Monday, December 26, 2016

ޤާނޫނާއި ޤަވާޢިދު



ޢަބްދުﷲ ސަޢީދު 
 
ޤާނޫނަކީ އޭގެތެރޭގައި މުޅި އިންސާނީ ދިރިއުޅުން ޝާމިލުވާ އެއްޗެކެވެ. އެއީ އެންމެހާ އިންސާނުންގެ މަސްލަޙަތައްޓަކައި، އިންސާނުންގެ ޢަމަލުތައް ބަހައްޓައި، ދުރުވަންވީ ކަންކަން ބަޔާންކޮށް އެކަންކަމަށް މީހުން ބޯލެންބުމަށް ޢަދަބުތަކާއެކު ބާރުދީފައިވާ އިންސާނުން ޢަމަލުކުރަންވީ ޙުދޫދެވެ. ޤަވާޢިދަކީ ކަމެއް ކުރަން އޮންނަ ގޮތެވެ. ނުވަތަ ހަމަޖައްސައިފައިވާ އުސޫލުތަކެވެ. މިހާރު އާންމު ގޮތެއްގައި މުޅި ދުނިޔޭގައިވެސް "ޤާނޫނު" ކަމަށް ބުނެވެނީ ޤާނޫނު ހަދާ މަޖިލިހުން ފާސްކޮށް، ދައުލަތުގެ އެންމެ އިސްވެރިޔާ ތަސްދީޤުކުރާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރު ލިބިގެން، އެ ޤާނޫނުތަކުގެ އިމުގެތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ. 

Sunday, August 7, 2016

އަޅުގަނޑާބެހޭ ގޮތުން މޭޖަރ މުޙައްމަދު ޖިއާދު ވިދާޅުވި ހެޔޮ ބަސްފުޅު



މިއީ، ސިފައިންގެ ހިތްތަކުގައި އިތުރަށް ޤައުމީ ރޫޙު ދިރުވާ ޤައުމީ ލޯބި އާލާކުރުމަށް  2016 އޯގަސްޓް 7 ވަނަ ދުވަހުގެރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ސިފައިންނާ މުޚާތަބުކޮށް ބޮޑު ރަސްގެފާނުގެ ޤައުމީ ޚިދުމަތާބެހޭގޮތުން އަޅުގަނޑު ވާހަކަ ދައްކަން ފެށުމުގެކުރިން އަޅުގަނޑާބެހޭ ގޮތުން މޭޖަރ މުޙައްމަދު ޖިއާދު ވިދާޅުވި ހެޔޮ ބަސްފުޅުތަކެވެ.

Monday, August 1, 2016

ޤައުމީ ދިދަ


ޢަބްދުﷲ ސަޢީދު 
ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާތައް ގުޅިފައިވަނީ އެ ބައެއްގެ އަޤީދާ އާއި އެ ބައެއްގެ ޤައުމިއްޔަތާއެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއް ރަމްޒުކޮށްދޭ ދިދައަކީ އެ ޤައުމެއްގެ ޤައުމީ ދިދަ އެވެ. 

Thursday, July 7, 2016

ދުނިޔެ ތަރައްޤީއެއް ނުވެއެވެ.

 


ޢަބްދުﷲ ސަޢީދު

 

އަޅުގަނޑުމެން ހީކޮށްގެން މިތިބީ ދުނިޔެ މި އޮތީ ތަރައްޤީވެފައި ކަމަށެވެ. އެހެން ޤައުމުތައް ކޮންމެ ހާލެއްގައި އޮތަސް ޔޫރަޕާއި އެމެރިކާ އޮތީ ތަރައްޤީގެ އުސްމިންތަކަށް ވާސިލުވެފައިކަމަށެވެ. އެކަމަކު މި ފެންނަކީ ހާދަ ހިތްދަތި މަންޒަރެކެވެ.

