މި ތަޖުރިބާގައި ކުއްތާގެ ކުޅުދިޔާވުން މި ރެސްޕޯންސް އެހެން ތަފާތު ސްޓިމިއުލާރ ތަކާއި ގުޅިގެން އަންނަ ބަދަލުތަކާއި އެކަމަށް ކުރުވާ ދާއިމީ އަދި ވަގުތީ އަސަރުތައް ދިރާސާކޮށްފައިވެއެވެ.

 

    ކުލާހުގެ އުނގެނުމާ ގުޅޭ މިސާލަކަށް ބައްލަވާށެވެ. ރަނގަބީލު ޖެހުމުން ކުދިން ކުޅުދިޔާވެ ބަނޑުހައިވަކަން އިޙްސާސް ކުރެވެއެވެ. މި މޮޑެލްއަކީ ކިޔަވައިދިނުމުގައި ދަރިވަރުންގެ ސްލޫކަށް ވަރަށް ރަނގަޅު ބަދަލުގެނެވިދާނެ މޮޑެލެކެވެ. މިސާލަކަށް ހިސާބު ގަޑީގައި ވާފިރު ހާސްވެ ލޮނުދާހިއްލުމަކީ ނެގެޓީވް ކަމެކެވެ.  ސްކޫލުގެ ވާހަކަ ދެއްކުމުން ޙަސީނާ އުފާވުމަކީ ޕޮޒިޓިވް ކަމެކެވެ. 

    މި ދެ މިސާލުގައި ފާހަގަކުރެވުނު އިޙްސާސްތަކަކީ ޙަޤީޤަތުގައި ކުލާހުގައި ދަރިވަރުގެ ސުލޫކަށާއި އިޙްސާސްތަކަށް އަސަރުކުރުވާ (ސްޓިމިއުލި) ތަކުގެ ސަބަބުން ހާމަވި ރެސްޕޯންސްތަކެއް ނޫންތޯއެވެ. އެހެންވީމާ ކުލާސްރޫމުގައި ދިމާވާ ކަންކަމުން ދަރިވަރުންނަށް ނޭދެވޭ އަސަރުތައް ކުރާނެ ނޫންތޯއެވެ. އެކަންތައްތައް ހިނގިޔަ ނުދިނުމަށް ވިސްނާލުން މުހިންމު ބައެއް ކަންތައްތައް ހުރެއެވެ. އުނގަންނައިދޭއިރު އެންމެ ފުރިހަމައަށް ދަރިވަރުލައްވާ ކަމެއް ކުރުވުމަށް ވިސްނުމަށް ވުރެ ބޮޑަށް އޭނާ އަށް ކުރެވޭ ކަމެއް އެއަށްވުރެ ރަނގަޅަށް ކުރުވުމަށް ބާރުއަޅައި ހިތްވަރުދިނުންމަކީ މިގޮތުން ކުރެވިދާނެ ކަމެކެވެ. ގޯސްކޮށް ކަމެއް ކުރެވޭހިނދު މަސައްކަތް ދެވަނަ ފަހަރަށް ރަނގަޅުކުރުމަށް ފުރުޞަތުތައް ދިނުމަކީވެސްކުރެވިދާނެ ކަމެކެވެ. ދަރިވަރުންގެ ފަރާތުން މުދައްރިސް އުއްމީދުކުރާކަންކަން އެކުދިންނަށް ވާވަރު ކަންކަމާއި ގުޅުވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކުލާހަށް އައު ދަރިވަރެއްނަމަ އިތުރު އެހީތެރިކަން ފޯރުކޮށްދީ ފަރިތަވުމަށް ވަގުތުދީ ބާރުއެޅުމަކީ މުހިންމުކަމެކެވެ.

