ލިޔުނީ: ޢަބްދުﷲ ސަޢީދު
ބްރިގޭޑިއަރ
ޖެނެރަލް (ރިޓަޔރަޑް) އަޙްމަދު ޝާހިދު، ސާރވިސް ނަންބަރު 873، ސިފައިންގެ ޚިދުމަތާ
ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރު މޭ މަހުގެ 09 ވަނަ ދުވަހު، ލާންސް ކޯޕްރަލް
ރޭންކުގައެވެ. އެ ދުވަހުން ފެށިގެން 34 އަހަރާއި 07 މަހާއި 03 ދުވަހުގެ
ދިގުމުއްދަތެއްގައި ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދިވެހިރާއްޖޭގެ
ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ސިފައިންގެ ތަފާތު ގިނަ އިސް މަޤާމުތައް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް
(ރިޓަޔަރޑް) އަޙްމަދު ޝާހިދު ވަނީ 2015 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ
ދުވަހަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައިވާފައެވެ.






