Wednesday, July 26, 2017
ޤައުމާއި ދައުލަތް
ސިޔާދަތު
ޢަބްދުﷲ ސަޢީދު
ދިވެހިބަހުގައި ސިޔާދަތުގެ މާނައަކީ މާތްކަން، ވެރިކަން، ރަސްކަން، ސަރުކާރު އަދި ޤައުމެއްގެ މިނިވަންކަމެވެ. ޤައުމެއްގެ ސިޔާދަތޭ ބުނެފިނަމަ އޭގެ މާނަކީ އެ ޤައުމެއްގެ މާތްކަމާއި، އެ ޤައުމެއްގެ ވެރިކަމާއި، އެ ޤައުމެއްގެ ސަރުކާރާއި އެ ޤައުމެއްގެ މިނިވަންކަމެވެ. ސިޔާދަތުގެ މަފުހޫމަށް ބަލާއިރު، ސިޔާދަތު ނިސްބަތްކުރެވެނީ ދައުލަތަށެވެ. ރައްޔިތުންނަށެވެ. ސިޔާދަތީބާރަކީ ދައުލަތުގެ ސަރަޙައްދުގެ މައްޗަށް އެ ދައުލަތެއްގެ ބާރު އެންމެ ފުރިހަމައަށް ލިބިގެންވުމެވެ. އަމިއްލައަށް ޤާނޫނުތައް ހަދައި، އެ ޤާނޫނުތައް ތަންފީޒުކޮށް ހެދުމުގެ ބާރު އެ ޤައުމަށް ލިބިގެން ވުމެވެ.
ޤައުމަކަށް
ދައުލަތެއްގެ ފުރިހަމަ ދަރަޖަ ލިބެނީ ސިޔާދަތީ ބާރު އެ ޤައުމަކަށް ލިބިގެންނެވެ.
ނުވަތަ ސިޔާދަތު އެ ބަޔަކަށް އޮވެގެންނެވެ. އެބައެއްގެ އަތުން ސިޔާދަތު
ގެއްލިއްޖެނަމަ ދައުލަތެއްގެ ދަރަޖަ ގެއްލިގެންދާނެއެވެ. ސިޔާދަތަކީ ދައުލަތުގައި
ހުންނަންޖެހޭ އަސާސީ ސިފައެކެވެ. އެ ސިފައާއެކުގައި ނޫނީ ދައުލަތް ދައުލަތަކަށް
ނުވެއެވެ. ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ
އެއްގޮތްވާގޮތުގެ މަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ
ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ
ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މިހުރިހައި ފަރާތަކަށް ޖުމުލަކޮށް ކިޔާނަމެކެވެ. ބޭރުގެ
ފަރާތްތައް އެދޭގޮތަށް އެ ޤައުމުގެ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައި ބަދަލުކޮށް
ތަންފީޒުކުރަން ފަށައިފިނަމަ ނުވަތަ ބޭރުގެ ފަރާތްތަކަށް އެބައެއްގެ މައްޗަށް
ބަސްކިޔާ އަމުރު މަޢުރޫފު ހިންގުމަށް ފުރުސަތު ދެވިއްޖެނަމަ އެބައެއްގެ ސިޔާދަތު
އެ ގެއްލުނީއެވެ. ބޭރުގެ ޤައުމުތަކާއި ނުފޫޒުގަދަ ޖަމާޢަތްތައް ބޭނުންވާގޮތަށް
ޤައުމެއްގެ ރައްޔިތުންގެ ވިންދާ ދެކޮޅަށް ޤާނޫނުތައް ބަދަލުކޮށް،
ޤާނޫނުތައް ތަންފީޒުކުރާނަމަ އޭގެ މާނައަކީ އެ ޤައުމަކަށް ލިބިގެންވާ ސިޔާދަތީ
ބާރެއް ނެތެވެ. ޚާއްޞަކޮށް އެ ޤައުމެއްގެ ރައްޔިތުން ބޭނުންނުވާ ގޮތާ ޚިލާފަށް
ބޭރުގެ ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން މަޖުބޫރުވުމަކީ އެބައެއްގެ
ސިޔާދަތުގެއްލިއްޖެކަމުގެ ދަލީލެކެވެ. އެހިސާބަށް ދާއިރު އެ ޤައުމެއްގައި ޙަޤީޤީ
މިނިވަކަމެއް ނޯންނާނެއެވެ.
