Sunday, April 23, 2017
ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރުގެ ޤައުމީ ޚިދުމަތް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަންބަރީ ޢަބްދުއްސައްތާރުގެ ޤައުމީ ޚިދުމަތް
ލެފްޓިނަންޓް ޖެނެރަލް
(ރިޓަަޔަރޑް) ޢަބްދުއްސައްތާރު އާދަމް (އަންބަރީ) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ
1978 ނޮވެމްބަރު 11 ވަނަ ދުވަހު އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު
އާދަމް ސިފައިންގެ ޚިދުމަތަށް ގެންނެވީ ތިން ފަށުގައި، ސިފައިންގެ 2 ނަންބަރު
ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެމްބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
ސިފައިންގެ މަޤާމުތަކުގެ ނަންތައް ބަދަލު ކުރެއްވިއިރު، ލެފްޓިނަންޓްގެ ރޭންކަށް
ބަދަލު ކުރެއްވިއެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމުގެ ކުރިން 12 އަހަރު
ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގައި
ޚިދުމަތް ކުރައްވަން ފެށްޓެވީ 1966 ވަނަ އަހަރު
ވުޒާރަތުލް މަޢާރިފުގެ ކާތިބެއްގެ މަޤާމުގައެވެ.
Friday, April 21, 2017
ޖިހާދު
ޢަބްދުﷲ ސަޢީދު
ދިވެހި
ބަހުގައި ޖިހާދުގެ މާނައަކީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށް ކުރާ ހަނގުރާމައެވެ.
ޖިހާދު ކުރުމަކީ ދީނާއި ޤައުމު ހިމާޔަތް ކުރުމަށްޓަކައި ހަނގުރާމަ ކުރުމެވެ.
ޢަރަބި ބަހުގައި ޖިހާދުގެ ލަފުޒީ މާނައަކީ ބުރަމަސައްކަތާއި
ހަކަތަ ހޭދަކޮށް
އުނދަގޫތައް އުފުލައި ﷲގެ މަގުގައި ހަނގުރާމަކުރުމެވެ. ކަމަކާއި މެދު
އެމީހަކަށް ކުރެވެން އޮތް އެންމެ މަތީ މިންވަރަށް މަސައްކަތް ކުރުމެވެ.
Thursday, March 9, 2017
ސުނާމީ ކާރިސާއާގުޅިގެން ސިފައިން އަދާކުރި މުހިންމު ދައުރު
ދިވެހިރާއްޖޭގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގުދުރަތީ ކާރިސާއަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއެވެ. މި ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ސުނާމީއާ ގުޅިގެން ރާއްޖޭގެ 13 ރަށަކުން މީހުން ފޭބިއިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ. އިންޑޮނޭޝިޔާގެ ސުމަޓްރާ ކައިރިން ކަނޑުގެ އަޑިޔަށް އައި ބާރުގަދަ ބިންހެލުމާގުޅިގެން އުފެދުނު ސުނާމީ ރާއްޖެއަށް އެރީ 2004 ޑިސެންބަރު 26 ވަނަ ދުވަހުގެ 9 ގަޑި 23 މިނެޓުގައެވެ. މިބޮޑު ޤުދުރަތީ ކާރިސާގައި މުޅި ރާއްޖެ، ކަނޑުގެ ތެރެއަށް ގެނބިގެންދިޔަ ހިތްދަތި އަދި އަސަރުގަދަ ވަގުތަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ވަގުތެވެ. މި ހިތާމަވެރި ހިތްދަތި ވަގުތު ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމުގެ މަތިވެރި އަޒުމުގައި، ހިތްވަރު ގަދަ ކެރޭ މުރާލި ސިފައިން ނުކުތީ ޤައުމީ ރޫޙުގެ ލާމަސީލު ނަމޫނާއެއް ދައްކައިދެމުންނެވެ. ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި ވެފައިވާ މަތިވެރި ޤުރުބާނީއަށް ތަޢުރީފާއި ޝުކުރު ޙައްޤެވެ.
