މިއީ ދިވެހިރާއްޖޭގެ ބޯޓެއް ބޭރު ޤައުމެއްގެ ފަރަކަށް
އައިރައިގެން ދިވެހި ސިފައިންގޮސް މަސައްކަތްކޮށްގެން ފުންކުރި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް ޝިޕިންގ ލިމިޓެޑް (އެމްއެސްއެލް) އިން ދުއްވަމުން ދިޔަ 3000 ޓަނުގެ
"މޯލްޑިވް މޭލް" އުރުނީ
އިންޑިއާގެ މަލިކުގެ އިރު އުތުރުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ ތެރޭން
ރަށެއްކަމުގައިވާ [ސުހެލިޕަ] (Suheli Par)
ކިޔާ ރަށުގެ ސުހެލީފަރަށެވެ. ފަރަށް ބޯޓު އުރުނުއިރު ބޯޓުގައި ތިބީ ބޯޓުގެ
އޮފިސަރުންނާއި ފަޅުވެރިންނެވެ. ބޯޓުގައި މައިގަނޑު މުދަލަކަށްއޮތީ
ބަންޑެލިކޮށްފައިހުރި ބޮނބިނަރެވެ. ކޮންމެ ބަންޑެއްޔެއްގައި ނުވަތަ ކޮންމެ
ގަޓަރިއެއްގައި ދޭއްބައި ހަންދަރު ހުއްޓެވެ.
Thursday, September 17, 2015
ކޮމާންޑަރ ކަރޯ ޅަތުއްތު – ސިފައިންގެ ސަރުދާރުގެ މަޤާމު އެންމެފަހުން ފުރުއްވި ބޭފުޅާ
ކޮންމެ ދުވަހަކު ފަތިހު
ފަސްގަޑި ބައިހާއިރު ސައިކަލުގައި ގެއިން ނިކުންނަވައިގެން ވަޑައިގަންނަވަނީ
ހެންވޭރު ލޮނުޒިޔާރަތް ކޮޅަށެވެ. ސައިކަލް ބަހައްޓަވައި ކަސްރަތަށް ހިންގެވުމަކީ
އާދައެކެވެ. އުމުރުން 80 އަހަރު ވެފައިވާ އެ ދުވަސްވީ މީހާއަކީ ކާކުކަމެއް މިއަދުގެ
ޒުވާން ސިފައިންނަކަށް ނޭގެއެވެ. މިދިޔަ މޭމަހުގެ 14 ވަނަ ދުވަހު އަޅުގަނޑު
ހެންވޭރު އޮއެސިސްވިއުއަށް ދިއުމުން މަރުޙަބާ ވިދާޅުވެ ފުރަތަމަ ސަލާމް ކޮށްލި
ގޮތުންވެސް "މިއީ އާދައިގެ ބޭފުޅެއްނޫނޭ" އަޅުގަނޑުގެ ހިތަށް އެރިއެވެ. އެއީ
ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި ސިފައިންގެ ސަރުދާރުގެ
މަޤާމު (މިހާރުގެ ގޮތުންނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް) 1963 ން 1969 އަށް
ފުރުއްވާފައިވާ ސިފައިންގެ ކޮމާންޑަރ ކަރޯ ޅަތުއްތުއެވެ. ކޮމާންޑަރ ކަރޯ
ޅަތުއްތުގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު އިބްރާހީމެވެ.
ދިވެހިރާއްޖެގެ ޤައުމީ ސަލާމުގެ ރާގު ހެއްދެވި ޕްރޮފެސަރ އަމަރަދޭވާ
ޤައުމީ
ސަލާމުގެ ގޮތުގައި އެންމެ ފުރަތަމަ ކުޅެމުން އައި ރާގަށް ކިޔަނީ
"ސަލާމަތީ" އެވެ. ބޭންޕާޓީ އުފެދުމުގެ ކުރިން އެތެރެކޮއިލު ތެރޭގަޔާއި
އެކިއެކި ޤައުމީ މުނާސަބަތު ތަކުގައި ސަލާމަތީ ކުޅެމުން އައީ ބެރުދުންމާރި
ތާޅަފިލިވެރިންނެވެ. "ސަލާމަތީއަށް ޅެން ހެއްދެވުމުގެ މަސައްކަތް ސުމުއްވުލް
އަމީރު މުޙައްމަދު އަމީން ހަވާލު ކުރެއްވީ އައްޝައިޚް މުޙައްމަދު ޖަމީލް
ދީދީއާއެވެ. ޤައުމީ ސަލާމްގެ ޅެން ހައްދަވައި ނިއްމެވީ 1946 ފެބުރުވަރީ 1 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1365 ޞަފަރު 28 ވަނަ ދުވަހުއެވެ. ޤައުމީ ސަލާމުގެ ޅެން 8 ބައިތުގެ މައްޗަށް ހައްދަވައި ނިންމެވުމާއެކު ދެން ކުރެވުނީ ޤައުމީ ސަލާމަށް ރީތި ރާގެއް ހޯއްދެވުމުގެ މަސައްކަތެވެ. އެގޮތުން ޤައުމީ ސަލާމުގެ ރާގެއް ކަމުގައި ޚިޔާރު ކުރެއްވީ އޭރު އަތިރީގޭގައި ހުރި ގަޑިއަކުން ޖަހާ ރާގެކެވެ. (ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ރާގަކީ ޤައުމީ ސަލާމުގެ ޅެން ހެއްދެވުމުގެ މަސައްކަތް ކުރެވުނު މުލީއާގޭގައި ހުރި ގަޑިއަކުން ޖެހޭ ރާގެކެވެ.) އެ ރާގަކީ އިނގިރޭސި މުސްކުޅި ރާގެއް ކަމަށްވާ އޯލްޑް ލޭންގް ސައިން (Auld Lang Syne) އެވެ. ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އެއީ ޤައުމީ ރެއެވެ. 1946 ފެބުރުވަރީ 4 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 1 ރަބީޢުލްއައްވަލް 1365 އެވެ. ޤައުމީ ސަލާމް އެ ޖަލްސާގައި މިއުޒިކާ ނުލައި، ރާގުގައި ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ޖަމީލާއި އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އަލްފާޟިލް މުޙައްމަދު ރަޝީދު (ބަގީޗާގޭ ދޮހުއްތީދީ) އެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމްގެ ފުރަތަމަ ރާގުގެ މިއުޒިކް ނޯޓްތައް އެންމެ ފުރަތަމަ ލިޔުއްވައި އަދި އެ ނޯޓުތައް ބޭންޑް ޕާޓީގެ މީހުންނަށް ދަސްކޮށްދެއްވީ އޭރު
ރާއްޖޭގައި ހުންނެވި އެންމެ މޮޅު މިއުޒިޝަން ސިފައިންގެ 2 ނަންބަރު ސަރުދާރު
(ސާރޖަންޓް) އިބްރާހީމް ޙަބީބެވެ. ދިވެހި ޤައުމީ ސަލާމް ގާޑް އޮފް އޮނަރެއްގައި
ފުރަތަމަ ފަހަރަށް އިންސްޓްރޫމަންޓް ބޭނުންކޮށްގެން ކުޅުނީ 10 ޑިސެމްބަރު
1947 (26 މުޙައްރަމް 1367) ގައެވެ.
ދިވެހިރާއްޖެ، އިނގިރޭސިންގެ "ހިމާޔަތު"ގެ ދަށުން މިނިވަންކަމަށް ކުރި ދަތުރު
ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދެމެދުގައި ވަރަށް މުހިންމު ހާދިސާތަކެއްވަނީ ހިނގާފައެވެ. ކުރުގޮތަކަށް އޭގެތެރެއިން ބައެއް މުހިންމު ކަންތައްތަކަށް ބަލާލާނަމެވެ.
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރަކީ ސިފައިންގެ ބޭފުޅެއް
ދިވެހިރާއްޖެއަށް
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން 1965 ޖުލައި 26 ވަނަ ދުވަހު ފުރިހަމަ
މިނިވަންކަން ހޯއްދަވައިދެއްވި އޭރުގެ ވަޒީރުލް އަޢުޡަމް އިބްރާހީމް ނާޞިރު
ރަންނަބަޑޭރި ކިލެގެފާނަކީ ސިފައިންގޭގައި ސިފައިންގެ މީހެއްގެ ގޮތުގައި
ޚިދުމަތްކުރެއްވި ބޭފުޅެކެވެ. ސިފައިންގެ އޮފިސަރުކަމާއި ސިފައިންގެ ވެރިޔާގެ
މަޤާމުވެސް އެމަނިކުފާނުވަނީ ފުރުއްވިއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުހޫރިއްޔާގެ
މަޤާމާ 1968 ނޮވެމްބަރު 11 ވަނަ ދުވަހު ޙަވާލުވެވަޑައިގެންނެވުމާއެކު ސިފައިންގެ
އެންމެމަތީވެރިޔާގެ މަޤާމު ލިބިވަޑައިގެންނެވިއެވެ.
އައްޔޫބުގެފާނުގެ ވާހަކަ
އައްޔޫބުގެފާނަކީ ކުރިން ވަރަށް މުއްސަދި
ދިރިއުޅުއްވުމެއް އުޅުއްވި ރަސޫލު ބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމުގެ ސަބަބުން
އިބިލީސް އެކަލޭގެފާނާމެދު ހަސަދަވެރިވިއެވެ. އިބިލާހަށް އެއްގޮތަކަށްވެސް އެކަލޭގެފާނު
ހައްލާނުލެވުމުން އެންމެފަހުން އިބިލީސް ﷲ އަށް ދެންނެވިއެވެ. އައްޔޫބުގެފާނު އެހާ
ރަނގަޅު ބޭފުޅަކަށްވީ މުއްސަދިވުމުގެ ސަބަބުންނެވެ. އެކަން އެކަލޭގެފާނާ
ދުރުކުރައްވަނިކޮށް އެކަލޭގެފާނު ހައްލާލެވިދާނެއެވެ. ﷲ އިބިލީހުގެ ކުރިމަތީގައި އައްޔޫބުގެފާނު
އިމްތިޙާނު ކުރެއްވިއެވެ.
Subscribe to:
Posts (Atom)
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...