Friday, December 15, 2023
މަނަދޫގެ ރަހަތަކުގެ ތެރެއިން: ތާބަރު ދިޔަ ކައްކާނެގޮތް
ހޮޅުދޫގައި އޮންނަ މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު
މަނަދޫ ނެވިގޭ ދަރިކޮޅު
Wednesday, December 13, 2023
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އަސްކަރީ ސީރަތު
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ (ސަރވިސް ނަންބަރު: 1108) ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 އެޕްރީލް 1988 ގައެވެ. އެންލިސްޓެޑް ރޭންކުތަކުގެ ތެރެއިން ޕްރައިވެޓް، ލާންސް ކޯޕްރަލް، ކޯޕްރަލް، ސަރޖަންޓް، ސްޓާފް ސަރޖަންޓް، ވޮރަންޓް އޮފިސަރ ގްރޭޑް 1ގައި ޚިދުމަތް ކުރެއްވިއެވެ. ކޮމިޝަން ވެވަޑައިގަތީ 21 އެޕްރީލް 2002 ގައެވެ. ކޮމިޝަން އޮފިސަރެއްގެ ގޮތުގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލް ރޭންކުގައި ޚިދުމަތް ކުރެއްވިއެވެ. ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތީ 03 މޭ 2023 ގައެވެ. ކޯސްޓްގާޑުން އަސްކަރީ ހަޔާތް ފައްޓަވައި ކޯސްޓްގާޑައި ދިވެހި އަސްކަރިއްޔާގެ އިސް މަޤާމުތަކެއް ފުރުއްވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އަންޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު އެވެ.
Tuesday, December 12, 2023
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ އަގުހުރި އަސްކަރީ ޚިދުމަތް
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ވަނީ 1989 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 34 އަހަރާއި، 05 މަހާއި، 23 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދުގެ ސަރވިސް ނަންބަރަކީ 1662 އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 12 ޑިސެންބަރު 2023 ގައެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ އަގުހުރި އަސްކަރީ ޚިދުމަތް
ޢަބްދުﷲ ސަޢީދު
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ވަނީ 1990 ވަނަ އަހަރުގެ މަރިޗުމަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 33 އަހަރާއި، 09 މަހާއި، 01 ދުވަހުގެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަފާތު ދާއިރާތަކުގައި އެ ދާއިރާތަކުގެ ކުރިއެރުމާއި ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤުގެ ސަރވިސް ނަންބަރަކީ 1862 އެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޙާމިދު ޝަފީޤު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 12 ޑިސެންބަރު 2023 ގައެވެ.
Friday, November 17, 2023
ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް
ޢަބްދުﷲ ސަޢީދު
ގ. އެރިއަދޫ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ ދިވެހި އަސްކަރިއްޔާގައި 4 އެޕްރީލް 1988 އިން، 17 ނޮވެންބަރު 2023 އަށް 35 އަހަރާއި 7 މަހާއި 14 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޕްރައިވެޓް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ 11 ޑިސެންބަރު 2018 އިން، 17 ނޮވެންބަރު 2023 އަށް ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމް ފުރުއްވާފައެވެ. އަސްކަރީ ޚިދުމަތުން 17 ނޮވެންބަރު 2023 ގައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ދިވެހި އަސްކަރިއްޔާގައި ފުރުއްވި އިސް މަޤާމުތަކުގެ ތެރޭގައި ޓްރޭނިންގ އެންޑް ޑޮކްޓްރިން ކޮމާންޑުގެ ކޮމާންޑިންގ އޮފިސަރުކަމާއި، އެމްއެންޑީއެފް މެރިން ކޯރގެ އެކްޓިން ކޮމަޑާންޓްކަމާއި، އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރުކަން ހިމެނެއެވެ. މީގެއިތުރުން ޑައިރެކްޓްރޭޓް އޮން އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގައި ވަރަށް މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ ދިވެހި އަސްކަރިއްޔާއިން ބޭރު ޤައުމަކަށް އެންމެ ފުރަތަމަ ކަނޑައެޅުއްވި ޑިފެންސް އެޑްވައިޒަރުގެ ގޮތުން އިންޑިއާގައި ޚިދުމަތް ކުރައްވާފައެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލިހާއި އެކިއެކި ކޮމެޓީތަކާއި ބޯޑުތަކާއި މަޖިލިސްތަކުގައި ވެސް ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަކީ އެމެރިކާގެ ފޯޓް ބެނިންގއާއި ވެލިންޓަން އަދި އިންޑިއާގެ ޑިފެންސް ސަރވިސަސް ސްޓާފް ކޮލެޖް ފަދަ ދުނިޔޭގެ ކުރިއަރާފައިވާ އަސްކަރީ މަރުކަޒުތަކުން ތަމްރީނު ހާސިލުކުރައްވައި، އިނގިރޭސިވިލާތާއި އިންޑިއާއާއި އެމެރިކާއިން 3 މާސްޓަރ ޑިގްރީ ހާސިލުކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އަދި ރާއްޖެއިން ބޭރުން ފުރިހަމަ ކުރެއްވި ގިނަ ކޯސްތަކަކުން ރަން ވަނަތައް ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އެ މަނިކުފާނު ހާސިލުކުރެއްވި ފުރަތަމަ ކާމިޔާބަކީ ޕާކިސްތާނުގެ މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަ ކުރައްވައި ބެސްޓް އެލައިޑް ކެޑޭޓްގެ މަޤާމު ހާސިލުކުރެއްވުމެވެ.
ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް އެންމެ ފުރަތަމަ ހާސިލުކުރެއްވި މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް އޮފް އާރޓްސް ޑިގްރީ އިން ޑިފެންސް އެންޑް ސެކިއުރިޓީ އެނާލިސިސް) ހާސިލުކުރެއްވީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެންކެސްޓަރ އިންނެވެ. އެއަށްފަހު އިންޑިއާގައި ޑިފެންސް ސަރވިސް ސްޓާފް ކޮލެޖް ފުރިހަމަ ކުރައްވައި 2003 ވަނަ އަހަރު އިންޑިއާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިން 2 ވަނަ މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް ސައިންސް އިން ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީސް) ހާސިލު ކުރެއްވިއެވެ. އަދި 2012 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަންގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީން 3 ވަނަ މާސްޓަރސް ޑިގްރީ (މާސްޓަރސް އޮފް އާރޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް) ފުރިހަމަ ކުރައްވައި މި ކޯހުން ޑިސްޓިންގުއިޝްޑް އޮނަރ ގްރެޖުއޭޓްގެ މަޤާމު ހާސިލުކުރައްވައި ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ރީތި ނަން ހޯއްދަވައިދެއްވިއެވެ. މި ކާމިޔާބާއެކު ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރަމުން ގެންދެވި އަގުހުރި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ ދަސްވެނިންނަށް ދެވޭ އެންމެ މަތީ ޝަރަފުކަމުގައިވާ "އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް"ގައި ހިމެނުމުގެ ޝަރަފު، 2022 ވަނަ އަހަރު ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލަށް އެ ޔުނިވަރސިޓީން އެރުވިއެވެ.
ދިވެހި އަސްކަރިއްޔާގައި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުﷲ ޝަމާލް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތުގައި 24 ޝަރަފުގެ ނިޝާނެއް ހާސިލުކުރައްވާފައިވެއެވެ. އަދި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ އިނާމު ވެސް އެ މަނިކުފާނު ވަނީ ހާސިލުކުރައްވާފައެވެ.
ސިފައިންނާއި ހުޅުލެއާ އޮތް ގުޅުމުގެ ކުރު ތާރީޚު
ޢަބްދުﷲ ސަޢީދު · 19 އޮކްޓޫބަރު 1960: އިނގިރޭސީން ހުޅުލޭގައި ދަގަނޑު ފިލާއަޅައިގެން ވަގުތީ ގޮތުން އެއަރ ސްޓްރިޕް އަޅައި، ވަ...
-
ޢަބްދުﷲ ސަޢީދު ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ...
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ޤާއިދެކެވެ. ހަނގުރާމަވެރި ކޮމާންޑަރެކެވެ. ހަނގުރާމަތަކުގައި ...






