ޢަބްދުﷲ ސަޢީދު
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަޑީގައި ހުންނަވައިގެން ގެންނަވަން މަސައްކަތް ކުރެއްވި ބަޣާވާތެއްގެ ގޮތުގައި އަޑު ފެތުރުނެވެ. ސީދާކޮށާއި ނުސީދާކޮށެެވެ. މި އަޑު ބައިނަލް އަޤްވާމީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރުނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައި ޝައްކުގެ އިނގިލި އެ މަނިކުފާނަށް ފާޅުގައި އަމާޒުކުރިއެވެ. އޭގެތެރެއިން ވެސް ނޮވެންބަރު ތިންވަނަ ދުވަހުގެ ޚަބަރުތައް ފުޅާ ދާއިރާއެއްގައި ކަވަރުކުރި ބީބީސީ ފާހަގަ ކުރެވެއެވެ. މި ޚަބަރުތައް އެންމެ ބާރަށް ފެތުރުނީ ނޮވެންބަރު ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުއެވެ.
ބީބީސީން ބުނީ ނޮވެންބަރު ތިނެއްގެ ބަޣާވާތުގައި ހިމެނޭ 400 ތަމަޅަ ކުލީ ސިފައިންނަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރަށް ތާޢީދުކުރާ ބަޔަކު ކުއްޔަށް ހިފާފައިވާ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. (ބީބީސީން 400 ތަމަޅަ ކުލީ ސިފައިންގެ ވާހަކަ ބުނި ނަމަވެސް ދިވެހިސަރުކާރުން ހާމަކުރައްވާފައިވަނީ ރާއްޖެ އައީ 80 ވަރަކަށް ކުލީ ސިފައިން ކަމަށެވެ.) ފުރަތަމަ ބީބީސީން ނާޞިރުގެ މައްޗަށް ކުރި މި ބޮޑު ތުޚުމަތަށް ފަހު ނޮވެންބަރު 4 ވަނަ ދުވަހު ދުނިޔޭގެ އެކި ޤައުމުތަކުގެ މީޑިއާތަކުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގެ ޚަބަރު ގެނެސްދިނީ އެއީ އިބްރާހީމް ނާޞިރު އަޑީގައި ހުންނަވައިގެން ގެންނަވަން މަސައްކަތް ކުރެއްވި ބަޣާވާތެއްގެ ގޮތުގައެވެ. އޭގެތެރޭގައި އޭރު އިބްރާހީމް ނާޞިރު ދިރިއުޅުއްވަމުން ގެންދެވި ސިންގަޕޫރުގެ ނޫސްތައް ވެސް ހިމެނެއެވެ. ވަކިން ޚާއްޞަކޮށް ނޮވެންބަރު ހަތަރުވަނަ ދުވަހު ސިންގަޕޫރުގެ ހެރަލްޑް ޓްރިބިއުންގައި ޝާއިޢުކުރި ތަފުސީލު ރިޕޯޓް ފާހަގަކޮށްލެވެއެވެ.
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ އިސްތަށިފުޅުގައި އެޅުވި މި ބޮޑު ތުޚުމަތުގެ ޙަޤީޤަތް ސާފުވެގެން ދިޔައީ އެމަނިކުފާނުގެ ފަރާތްޕުޅުން ނެރުއްވި ބަޔާނެއްގެ އިތުރުން، ދިވެހި ސަރުކާރުގެ ފަރާތުން އެކަން ވެގެންދިޔަގޮތް ސާފުކޮށް ދެއްވުމުންނެވެ. މި މައްސަލައިގައި ރައީސް އިބްރާހީމް ނާޞިރު، ބަޔާނެއް ނެރުއްވީ ދެ ޤާނޫނީ ވަކީލަކު މެދުވެރި ކުރައްވައެވެ. ޑްރިވް އާއި ނޭޕިއަރ މެދުވެރިކުރައްވައި ރައީސް އިބްރާހީމް ނާޞިރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ބުރާސްފަތި ދުވަހު ހިންގި ނާކާމިޔާބު ބަޣާވާތުގައި އެއްވެސް ސިފައެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. ސިންގަޕޫރުގެ ނޫހެއް ކަމަށްވާ ސްޓްރައިޓްސް ޓައިމްސްގައި ޝާއިޢުކުރި މި ބަޔާނުގައި ރައީސް ނާޞިރު ވިދާޅުވެފައިވަނީ ދިވެހިރާއްޖެގެ ވެރިކަން ބަދަލުކޮށްލުމަށް ހިންގި ބަޣާވާތުގައި އެއްވެސް އިރެއްގައި އެއްވެސް ވަރަކަށް ބައިވެރިވެ، އެހީތެރިވެ ވަޑައިގެންފައި ނުވާނެ ކަމަށެވެ. "ނޮވެންބަރު ތިނެއްގެ ބަޣާވާތުގައި ނާޞިރު ބައިވެރިވެވަޑައިގެންނެވި ކަމަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ތުޚުމަތުކުރާ ހުރިހާ ފަރާތްތަކަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅުއްވަން ޖެހިދާނެ" ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.
