Monday, June 1, 2020
ނާވިލު: ޝަރުމީލާ
Thursday, May 28, 2020
އާ އަންދާޒާއާއެކު އާ ހިތްވަރެއް
ޢަބްދުﷲ ސަޢީދު
ރާއްޖޭގައި ކޯވިޑް-19 ފެތުރިގެންދާނެ ގޮތުގެ އާ އަންދާޒާއެއް މި ވަނީ ކަމާބެހޭ ފަންނީ މާހިރެއް ކަމުގައިވާ ޑރ. ޝީނާ މޫސާ ހިއްސާ ކުރައްވާފައެވެ. އެއީ ރާއްޖޭގެ އަދުގެ ހާލަތަށް ބައްލަވާ ހުށަހެޅުއްވި ހުށަހެޅުންވުމެކެވެ. ކުރިން ޑރ. ޝީނާ ހުށަހެޅުއްވި އަންދާޒާގައި ދެއްކެވި ނުރައްކާތެރި ރަތްރޮނގުގެ ބާނި ތިރިކުރެވިގެން ދިޔައީ ފުރަބަންދާއެކު ރައްޔިތުން ކިޔަމަންތެރިކަމާއެކު ޢަމަލުކޮށްގެންނެވެ. މިހާރުގެ އަންދާޒާގެ ބާނި ތިރިކުރުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އަޅުގަނޑުމެން ރައްޔިތުންނަށެވެ.
Tuesday, May 26, 2020
ނ. އަތޮޅު މަދަރުސާގައި "ނާޒިރު ތުއްތުބޭ" ގެ ޚިދުމަތް
Tuesday, May 12, 2020
ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި
ޢަބްދުﷲ ސަޢީދު
މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް "މާމިސްކިތްދޮށް" ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ.
ދުވަސްވަރަކީ މަނަދޫ މާމިސްކިތު ވެވުން މީހުން ފެންވަރައި މާމިސްކިތުގައި ނަމާދުކޮށް އުޅުނު ދުވަސްވަރެވެ. މާމިސްކިތޭ ކިޔަނީ އެ މިސްކިތަކީ އެއް ދުވަސްވަރެއްގައި ރަށުގައި ހުރި އެންމެ ބޮޑު ނުވަތަ އެންމެ ޚާއްޞަ މިސްކިތަށް ވީމާ ކަމަށް ގަބޫލުކުރެވެއެވެ.
Sunday, May 10, 2020
ކޯވިޑް 19: ތަފާތު ރޯދަމަހެއް
ޢަބްދުﷲ ސަޢީދު
މި ބަރަކާތްތެރި ރަމަޟާން މަސް ހުރިހާ ގޮތަކުން ވެސް އެހެން އަހަރުތަކާ ތަފާތެވެ. އަޅުގަނޑުމެންގެ ހަޔާތުގައި މިއަށްވުރެ ހިތްދަތި، އަސަރުން ފުރިފައިވާ ރޯދަމަހެއް ބައްދަލު ކޮށްފައެއް ނުވެއެވެ. ދުނިޔެއަށް ފެތުރިފައިވާ ކޯވިޑު-19 ގެ އާލަމީ ވަބާގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން މުޅިން ބަދަލުކުރަން މަޖުބޫރުވީއެވެ. ރާއްޖޭގައި ވެސް މި ބަލި އާންމުކޮށް ފެތުރެމުން ދާތީއެވެ. މި ވަގުތަކީ ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ތިބި ވަގުތެކެވެ.
Monday, May 4, 2020
އޭރުގެ ރޯދަމަސް
ޢަބްދުﷲ ސަޢީދު
ރޯދަ ކުރުނބާގައި ވާޖަހާފައި ވަޅަށް ތިރި ކުރަނީ ފިނިކުރާށެވެ. ދެންދަނީ ސަންގުފުމޭ ތަންބަލާށެވެ. ސަންގު ފުމުމާއެކު ގެއަށް ދަނީ ދުވެފައެވެ. ރޯދަ ވީއްލަނީ ތިން ފަހަރު ފެނުން ކޯދޮވެލައިގެންނެވެ. ރޯދަ ވީއްލުމަށް "ކޯދޮވުމޭ" ކިޔަނީ އެހެންވެތާއެވެ. އެއީ އައިސް އަލަމާރިއާއި ފުރިޖުފަދަ ތަކެތި ރަށްފުށުގައި ގެންގުޅުނު ޒަމާނެއް ނޫނެވެ. ރޯދަ ވީއްލައިގެން ބޯލަން ތައްޔާރުކުރާ ރޯދަ ކުރުނބާ ވަޅަށް ތިރިކުރަނީ ޭއެހެންވެއެވެ. އެ ކުރުނބާ ކާފަ މަށަނީ ވަކި ގޮތަކަށެވެ. ކުރުނބާގެ ލޯކޮޅުގެ ބޮނބިގަނޑު ނުވަތަ ކިހައްގަނޑު މައްޗަށް އޫކޮށެވެ. ކުރުނބާގެ ފޫކޮޅު ހުންނަނީ ނާށި ފެންނަވަރަށް މަށާ އޮމާން ކޮށްފައެވެ.
Friday, May 1, 2020
ރޮއްވާލައިފި: ހަނގުރާމައަށް ނިކުންނަނީ މަރުވާނެކަން އެނގިހުރެ
ޢަބްދުﷲ ސަޢީދު
މިއީ ކޯވިޑު-19 އަށް ފައްސިވެފައިވާ ސިފައިންގެ ބޭކަލަކު މީސް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެކެވެ. އެއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އެކީގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު އަޚުލާޤާއި ސުލޫކު ވަރަށް ރަނގަޅު ބޭކަލެކެވެ. ބަރާބަރަށް ނަމާދުކޮށް އުޅޭ މަޑުމައިތިރި ބޭކަލެކެވެ. މަސައްކަތަށް އަބަދުވެސް އިސްކަންދޭ ތެދުވެރި ވަފާތެރިއެކެވެ.
ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު
ޢަބްދުﷲ ސަޢީދު · 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...
-
ޢަބްދުﷲ ސަޢީދު ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ...
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި ...