 

އިންސާނާ ހަނދަށް ހިގައްޖެއެވެ. އަދި އެހެން ބައެއް ޕްލެނެޓްތަކަށް އުޅަނދުތައް ފޮނުވައިފިއެވެ. ބާރު އިސްޕީޑުގެ އުޅަނދުތަކުން ދަތުރު ފަތުރު ފަހިކޮށްފިއެވެ. ގުނަވަން ބަދަލުކޮށް، ޖިންސް ވެސް ބަދަލުކުރަނީއެވެ. އިންސާނުން ކްލޯންކުރުމާ ހަމައަށް ސައިންސާއި ޞިއްޙީ ކުރިއެރުން ހޯދައިފިއެވެ. އުސް ޢިމާރާތްތަކާއި އައު ސަހަރުތައް ބިނާކޮށް ދާލަންތައް އަޅައި ރަށްވެހިކަން ހޯދައިފިއެވެ. މި ޒަމާނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނެވެ. ދުނިޔެ ދުވަހަކު ވެސް ނުދެކޭފަދަ ކުރިއެރުމާއި ތަރައްޤީ އަޅުގަނޑުމެން މިތިބީ ހޯދައިގެންނެވެ. އުފަލާއި މަޖަލުގެ ތެރެއަށް މިތިބީ ޣަރަޤުވެފައެވެ. އެއްވެސް ކަމެއްގައި އިމެއްނެތެވެ. ހޯދިފައިވާ ކުރިއެރުމާ ތަރައްޤީއަށް މިތިބީ ފަޚުރުވެރިވެ ބޮޑާވެގެންނެވެ.

Thursday, September 17, 2015

އިންޑިއާގެ ފަރަކަށް އެރި ދިވެހި ބޯޓެއް ފުންކުރުމަށް ދިވެހި ސިފައިން ކުރި ބުރަ މަސައްކަތް

މިއީ ދިވެހިރާއްޖޭގެ ބޯޓެއް ބޭރު ޤައުމެއްގެ ފަރަކަށް އައިރައިގެން ދިވެހި ސިފައިންގޮސް މަސައްކަތްކޮށްގެން ފުންކުރި ފުރަތަމަ ފަހަރެވެ. މޯލްޑިވްސް ޝިޕިންގ ލިމިޓެޑް (އެމްއެސްއެލް) އިން ދުއްވަމުން ދިޔަ 3000 ޓަނުގެ "މޯލްޑިވް މޭލް"  އުރުނީ އިންޑިއާގެ މަލިކުގެ އިރު އުތުރުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ ތެރޭން ރަށެއްކަމުގައިވާ [ސުހެލިޕަ] (Suheli Par) ކިޔާ ރަށުގެ ސުހެލީފަރަށެވެ. ފަރަށް ބޯޓު އުރުނުއިރު ބޯޓުގައި ތިބީ ބޯޓުގެ އޮފިސަރުންނާއި ފަޅުވެރިންނެވެ. ބޯޓުގައި މައިގަނޑު މުދަލަކަށްއޮތީ ބަންޑެލިކޮށްފައިހުރި ބޮނބިނަރެވެ. ކޮންމެ ބަންޑެއްޔެއްގައި ނުވަތަ ކޮންމެ ގަޓަރިއެއްގައި ދޭއްބައި ހަންދަރު ހުއްޓެވެ. 

ކޮމާންޑަރ ކަރޯ ޅަތުއްތު – ސިފައިންގެ ސަރުދާރުގެ މަޤާމު އެންމެފަހުން ފުރުއްވި ބޭފުޅާ


ކޮންމެ ދުވަހަކު ފަތިހު ފަސްގަޑި ބައިހާއިރު ސައިކަލުގައި ގެއިން ނިކުންނަވައިގެން ވަޑައިގަންނަވަނީ ހެންވޭރު ލޮނުޒިޔާރަތް ކޮޅަށެވެ. ސައިކަލް ބަހައްޓަވައި ކަސްރަތަށް ހިންގެވުމަކީ އާދައެކެވެ. އުމުރުން 80 އަހަރު ވެފައިވާ އެ ދުވަސްވީ މީހާއަކީ ކާކުކަމެއް މިއަދުގެ ޒުވާން ސިފައިންނަކަށް ނޭގެއެވެ. މިދިޔަ މޭމަހުގެ 14 ވަނަ ދުވަހު އަޅުގަނޑު ހެންވޭރު އޮއެސިސްވިއުއަށް ދިއުމުން މަރުޙަބާ ވިދާޅުވެ ފުރަތަމަ ސަލާމް ކޮށްލި ގޮތުންވެސް "މިއީ އާދައިގެ ބޭފުޅެއްނޫނޭ" އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި ސިފައިންގެ ސަރުދާރުގެ މަޤާމު (މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް) 1963 ން 1969 އަށް ފުރުއްވާފައިވާ ސިފައިންގެ ކޮމާންޑަރ ކަރޯ ޅަތުއްތުއެވެ. ކޮމާންޑަރ ކަރޯ ޅަތުއްތުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު އިބްރާހީމެވެ.

