Wednesday, April 17, 2024

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

 



ޢަބްދުﷲ ސަޢީދު 
 

ގ. ކަނޑިތޮޅިއާގެ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ދިވެހި އަސްކަރިއްޔާގައި 18 ފެބުރުވަރީ 1985 އިން، 17 އެޕްރީލް 2024 އަށް 39 އަހަރާއި 1 މަހާއި 30 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލާންސް ކޯޕްރަލް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ވެސް ފުރުއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވީ  17 ނޮވެންބަރު 2023 އިން 17 އެޕްރީލް 2024 އަށެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ހަމައަށް 11 ޑިސެންބަރު 2018 އިން ފެށިގެން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ. 17 އެޕްރީލް 2024 ގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ އުމުރުފުޅުން 60 އަހަރު ފުރުމާގުޅިގެންނެވެ. ސިފައިންގެ ޤާނޫނުގައި ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ އެންމެ މަތީ އުމުރަކީ 60 އަހަރެވެ.

 

Friday, December 15, 2023

 

އަތިރިމަތީގޭ ޙައްވަދައިތައާއެކު

ޢަބްދުﷲ ސަޢީދު

މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައިވާ  އަތިރިމަތީގެ އަލިކޮބޭއާއި، އަތިރިމަތީގޭ ސަންފަ ދައިތައާއި އަތިރިމަތީގޭ ފާތުމަ ދައިތައާއި އަތިރިމަތީގެ އަބުދުއްލޯހިބެއާއި، އަތިރިމަތީގެ ކުޑަމަންޖެ ދައިތައާ ހަމައިންނެވެ. އަތިރިމަތީގެ މި ފަސް ބޭންގެ ބައްޕައަށް ކިޔަނީ ބިލެއްގެ މުޙައްމަދުބެއެވެ. އަތިރިމަތީގެ ކުދީންގެ މަންމަގެ ނަމެއް އަދި އަޅުގަނޑަކަށް ނުހޯދެއެވެ. 

ބިލެއްގެ މުޙައްމަދުބޭގެ ދަރިން

1. އަތިރިމަތީގެ ޢަލިކޮބޭ (ޢަލީ މުޙައްމަދު)

2. އަތިރިމަތީގޭ ފާތުމަ ދައިތަ (ފާތުމަތު މުޙައްމަދު)

3. އަތިރިމަތީގޭ ސަންފަދައިތަ (ސަންފާ މުޙައްމަދު)

4. އަތިރިމަތީގެ ޢަބްދުއްލޯހިބޭ (ޢަބްދުﷲ މުޙައްމަދު)

5. އަތިރިމަތީގެ ކުޑަމަންޖެ ދައިތަ

މަނަދޫގެ ރަހަތަކުގެ ތެރެއިން: ތާބަރު ދިޔަ ކައްކާނެގޮތް

ފޮޓޯ ކުރެޑިޓް: ޙައްޤުވެރިފަރާތަށް


ޢަބްދުﷲ ސަޢީދު 
 
ތާބަރަކީ ލައްޖެހި ފާނައިގެ ކުދި ވައްތަރެކެވެ. ތާބަރު ބާނައި، ތާބަރު ދިޔަ އާންމުކޮށް މަނަދޫ މީހުން ކުރީ ޒަމާނުގައި ކައްކާއުޅުނީ މަސްވެރިކަން ދަށް ދުވަސްވަރުފައެވެ. ވިއްސާރަވެ މޫސުން ގޯސްވެ މަހަށް ނުދެވި ރަށުގައި ތިބެންޖެހޭ ދުވަސްތަކުގައެވެ. ތާބަރު ދިޔަ ކައިއުޅެނީ ބަނބުކެޔޮ ބަތާއެކުގައެވެ. 
\
ތާބަރު ދިޔަ ކައްކަން ބޭނުންވާ ތަކެތި
 
- 5 ތާބަރު
- ހައެއްކަ ހިކި މިރުސް
- ހިކަނދިފަތްކޮޅެއް
- ދެތިން ލޮނުމިދު
- ދިރިކޮޅެއް
- ލޮނުހެޔޮވާވަރަށް ލޮނު
- އެކަށީގެންވާރަށް ފެން

ހޮޅުދޫގައި އޮންނަ މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު

 

މަނަދޫ މޫސާމަނިކުބޭގެ ސަންފަދައިތަގެ ޢުމަރު ޢަލީގެ ޢަލީ އުމަރު.


