Friday, March 10, 2023
ސިފައިންގެ ބަޑި މުބާރާތް ތަޚުސީސް ކުރެވިފައިވާ މޭޖަރ އިނގިރޭސި ޢުމަރު މަނިކު
ޢަބްދުﷲ ސަޢީދު
ސިފައިންގެ ތާރީޚުގައި ބާއްވަމުން އަންނަތާ އެންމެ ގިނަ ދުވަސްވީ މުބާރާތަކީ ސިފައިންގެ ބަޑި މުބާރާތެވެ. 1947 ވަނަ އަހަރުން ފެށިގެން ސިފައިންގެ ކޮންމެ އަހަރީ ދުވަހަކާ ގުޅުވައިގެން ބާއްވަމުން އަންނަ މި ތާރީޚީ މުބާރާތް އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވަން ފެށީ 1995 ވަނަ އަހަރުން ފެށިގެންނެވެ. ސިފައިންގެ އަހަރީ ބަޑި މުބާރާތް މިހާރު ވެސް ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ. މިފަދަ ތާރީޚީ އަދި މުހިންމު މުބާރާތެއް މޭޖަރ އިނގިރޭސި ޢުމަރު މަނިކަށް ސިފައިން ތަޚުސީސް ކޮށްފައިވަނީ ކީއްވެގެންކަން އެނގިވަޑައި ގަންނަވާތޯއެވެ؟
ތާރީޚުގެ ތެރެއިން ސިފައިންގެ ބަޑި މުބާރާތް
ޢަބްދުﷲ ސަޢީދު
މީލާދީން 1942 ވަނަ އަހަރު ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުމައްޗަށް އެރިއެވެ. ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަގާމާއި ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަޤާމާއެކުގައެވެ. ފަހުން ދައުލަތް ހިންގާ މަޖިލިސްގެ ރައީސްކަމާއި ސިފައިންގެ ވެރިކަން ވެސް ލިބިވަޑައިގަތެވެ. ސިފައިންގޭގައި އެންމެ ފުރަތަމަ ބަޑި މުބާރާތެއް ބޭއްވީ މުޙައްމަދު އަމީނުގެ ސިފައިންގެ ވެރިކަމުގައި 1947 ވަނަ އަހަރުއެވެ. އެ މުބާރާތުގައި އެ މަނިކުފާނު ވެސް ބަޑި ޖެއްސެވިއެވެ.
Friday, January 20, 2023
ސިފައިންގެ އަސާސީ ތަމްރީނު އުމުރުން 50 އަހަރުގައި
ޢަބްދުﷲ ސަޢީދު
އެމެރިކާގެ އަސްކަރިއްޔާގައި ސިފައިންގެ އަސާސީ ކޮމްބެޓް ޓްރޭނިންގ (ރެކްރޫޓް ޓްރޭނިންގ) 50 އަހަރުގެ މީހަކު ފުރިހަމަކޮށްފާނެ ކަމަށް ގަބޫލުކުރެވޭހެއްޔެވެ؟ ދިވެހި އަސްކަރިއްޔާގައި އަސާސީ ތަމްރީނު ހެދޭނެ އެންމެ ދޮށީ އުމުރަކަށް ވެސް ވާނީ 25 އަހަރަށްވުރެ ހަގު އުމުރެކެވެ. އެއީ ސިފައިންގެއަށް މީހުން ވައްދާ އުމުރަކީ 18 އަހަރާއި 25 އަހަރާ ދެމެދުކަމަށްވާތީއެވެ.
