![]() |
| މަނަދޫގައި ފާހަގަކުރި ޤައުމީ ދުވަހުގެ ބެޖް |
ނ.
މަނަދޫގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރީ 1420ހ. (1999 މ.) ވަނަ
އަހަރުއެވެ. އަތޮޅުގެ ރަށްރަށުގައި ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ބާއްވަވަން
ސަރުކާރުން ނިންމަވާ އޭގެކުރިން ހއ. އުތީމުގަޔާއި ސ. ހިތަދޫގައި ޤައުމީ ދުވަސް
ޤައުމީ ފެންވަރުގައިވަނީ ފާހަގަ ކުރައްވާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން
ޤައުމީ ދުވަހުގެ ރަސްމިއްޔާތު މާލޭގައި ބޭއްވުމަށްފަހު އަތޮޅުތެރޭގައި
އަނެއްކާވެސް ޤައުމީ ފެންވަރުގައި ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތާއި
ޕްރޮގްރާމްތައް ބޭއްވުމަށް ނިންމަވައި އެކަމަށް މިލަދުންމަޑުލު ދެކުނުބުރީގައި
ވެރިކަންކުރާރަށް މަނަދޫ ހަމަޖެއްސެވިއެވެ.






