Monday, October 30, 2023

މަނަދޫ މުރީދު އާއިލާ

ޢަބްދުﷲ ސަޢީދު 
 
މަނަދޫ މުރީދު ދަރިކޮޅަކީ އެ އާއިލާގެ ދުވަސްވީ ގޮފިތައް މަނަދޫގެ އިތުރުން މާލެއާއި ށ. މާއުގޫދޫއަށް ފެތުރިފައިވާ ދަރިކޮޅެކެވެ. މުރީދުންނަކީ ޒިކުރު މާލޫދާއި ބޮޑުލަވަ ކިޔުމާއި ތާރަޖެހުންފަދަ ބައެއް ކަންކަމުގެ އެދުރުންނެވެ. މި އެދުރުކަމަކީ އިހުޒަމާނުގައި ރަސްގެފާނު ދެއްވާ ހުއްދައަކަށް ލިބޭ ވެރިކަމެކެވެ. އެހެންކަމުން، މަނަދޫގައި އޮތް މުރީދު އާއިލާއަކީ އެފަދަ މުރީދު ބޭކަލަކަށް ނިސްބަތްވާ އާއިލާއެއް ކަމަށް ގަބޫލުކުރެވެއެވެ. އޭނާގެ ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް އެ ނަމުން މުޚާޠަބު ކުރެވެނީ އެހެންވީމާ ކަމުގައި ވެދާނެއެވެ. އައްޑު އަތޮޅު ފޭދޫގައި އޮންނަ ސ. ގަމުން ހިޖުރަކުރި މަނަދޫ ޖައުހަރު ދަރިކޮޅާ ގުޅުމެއް އޮތްނަމަ އެ ގުޅުން އޮންނާނެކަމަށް ގަބޫލުކުރެވެނީ މި އާއިލާއާއެވެ. 

މަނަދޫ ކެލާ އާއިލާ

 



ޢަބްދުﷲ ސަޢީދު 
 
ކެލާ އާއިލާއަކީ މަނަދޫގައި އޮންނަ އެންމެ ބޮޑު އެއް އާއިލާއެވެ. މި އާއިލާ ބޮޑަށް ފެތުރިފައި އޮތީ މަނަދޫގެ އިރުމަތީ އަވަށުގައެވެ. މި އާއިލާއަކީ ހއ. ކެލާއަށް ނިސްބަތްވާ ދަރިކޮޅެކެވެ. 
 

Sunday, October 29, 2023

ހުވަދޫ ކެޔޮޅުގެ އާއިލާ

 



ޢަބްދުﷲ ސަޢީދު
 
ހުވަދޫ ކެޔޮޅުގެ އާއިލާއަކީ ހުވަދުއަތޮޅުން މަނަދޫއަށް ހިޖުރަކުރި މީހެއްގެ އާއިލާއެވެ. ހުވަދޫ މީހަކަށްވެފައި އެއީ ކެޔޮޅަކަށް ވާތީ އޭނާއަށް މަނަދޫ މީހުން "ހުވަދޫ ކެޔޮޅު" ކިޔަނީ ކަމަށް ގަބޫލުކުރެވެއެވެ. ހުވަދޫ ކެޔޮޅުގެ މައިންބައިންނާއި އޭނާގެ އުފަން ރަށަކާބެހޭ އިތުރު މަޢުލޫމާތެއް ނެތެވެ. އަދި ހުވަދޫ ކެޔޮޅު މަނަދޫ ކައިވެނިކުރި މީހެއްގެ ނަމެއް ވެސް ނޭނގެއެވެ. 

މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު

 


ޢަބްދުﷲ ސަޢީދު
 
މަނަދޫ މޫސާ މަނިކުބޭގެ ދަރިކޮޅު ދެމިގެންއައި ފުރަތަމަ ކައިވެންޏަކީ ފާތުމަތު މުޙައްމަދާ ކުރި ކައިވެންޏެވެ. އެ ދެމަފިރިންނަށް ތިން ދަރިން ލިބުނެވެ. އެއީ މަނަދޫ ފިނިވާގޭ މަރިޔަމް މޫސާ (މަރިޔަދައިތަ) އާއި، މަނަދޫ ކަރަންކާވިލާ ހާރޫން މޫސާ (ކަތީބު ހާރޫނުބޭ) އާއި، މަނަދޫ އިރަމާގޭ ޒުލޭޚާ މޫސާ (ކަނބުލޮދައިތަ) އެވެ. މަނަދޫ ކިނބިގަސްދޮށުގޭ ޢަލީ މޫސާ މަނިކު (އަލިމަނިކުބެ) އަކީ މޫސާމަނިކުބެއަށް އެހެން ބަނޑަކަށް ލިބުނު ދަރިއެކެވެ. 

މަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅު

 

ޢަބްދުﷲ ސަޢީދު
 
މަނަދޫ ކަތީބުގޭ މޫސަބެ އަކީ މުޙައްމަދު ކަތީބު (މަސްކާށި ކަތީބު)ގެ ދަރިއެކެވެ. މަސްކާށި ކަތީބުގެ ނަމުން މުޙައްމަދު ކަތީބަށް މުޚާޠަބު ކުރެވޭތީ ކަތީބުގެ މޫސަބެއަށާއި މޫސަބޭގެ ދަރިންގެ ނަމުގެ ކުރިއަށް ވެސް "މަސްކާށި" ބޭނުން ކުރެވުނެވެ. މުޙައްމަދު ކަތީބާއި ކަތީބުގެ މޫސަބެއަކީ ވެސް މަނަދޫގައި ވެރިކަންކުރެއްވި ދެ ބޭފުޅުންނެވެ. 

Saturday, October 28, 2023

އަސްކަރީ މެޑެލީގެ ވެރިޔާ، ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ އަސްކަރީ އަދި ޤައުމީ މަތިވެރި ޚިދުމަތްތައް

 


ޢަބްދުﷲ ސަޢީދު 
 
ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފަނަކީ ދިވެހި އަސްކަރިއްޔާގައި ކޮމާންޑަރުކަން ކުރައްވާފައިވާ އަދި ތަފާތު ގިނަ ރޮނގުތަކުން ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭރު ސިފައިންގެ ސަރުދާރު ނުވަތަ ސިފައިންގެ އޮފިސަރުގެ ގޮތުގައި އަދާކުރެއްވީ ދިވެހި އަސްކަރިއްޔާގެ މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ ދައުރެވެ. އެއީ ވަފާތެރި ޚާދިމެކެވެ. ވަރަށް މާތް އަޚްލާޤެއްގެ ވެރިއެކެވެ. އަސްކަރީ އަޚްލާޤުގެ މަތީގައި ސާބިތުވެ ހުންނަވައިގެން ދަރިވަރުން ތަރުބިއްޔަތުކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ތަފާތު ގިނަ ކުޅިވަރުތައް ކުޅުއްވި ކުޅަދާނަ، މޮޅު ކުޅިވަރުކުޅުންތެރިއެކެވެ. މީހުން ބިނާކޮށް މަގުދެއްކި ހެޔޮ މުރުޝިދެކެވެ. ގިނަ ބައެއްގެ ހިތްތަކުގެ ލޯތްބާއި އިހުތިރާމު ހޯއްދެވި ޢިއްޒަތްތެރިއެކެވެ. 
 

Friday, October 27, 2023

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކުގެ އަސްކަރީ ޚިދުމަތް

 

 



ޢަބްދުﷲ ސަޢީދު 
 
ގ. ފަސާނާ، ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ސިފައިންގެ ބޭކަލެއްގެ ގޮތުގައެވެ. އަޙްމަދު މަނިކު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1959 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުއެވެ. އޭރު އެއީ  މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއެވެ.  ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި 50 އަހަރާއި 2 މަހާއި 22 ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2009 އޮގަސްޓު 1 ވަނަ ދުވަހުއެވެ.
 

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...