 

    ޕެވްލޯވު ( 1849- 1936) ހާމަކުރައްވާ ގޮތުގައި  ކުދިންނަށް ކަންކަން ކުރުމުގައި ހިތްވަރުދީގެން ކަމެއް ރަނގަޅުކުރުމަށް ފުރުސަތު ދެވިއްޖެނަމަ ކުދިންނަށް އުނގެނުމުގައި ކުރިއަރައިދާން ފަސޭހަވެގެން ދާނެއެވެ. މި މޮޑެލް ބުނާގޮތުންނަމަ ކުދިންނާ ހަވާލުކުރަންވާނީ ކުދިންނަށް ކުރެވޭ ވަރުގެ ކަންތައްތަކެވެ. އެ ކަންތައްތަކަށް ހިތްވަރުދެމުން ކުދިންގެ ހުނަރު ކުރިއެރުވުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

 

    އޮޕަރަންޓަން ކޮންޑިޝަންއަކީ އިންސާނާގެ އަމިއްލަ ޤަސްދުގައި ކުރާ ކަންތައްތަކެވެ. މި މަފްހޫމް ތަޢާރަފު ކޮށްދިން ޢިލްމުވެރިޔަކީ ބީ އެފް ސްކިނަރ އެވެ. އޮޕަރަންޓަލް ކޮންޑިޝަންއަކީ އިންސާނާގެ ސްލޫކުގެ ނަތީޖާއެއްގެގޮތުން އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭ ލިބުމުގެ މަގު އޭނާއަށް ދަސްވާ ދަސްވުން ތަކެވެ.

 

    އޮބްޒަވޭޝަނަލް ލާރނިންގ (ބަންޑޫރާ 1986)

 

މިއީ މީހުންކުރާ ކަންތައްތައް ވިސްނުންތެރިކަމާއެކު ބަލައިގެން އެ މީހުން އެކުރާ ކަންތައްތައް ކުރުމަށް ދަސްކުރުމެވެ. މި ތިއަރީގެ ސަބަބުން ވަކި ސްލޫކެއް ދަސްވެ ވަކި ޙާލަތްތަކެއްގައި އެ ސްލޫކް ގެންގުޅެން ދަސްވެއެވެ. އޮބްޒަވޭޝަނަލް ލާރނިންގައި މައިގަނޑު 4 ޢުންސުރެއްވެއެވެ. އެއީ ސަމާލުކަން ދިނުން، ހަނދާނަށްގެނައުން، ސްލޫކު އުފެއްދުން އަދި ސްލޫކު ތަކުރާކުރުމަށް ހިތްވަރު ލިބިދިނުމެވެ.

 

    ސަމާލުކަން ދިނުމަކީ ދަރިވަރުގެ ސިކުނޑީގައި ޖާގަވާފަދައިން ސަމާލުކަންދެވޭ މިންވަރަށް އެއްޗެހި ބުނެދިނުމެވެ. މާނައަކީ އެއްފަހަރާ ހުށަހެޅުމުގެ ބަދަލުގައި ދެމެދުގެ ހިނދުކޮޅެއްދިނުމެވެ. ހަނދާނަށް ގެނައުމަކީ ދަރިވަރުންގެ ސިކުޑިއަށް ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި ފިލާވަޅުގެ ތެރެއިން ގިނަގިނައިން ސުވާލުކުރުމެވެ. މިކަމުގެ ސަބަބުން ތަމްރީކުރުވުމާއި ހުނަރުތައް ހޯދުމަށް ފުރުޞަތުތައް ފަހިކޮށްދެއެވެ. އަދި މިކަމުން މަޢުލޫމާތުތައް ކުއްލިއަކަށް ހަނދާނަށް ގެނެވެއެވެ. ސްލޫކު އުފެއްދުމަކީ މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި ދަރިވަރުންނަށް އުނގެނޭ މަޢުލޫމާތު ތަކުގެ އެއްބައި އަނެއްގައި ގުޅުންތައް ފާހަގަކޮށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރުދެއެވެ. ތަކުރާރުކުރުމަކީ ރިޕީޓް ކުރުމުން ކިޔަވާބައިތައް ގިނައިން މުރާޖަޢާކޮށް ހިތުދަސްކުރަންޖެހޭ ބައިތައް ނަގައިގަނެވޭގޮތަށް މަސައްކަތްކުރުމެވެ. ރިޕީޓް ކުރުމުން ކިޔެވުމަށާއި އުނގެނުމަށް ބޮޑަށް އެހީތެރިވެދޭ ކަންކަން ދެނެގަނެ އެފަދަ ތަންތާގައި ކިޔެވުމަށް މަސައްކަތްކުރުމެވެ.

 

 

 

 

 

No comments: