Monday, December 1, 2025

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

 



 ޢަބްދުﷲ ސަޢީދު

 

·       19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވައިގެމަގުން ހުޅުލެއަށް ދަތުރުކުރަން ފެށުމާ ގުޅިގެން ދަތުރު އޮންނަ ދުވަސްތަކުގައި ސިފައިން ހުޅުލެއަށް ގޮސް ސެކިއުރިޓީގެ ކަންތައްތައް ބަލަހައްޓަމުން ގެންދިޔައެވެ.

 

·       12 އެޕްރީލް 1966: ދިވެހީން ހުޅުލޭގައި ބިނާކުރި އެއަރޕޯޓް ހުޅުވުމާއެކު އެއަރޕޯޓަށް ބޯޓް ޖައްސާ ދުވަސް ދުވަހު ސިފައިން ހުޅުލޭގައި ފޯރިމަރަންފެށިއެވެ.

ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީގެ އިމްތިހާނު

 



ޢަބްދުﷲ ސަޢީދު
 
ޝައިޚު އަބޫ ޢަބްދުﷲ އަލް އަންދަލޫސީއަކީ ބަޣުދާދުގައި ދިރިއުޅުއްވި ސްޕޭން (އަންދަލުސް) އަށް ނިސްބަތްވެ ވަޑައިގެންނެވި ވަރަށް ބޮޑު ޢިލްމުވެރިޔެކެވެ. މިއީ ހިޖުރައިން ދެވަނަ ޤަރުނުގެ ތެރޭގައި އެޒަމާނުގައި އުޅުއްވި ވަރަށް ބޮޑު އިމާމެކެވެ. ޙަދީޘް ޢިލްމާއި، ފިޤުހާއި، ތަފްސީރާއި، އަދި އެހެނިހެން ޝަރުޢީ ޢިލްމުތަކުގައި ފުންނާބު އުސް ޤުރުއާން ހިތުދަސް ބޭފުޅެކެވެ. މިއީ ރިތީސްހާސް ހަދީސް ހިތު ދަސްކުރައްވާފައިވާ އެ ޒަމާނުގައި ބަޣުދާދުގައި ހުންނެވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާއެވެ. އަބޫ ޢަބްދުﷲ އަލް އަންދަލޫސީގެ އަރިހުން ހަތް ސަތޭކަ ކުދިން ދިޔައީ ދީން އުނގެނެމުންނެވެ. އެކަލޭގެފާނުގެ މަޖިލިސްތަކުގައި 12 ހާސް މީހުން ދިޔައީ ބައިވެރިވެ ޢިލްމުގެ ފައިދާ ލިބިގަންނަމުންނެވެ. 

ދޮންބަންޑާރައިންގެ ޖިހާދުގެ އިސް ހަތަރު ކޮމާންޑަރުން

 



ޢަބްދުﷲ ސަޢީދު
 
އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދުގައި ދޮންބަންޑާރައިންނާއެކު އިސްކޮށް ހަތަރު ކޮމާންޑަރަކު ހަރަކާތްތެރިވެވަޑައި ގެންނެވިއެވެ. މި ކޮމާންޑަރުންނަށް ދޮންބަންޑާރައިންގެ ޒަމާނުގައި ދެއްވާފައި ނަމަކީ ސަރުދާރުންނެވެ.
ދޮންބަންޑާރައިންގެ ޖިހާދުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައި ދޮންބަންޑާރައިންގެ އަރިހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހަތަރު ކޮމާންޑަރުންގެ ނަންފުޅު ދޮންބަންޑާރައިން ހޮޅީން ނުވަތަ މަލަބާރީންގެ ކިބައިން މި ރާއްޖެ ސަލާމަތްކުރެއްވި ދުވަހު ވިދާޅުވި ނަދުރު ލިޔުއްވާފައިވާ ހައިވަކަރު ފިލާފައި ލިޔުއްވާފައިވެއެވެ. އެ ފިލާގައި ދޮންބަންޑާރައިންގެ ނަންފުޅަކަށް އޮތީ "ފާމުލަދޭރި އަޅާގެ ފުތް ޙަސަން އަޅާ" މިގޮތަށެވެ. މާނައަކީ ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލުން ޙަސަނެވެ. ދެން ތިއްބެވި އަނެއް ތިން ބޭފުޅުންނަކީ ޙަސަން ގަދަހަމާންތި އާއި، ޙަސަން އޮޅިގެނާ އާއި އުމަރު މޭނާ އެވެ. 
 
 

ދޮންބަންޑާރައިންގެ ނަދުރުފުޅު

 



ޢަބްދުﷲ ސަޢީދު
 
ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އިސްވެ ހުންވައި ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ރޭ ވަނީ ނަދުރުފުޅެއް ވިދާޅުވެފައެވެ. މި ނަދުރުފުޅު ލިޔެފައި އޮތީ މެދު ޒިޔާރަތުގައި އޮތް ހައިވަކަރު ފިލާގަނޑެއްގައެވެ. ދޮންބަންޑާރައިންގެ ނަދުރުފުޅު އޮތް ފިލާ ފާހަގަ ކުރެއްވުނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު އިބްނު އައްސުލްޠާން އިބްެރާހީމް ނޫރައްދީން އިސްކަންދަރު ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުންނަށް ރަސްކަމަށް ކޮލިލެއްވި ދުވަހު މެދު ޒިޔާރަތަށް ޒިޔާރަތް ކުރައްވައި އެ ޒިޔާރަތުގެ އެތެރެއަށް ވެދެވަޑައިގެން ޞަލަވާތް ފާޠިޙާ ވިދާޅުވެފައި އެތަނުގެ އެތެރެ ބައްލަވާލެވި ހިނދުގައެވެ. އެ ފިލާފައި ލިޔެފައި އޮތީ މިހެންނެވެ. 

Saturday, May 25, 2024

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު

 

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރިއެވެ. އެ މީހާ ރައީސް މައުމޫނަށް ދެންނެވީ ރާއްޖޭގައި ދެތިން ހަތަރު ދުވަހުގެ ތެރޭގައި އިންޤިލާބެއް ގެންނަން ބަޔަކު ތައްޔާރުވަމުން އެބަދާކަމަށާއި, އެކަމުގައި ބައިވެރިވަނީ ބޭރުގެ މާސިނަރީން (ކުލީ ސިފައިން) ކަމަށެވެ. މި ކުލީ ސިފައިން މިހާރު ތިބީ މާލޭގައި ނޫންކަމެއް އަދި އެ މީހުން ބޭނުންވާ ހަތިޔާރު މާލެއަށް އެތެރެ ނުކުރާކަމެއް ވެސް ނޭނގޭކަމަށް ދެންނެވިއެވެ. އެ މީހުން ރާވާފައިވަނީ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު އިންޤިލާބު ގެންނާށޭ ވެސް ދެންނެވިއެވެ. 

Friday, May 24, 2024

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި

 

 ޢަބްދުﷲ ސަޢީދު

އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ނުވަތަ މަޝްހޫރު ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގެންނެވީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކާ ގުޅިގެންނެވެ. ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ސޮލީބީ ހަނގުރާމައެއްގައެވެ.

ތަމްރީނު ހޯދުމަށްޓަކައި، އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ފޮނުވުނު ދިވެހި ސިފައިން

 

