Monday, October 30, 2023
މަނަދޫ މުރީދު އާއިލާ
މަނަދޫ ކެލާ އާއިލާ
Sunday, October 29, 2023
ހުވަދޫ ކެޔޮޅުގެ އާއިލާ
މަނަދޫ މޫސާމަނިކުބޭގެ ދަރިކޮޅު
މަނަދޫ ކަތީބުގެ މޫސަބޭގެ ދަރިކޮޅު
Saturday, October 28, 2023
އަސްކަރީ މެޑެލީގެ ވެރިޔާ، ކޮމާންޑަރ ބަންދު މުޙައްމަދު ކަލޭފާނުގެ އަސްކަރީ އަދި ޤައުމީ މަތިވެރި ޚިދުމަތްތައް
Friday, October 27, 2023
ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދު މަނިކުގެ އަސްކަރީ ޚިދުމަތް
ޢުމަރުގެފާނުގެ މަދަނީ އަދި އަސްކަރީ އިދާރީ ސިޔާސަތު
ކުރީގެ ގަބޫލުކުރުމެއް - "މާލެއަކަށް ބޮމެއް ނޭޅޭނެ"
މަލަން ދޮހުއްތު - މަނަދޫއަށް ގިނަ ރޮނގުތަކަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަތޮޅުވެރިއެއް
Tuesday, October 24, 2023
ޢަބްދުލްޢަޒީޒް ޔޫސުފް - ނ. އަތޮޅު ދުށް މަޤުބޫލު އަތޮޅުވެރިޔެއް
އަރަބި ދިފާޢީ މުޢާހަދާ
ޢަބްދުﷲ ސަޢީދު
އަރަބި ދިފާޢީ މުއާހަދާ ނުވަތަ ޢަރަބް ޑިފެންސް ޓްރިޓީ އަކީ 18 ޖޫން 1950 ވަނަ އަހަރު ޢަރަބި ޤައުމުތަކުން އެކުލަވާލި މުއާހަދާއެކެވެ. ޙަޤީޤަތުގައި މި މުއާހަދާއަކީ ޢަރަބި ލީގުގެ ޤައުމުތަކުން މިޞްރުވެރި ވެރިރަށް ޤާހިރާގައި ސޮއިކުރި "ޖޮއިންޓް ޑިފެންސް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޓްރީޓީ" އެވެ. އެ މުއާހަދާގެ ދަށުން އަރަބި ލީގުގައި މުހިންމު ދެ މުއައްސަސާއެއް އުފެއްދިއެވެ. އެއީ ޖޮއިންޓް ޑިފެންސް ކައުންސިލާއި، އިޤްތިޞާދީ ކައުންސިލެވެ. ފަހުން ވަނީ މި ކައުންސިލުގެ ނަން އިޤްތިޞާދީ އަދި އިޖްތިމާޢީ ކައުންސިލްގެ ނަމަށް ބަދަލުކޮށްފައެވެ.
Monday, October 23, 2023
ހައިކަލް ސުލައިމާން އަކީ ކޮބާ؟
ޢަބްދުﷲ ސަޢީދު
ޔަހޫދީން ކިޔާ ހައިކަލް ސުލައިމާން އަށް "ސޮލޮމޮން ޓެމްޕަލް" ނުވަތަ "ފަސްޓް ޓެމްޕަލް" ވެސް ކިޔައެވެ. ތަފާތު ނަންނަމުން ކިޔަސް އެތަން ނިސްބަތް އެ ކުރަނީ ނަބިއްޔާ ސަލާމްލެއްވި ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ކަމަށްވާ "ބައިތުލްމަޤްދިސް" އަށެވެ. މައިތުލްމަޤްދިސް ހުރި ސަރަޙައްދަށް މުސްލިމުން ކިޔަނީ "އަލްޙަރަމުއްޝަރީފް" އެވެ. އިނގިރޭސީން ކިޔަނީ "ޓެމްޕަލް މައުންޓް" އެވެ.
