ޤައުމީ
ސަލާމުގެ ގޮތުގައި އެންމެ ފުރަތަމަ ކުޅެމުން އައި ރާގަށް ކިޔަނީ
"ސަލާމަތީ" އެވެ. ބޭންޕާޓީ އުފެދުމުގެ ކުރިން އެތެރެކޮއިލު ތެރޭގަޔާއި
އެކިއެކި ޤައުމީ މުނާސަބަތު ތަކުގައި ސަލާމަތީ ކުޅެމުން އައީ ބެރުދުންމާރި
ތާޅަފިލިވެރިންނެވެ. "ސަލާމަތީއަށް ޅެން ހެއްދެވުމުގެ މަސައްކަތް ސުމުއްވުލް
އަމީރު މުޙައްމަދު އަމީން ހަވާލު ކުރެއްވީ އައްޝައިޚް މުޙައްމަދު ޖަމީލް
ދީދީއާއެވެ. ޤައުމީ ސަލާމްގެ ޅެން ހައްދަވައި ނިއްމެވީ 1946 ފެބުރުވަރީ 1 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1365 ޞަފަރު 28 ވަނަ ދުވަހުއެވެ. ޤައުމީ ސަލާމުގެ ޅެން 8 ބައިތުގެ މައްޗަށް ހައްދަވައި ނިންމެވުމާއެކު ދެން ކުރެވުނީ ޤައުމީ ސަލާމަށް ރީތި ރާގެއް ހޯއްދެވުމުގެ މަސައްކަތެވެ. އެގޮތުން ޤައުމީ ސަލާމުގެ ރާގެއް ކަމުގައި ޚިޔާރު ކުރެއްވީ އޭރު އަތިރީގޭގައި ހުރި ގަޑިއަކުން ޖަހާ ރާގެކެވެ. (ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ރާގަކީ ޤައުމީ ސަލާމުގެ ޅެން ހެއްދެވުމުގެ މަސައްކަތް ކުރެވުނު މުލީއާގޭގައި ހުރި ގަޑިއަކުން ޖެހޭ ރާގެކެވެ.) އެ ރާގަކީ އިނގިރޭސި މުސްކުޅި ރާގެއް ކަމަށްވާ އޯލްޑް ލޭންގް ސައިން (Auld Lang Syne) އެވެ. ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އެއީ ޤައުމީ ރެއެވެ. 1946 ފެބުރުވަރީ 4 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1 ރަބީޢުލްއައްވަލް 1365 އެވެ. ޤައުމީ ސަލާމް އެ ޖަލްސާގައި މިއުޒިކާ ނުލައި، ރާގުގައި ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ޖަމީލާއި އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އަލްފާޟިލް މުޙައްމަދު ރަޝީދު (ބަގީޗާގޭ ދޮހުއްތީދީ) އެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމްގެ ފުރަތަމަ ރާގުގެ މިއުޒިކް ނޯޓްތައް އެންމެ ފުރަތަމަ ލިޔުއްވައި އަދި އެ ނޯޓުތައް ބޭންޑް ޕާޓީގެ މީހުންނަށް ދަސްކޮށްދެއްވީ އޭރު
ރާއްޖޭގައި ހުންނެވި އެންމެ މޮޅު މިއުޒިޝަން ސިފައިންގެ 2 ނަންބަރު ސަރުދާރު
(ސާރޖަންޓް) އިބްރާހީމް ޙަބީބެވެ. ދިވެހި ޤައުމީ ސަލާމް ގާޑް އޮފް އޮނަރެއްގައި
ފުރަތަމަ ފަހަރަށް އިންސްޓްރޫމަންޓް ބޭނުންކޮށްގެން ކުޅުނީ 10 ޑިސެމްބަރު
1947 (26 މުޙައްރަމް 1367) ގައެވެ.
Thursday, September 17, 2015
ދިވެހިރާއްޖެ، އިނގިރޭސިންގެ "ހިމާޔަތު"ގެ ދަށުން މިނިވަންކަމަށް ކުރި ދަތުރު
ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދެމެދުގައި ވަރަށް މުހިންމު ހާދިސާތަކެއްވަނީ ހިނގާފައެވެ. ކުރުގޮތަކަށް އޭގެތެރެއިން ބައެއް މުހިންމު ކަންތައްތަކަށް ބަލާލާނަމެވެ.