Wednesday, February 1, 2017
ޤާނޫނު އަސާސީ
ޢަބްދުﷲ ސަޢީދު
ޤާނޫނު އަސާސީއަކީ މިނިވަން ވެރިކަމުގެ ދައުލަތެއް
ހިންގުމަށް ބޭނުންވާ އަސާސްތަކާއި އުސޫލުތައް ބަޔާންކުރާ ލިޔުމެވެ. ޤާނޫނު
އަސާސީއަކީ އެ ޤައުމެއްގެ ޤާނޫނީ ބިންގަލެވެ. ރައްޔިތުންގެ
ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އަދި ސަރުކާރުގެ ނިޒާމު ހިނގާނެ ގޮތް ހިމެނޭ ޤާނޫނީ އެންމެ
އިސް ދުސްތޫރެވެ. އެއީ އެ ޤައުމެއްގެ އެންމެންނާއި އެ ޤައުމެއްގައި ދިރިއުޅޭ
އެންމެވެސް އެއަށް ތަބާވާންޖެހޭ، އަދި އެހެނިހެން ފަރާތްތަކުންވެސް އެއަށް
އިޙުތިރާމް ކުރަންޖެހޭ ދުސްތޫރެކެވެ. ދިވެހިން އިސްލާމްދީން ޤަބޫލު
ކުރުމަށްފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތަސް، ގިނަ
ރަސްރަސްކަލުންނާއި ރަނިރަނި ކަނބަލުންނާއި ބޮޑުވަޒީރުންނާއި، ރައީސުން ވެސް
ވެރިކަމުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ އިސްލާމީ އުސޫލުތަކުގެ މަތިން،
ރާއްޖޭގެ އާދަކާދައާ އެއްގޮތަށެވެ.
Sunday, January 1, 2017
ޙުއްބުލްވަޠަން ނުވަތަ ޕެޓްރިއޮޓިޒަމް
ޢަބްދުﷲ ސަޢީދު
ޙުއްބުލްވަޠަން
ނުވަތަ ޕެޓްރިއޮޓިޒަމް އަކީ ޤައުމީލޯތްބެވެ. ޤައުމު ދެކެ ލޯބިވުމެވެ. އެއީ ޤައުމު، ޤައުމެއްގެ
ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ. ޤައުމުގެ ފަސްގަނޑާއި ޤައުމުގެ
މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް ރައްކާތެރިކޮށް ދިފާޢުކުރުމެވެ.
ޤައުމުގެ ސިޔާދަތަށް ކުޑަނަމަވެސް ލޮޅުމެއް އެރިޔަ ނުދިނުމެވެ. ޤައުމު ތަރައްޤީކުރުމަށް
މަސައްކަތްކުރުމެވެ. ޤައުމުގެ ދަރިއަކަށްވީތީ ފަޚުރުވެރިވެ، ޤައުމުގެ ރައްޔިތުން
ދެކެ ހިތުގެ އަޑީން ލޯބިވުމެވެ. އެ ޤައުމެއް ނިސްބަތްވާ ދައުލަތަށް ކިތަންމެ
ކުޑަނަމަވެސް އުނިކަމެއް، ގެއްލުމެއް އަދި ހުތުރެއް ލިބިދާނެ އެއްވެސް ކަމެއް
ނުކުރުމެވެ. ޤައުމުގެ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ފަރުދީ ޒިންމާ އުފުލުމެވެ.
ޤައުމީލޯތްބަކީ ޝުއޫރެކެވެ. އެއީ ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައިވެސް
ބިންވަޅު ނެގިފައި އޮންނަ އަބަދާއި އަބަދު ހިނގަހިނގާ ހުންނަންޖެހޭ ޝުއޫރެކެވެ. އެ ޝުއޫރު ބަހާއި ޢަމަލުން
ފާޅުކޮށް ދައްކައިދޭން ޖެހެއެވެ.
Monday, December 26, 2016
ޤާނޫނާއި ޤަވާޢިދު
ޢަބްދުﷲ ސަޢީދު
ޤާނޫނަކީ އޭގެތެރޭގައި މުޅި އިންސާނީ ދިރިއުޅުން
ޝާމިލުވާ އެއްޗެކެވެ. އެއީ އެންމެހާ އިންސާނުންގެ މަސްލަޙަތައްޓަކައި،
އިންސާނުންގެ ޢަމަލުތައް
ބަހައްޓައި، ދުރުވަންވީ ކަންކަން ބަޔާންކޮށް އެކަންކަމަށް މީހުން
ބޯލެންބުމަށް ޢަދަބުތަކާއެކު ބާރުދީފައިވާ އިންސާނުން ޢަމަލުކުރަންވީ
ޙުދޫދެވެ. ޤަވާޢިދަކީ
ކަމެއް ކުރަން އޮންނަ ގޮތެވެ. ނުވަތަ ހަމަޖައްސައިފައިވާ އުސޫލުތަކެވެ. މިހާރު
އާންމު ގޮތެއްގައި މުޅި ދުނިޔޭގައިވެސް "ޤާނޫނު" ކަމަށް ބުނެވެނީ ޤާނޫނު ހަދާ މަޖިލިހުން
ފާސްކޮށް، ދައުލަތުގެ އެންމެ އިސްވެރިޔާ ތަސްދީޤުކުރާ ޤާނޫނުތަކާއި، އެ
ޤާނޫނުތަކުން ބާރު ލިބިގެން، އެ ޤާނޫނުތަކުގެ އިމުގެތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ.
Subscribe to:
Posts (Atom)
ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު
ޢަބްދުﷲ ސަޢީދު · 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...
-
ޢަބްދުﷲ ސަޢީދު ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ...
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި ...