 ޢަބްދުﷲ ސަޢީދު

ދިވެހިސިފައިން ފުރަތަމަ އުފެދުނުއިރު ސިފައިންނަށް ހެވިކަމުގެ ތަފާތު އުކުޅުތައް އުގަންނައިދެއްވިއެވެ. އޭގެ ތެރޭގައި ބަޑިހެވިކަމާ، ކަނޑިއައްޑަނައިގެ އުކުޅުތަކާ މިފަދަ އެކިއެކި ޙަރަކާތްތައް ދަސްކޮށްދެއްވިކަމަށްވެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިފައިން އުމުރުން 50 އަހަރު ހަމަވިއިރު ސިފައިންގެ އާބާދީ އިތުރުވެ ސިފައިންނަށް އިތުރު ތަމްރީނު ބޭނުންވިކަން އޭރު ސަރުކާރު ހިންގަވަން ތިއްބެވި އިސް ބޭފުޅުންނަށް ޤަބޫލުކުރެއްވުމާ ގުޅިގެން ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އަލްއަމީރު ޙަސަންފަރީދު ދީދީގެ އަރިހުގައި ދިވެހި ސިފައިންގެ 13 ބޭފުޅަކު ސިލޯނަށް މިލިޓްރީ ތަމްރީނު ހޯދުމަށްޓަކައި ފޮނުއްވިއެވެ.  މިޓީމް މާލެއިން ފުރީ، ސަރުކާރުގެ ބޮޑުނާކޮޅު ”ބްރިގް އަޠިއްޔަތުއްރަޙްމާނު“ ގައި ހިޖުރައިން 1361 ރަބީޢުލް އާޚިރު 27 (މީލާދީން 1942 މޭ 14) ވަނަދުވަހުއެވެ. މިޓީމު ޕަންޖާބުގެ 16 ވަނަ ރެޖްމެންޓާ ޙަވާލުކުރެއްވިއިރު އެޓީމުގެ ވެރިއަކަށް އައްޔަން ކުރެއްވި ބޭފުޅަކީ އަންނަބީލް އިބްރާހިމް ޙަބީބުއެވެ. އޭނާގެ އެހީތެރިއަކަށް އައްޔަންކުރެއްވީ އައްސައްޔިދު ޢައްބާސް ޢަލީ (ސައްޔިދު ޢައްބާސް) އެވެ

ސިފައިންގެ ދިދަ


ދިވެހި ސިފައިން އުފެދި، ސިފައިންގެ ޚިދުމަތް ކުރިއަރަމުން އައީ، ހީނުކުރާފަދަ ހަލުވި ގޮތެއްގައެވެ. ސިފައިންގެ ޚިދުމަތާއެކު ފަންސާސް ހަތަރު އަހަރު މާޒީވެ ދިޔައިރު، ސިފައިންގެ ޚިދުމަތް އޮތީ ޤައުމަށް ވަރަށް މުހިންމު ޚިދުމަތެއް ކަމުގައި ވެފައެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ޒިންމާ ދިވެހިންނަށް ފަހުމްވެ، މި ޚިދުމަތަަށް ދިވެހިން ތިބީ ޝައުޤުވެރި ވެފައެވެ. އެކިއެކި ކަންކަމުގައި ރައްޔިތުންނަށްޓަކައި ވަމުންދިޔަ ޤުރުބާނީތަކަށް ފަނޑުކަމެއް ނާންނާނެ ގޮތުގައި ދިވެހިންގެ ހިތްތަކުގައި އޮތީ ބިންވަޅު ނެގިފައެވެ. ޕަންޖާބު ރެޖްމެންޓްގައި ބައިވެރިވެލެއްވި 13 ބޭކަލުން މާލެ ދުރުވި ފަހުން، ސިފައިންގެ ޚިދުމަތަށް ކުރިއެރުމުގެ ކުލަޖެހެން ފެށުނެވެ. މި ޒަމާންވީ މުއައްސަސާ އެންމެ ފުރިހަމަ ގޮތުގައި ސިފަވަންތަކަމުގެ ފޭރާން ލެވެމުން ދިޔައެވެ. ލަސްތަކެއްނުވެ ސިފައިންގެ ތެރޭގައި ކުރިން އުފަންނުވާ އެތައް ކަމެއް، ދިޔައީ ފުލުފުލުގައިހެން އުފަންވެ، ދިރެމުން، އާވެއާލާވަމުންނެވެ

ދިވެހިރާއްޖެއާ ތޮޅުން


ޢަބްދުﷲ ސަޢީދު 

ރާއްޖޭގެ މިނިވަންކަން ނަގާލާ، ރާއްޖޭގައި އޮންނަ ޞުލްޙަވެރިކަމާއި އަމަންއަމާންކަން ކިލަނބުކޮށްލުމަށް ރާއްޖެއާ ބޭރުގެ ބާރުތަކުން ތޮޅެ، އެކަމަށް މަސައްކަތް ކޮށްފައިވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެކަން ދިވެހި ތާރީޚުން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

 ދިވެހިރާއްޖެއާ ތޮޅުމަށް ބޭރުގެ ބާރުތަކުން ކުރި މަސައްކަތާ އަޅާބަލާއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އެވެރިންނަށް ބާރު ފޯރުވިފައިވަނީ ވަރަށް މަދު ދުވަސްކޮޅެއްގައިކަން ދިވެހި ތާރީޚްގެ ފަޚުރުވެރި ޞަފްޙާތަކުން ހެކިލިބެއެވެ. ތާރީޚީ ނަޒަރަކުން ބަލާއިރު ޕޯޗްގީޒުންގެ ހަމަލައާއި 3 ނޮވެމްބަރގައި ކުރިމަތިވި ތަމަޅަ ޓެރަރިސްޓް ޙަމަލާ ނޫނަސް އެފަދަ އަނިޔާވެރި އެތައް ތޮޅުންތަކެއް އެކި ފަހަރުމަތިން މި ޤައުމަށް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ޕޯޗްގީޒުންނާއި ހޮޅިންގެ އިތުރުން އެހެން ބަޔަކަށް ކުޑައިރުކޮޅަކަށް ނަމަވެސް ދިވެހިރާއްޖޭގައި އެބައިމީހުންގެ ދިދަ ވިހުރުވާލެވިފައެއް ނުވެއެވެ.

Friday, May 17, 2024

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)


 

ޢަބްދުﷲ ސަޢީދު 


ގ.އޮސްލޯ، އައްސައްޔިދު ޢަލީ މޫސާ މަޝްހޫރުވެފައިވަނީ "މޫނިމާގޭ ސީދީ"ގެ ނަންފުޅުންނެވެ. މޫނިމާގޭ ސީދީ އަކީ، ކަޅުހުރާގޭ  ސީދީ އާއި ކަކާގޭ ޅަދީދީގެ ދޮށީ ދަރިކަލުންނެވެ. މޫނިމާގޭ ސީދީ ކައިވެނި ބައްލަވައިގަތީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) ގެ ދަރިކަނބަލުން މެދުގޮމަފުޅާ އެވެ. މޫނިމާގޭ ސީދީއާއި މެދުގޮމަފުޅާ ދިރިއުޅުއްވީ ގަލޮޅު ގަނޑުވަރުގައެވެ. އެއީ ގ. މޫނިމާގެ އެވެ. ދިވެހިރާއްޖޭ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމާއި ބޮޑުވަޒީރުގެ ނާއިބުކަމާއި، ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވި ޢިއްޒަތްތެރިއެއްކަމަށްވާ ޞާޙިބުއްސަޢާދަތު އޮނަރަބަލް އަންނަބީލް ޙަސަން ޒަރީރަކީ މި ދެކަނބަލުންގެ ބޭފުޅެކެވެ.

 

Wednesday, April 17, 2024

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

 



ޢަބްދުﷲ ސަޢީދު 
 

ގ. ކަނޑިތޮޅިއާގެ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ދިވެހި އަސްކަރިއްޔާގައި 18 ފެބުރުވަރީ 1985 އިން، 17 އެޕްރީލް 2024 އަށް 39 އަހަރާއި 1 މަހާއި 30 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލާންސް ކޯޕްރަލް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ވެސް ފުރުއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވީ  17 ނޮވެންބަރު 2023 އިން 17 އެޕްރީލް 2024 އަށެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ހަމައަށް 11 ޑިސެންބަރު 2018 އިން ފެށިގެން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ. 17 އެޕްރީލް 2024 ގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ އުމުރުފުޅުން 60 އަހަރު ފުރުމާގުޅިގެންނެވެ. ސިފައިންގެ ޤާނޫނުގައި ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ އެންމެ މަތީ އުމުރަކީ 60 އަހަރެވެ.

 

Friday, December 15, 2023

 

އަތިރިމަތީގޭ ޙައްވަދައިތައާއެކު

ޢަބްދުﷲ ސަޢީދު

މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައިވާ  އަތިރިމަތީގެ އަލިކޮބޭއާއި، އަތިރިމަތީގޭ ސަންފަ ދައިތައާއި އަތިރިމަތީގޭ ފާތުމަ ދައިތައާއި އަތިރިމަތީގެ އަބުދުއްލޯހިބެއާއި، އަތިރިމަތީގެ ކުޑަމަންޖެ ދައިތައާ ހަމައިންނެވެ. އަތިރިމަތީގެ މި ފަސް ބޭންގެ ބައްޕައަށް ކިޔަނީ ބިލެއްގެ މުޙައްމަދުބެއެވެ. އަތިރިމަތީގެ ކުދީންގެ މަންމަގެ ނަމެއް އަދި އަޅުގަނޑަކަށް ނުހޯދެއެވެ. 

