1- ދުވާކަލު މަދުވެގެން 8 ތަށި ފެންބޯން ޖެހޭނެ ކަމަށް ބުނެވޭ ބުނެވުން
ދުވާލަކު ކޮންމެ މީހަކުވެސް މަދުވެގެން 8 ތަށި ފެން ބޯންވާނެކަމަށް ވަރަށް ގިނަ ފަރާތްތަކަކުން އިރުޝާދު ދެމުންދެއެވެ. ޑޮކްޓަރީ ގޮތުން ބުނެވެނީ ކޮންމެ ބޮޑު މީހަކު 2.5 ލިޓަރުގެ ފެން ދުވާލަކު ކޮންމެ މީހަކު ބޯންވާނެ ކަމަށެވެ. ނުވަތަ ކޮންމެ 24 ގަޑިއިރަކު 6 ތައްޓާއި 8 ތައްޓާ ދެމެދު ފެންބޯންވާނެ ކަމަށެވެ. މިކަން ޤަބޫލުކުރެވެން ފެށިފައިވަނީ 1945 ވަނަ އަހަރުން ފެށިގެންނެވެ.
2- އަޅުގަނޑުމެން ބޭނުންކުރަނީ ސިކުޑީގެ %10 ކަމަށް ބުނެވޭ ބުނެވުން
އަޅުގަނޑުމެން ބޭނުންކުރަނީ ސިކުޑީގެ 10 އިން ސައްތަ ކަމަށް ޤަބޫލުކުރަމުންނެވެ. މި ވާހަކަ ޤަބޫލުކުރަން ފަށާފައިވަނީ 1907 ވަނަ އަހަރުން ފެށިގެންނެވެ. މިއީ އެއްވެސް ޙަޤީޤަތެއްހުރި ވާހަކައެއް ނޫނެވެ.
3- މަރުވުމަށްފަހު ނިޔަފައްޗާއި އިސްތަށި ދިގުވާކަމަށް ބުނެވޭ ބުނެވުން
އިންސާނުން މަރުވުމަށްފަހު ނިޔަފައްޗާއި އިސްތަށި ދިގުވާކަމަށް ބުނެވެމުންދެއެވެ.
4- އިސްތަށި ބޭލުމުން އަވަހަށް އިސްތަށިފަޅާ ކަމަށް ބުނެވޭ ބުނެވުން
އަނެއް އާންމު ގަބޫލުކުރުމަކީ އިސްތަށިބޭލުމުން އަވަށް އިސްތަށި ފަޅާނެ ކަމަށާއި އަދި އިސްތަށިގަނޑު ވަރުގަދަވެ ކުލަ ގަދަވާނެ ކަމަށް ބުނެވޭ ބުނެވުމެވެ. މި ވާހަކަތައް ދެކެވެން ފަށާފައިވަނީ 1928 ވަނަ އަހަރުން ފެށިގެންނެވެ.
5- ފަނޑު އަލީގައި ފޮތްކިޔާނަމަ ލޮލަށް ގެއްލުންވާނެ ކަމަށް ބުނެވޭ ބުނެވުން
ފަނޑު އަލީގައި ފޮތްކިޔާނަމަ ލޮލުގެ ފެނުމަށް އުނިކަން ލިބި، ލޮލަށް ގެއްލުން ލޭނެކަމަށް ބުނެވޭ ބުނެވުމަކީ ޙަޤީޤަތެއްނޫނެވެ.
6- ޓާކީ މަސްކާނަމަ މީހާ ލޮޑުވާ ކަމަށް ބުނެވޭ ބުނެވުން
ޓާކީ މަސްކައިފިނަމަ މީހާ ލޮޑުވެ ވަރުބަލިވާނެ ކަމަށް ބުނެވޭ ބުނުމަކީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކައެއްނޫނެވެ.
7- މޯބައިލް ފޯނުން ހޮސްޕިޓަލް ތަކުގެ މެޝިން ތަކަށް ގެއްލުންވާނެ ކަމަށް ބުނެވޭ ބުނެވުން
މި ވާހަކަ ފެތުރިގެން ދިޔައީ 2002 ވަނަ އަހަރުގެ ތެރޭގައެވެ. ހޮސްޕިޓަލް ތަކުގައި މޮބައިލް ފޯނު ނިންވާލުމަށް އަންގާ ބޯޑްތައް ހަރުކުރެއެވެ. އެކަމަކު މޯބައިލް ފޯނުގެ ޒަރީޢާއިން ހޮސްޕިޓަލް ތަކުގައި ބޭނުންކުރާ މެޝިންގ ތަކަށް އެއްވެސް ގެއްލުމެއްނުވެއެވެ.
No comments:
Post a Comment