Tuesday, April 25, 2023

މޭޖަރ ޢަލީ ސަލީމުގެ އަގުހުރި އަސްކަރީ ޚިދުމަތް

 



ޢަބްދުﷲ ސަޢީދު

މޭޖަރ ޢަލީ ސަލީމުގެ އެކުވެރިންނަށް އެއީ "ފަޔަރު ސައްލި" އެވެ. މޭޖަރ ޢަލީ ސަލީމުގެ ނަމާއެކު "ފަޔަރު" ބޭނުންކުރަނީ ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތާ މޭޖަރ ޢަލީ ސަލީމާ އޮތް ގުޅުމުގެ ސަބަބުންނެވެ. އެއީ ދިވެހި އަސްކަރިއްޔާގައި އަލިފާން ނިއްވުމުގެ ޚިދުމަތްދިނުމަށް ޚާއްޞަ ޔުނިޓެއްގެ ގޮތުގައި އެންއެސްއެސް ފަޔަރ ސެކްޝަން، 1990 މޭ 1 ވަނަ ދުވަހު އުފެއްދެވި އިރު ތިއްބެވި ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަސްކަރިއްޔާގެ ދެ އޭރިއާ ކޮމާންޑެއްގައި އަދާކުރެއްވި  ޕޯސްޓިންގ ޑިއުޓީގެ ދެ ޑިއުޓީއެއް ފިޔަވައި މުޅި އަސްކަރީ ޚިދުމަތުގައި މޭޖަރ ޢަލީ ސަލީމު މަސައްކަތްކުރެއްވީ އަލިފާން ނިއްވުމުގެ ޚިދުމަތުގައެވެ. އެއީ އެމްއެންޑީއެފްގެ ލީޑަރޝިޕުގެ އިރުޝާދާއެއްގޮތަށް ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރައްވައި، ތަރައްޤީކުރައްވައި އަދި  މީހުންނާއި ވަސީލަތްތައް ބިނާކުރެއްވުމުގައި ގަދައަޅައި މަސައްކަތްކުރެއްވި އިޚްލާޞްތެރި، ތެދުވެރި ޚިދުމަތްތެރިއެކެވެ. ދިވެހި އަސްކަރިއްޔާގައި އަލިފާން ނިއްވުމުގެ ޚިދުމަތުގައި އެންމެ ދުވަސްވީ ތަޖުރިބާކާރަކަށް މިއަދާ ހަމައަށް ހުންނެވި ބޭފުޅަކީ މޭޖަރ ޢަލީ ސަލީމެވެ. 

Saturday, April 1, 2023

ހާރުބެރަށްފަހު ސިފައިން ޖެހި ބަޑި



ޢަބްދުﷲ ސަޢީދު

 

ހާރުބެރަށް ކިޔަނީ "ނައްކާރަ"އެވެ. ނައްކާރައަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ހާރުދަމުގެ ވަގުތުގައި  ނާބުސްޚާނާއިން  ޖަހާ ބެރެކެވެ. އެ ބެރު ޖަހަނީ ރޯދަމަހު ރޭގަނޑު މެންދަމުން އަލިވެ ދޭއް ޖަހާއިރުއެވެ. މި ބެރު ޖަހަނީ ހާރު ވަގުތު ވަދެއްޖެކަން އިޢުލާނުކުރުމަށެވެ.

 

ނާބުސްޚާނު ނުވަތަ ނާބުސްޚާނާއަކީ ދިވެހިރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު މާލޭގައި އާދަވެގެން ރަސްމީ ބެރުތައް ޖަހައި އުޅުނުތަނެވެ. އާންމުކޮށް ރައްޔިތުންނަށް އަންގަންޖެހޭ ބައެއް މުހިންމު އެންގުންތައް ރަސްކަމުގެ ގަނޑުވަރުން އިޢުލާންކުރުމަށް އެ ޒަމާނުގައި ވަރަށްގިނަ  ބެރުތައް ނާބުސްޚާނާއިން ޖަހާއުޅުނެވެ. އެ ބެރުތަކުގެ އަޑު ނުވަތަ ބީޓުތަކުން އެއީ ކޮން ކަމަކާ ގުޅިގެން ޖަހާ ބެރެއްކަން  އެޒަމާނުގެ މީހުންނަށް އެނގެއެވެ.

