ދިވެހިރާއްޖޭގައި
ސްކައުޓްގެ ޙަރަކާތް އަތޮޅުތެރެއަށް ފުޅާވެގެން ދިޔައީ 1986 ވަނަ އަހަރުއެވެ. އޭރު
އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ޝައުވެރިކަންކުރި ޕްރައިމަރީ ޓީޗަރުންނަށް
ބޭސިކް ސްކައުޓް ލީޑަރ ޓްރޭނިންގ ދެއްވުމަށްފަހު އެއަހަރުގެ ތެރޭގައި
އަތޮޅުތަކުގައި 400 އަށްވުރެ ގިނަ ސްކައުޓުން އުފެއްދިއެވެ. އޭރު އަޅުގަނޑު
ތަޢުލީމް ހާސިލު ކުރަމުން ދިޔައީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައެވެ.
ސްކޫލުގައި ސްކައުޓުން އުފައްދަން އުޅޭ ވާހަކައާއި
ސްކައުޓުންނަކީ ކޮބައިކަން އެއްދުވަހަކު ސްކޫލުން ބޭއްވި ޕޭރެންޓް މީޓިންގ އަކުން
ދުރުވެ މަންމަ ކިޔައި ދެއްވިއެވެ. ސްކޫލުގައި ސްކައުޓުން އުފައްދަން އުޅޭކަމަށާއި
ކޮންމެހެންވެސް ސްކައުޓްގައި ބައިވެރިވާން ވާނެ ކަމަށް މަންމަ ބުނުއްވިއެވެ.
މަންމައަށް އެންމެ ބައްދަލުވުމަކުންވެސް ސްކައުޓުގެ މުހިންމުކަން
ވިސްނިލެއްވިއެވެ. އޭރު ބައްޕަ ހުންނަވަނީ މާލޭގައެވެ.