ރައީސް އިބްރާހީމް ނާޞިރު މި ބަޔާނުގައި ވަރަށް މުހިންމު އެހެން ވާހަކައެއް ވިދާޅުވެފައިވެއެވެ. އެއީ "ދިވެހިރާއްޖޭގެ މައްޗަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް" ވާހަކައެވެ. މި ވާހަކައިގެ އިތުރުން ސްރީލަންކާގެ އެއްވެސް ބަޔަކާއެކު އެއްވެސް މުއާމަލާތެއް ނުހިންގަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "އަޅުގަނޑު އެންމެ ފަހުން ސްރީލަންކާއަށް ދިޔައީ 1979 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އެ ފަހަރު ސްރީލަންކާގައި ހުރީ ތިން ދުވަހުއެވެ. އެ ދަތުރަކީ އަޅުގަނޑުގެ ގާތް މީހަކާ ބައްދަލުކުރުމަށް ކުރި ދަތުރެކެވެ."
ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު، ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރާ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅުވައިގެން ވާހަކަތައް ދެކެވި އަޑުތައް ފުތުރުނު ގޮތާއި އެ ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވާގޮތް ހާމަވެގެން ދިޔައީ ސިންގަޕޫރޫގެ އިންޓަރނޭޝަނަލް ޕްލާޒާގައި ހުންނަ ދިވެހި ސަރުކާރުގެ ޓްރޭޑް ސެންޓަރުގެ އިސް ބޭފުޅަކު ކަމާބެހޭ މަޢުލޫމާތު މީޑިއާއާ ހިއްސާ ކުރެއްވުމުންނެވެ. ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސްއަށް ސަރުކާރުގެ އޮފިޝަލް ދެއްވި ބަޔާނުގައި ވިދާޅުވީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ރައީސް އިބްރާހީމް ނާޞިރު ބައިވެރިވެވަޑައި ގަންނަވާކަމަށް ދިވެހި ސަރުކާރުން ބަޔާންކުރައްވާފައި ނުވާ ކަމަށެވެ.
"މި ބަޣާވާތުގައި ނާޞިރު (ސަގަރު އަޙްމަދު ނާޞިރު) ކިޔާ މީހަކު ބައިވެރިވާކަމަށް އަޅުގަނޑުމެންނަށް ވަނީ ޤަބޫލުކުރެވިފައި. އެކަމަކު އެ ނާޞިރު (ސަގަރު އަޙްމަދު ނާޞިރު) އާއި މި ނާޞިރު (ރައީސް ނާޞިރު) އޮޅުވާލީ ނޫސް ވެރިން" ދިވެހި ސަރުކާރުގެ އޮފިޝަލް ވިދާޅުވެފައިވެއެވެ. ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަަގަރު އަޙްމަދު ނާޞިރަކީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޢަމަލީގޮތުން އެންމެ އިސްކޮށް ހުރި އެކެކެވެ. އެ ކުށް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. 19 ދިވެހިން ޝަހީދުވި ޢުދުވާނީ ޙަމަލާއާ ގުޅިގެން އާންމު ރައްޔިތުންނާއި މީޑިއާގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި މެރުމަށް ޙުކުމް ކުރެއްވި ހުރިހާ ކުށްވެރިންނަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވަނީ އަދަބު ލުއިކޮށްދެއްވާފައެވެ. މިގޮތުން މެރުމަށް ޙުކުމްކުރި ކުށްވެރިންގެ ހުކުމް ލުއިކޮށްދެއްވީ އުމުރަށް ޖަލަށް ލުމަށެވެ. މިގޮތުން ސަގަރު އަޙްމަދު ނާޞިރު ވެސް އުމުރަށް ޖަލަށް ލެވުނެވެ. އަދި އުމުރަށް ޖަލަށްލުންކަމަށް ބަލާ، 25 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު ނާޞިރު ވަނީ 2014 ވަނަ އަހަރު މިނިވަން ވެފައެވެ. ޖަލުން މިނިވަންވުމަށްފަހު ނާޞިރު ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި އޭނާއަށް ބައިވެރިވެވުނު ގޮތާބެހޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ނޮވެންބަރު ތިނެއްގައި ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކުގެ ކިބައިން ވަނީ މަޢާފަށް އެދިފައެވެ.
އޮޅިގެން ނަމަވެސް ނުވަތަ އެހެން ގޮތަކުން ނަމަވެސް ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ރައީސް އިބްރާހީމް ނާޞިރާއި ސަގަރު އަޙްމަދު ނާޞިރު ވަނީ އޮޅިފައެވެ. ނުވަތަ ބަޔަކު އޮޅުވާލާފައެވެ. މި ނޫނަސް އެތައްއެތައް އޮޅުންތަކަކާއި ދޮގު ޚަބަރުތަކެއް ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އެ ދުވަހާއި އޭގެ އަނެއް ދުވަހު ވެސް ބައިނަލް އަޤްވާމީ މީޑިއާގައި ދައުރުވަމުން ދިޔައެވެ. ކަންކަމުގެ ޙަޤީޤަތް ސާފުވެގެން ދާންފެށީ ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ޕްރޮގްރެސްލައިޓްގައި ރާއްޖެ ދޫކޮށް ފިލައިގެންދާން މަސައްކަތްކުރި ދުޝްމަނުން ކަނޑުމަތިން ހުއްޓުވައި، ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް، ތަހުގީގުތައް ފެށުމުންނެވެ.

No comments:
Post a Comment