 

ނާބުސްޚާނާ  ހުރީ ހިތްތަން ދޮރޯށީގެ މަތީގައެވެ. އެ ތަން ހަދައިފައި ހުރީ ބޯކު ދޮރުތަކެއް ލައިފައި ހުންނަ ދިގު ކުޅިބަލާ ގެއެއް ހެންނެވެ. ނާބުސްޚާނާ ކިޔަނީ އެ ތާނގެ އިރުމަތީ ބަޔަށެވެ.

 

ހާރުދަން އިޢުލާނުކުރުމަށް ހާރުބެރު ނުވަތަ "ނައްކާރަ" ޖަހަމުންދާތާ އެތައް ޒަމާނެއް ފަހުން މިގޮތަށް ޖަހަމުންދިޔަ ބެރުތައް ސަރުކާރުން ހުއްޓާލެއްވިއިރު ނައްކާރަ ޖެހުން ވެސް ހުއްޓާލެއްވިއެވެ.

 

މި ބަދަލާއެކު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ސަރުކާރުން ކަނޑައެޅުއްވީ ސިފައިންގެއިން ބަޑިއެއް ޖަހާގޮތަށެވެ. އެކަމަކު އެ ބަޑި ޖަހާގޮތަށް ނިންމެވީ ހާރުވަގުތު އިޢުލާން ކުރުމަކަށް ނޫނެވެ. ހާރުދަން ނިމުނުކަން ނުވަތަ ހާރު ކެއުމުގެ ވަގުތު ނިމިއްޖެކަން އިޢުލާން ކުރުމަށެވެ.  މި ބަޑި ޖަހާގޮތަށް ނިންމެވީ ސިފައިންގެ ބަޑިޖަހާގެއިންނެވެ.  މި ގޮތަށް 25 އޮކްޓޫބަރު 1961 ގައި ނިންމަވައި ސަރުކާރުން  އިޢުލާން ކުރެއްވީ 5 ފެބުރުވަރީ 1962 ގައެވެ.

 

މި ބަދަލަކީ އޭރުގެ ސަރުކާރުން ދެކެވަޑައިގެންނެވި ގޮތުގައި "މީސްތަކުންނަށް ބޭނުންތެރި މާނައިން ފުރިގެންވާ" ކަމެކެވެ.

ރޯދަ ވީއްލުމަށްޓަކައި ސިފައިންޖަހާ "ނާބަ ބަޑި

ޢަބްދުﷲ ސަޢީދު

 

ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ.  ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށް ވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ.

 

ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެ ބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. ރަޖަބު، ރަމަޟާން، ޝައްވާލު މި މަސްމަހަށް ހަނދުބަލާރޭރޭ މި ބެރުޖަހައި އުޅުނީ ބަޑިޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެގުނީމައެވެ.

 

ތާނިޔާ

 


ޢަބްދުﷲ ސަޢީދު 

 

 ދިވެހިބަހުގައި "ތާނިޔާ"ގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ "ދީނަށް ނަސްރު ދެއްވައި ވެރިންނާއި ރައްޔިތުން އެންމެހާ ނުރައްކާތެރި ކަންތައްތަކުން ސަލާމަތް ކުރެއްވުން އެދި ކުރާ އިލްތިމާސެއް" މިއެވެ. ދެވަނަ މާނައަކީ "ތާކުންތާކު ނުޖެހޭ ދިގު ވާހަކަ" އެވެ.

ތާނިޔާއަކީ ކުރީ ޒަމާނުގައި ހުކުރު ނަމާދަށްފަހު، ޛިކުރުތަސްބީޙަ ކިޔާނިމިގެން، ޞަލަވާތް ފާތިޙާ ކިޔެވުމުގެ ކުރިން ކިޔާ ދުޢާއެކެވެ. ނުވަތަ ދަންނަވާ ދެންނެވުމެކެވެ. މި ކިޔާ ދުޢާ ކިޔުމަށް ކިޔަނީ "ތާނިޔާ ކިޔުން" މިހެންނެވެ. ތިރީގައި މިވަނީ އައްސުލްޠާން ޙަސަން ނޫރައްދީނު (2ވަނަ) ގެ ރަސްކަމުގައި ކިޔާފައިވާ ތާނިޔާގެ ނަކަލެކެވެ. ރަދުން ބަދަލުވުމުން ތާނިޔާއިން ރަދުންގެ ނަންފުޅު ބަދަލުކުރެއެވެ. 

