1988
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ޕްލޯޓް ޖަމާޢަތާގުޅިގެން ދިނުމުގައި އިސް
މީހެއްގެ ގޮތުގައި ހަރަކާތްތެރިވި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ބައްޕައަކީ އައްޑުއަތޮޅު
ހިތަދޫ އައްޝައިޚް އިބްރާހީމް ލުޠުފީ (އައްޑޫ ތުއްތީދީ)ގެ އަލްއުސްތާޛު މުޙައްމަދު
އިބްރާހީމް ލުޠުފީއެވެ. މަންމައަކީ ހެންވޭރު ހާޖަރާގޭ ޢައިޝަތު ފަރީދާ (ހާޖަރާގޭ
ސިއްތި) އެވެ. ލުޠުފީއަކީ މުޙައްމަދު އިބްރާހީމް ލުޠުފީއާއި ހާޖަރާގޭ ސިއްތިގެ
ދޮށީ ފިރިހެން ދަރިފުޅެވެ.
Sunday, November 2, 2014
Thursday, April 10, 2014
ނ. އަތޮޅުގެ ކުރު ތާރީޚް
![]() |
| މަނަދޫ ޕްރައިމަރީ ސްކޫލް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާދު މައުމޫން ޢަބްދުލް ޤައްޔޫމް ހުޅުވައިދެއްވީ 01 މާޗް 1979 ގައި |
·
01 ނޮވެމްބަރު 1959: ޒަމާނުއްސުރެ ނ. އަތޮޅުގައި ވެރިކަން ކުރަމުންއައި
މަނަދޫން އެއަތޮޅު ހޮޅުދޫއަށް ނ. އަތޮޅު އޮފީސް ބަދަލު ކުރެއްވި.
·
28
ނޮވެމްބަރު 1959: ނ. އަތޮޅުވެރކަމުގައި ހުންނެވި ކުޑިގޭ މުޙައްމަދު ޢަބްދުއްލަޠީފް
ކުއްލި އަކަށް އަވަހަރާވި. އެމަނިކުފާނު އަވަހާރަވީ ނ. ހޮޅުދޫގައި.
·
20
ޑިސެމްބަރު 1960: ނ. އަތޮޅު އޮފީސް އެއަތޮޅު ހޮޅުދޫން ނ. މަނަދޫއަށް އަނބުރާ
ބަދަލު ކުރެއްވި.
Friday, March 28, 2014
މަނަދޫ ކަމަނަ ދައިތަ: ކަމަނަ މާމަ
މަނަދޫ ކަމަނަ ދައިތަ ނުވަތަ ކަމަނަ މާމަގެ
ބައްޕައަކީ މަނަދޫ ދޮންޢަލީ ތަކުރުފާނެވެ. އެއީ ރަދުންގެ ލަޝްކަރުގައި ހިމެނޭ ހަގުބޭކަލުންގެ
ތެރޭގައި މަތި ފެންވަރުގައި އުޅުއްވި ބޭކަލެކެވެ. ކަމަނަ ދައިތަގެ މަންމައަކީ ވަޑި
މޫސާފުޅުގެ ދަލޭކާފުޅެވެ. ވަޑި އާއިލާއަކީ މާލޭގައި މަޝްހޫރު އާއިލާއެކެވެ. ކަމަނަ ދައިތަގެ ބައްޕަ ވަޑި މޫސާފުޅުވަނީ
ހެންވޭރު ބަންޑާރަ އެދުރުގެ މަޤާމު އަދާކުރައްވާފައެވެ. ކަމަނަ ދައިތަ އުފަންވީ
1871 ވަނަ އަހަރުގައެވެ. އޭރު ރާއްޖޭގެ ތަޚްތުގައި އިންނެވީ އައްސުލްޠާން
މުޙައްމަދު މުއީނުއްދީން (2 ވަނަ) އެވެ. ކަމަނަ ދައިތަގެ އުމުރުން ދެ މަހުގައި
މަންމަ ނިޔާވިއެވެ. ކަމަނަ ދައިތަ ބަލާ ބޮޑުކުރީ މަނަދޫ ދޮންޢަލީ ތަކުރުފާނުގެ
އާއިލާގެ މީހުންނެވެ. ބައްޕަ ފަރާތުގެ ބޮޑު ބޭބެއާއި ބޮޑު ދައިތައާ ދެބެންނެވެ.