ދިވެހިރާއްޖެގެ ޤައުމީ ސަލާމުގެ ރާގު ހެއްދެވި ޕްރޮފެސަރ އަމަރަދޭވާ

 
ޤައުމީ ސަލާމުގެ ގޮތުގައި އެންމެ ފުރަތަމަ ކުޅެމުން އައި ރާގަށް ކިޔަނީ "ސަލާމަތީ" އެވެ. ބޭންޕާޓީ އުފެދުމުގެ ކުރިން އެތެރެކޮއިލު ތެރޭގަޔާއި އެކިއެކި ޤައުމީ މުނާސަބަތު ތަކުގައި ސަލާމަތީ ކުޅެމުން އައީ ބެރުދުންމާރި ތާޅަފިލިވެރިންނެވެ. "ސަލާމަތީއަށް ޅެން ހެއްދެވުމުގެ މަސައްކަތް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ހަވާލު ކުރެއްވީ އައްޝައިޚް މުޙައްމަދު ޖަމީލް ދީދީއާއެވެ. ޤައުމީ ސަލާމްގެ ޅެން ހައްދަވައި ނިއްމެވީ 1946 ފެބުރުވަރީ 1 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1365 ޞަފަރު 28 ވަނަ ދުވަހުއެވެ. ޤައުމީ ސަލާމުގެ ޅެން 8 ބައިތުގެ މައްޗަށް ހައްދަވައި ނިންމެވުމާއެކު ދެން ކުރެވުނީ ޤައުމީ ސަލާމަށް ރީތި ރާގެއް ހޯއްދެވުމުގެ މަސައްކަތެވެ. އެގޮތުން ޤައުމީ ސަލާމުގެ ރާގެއް ކަމުގައި ޚިޔާރު ކުރެއްވީ އޭރު އަތިރީގޭގައި ހުރި ގަޑިއަކުން ޖަހާ ރާގެކެވެ. (ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ރާގަކީ ޤައުމީ ސަލާމުގެ ޅެން ހެއްދެވުމުގެ މަސައްކަތް ކުރެވުނު މުލީއާގޭގައި ހުރި ގަޑިއަކުން ޖެހޭ ރާގެކެވެ.) އެ ރާގަކީ އިނގިރޭސި މުސްކުޅި ރާގެއް ކަމަށްވާ އޯލްޑް ލޭންގް ސައިން (Auld Lang Syne) އެވެ. ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އެއީ ޤައުމީ ރެއެވެ. 1946 ފެބުރުވަރީ 4 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1 ރަބީޢުލްއައްވަލް 1365 އެވެ. ޤައުމީ ސަލާމް އެ ޖަލްސާގައި މިއުޒިކާ ނުލައި، ރާގުގައި ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ޖަމީލާއި އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އަލްފާޟިލް މުޙައްމަދު ރަޝީދު (ބަގީޗާގޭ ދޮހުއްތީދީ) އެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމްގެ ފުރަތަމަ ރާގުގެ މިއުޒިކް ނޯޓްތައް އެންމެ ފުރަތަމަ ލިޔުއްވައި އަދި އެ ނޯޓުތައް ބޭންޑް ޕާޓީގެ މީހުންނަށް ދަސްކޮށްދެއްވީ އޭރު ރާއްޖޭގައި ހުންނެވި އެންމެ މޮޅު މިއުޒިޝަން ސިފައިންގެ 2 ނަންބަރު ސަރުދާރު (ސާރޖަންޓް) އިބްރާހީމް ޙަބީބެވެ. ދިވެހި ޤައުމީ ސަލާމް ގާޑް އޮފް އޮނަރެއްގައި ފުރަތަމަ ފަހަރަށް  އިންސްޓްރޫމަންޓް ބޭނުންކޮށްގެން ކުޅުނީ 10 ޑިސެމްބަރު 1947 (26 މުޙައްރަމް 1367) ގައެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...