މިނިވަންކަމާއި ސިޔާދަތާ ވަރަށް ގާތް
ގުޅުމެއް އޮވެއެވެ. މިނިވަންކަމަކީ އަޅުވެތިކަމެއްނެތުމާއި އެބައެއްގެ
އަމިއްލަވަންތަކަން އޮތުމެވެ. ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވުމާއި،
މުޢާމަލާތު ކުރުމުގައި ވެސް އެއްވެސް ހުރަހެއްނެތުމެވެ. މިކަންކަން ލިބިގެންދަނީ
ސިޔާދަތު އޮވެގެންނެވެ. ސިޔާދަތާ ނުލައި މިނިވަންކަން ފުރިހަމައެއްނުވާނެއެވެ.
ބައިނަލް އަޤްވާމީ ގޮތުން އެއް ދައުލަތް އަނެއް ދައުލަތާ ހަމަހަމަަކަން
އަންގައިދެނީ ސިޔާދަތެވެ. ސިޔާދަތީ ބާރު އޮވެއްޖެނަމަ އެ ޤައުމަކުން ބޭނުންވާނަމަ
ކޮންމެ ޤައުމަކާވެސް ގާތްކަމާއި ރަޙުމަތްތެރިކަން ޤާއިމުކޮށް ހެދޭނެއެވެ. އެއްގައުމުން
އަނެއް ޤައުމުގެ ސިޔާދަތީ ބާރަށް އިޙުތިރާމުކުރާނަމަ ދޭދޭ ޤައުމުތަކުން ކުރާ
މުއާމަލާތްތަކަށް ޙުރުމަތްތެރިކޮށް ހިތާނެއެވެ. އަދި ކޮންމެ ޤައުމަކަށް ވެސް އެ
ޤައުމަކަށް މަންފާއާއި ލާބަހުރި ގޮތްގޮތަށް ބައިނަލް އަޤްވާމީ އުސޫލުތަކުގެ
ތެރެއިން ގުޅުންތައް ބަދަހިކޮށް ކަންކަން ނިންމުމުގެ އިޙްތިޔާރު އޮންނަންވާނެ
ކަމަށް ޤަބޫލުކުރާނެއެވެ.
ޤައުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ
ޙައްޤު (ރައިޓް ޓު ސެލްފް-ޑިޓަރމިނޭޝަން) އަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކުން ވެސް
ލިބިގެންވާ ޙައްޤެކެވެ. މި ޙައްޤަށް އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމު
ކުރަންޖެހެއެވެ. އެ ޤައުމެއްގެ ރައްޔިތުން އުޅެން ބޭނުންވާ ދީނަކަށް އުޅުމާއި، އެ ރައްޔިތުން ބޭނުންވާ ގޮތަކަށް އެ ޤައުމެއްގެ
ޤާނޫނު އަސާސީއާއި ޤާނޫނުތައް ހަދައި ހިންގުމުގެ ޙައްޤު އޮންނަންވާނެކަން ޤަބޫލުކުރަން
ޖެހެއެވެ. އަދި އެކަންކަމަށް އިޙުތިރާމް ވެސް ކުރަންޖެހެއެވެ.
ކޮންމެ ޤައުމެއްގައި ވެސް އެ
ޤައުމެއްގެ ސިޔާދަތު ދެމެހެއްޓުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭނީ، އަދި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ އެ
ޤައުމެއްގެ ރައްޔިތުންނަށެވެ. އެ ދައުލަތެއް ތަމްސީލުކުރާ ސަރުކާރާއި ދައުލަތުގެ
އިސްވެރިންނެވެ. އެ ދައުލަތެއްގެ ސަލާމަތީ ޚިދުމަތްތަކާއި ސަލާމަތީ ބާރުތަކެވެ. އެ
ޤައުމެއްގެ ޤައުމީ މަޞްލަޙަތު ހިފެހެއްޓުމުގައި އެ ޤައުމެއްގެ ރައްޔިތުން
އިހުމާލުވެ ފަރުވާކުޑަކޮށްފިނަމަ
އުފެދިގެންދާ ބާގަނޑުތަކުން ބޭރުގެ ނުފޫޒު ވަންނަން ފަށާނެއެވެ. އަދި އެ
ނުފޫޒު ވެގެންދާނީ ޤައުމުގެ ސިޔާދަތަށްދޭ ޙަމަލާއަކަށެވެ. މިނިވަންކަމާއި
ސިޔާދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ ކޮންމެ ޤައުމެއްގައި ވެސް އޮންނަ އެންމެ
މަތީ މަސްލަހަތެވެ.