ޢަބްދުﷲ ސަޢީދު 
 
މަނަދޫ މޫސާ މަނިކުބޭގެ ދަރިކޮޅަކީ މަނަދޫގެ ބޮޑެތި ޢާއިލާތަކުގެ ތެރެއިން އެއް ޢާއިލާއެވެ. އެއީ މަނަދޫގައި ވެރިކަން ކުރި ތަޢުލީމީ ޢާއިލާއެކެވެ. ނ. ހޮޅުދޫގައި އޮތް މޫސާ މަނިކުބޭގެ ދަރިކޮޅަކީ އެ ޢާއިލާއިން ނ. ހޮޅުދޫއަށް ގޮސް ފެތުރިފައިވާ ގޮތްޕެކެވެ.
މޫސާމަނިކުބެއަކީ އުޅުންހުރި ބޭކަލެކެވެ. ދީނީ ކަންތައްތަކަށް ލޯބިކުރެއްވި ޢިލްމުވެރި ބޭކަލެކެވެ. މޫސާ މަނިކުބޭގެ ބައްޕައަކީ ކުޑަ މަނިކެވެ. މަންމަގެ ނަމެއް ނޭނގެއެވެ. މޫސާމަނިކުބޭގެ ގޯޗަކީ މިހާރުގެ މަނަދޫ ކަރަންކާވިލާއެވެ. 

މަނަދޫ ނެވިގޭ ދަރިކޮޅު

ނެވިގޭ ކަމަނަދައިތަ (ޢާއިޝަތު ޤާސިމް)
ޢަބްދުﷲ ސަޢީދު
 
މަނަދޫ ނެވިގޭ ދަރިކޮޅު އެނގެނީ ނެވިގޭ ކާސިމާ ހަމައިންނެވެ. މި ނެވިގޭ ކާސިމް (ޤާސިމް) ގެ އަންހެނުންނަކީ ކާކުކަމެއް އަދި ނޭނގެއެވެ.
ނެވިގޭ ކާސިމުގެ ތިބީ 6 ދަރިންނެވެ. އެއީ ނެވިގޭ އަބޫބެއާއި، ނެވިގޭ ކަމަނަ ދައިތައާއި، ނެވިގޭ ކުޑަކަމަނަ ދައިތައާއި، ނެވިގޭ ހުސޭނުބެއާއި، ނެވިގޭ އިބްރާހީމްކޮބޭ އާއި ނެވިގޭ ހައްވާކޮއި ދައިތަ އެވެ.
1. ނެވިގޭ އަބޫބެ (އަބޫބަކުރު ޤާސިމް / ނޫވިލާގެ)
2. ނެވިގޭ ކަމަނަދައިތަ (ޢައިޝަތު ޤާސިމް / ދިލްބަހާރުގެ)
3. ނެވިގޭ ކުޑަކަމަނަދައިތަ ( އަލަމާގޭ)
4. ނެވިގޭ ހުސޭނު (ޙުސައިން ޤާސިމް)
5. ނެވިގޭ އިބްރާހިމްކޮބެ (އިބްރާހީމް ޤާސިމް)
6. ނެވިގޭ ޙައްވާކޮއި ދައިތަ (ޙައްވާ ޤާސިމް)
 

Wednesday, December 13, 2023

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އަސްކަރީ ސީރަތު

 


 ޢަބްދުﷲ ސަޢީދު

 

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ (ސަރވިސް ނަންބަރު: 1108) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 އެޕްރީލް 1988 ގައެވެ. އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސަރޖަންޓް، ސްޓާފް ސަރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 1ގައި ޚިދުމަތް ކުރެއްވިއެވެ. ކޮމިޝަން ވެވަޑައިގަތީ 21 އެޕްރީލް 2002 ގައެވެ. ކޮމިޝަން އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް ރޭންކުގައި ޚިދުމަތް ކުރެއްވިއެވެ. ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތީ 03 މޭ 2023 ގައެވެ. ކޯސްޓްގާޑުން އަސްކަރީ ހަޔާތް ފައްޓަވައި ކޯސްޓްގާޑައި ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއް ފުރުއްވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އަންޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

 

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...