Wednesday, March 26, 2014
"ހަފްތާ ޚަބަރު": ރާއްޖޭގެ ސްކޫލަކުން ރަޖިސްޓްރީ ކޮށް، ޗާފްކޮށްގެން ނެރުނު ފުރަތަމަ ނޫސް
![]() |
| ހަފްތާ ޚަބަރު: ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަދުގެ ހެޑަރ |
ހަފްތާ ޚަބަރަކީ
ހަފްތާއަކު އެއް ފަހަރު ނެރެމުން ދިޔަ ހަފްތާ ނޫހެކެވެ. މަނަދޫގައި ހުންނަ ނ.
އަތޮޅު އަތޮޅު މަދަރުސާއިން މި ނޫސް ފުރަތަމަ ނެރެންފެށީ 28 އޭޕްރީލް 1984 ގައެވެ.
އޭރު އެއީ އަތުން ލިޔެގެން ނެރޭ ނޫހެކެވެ. މިގޮތުގައި މެދު ނުކެޑި އެއް އަހަރު
ދުވަހު މި ނޫސް ނެރުނެވެ. އޭރު ނޫސް ކިޔަން ބޭނުންވާ ފަރާތްތައް އިތުރުވުމުން
ބައެއް އަދަދުތައް ތިން ކޮޕީ ނުވަތަ ފަސްކޮޕީ އަދި ހަކޮޕީވެސް އަތުން ލިޔެގެން
ނެރެމުން ދިޔައެވެ. އޭރު އެ މަސައްކަތަކީ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއި
ސްކޫލް ހިންގަވަން ތިއްބެވި ވެރިން ބައިވެރިވެގެން ޓީމެއްގެ ގޮތުގައި ކުރަމުންދާ
ބޮޑު މަސައްކަތެކެވެ. ޚާއްޞަ މަސައްކަތެކެވެ. ބުރަ މަސައްކަތެކެވެ.
Friday, March 21, 2014
"ސިފަވަރު"ގެ ނަން ހުށަހެޅީ އަޅުގަނޑު
![]() |
| ސިފަވަރުގެ ދިދަ ޕޯސްޓް |
ދިވެހިރާއްޖޭގެއަށް އަލަށް މިއަދު އިތުރުވެގެންދިޔަ ރަށަކީ "ސިފަވަރު" އެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން މާލެއަތޮޅު އުތުރު ތިލަފަޅުގައި ހިއްކި ރަށެކެވެ. އެރަށް ހިއްކައި އެތަނަށް މިއަދު (21 މާޗް 2014 ވީ ހުކުރު ދުވަހު) ނަންދެއްވައި އެރަށް ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއަށް އިތުރު ކުރައްވައިފިއެވެ. މި މުހިންމު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި ރަށުގެ ނަން އިޢުލާންކޮށް ދެއްވީ ނުވަތަ ރަށުގެ ނަން ކަޝްފު ކޮށްދެއްވީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
Thursday, January 16, 2014
މަނަދޫގައި ހުޅުވި ސިފައިންގެ މަރުކަޒު – މިހާރުގެ މަނަދޫ ޕޮލިސް ސްޓޭޝަން
![]() |
| މަނަދޫ ޕޮލިސް ސްޓޭޝަން (2006) |
ނ. މަނަދޫގައި ހުޅުވި ސިފައިންގެ މަރުކަޒު
"އެންއެސްއެސް ނ. މަނަދޫ" ހުޅުވީ 1999 ޖުލައި 01 ވަނަ ދުވަހުއެވެ.
ސިފައިންނާއި ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި ނ. އަތޮޅުގައި ހުޅުވުނު ފުރަތަމަ
މަރުކަޒު ހުޅުވައި ދެއްވީ ސިފައިންގެ އޭރުގެ ލެފްޓިނަންޓް ޙުސައިން ޝާކިރެވެ. ހެނދުނު
ބޭއްވި އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އޭރު
އަޅުގަނޑު ރަށުގައި ހުރީ ޗުއްޓީއެއްގައެވެ.
ރޯދަ ވީއްލުމަށްޓަކައި ސިފައިންޖަހާ "ނާބަ ބަޑި"
ނާބަބަޑިއަކީ
ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު
ބަޑިއެކެވެ. ހަރޯދައިގެ
ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި
އުޅުނު ތިން ބަޑިއަށްވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ. ނާބައަކީ މަޣްރިބު ނަމާދަށް
މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން
ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ
އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. ރަޖަބު،
ރަމްޟާން، ޝައްވާލު މި މަސްމަހަށް ހަނދުބަލާރޭރޭ މި ބެރުޖަހައި އުޅުނީ
ބަޑިޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެގުނީމައެވެ.
Subscribe to:
Posts (Atom)
ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު
ޢަބްދުﷲ ސަޢީދު · 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...
-
ޢަބްދުﷲ ސަޢީދު ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ...
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި ...






