Wednesday, April 17, 2024

ޤައުމީ ޚިދުމަތްތެރިންގެ ތެރެއިން: ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް

 



ޢަބްދުﷲ ސަޢީދު 
 

ގ. ކަނޑިތޮޅިއާގެ، ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ދިވެހި އަސްކަރިއްޔާގައި 18 ފެބުރުވަރީ 1985 އިން، 17 އެޕްރީލް 2024 އަށް 39 އަހަރާއި 1 މަހާއި 30 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ލާންސް ކޯޕްރަލް ރޭންކުގައި އަސްކަރީ ޚިދުމަތް ފެށްޓެވި ލެފްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ވެސް ފުރުއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވީ  17 ނޮވެންބަރު 2023 އިން 17 އެޕްރީލް 2024 އަށެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް އައްޔަން ކުރެއްވުމަށް ހަމައަށް 11 ޑިސެންބަރު 2018 އިން ފެށިގެން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައެވެ. 17 އެޕްރީލް 2024 ގައި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ އުމުރުފުޅުން 60 އަހަރު ފުރުމާގުޅިގެންނެވެ. ސިފައިންގެ ޤާނޫނުގައި ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ އެންމެ މަތީ އުމުރަކީ 60 އަހަރެވެ.

 

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...