ޢަބްދުﷲ ސަޢީދު
ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ
އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ
އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މި ހުރިހާ
ފަރާތްތަކަކަށް ޖުމްލަކޮށް ކިޔާ ނަމެވެ. ދައުލަތުގެ ނިޝާނަކީ މި ދެންނެވި ހުރިހާ
ފަރާތްތަކެއް ރަމްޒުކޮށްދޭ ނިޝާނެވެ. ބައެއް ހާލަތްތަކުގައި ސަރުކާރަށްވެސް ދައުލަތޭ ކިޔައެވެ.
ޤައުމީ ނިޝާނަކީ ޤައުމީ ދިދަ އެވެ. ޤައުމަކީ ކަނޑައެޅިފައިވާ ވަކި
ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ މީހުންނެވެ. ޤައުމީ ދިދައިން
ރަމްޒުކޮށްދެނީ އެ ޤައުމެއްގެ ދަރިންނެވެ. ދައުލަތުގެ ނިޝާނުން އެ އަށްވުރެ މާ
ތަފްސީލުކޮށް މުޅި ދައުލަތް ރަމްޒުކޮށްދެއެވެ. އެހެންވީމާ ޤައުމީ ނިޝާނާއި
ދައުލަތުގެ ނިޝާނަކީ އެކައްޗެއް ނޫންކަން އެނގެއެވެ.