Tuesday, July 25, 2017
އަލްމަރުޙޫމް ކދ. އަޙްމަދު މަނިކުގެ ސިފައިންގެ ޚިދުމަތް
އަލްމަރުޙޫމް ކަޅުހުއްތު ދޮންމަނިކުގެ އަޙްމަދު މަނިކު ނުވަތަ ކ.ދ. އަޙްމަދު މަނިކަކީ އެމަނިކުފާނު ސިފައިންގެ ޚިދުމަތުގައި އުޅުއްވި ދުވަސްވަރު ސިފައިން ކުރި ހުރިހާ ބޮޑެތި މަސައްކަތްތަކާއި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މިގޮތުން ދެކުނު ގަޑުބަޑާގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި އަދާކުރި މުހިންމު ޑިއުޓީތަކުގައި އިޚްލާޞްތެރިކަމާއެކު ކުރެއްވި ޚިދުމަތް ފާހަގަ ކޮށްލަންޖެހެއެވެ. ވަޒީރުލްއަޢުޒަމް އަދި ސިފައިންގެ ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު މޯލްޑިވްސްޓަރގައި ތިނަދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ކ.ދ. އަޙްމަދު މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ތިނަދޫއަށް ފައިބައިވަޑައިގެންނެވުމަށް މޯލްޑިވްސްޓަރުން އިންޖީނު ބައްތެއްޔަށް ވަޒީރުލްއަޢުޒަމް ފައިބައި ވަޑައިގަންނަވައި، އެމަނިކުފާނުގެ އަރިހުގައި އެ ބައްތެއްއަށް އަރުއްވަން އަމުރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ކ.ދ. އަޙްމަދު މަނިކު ހިމެނިވަޑައިގެންނެވިއެވެ. އެމަނިކުފާނު ގެންދެވީ ތިނަދޫ ރައްޔިތުންނަށް އަންގަން ބޭނުންފުޅުވާ އެންގެވުމަށް ގޮވުމަށް ހަމަޖެއްސެވި ދެ ބޭފުޅުންގެ އެހީތެރިއަކަށެވެ. މީގެއިތުރުން އެ ގަޑުބަޑާގުޅިގެން ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ކ.ދ. އަޙްމަދު މަނިކު ޑިއުޓީ ކުރެއްވިއެވެ. އޭގެ ތެރޭގައި އެ ގަޑުބަޑުގެ އެންމެ މުހިންމު އެއް ރަށް ކަމުގައިވާ ގދ. ތިނަދޫ ވެސް ހިމެނެއެވެ.
ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނު
ސިފައިންގެ ކަނބަލުންގެ ޚިދުމަތް
އަންހެނުންގެ ޚިދުމަތަކީ ފިރިހެނުންނެކޭ އެއްފަދައިން ޤައުމަށް ނުހަނު ބޭނުންތެރި އަދި އެހާމެ މުހިންމު ޚިދުމަތެކެވެ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެވެ. އަންހެނުންނާ ނުލައި ފުރިހަމައަށް ނުދެވޭ އެތައް ޤައުމީ ޚިދުމަތެއް އެބަހުއްޓެވެ. އޭގެތެރޭގައި އަސްކަރީ އަދި މަދަނީ ޚިދުމަތްތައްވެސް ހިމެނެއެވެ. ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސަފުތަކުން އަންހެން ކަނބަލުން ފެނުމަކީ އުފާކުރަންޖެހޭ ކަމެކެވެ. ސިފައިންގެ ޚިދުމަތްފަދަ ދީނީ އަދި ޤައުމީ މުހިންމު ޚިދުމަތެއްގައި އަންހެނުންގެ ބައިވެރިވުމާ ދައުރު ފުޅާ ދާއިރާއެއްގައި އޮތުމަކީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާންވީ ކަމެކެވެ.
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...