Monday, March 27, 2023

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރުގެ އަގުހުރި އަސްކަރީ ޚިދުމަތް

 

ޢަބްދުﷲ ސަޢީދު

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރު ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1970 ވަނަ އަހަރު އޭޕްރީލް މަހުގެ 06 ވަނަ ދުވަހުއެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި އަސްކަރިއްޔާގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ޚިދުމަތް ކުރެއްވިއެވެ. މި ދިގު ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. ސިފައިންގެ ސާރވިސް ނަންބަރު 214، މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަށް އާންމުކޮށް މުޚާޠަބު ކުރެވެނީ "ދޮންއެނބޫ ޅަހުއްތު" ގެ ނަމުންނެވެ. އަޅުގަނޑުމެން ޢުމުރުގެ ގިނަ ސިފައިންނަށް އެއީ "އެނބޫ ސަރ" އެވެ.

މޭޖަރ (ރިޓަޔަރޑް) އަޙްމަދު ވާފިރަކީ އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ސީނިއަރ އޮފިސަރެކެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ.  ޕްރައިވެޓްކަމާއި، ލާންސް ކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާރޖެންޓްކަމާއި، ސްޓާފް ސާރޖެންޓް ކަމާއި ވޮރަންޓް އޮފިސަރ ގްރޭޑް 2 ގެ މަޤާމައި ވޮރަންޓް އޮފިސަރ ގްރޭޑް1 ގެ މަޤާމު ފުރުއްވިއެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނެންޓްކަމާއި، ފަސްޓް ލެފްޓިނެންޓްކަމާއި، ކެޕްޓަންކަމާއި، މޭޖަރކަމުގެ މަޤާމު ފުރުއްވިއެވެ. ދިވެހި އަސްކަރީ ޚިދުމަތުގައި ގިނަ ދުވަހު ކޯސްޓްގާޑުގައި ޚިދުމަތް ކުރެއްވި ނަމަވެސް އަސްކަރިއްޔާގައި ޢުމުރާނީ ތަރައްޤީގެ ދާއިރާއިން ކުރައްވާފައިވާ ޚާއްޞަ މަސައްކަތްތައް ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ރާޑަރ ސްޓޭޝަންތައް ޤާއިމުކުރުމަށް ކުރި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. 

Thursday, March 16, 2023

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާ: ލެފްޓިނެންޓް ޖެނެރަލް ވިނޯދު ބާޓިއާގެ ތަޖުރިބާ

 




ޢަބްދުﷲ ސަޢީދު

އިންޑިއާގެ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާރޑް) ވިނޯދު ބާޓިއާ އޭރު ހުންނެވީ މޭޖަރ ރޭންކުގައެވެ. 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އައި އިންޑިއާ ސިފައިންގެ ކޮމާންޑް ޓީމުގައި ބްރިގޭޑިއަރ ޖެނެރަލް ބުލްސާރާގެ ދަށުން މަސައްކަތް ކުރެއްވި ކާނަލް ޖޯޝީގެ އެހީތެރިންނަށް ތިއްބެވީ މޭޖަރ ވިނޯދު ބާޓިއާ އާއި މޭޖަރ ދިލޯނެވެ
 

ޤާރީ ޝަކީބުބޭ - ޒަމާންވީ ޢާއިލީ އެކުވެރިއެއް


 



ޢަބްދުﷲ ސަޢީދު

އަޅުގަނޑަށް އެންމެ ފުރަތަމަ ޝަކީބުބެއާ ބައްދަލުވި ހަނދާންވަނީ އަޅުގަނޑުމެންގެ ރަށަށް ކުރު ޗުއްޓީއަކަށް ދުރުވުމުންނެވެ. އޭރު އެއީ އަޅުގަނޑުގެ ޢުމުރުން ދިހަ ބާރަ ވަރަކަށް އަހަރެވެ.  އެ ދަތުރުގައި ވެސް ބައްޕަ ވިދާޅުވެގެން ޝަކީބުބޭ އަރިހުން ޤުރުއާން ކިޔެވީމެވެ. ތަޖުވީދޭ ކިޔާ އަޑު އަޅުގަނޑު އެންމެ ފުރަތަމަ އެހީ ވެސް ޝަކީބުބޭ އަރިހުންނެވެ. އޭރު ރަށުގައި އަޅުގަނޑުމެން ޤުރުއާން ކިޔެވި އެދުރުގެތަކަކީ ތަޖުވީދު ކިޔަވައިދިން ތަންތަނެއް ނޫނެވެ

ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު

   ޢަބްދުﷲ ސަޢީދު   ·        19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...