ޢަބްދުﷲ ސަޢީދު
ދުނިޔެޔާއެވެ. އަހުރެމެން ގޮވައިގެން އައިސް ތިޔަ ވަނީ
ކޮންފަދަ ބިރުވެރިކަމެއްގެ ތެރެއަށް ހެއްޔެވެ. ކަނޑުގެ އެންމެ ބިޔަ ރާޅުތަކާއި ތޫފާނުތަކަށްވުރެ
މި ތޫފާން މާބިރުވެރިއެވެ. ދަތުރުގައި ކުރިއަށްދާނެ ގޮތެއް ނުވިސްނެއެވެ. ރައްކާތެރިކަމުގެ
ބަނދަރެއް ނެތެވެ. މާލިމީންނާއި ކަލާސީނުން ގޮތް ހުސްވެއްޖެއެވެ. އިންސާނީ ނައު މިހިރަ
ޣަރަޤު ވަނީއެވެ. ބާރުވަޔާ ނަގޫރޯޅިތައް އެރުމަށްވުރެ އަދުގެ ހާލަތު މާ ގޯހެވެ. ލިބެމުންދާ
ގެއްލުންތައް މާބޮޑެވެ. މި މުސީބާތުގެ އަސަރު ކުރާ މީހުންނާއި މަރުވާ މީހުން ވެސް މާގިނައެވެ.
މިއީ ކޮންފަދަ ކަމެއް ހެއްޔެވެ. މި ނުރައްކަލަށް އައިސް
ތިޔަ ހުށަހެޅުނީ ކީއްވެހެއްޔެވެ. މިކަމުގެ ގެއްލުން ނޭނގެނީހެއްޔެވެ. ނޫނީ ހަމަ އެނގިހުރެ
އިންސާނީ ނައު ޣަރަޤުކޮށްލަނީ ހެއްޔެވެ.