ބިލެއްގެ މުޙައްމަދުބޭގެ ދަރިން

1. އަތިރިމަތީގެ ޢަލިކޮބޭ (ޢަލީ މުޙައްމަދު)

2. އަތިރިމަތީގޭ ފާތުމަ ދައިތަ (ފާތުމަތު މުޙައްމަދު)

3. އަތިރިމަތީގޭ ސަންފަދައިތަ (ސަންފާ މުޙައްމަދު)

4. އަތިރިމަތީގެ ޢަބްދުއްލޯހިބޭ (ޢަބްދުﷲ މުޙައްމަދު)

5. އަތިރިމަތީގެ ކުޑަމަންޖެ ދައިތަ

މަނަދޫގެ ރަހަތަކުގެ ތެރެއިން: ތާބަރު ދިޔަ ކައްކާނެގޮތް

ފޮޓޯ ކުރެޑިޓް: ޙައްޤުވެރިފަރާތަށް


ޢަބްދުﷲ ސަޢީދު 
 
ތާބަރަކީ ލައްޖެހި ފާނައިގެ ކުދި ވައްތަރެކެވެ. ތާބަރު ބާނައި، ތާބަރު ދިޔަ އާންމުކޮށް މަނަދޫ މީހުން ކުރީ ޒަމާނުގައި ކައްކާއުޅުނީ މަސްވެރިކަން ދަށް ދުވަސްވަރުފައެވެ. ވިއްސާރަވެ މޫސުން ގޯސްވެ މަހަށް ނުދެވި ރަށުގައި ތިބެންޖެހޭ ދުވަސްތަކުގައެވެ. ތާބަރު ދިޔަ ކައިއުޅެނީ ބަނބުކެޔޮ ބަތާއެކުގައެވެ. 
\
ތާބަރު ދިޔަ ކައްކަން ބޭނުންވާ ތަކެތި
 
- 5 ތާބަރު
- ހައެއްކަ ހިކި މިރުސް
- ހިކަނދިފަތްކޮޅެއް
- ދެތިން ލޮނުމިދު
- ދިރިކޮޅެއް
- ލޮނުހެޔޮވާވަރަށް ލޮނު
- އެކަށީގެންވާރަށް ފެން

ހޮޅުދޫގައި އޮންނަ މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު

 

މަނަދޫ މޫސާމަނިކުބޭގެ ސަންފަދައިތަގެ ޢުމަރު ޢަލީގެ ޢަލީ އުމަރު.


ޢަބްދުﷲ ސަޢީދު 
 
މަނަދޫ މޫސާ މަނިކުބޭގެ ދަރިކޮޅަކީ މަނަދޫގެ ބޮޑެތި ޢާއިލާތަކުގެ ތެރެއިން އެއް ޢާއިލާއެވެ. އެއީ މަނަދޫގައި ވެރިކަން ކުރި ތަޢުލީމީ ޢާއިލާއެކެވެ. ނ. ހޮޅުދޫގައި އޮތް މޫސާ މަނިކުބޭގެ ދަރިކޮޅަކީ އެ ޢާއިލާއިން ނ. ހޮޅުދޫއަށް ގޮސް ފެތުރިފައިވާ ގޮތްޕެކެވެ.
މޫސާމަނިކުބެއަކީ އުޅުންހުރި ބޭކަލެކެވެ. ދީނީ ކަންތައްތަކަށް ލޯބިކުރެއްވި ޢިލްމުވެރި ބޭކަލެކެވެ. މޫސާ މަނިކުބޭގެ ބައްޕައަކީ ކުޑަ މަނިކެވެ. މަންމަގެ ނަމެއް ނޭނގެއެވެ. މޫސާމަނިކުބޭގެ ގޯޗަކީ މިހާރުގެ މަނަދޫ ކަރަންކާވިލާއެވެ. 