ލޮލުރޯގާ
ޢަބްދުﷲ ސަޢީދު
ލޮލުރޯގާ (Conjunctivitis) އަށް އިނގިރޭސިބަހުން އާންމު ނަމެއްގެ ގޮތުގައި "ޕިންކް އައި" ވެސް ކިޔައެވެ. ލޮލުރޯގާ ކިޔަނީ ވައިރަސްއަކުން ނުވަތަ ބެކްޓީރިޔާއެއްގެ ސަބަބުން ނުވަތަ އެލާޖީއެއްގެ ސަބަބުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވުމަށެވެ. އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް ނުވަތަ ބެކްޓީރިޔާ ނުވަތަ އެލާޖީގެ ސަބަބުންނެވެ. އާންމު ރޯގާއެއްގެ ގޮތުގައި ފެތުރެނީ ވައިރަސް ނުވަތަ ބެކްޓީރިޔާއިން ޖެހޭ ލޮލުރޯގާއެވެ. އެހެން ލޮލުރޯގާތައް ގައިންގަޔަކަށް ނާރައެވެ.
އޮނަރ ކޯޑް
ޢަބްދުﷲ ސަޢީދު
"އަހަރެމެން ދޮގެއް ނުހަދާނަން، ވައްކަމެއް ނުކުރާނަން، މަކަރާއި ހީލަތެއް ނުހަދާނަން، އަދި މިފަދަ ޢަމަލުތަކަށް އަހަރަމެންގެތެރޭގައި ފުރުސަތެއް ވެސް ނުދޭނަން" މިއީ ދިވެހި އަސްކަރިއްޔާގެ އޮނަރ ކޯޑް ނުވަތަ ޝަރަފުވެރި މިންގަނޑެވެ. އަސާސީ ތަމްރީނުތަކުގައި ދަރިވަރުންގެ ކިބައިގައި ސިފަވަންތަ އަސްކަރީ އަޚުލާޤުގެ ސިފަ ޖެއްސުމުގެ ބިންގާ އަޅައިދެނީ މި އޮނަރ ކޯޑުންނެވެ. އޮނަރ ކޯޑަކީ އާންމު ފަރުދަކު ސިފައިންގެ މީހަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގައި ދަރިވަރުގެ ކިބައިން އުންމީދުކުރާ ސުލޫކީ އެންމެ ކުޑަ މިންވަރެވެ. ދިވެހި އަސްކަރިއްޔާގެ އަސާސީ ތަމްރީނުގައި ބޭނުންކުރާ އޮނަރ ކޯޑާއި ބޭރުގެ ބައެއް އަސްކަރީ އެކަޑަމީ ތަކުގައި ބޭނުންކުރާ އޮނަރ ކޯޑާ އެއްވެސް ތަފާތެއް ނެތެވެ.
Friday, November 11, 2022
ފުރަތަމަ ޖުމްހޫރިއްޔާއާއި ދެވަނަ ޖުމްހޫރިއްޔާ
ޢަބްދުﷲ ސަޢީދު
"ޤައުމެއް ކުރިއަރައިދިއުން އޮތީ، އެ ޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ! އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ." މިއީ ދިވެހީންނަށް ޖުމްހޫރީ ވެރިކަން ތަޢާރަފުކޮށްދެއްވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފު ކޮށްދެއްވި ދުވަހު އާ ގާނޫނު އަސާސީ މަޖިލީހުން ފާސްކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރައްވަމުންނެވެ. 1 ޖަނަވަރީ 1953 ގައި ކުރެއްވި މި ތާރީޚީ ތަޤުރީރަކީ ދިވެހިރާއްޖެއަށް ތަޢާރަފު ކުރެއްވި ވެރިކަމުގެ އައު ނިޒާމަށް މަރުޙަބާ ވިދާޅުވެ ދެއްވި ތަޤުރީރެކެވެ. ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު އުފެދިގެން ދިޔަ ފުރަތަމަ ޖުމްހޫރީ ވެރިކަން 1953 އޮގަސްޓު 21 ވަނަ ދުވަހު އުވިގެންދިޔައިރު އެ ޖުމްހޫރިއްޔާއަށް ވީ އެންމެ 7 މަހާއި 26 ދުވަހެވެ.
ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު
ޢަބްދުﷲ ސަޢީދު · 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...
-
ޢަބްދުﷲ ސަޢީދު ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ...
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި ...






