ޢަބްދުﷲ ސަޢީދު
ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓަކީ ވެސް ސުލޫކީ ދެ މިންގަނޑެކެވެ. އަސްކަރިއްޔާތަކާއި އެހެނިހެން މުއައްސަސާތަކާއި، ކުންފުނިތަކާއި، ނޫސް މަޖައްލާތަކުގައި ވެސް ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޓަކްޓް ހަދާފައި ހުރެއެވެ. ބޭނުމަކީ އަޚްލާޤީ ގޮތުން ހަރުދަނާ ސުލޫކެއް ހިފެހެއްޓުމެވެ. މުއައްސަސާއާއި މުވައްޒަފުން ވެސް ސުލޫކީ އެއް މިންގަނޑަކަށް ތަބާވުމެވެ. ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓުގެ ތަފާތުތަކެއް ހުރެއެވެ. މި ފާހަގަކޮށްލަނީ އޭގެތެރެއިން ބައެއް ތަފާތުތަކެވެ.
1. ކޯޑް އޮފް އެތިކްސްއަކީ އެސްޕިރޭޝަނަލް ޑޮކިއުމަންޓެކެވެ. އޭގައި އޯގަނައިޒޭޝަންގެ މައިގަނޑު އެތިކަލް ވެލިއުސްތަކާއި ޕްރިންސިޕަލްސްތަކާއި އުސޫލުތައް ހިމެނޭނެއެވެ. ކޯޑް އޮފް ކޮންޑަކްޓަކީ ވަކި އުސޫލުތަކާއި ސުލޫކުތައް ހިމެނޭ، މުއައްސަސާގައި ޢަމަލުކުރާ ނުވަތަ އަސްކަރިއްޔާއެއްގައި ނަމަ ސިފައިން ޢަމަލުކުރަން ޖެހޭ ވަކި ގޮތެއް ދައްކާފައިވާ މިސްރާބު ނުވަތަ ޑައިރެކްޓިވް ލިޔުމެކެވެ.
2. ކޯޑް އޮފް އެތިކްސްއަކީ އޭގެ ޒާތުގައި އާންމު (ޖެނެރަލް) އެއްޗެކެވެ. އެއާ ޚިލާފަށް ކޯޑް އޮފް ކޮންޑަކްޓަކީ ވަކި ޚާއްޞަ (ސްޕެސިފިކް) އެއްޗެކެވެ.
3. ކޯޑް އޮފް ކޮންޑަކްޓް އުފެދިފައި ހުންނަނީ ކޯޑް އޮފް އެތިކްސްގެ ބިންގަލުގެ މަތީގައެވެ. ކޯޑް އޮފް އެތިކްސްއިން މުއައްސަސާގެ ގަވާއިދުތައް ހެދުމަށް ވަކި ގައިޑްލައިންތަކެއް ދައްކައިދެއެވެ. ކޯޑް އޮފް ކޮންޑަކްޓަކީ ސީދާ އެގޮތަކަށް އަސްކަރިއްޔާގެ ކޮންމެ މީހަކު ޢަމަލުކުރަންޖެހޭ އެއްޗެކެވެ. ކޯޑް އޮފް އެތިކްސްއަކީ އެއާ އެއްގޮތަށް މުއައްސަސާގެ ހުރިހާ ގަވާއިދުތަކާއި އުސޫލުތަކާއި ނިޒާމުތައް ބައްޓަންކުރަން ޖެހޭ އެއްޗެކެވެ.
4. ދިގު މިނަށް ބަލާއިރު ކޯޑް އޮފް އެތިކްސް އަކީ ކޯޑް އޮފް ކޮންޑަކްޓަށްވުރެ ކުރު ލިޔުމެކެވެ.
5. ކޯޑް އޮފް އެތިކްސް އިން މުއައްސަސާގެ ނިންމުންތައް ރެގިއުލޭޓް ކުރާއިރު ކޯޑް އޮފް ކޮންޑަކްޓަކުން ރެގިއުލޭޓް ކުރަނީ ޢަމަލުތަކެވެ.
6. ކޯޑް އޮފް އެތިކްސްއަކީ އާންމުކޮށް މުއައްސަސާއަށް މުޚާޠަބު ކުރެވޭ އެއްޗެކެވެ. ކޯޑް އޮފް އެތިކްސްގައި ހިމެނޭނީ މުއައްސަސާގެ ކަންކަން އެ މައްޗަށް ބައްޓަން ކުރެވިފައިވާ އަސާސްތަކެވެ. ކޯޑް އޮފް ކޮންޑަކްޓް މުޚާޠަބު ކުރަނީ އަސްކަރިއްޔާއެއްގައި ނަމަ ސީދާ ސިފައިންގެ މީހާއަށެވެ. ކޯޑް އޮފް ކޮންޓަކްޓްގައި ހިމެނޭނީ ސިފައިންގެ މީހާ ކަންކުރާނެ ނުވަތަ ޢަމަލުކުރާނެ ގޮތެވެ.
7. ކޯޑް އޮފް އެތިކްސް އަމާޒު ކުރަނީ ވެލިއުސްތައް (އަގުތަކަށް) ނުވަތަ ޕްރިންސިޕަލްތަކަށެވެ. ކޯޑް އޮފް ކޮންޑަކްޓް އަމާޒުކުރަނީ ގަވާއިދުތަކަށާއި އަޅާ ފިޔަވަޅުތަކުގެ މައްޗަށެވެ.
ަ
No comments:
Post a Comment