މަނަދޫ ނެވިގޭ ދަރިކޮޅު

ނެވިގޭ ކަމަނަދައިތަ (ޢާއިޝަތު ޤާސިމް)
ޢަބްދުﷲ ސަޢީދު
 
މަނަދޫ ނެވިގޭ ދަރިކޮޅު އެނގެނީ ނެވިގޭ ކާސިމާ ހަމައިންނެވެ. މި ނެވިގޭ ކާސިމް (ޤާސިމް) ގެ އަންހެނުންނަކީ ކާކުކަމެއް އަދި ނޭނގެއެވެ.
ނެވިގޭ ކާސިމުގެ ތިބީ 6 ދަރިންނެވެ. އެއީ ނެވިގޭ އަބޫބެއާއި، ނެވިގޭ ކަމަނަ ދައިތައާއި، ނެވިގޭ ކުޑަކަމަނަ ދައިތައާއި، ނެވިގޭ ހުސޭނުބެއާއި، ނެވިގޭ އިބްރާހީމްކޮބޭ އާއި ނެވިގޭ ހައްވާކޮއި ދައިތަ އެވެ.
1. ނެވިގޭ އަބޫބެ (އަބޫބަކުރު ޤާސިމް / ނޫވިލާގެ)
2. ނެވިގޭ ކަމަނަދައިތަ (ޢައިޝަތު ޤާސިމް / ދިލްބަހާރުގެ)
3. ނެވިގޭ ކުޑަކަމަނަދައިތަ ( އަލަމާގޭ)
4. ނެވިގޭ ހުސޭނު (ޙުސައިން ޤާސިމް)
5. ނެވިގޭ އިބްރާހިމްކޮބެ (އިބްރާހީމް ޤާސިމް)
6. ނެވިގޭ ޙައްވާކޮއި ދައިތަ (ޙައްވާ ޤާސިމް)
 

Wednesday, December 13, 2023

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އަސްކަރީ ސީރަތު

 


 ޢަބްދުﷲ ސަޢީދު

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ (ސަރވިސް ނަންބަރު: 1108) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 އެޕްރީލް 1988 ގައެވެ. އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސަރޖަންޓް، ސްޓާފް ސަރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 1ގައި ޚިދުމަތް ކުރެއްވިއެވެ. ކޮމިޝަން ވެވަޑައިގަތީ 21 އެޕްރީލް 2002 ގައެވެ. ކޮމިޝަން އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް ރޭންކުގައި ޚިދުމަތް ކުރެއްވިއެވެ. ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތީ 03 މޭ 2023 ގައެވެ. ކޯސްޓްގާޑުން އަސްކަރީ ހަޔާތް ފައްޓަވައި ކޯސްޓްގާޑައި ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއް ފުރުއްވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އަންޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

 

Tuesday, December 12, 2023

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ އަގުހުރި އަސްކަރީ ޚިދުމަތް

 



ޢަބްދުﷲ ސަޢީދު

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ 1989 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 34 އަހަރާއި، 05 މަހާއި، 23 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ ސަރވިސް ނަންބަރަކީ 1662 އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 12 ޑިސެންބަރު 2023 ގައެވެ.  

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ އަގުހުރި އަސްކަރީ ޚިދުމަތް



ޢަބްދުﷲ ސަޢީދު

 

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ވަނީ 1990 ވަނަ އަހަރުގެ މަރިޗުމަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 33 އަހަރާއި، 09 މަހާއި، 01 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ ސަރވިސް ނަންބަރަކީ 1862 އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 12 ޑިސެންބަރު 2023 ގައެވެ.  

 

Friday, November 17, 2023

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް

 

ޢަބްދުﷲ ސަޢީދު 

 

ގ. އެރިއަދޫ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ ދިވެހި އަސްކަރިއްޔާގައި 4 އެޕްރީލް 1988 އިން، 17 ނޮވެންބަރު 2023 އަށް 35 އަހަރާއި 7 މަހާއި 14 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޕްރައިވެޓް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ  11 ޑިސެންބަރު 2018 އިން، 17 ނޮވެންބަރު 2023 އަށް ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް ފުރުއްވާފައެވެ. އަސްކަރީ ޚިދުމަތުން 17 ނޮވެންބަރު 2023 ގައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.

ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ދިވެހި އަސްކަރިއްޔާގައި ފުރުއްވި އިސް މަޤާމުތަކުގެ ތެރޭގައި ޓްރޭނިންގ އެންޑް ޑޮކްޓްރިން ކޮމާންޑުގެ ކޮމާންޑިންގ އޮފިސަރުކަމާއި، އެމްއެންޑީއެފް މެރިން ކޯރގެ އެކްޓިން ކޮމަޑާންޓްކަމާއި، އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރުކަން ހިމެނެއެވެ. މީގެއިތުރުން ޑައިރެކްޓްރޭޓް އޮން އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގައި ވަރަށް މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ ދިވެހި އަސްކަރިއްޔާއިން ބޭރު ޤައުމަކަށް އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރުގެ ގޮތުން އިންޑިއާގައި ޚިދުމަތް ކުރައްވާފައެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލިހާއި އެކިއެކި ކޮމެޓީތަކާއި ބޯޑުތަކާއި މަޖިލިސްތަކުގައި ވެސް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ އެމެރިކާގެ ފޯޓް ބެނިންގއާއި ވެލިންޓަން އަދި އިންޑިއާގެ ޑިފެންސް ސަރވިސަސް ސްޓާފް ކޮލެޖް ފަދަ ދުނިޔޭގެ ކުރިއަރާފައިވާ އަސްކަރީ މަރުކަޒުތަކުން ތަމްރީނު ހާސިލުކުރައްވައި، އިނގިރޭސިވިލާތާއި އިންޑިއާއާއި އެމެރިކާއިން 3 މާސްޓަރ ޑިގްރީ ހާސިލުކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރުން ފުރިހަމަ ކުރެއްވި ގިނަ ކޯސްތަކަކުން ރަން ވަނަތައް ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އެ މަނިކުފާނު ހާސިލުކުރެއްވި ފުރަތަމަ ކާމިޔާބަކީ ޕާކިސްތާނުގެ މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަ ކުރައްވައި ބެސްޓް އެލައިޑް ކެޑޭޓްގެ މަޤާމު ހާސިލުކުރެއްވުމެވެ.

ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް އެންމެ ފުރަތަމަ ހާސިލުކުރެއްވި މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް އޮފް އާރޓްސް ޑިގްރީ އިން ޑިފެންސް އެންޑް ސެކިއުރިޓީ އެނާލިސިސް) ހާސިލުކުރެއްވީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެންކެސްޓަރ އިންނެވެ. އެއަށްފަހު އިންޑިއާގައި ޑިފެންސް ސަރވިސް ސްޓާފް ކޮލެޖް ފުރިހަމަ ކުރައްވައި 2003 ވަނަ އަހަރު އިންޑިއާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިން 2 ވަނަ މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް ސައިންސް އިން ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީސް) ހާސިލު ކުރެއްވިއެވެ. އަދި 2012 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަންގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީން 3 ވަނަ މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް އާރޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް) ފުރިހަމަ ކުރައްވައި މި ކޯހުން ޑިސްޓިންގުއިޝްޑް އޮނަރ ގްރެޖުއޭޓްގެ މަޤާމު ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ރީތި ނަން ހޯއްދަވައިދެއްވިއެވެ. މި ކާމިޔާބާއެކު ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރަމުން ގެންދެވި އަގުހުރި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ދަސްވެނިންނަށް ދެވޭ އެންމެ މަތީ ޝަރަފުކަމުގައިވާ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް"ގައި ހިމެނުމުގެ ޝަރަފު، 2022 ވަނަ އަހަރު ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަށް އެ ޔުނިވަރސިޓީން އެރުވިއެވެ.

ދިވެހި އަސްކަރިއްޔާގައި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތުގައި 24 ޝަރަފުގެ ނިޝާނެއް ހާސިލުކުރައްވާފައިވެއެވެ. އަދި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު ވެސް އެ މަނިކުފާނު ވަނީ ހާސިލުކުރައްވާފައެވެ.

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...