ލިޔުނީ: ޢަބްދުﷲ ސަޢީދު
މޭޖަރ
ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް، ސާރވިސް ނަންބަރު 941، ސިފައިންގެ ޚިދުމަތާ
ގުޅިވަޑައިގެންނެވީ 1986 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހު،
ޕްރައިވެޓް ރޭންކުގައެވެ. އެ ދުވަހުން ފެށިގެން 32 އަހަރާއި 02 މަހާއި 27 ދުވަހުގެ
ދިގުމުއްދަތެއްގައި ވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދިވެހިރާއްޖޭގެ
ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ސިފައިންގެ ޔުނިފޯމް އެޅި އެންމެ އިސް ކޮމާންޑަރެއްގެ ގޮތުން، ޗީފް ޑިފެންސް
ފޯސްގެ މަޤާމު 2012 ފެބުރުވަރީ 9 އަކުން، 2018 ޑިސެންބަރު 11 ވަނަ ދުވަހަށް މޭޖަރ
ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމް ވަނީ އަދާކުރައްވާފައިވާފައެވެ.