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރަކީ ސިފައިންގެ ބޭފުޅެއް
ދިވެހިރާއްޖެއަށް
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން 1965 ޖުލައި 26 ވަނަ ދުވަހު ފުރިހަމަ
މިނިވަންކަން ހޯއްދަވައިދެއްވި އޭރުގެ ވަޒީރުލް އަޢުޡަމް އިބްރާހީމް ނާޞިރު
ރަންނަބަޑޭރި ކިލެގެފާނަކީ ސިފައިންގޭގައި ސިފައިންގެ މީހެއްގެ ގޮތުގައި
ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ސިފައިންގެ އޮފިސަރުކަމާއި ސިފައިންގެ ވެރިޔާގެ
މަޤާމުވެސް އެމަނިކުފާނުވަނީ ފުރުއްވިއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުހޫރިއްޔާގެ
މަޤާމާ 1968 ނޮވެމްބަރު 11 ވަނަ ދުވަހު ޙަވާލުވެވަޑައިގެންނެވުމާއެކު ސިފައިންގެ
އެންމެމަތީވެރިޔާގެ މަޤާމު ލިބިވަޑައިގެންނެވިއެވެ.
އައްޔޫބުގެފާނުގެ ވާހަކަ
އައްޔޫބުގެފާނަކީ ކުރިން ވަރަށް މުއްސަދި
ދިރިއުޅުއްވުމެއް އުޅުއްވި ރަސޫލު ބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމުގެ ސަބަބުން
އިބިލީސް އެކަލޭގެފާނާމެދު ހަސަދަވެރިވިއެވެ. އިބިލާހަށް އެއްގޮތަކަށްވެސް އެކަލޭގެފާނު
ހައްލާނުލެވުމުން އެންމެފަހުން އިބިލީސް ﷲ އަށް ދެންނެވިއެވެ. އައްޔޫބުގެފާނު އެހާ
ރަނގަޅު ބޭފުޅަކަށްވީ މުއްސަދިވުމުގެ ސަބަބުންނެވެ. އެކަން އެކަލޭގެފާނާ
ދުރުކުރައްވަނިކޮށް އެކަލޭގެފާނު ހައްލާލެވިދާނެއެވެ. ﷲ އިބިލީހުގެ ކުރިމަތީގައި އައްޔޫބުގެފާނު
އިމްތިޙާނު ކުރެއްވިއެވެ.
Sunday, July 26, 2015
މިނިވަންކަން
ޢަބްދުﷲ ސަޢީދު
މިނިވަންކަމަކީ
ބަހުގެ ގޮތުންބަލާއިރު އަޅުވެރިކަމެއް އަދި ބަންދެން ނެތުމެވެ. ހުހަށް ހުރުމާއި،
އަމިއްލަކަމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި މުޢާމަލާތު
ކުރުމުގައި އެއްވެސް ހުރަހެއްނެތުމަކީވެސް މިނިވަންކަމެވެ. މިނިވަންކަމަކީ
އިންސާނުންނާއި ހުރިހާ ދިރޭ އެއްޗެއްގެ ކިބައިގައިވެސް ލައްވާފައިވާ ޠަބީއީ ސިފައެކެވެ.
ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ މިނިވަންކަމުގައި ހަމަހަމަ
ޙައްޤުތަކާއެކު ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ.
އެހެންވީއިރު އިންސާނުން އެކަކު އަނެކަކަށް އަޅުވެތިކޮށް، އަނިޔާވެރިވުމެއް ނުވެއެވެ.
Saturday, May 23, 2015
ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމް
ޢަބްދުﷲ ސަޢީދު
ގ. ނަންކުރާ، ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމަކީ ދިވެހި އަސްކަރިއްޔާގައި 29 އެޕްރީލް 1982 އިން 3 މޭ 2015 އަށް، 33 އަހަރާއި 4 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޕްރައިވެޓް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ކާނަލް (ރިޓަޔަރޑް) އަޙްމަދު ނަސީމް އަސްކަރީ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ކާނަލެއްގެ މަޤާމުގައެވެ.
Wednesday, March 25, 2015
އަޅުގަނޑު ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ޓްރޭނިންގ ގައި
އަޅުގަނޑު ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ޓްރޭނިންގ ހެދީ 6 ވަނަ ބެޗުގައެވެ. އެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ ކ. ގިރިފުށީގައެވެ. ކ. ކުނބުރުދޫއާއި ކ. ހުރާގައިވެސް ތަމްރީނުތަކުގެ ބައެއް ބައިތައް ކުރިއަށްދިޔައެވެ. ފައިނަލް އެކްސަސައިޒް ބޭއްވީ އައްޑޫ ސިޓީގައެވެ. އައްޑޫސިޓީގެ ގަމުން ފަށައިގެން ހިތަދޫއަށް ކުރިއަށްދިޔަ އެކްސަސައިޒު ނިންމާލީ ހިތަދޫން ގަމަށް ޖެހި ފޯސް މާޗާއެކުގައެވެ.
Subscribe to:
Posts (Atom)
ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު
ޢަބްދުﷲ ސަޢީދު · 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...
-
ޢަބްދުﷲ ސަޢީދު ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ...
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި ...