މާތްﷲ ގެ އަމުރުފުޅަށް ޤުދުސްގެ ބިމުގައި ނަބިއްޔާ ސުލައިމާންގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވިއެވެ. އެ މިސްކިތްކޮޅު ބިނާ ކުރެއްވީ ދުނިޔޭގައި މާތްﷲ އަށް އަޅުކަން ކުރުމަށް ދެވަނައަށް ބިނާކުރެވުނު މަސްޖިދުލް އަޤްޞާ ބިނާކުރެވިފައިވާ ސަރަޙައްދުގައި ކަމަށް ތާރީޚީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ދުނިޔޭގައި މާތްﷲ އަށް އަޅުކަން ކުރުމަށް ފުރަތަމަ ބިނާކުރެވުނީ މައްކާގައި ހުންނަ މަސްޖިދުލް ޙަރާމެވެ. މަސްޖިދުލް އަޤްޞާ ބިނާކުރެވުނީ މަސްޖިދިލް ޙަރާމް ބިނާކުރެވުނުތާ 40 އަހަރު ފަހުންނެވެ. މި ދެ މިސްކިތް ވެސް ބިނާކުރެއްވީ ސަލާމްލެއްވި އާދަމްގެފާނަށްފަހު ސަލާމްލެއްވި އިބްރާހީމްގެފާނެވެ. މުސްލިމުން މަސްޖިދުލް އަޤްޞާ ކިޔަނީ އެތައް ނަބީބޭކަލުންނަކާއި ރަސޫލު ބޭކަލުންނެއްގެ ވެސް ތާރީޚާ ގުޅިފައިވާ ސަރަޙައްދަކަށެވެ.
Wednesday, October 18, 2023
ފަލަސްޠީނުގެ ގަދީމީ ތާރީޚު
ޢަބްދުﷲ ސަޢީދު
ފަލަސްޠީނުގެ ގަދީމީ ތާރީޚު އޮޅުވާލުމަށް އިސްލާމްދީނުގެ ޢަދުވުން ޚާއްޞަ ޔަހޫދީން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒަޔަނިސްޓް ޔަހޫދީންކުރާ މިލުކުވެރިކަމުގެ ދައުވާ ސައްހަ އެއްޗަކަށް ހެދުމަށް ޓަކައެވެ. އެހެން ނަމަވެސް ފަލަސްޠީނުގެ ތާރީޚު ގުޅިފައިވަނީ ދުނިޔޭގެ ތާރީޚުގެ ވަރަށް މުހިންމު ހާދިސާތަކަކާ ކަމަށްވާތީ އެ ޙަޤީޤަތް އޮޅުވާލެވިފައެއް ނުވެއެވެ.
Sunday, October 15, 2023
މަނަދޫ މާމިސްކިތް ސަރަޙައްދު – މަނަދޫގެ އެންމެ ދުވަސްވީ ތާރީޚީ ތަރިކަ
ޢަބްދުﷲ ސަޢީދު
Tuesday, October 10, 2023
އެމްޔޫޓީސީ - މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުނި
ޢަބްދުﷲ ސަޢީދު
މަނަދޫގައި ހެދި އެންމެ ބޮޑު ވިޔަފާރި ކުންފުންޏަކީ އެމް.ޔޫ.ޓީ.ސީ އެވެ. އެއީ "މަނަދޫ ޔުނައިޓެޑް ޓްރޭޑިންގ ކޮމްޕެނީ" އެވެ. މި ކުންފުނި އުފެއްދިކަމަށް ބެލެވެނީ 1950 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ.
އެމްޔޫޓީސީ އުފެއްދީ އޭރު މަނަދޫގައި ތިބި އެންމެ ބޮޑު ތިން މުއްސަނދިންނެވެ. އެއީ މަނަދޫ ފިނިވާގޭ ޤާސިމް ހާރޫނު (ކާސިން ހާޖީ) އާއި މަނަދޫ ދިލްބަހާރުގޭ އިބްރާހީމް ހާރޫނާއި މަނަދޫ ރަތްވިލާގޭ އަޙްމަދު ކަލޭފާނެވެ. މި ތިން ބޭފުޅުންގެ ތެރެއިން މަނަދޫ ކާސިންހާޖީ އާއި އިބްރާހީމް ހާރޫނަކީ ދެބެންނެވެ. އެއީ މަނަދޫ ހާރޫނު ހާޖީ ކަލޭފާނުގެ ދެ ބޭފުޅުންނެވެ. އަޙްމަދު ކަލޭފާނަށް ވުރެ މި ދެ ބޭފުޅުންގެ މުދާވެރިކަމާއި މުއްސަނދިކަން އޭރު ތަންކޮޅެއް ބޮޑެވެ. އެކަމަކު ސިޔާސީ ގޮތުން އަޙްމަދު ކަލޭފަނަކީ އޭރު ވެސް ބާރުގަދަ ބޭފުޅެކެވެ. އެމްޔޫޓީސީ އުފެއްދީ ތިން ބޭފުޅުންގެ ހިއްސާ އެއްވަރަކަށް ބާއްވައިގެން ތިން ބޭފުޅުން ވެސް އެއް ވަރަކަށް ބައިވެރިވުން ބާއްވާ ގޮތަށެވެ.
Thursday, October 5, 2023
ވެރިކަމުގެ ނިޒާމު
Tuesday, October 3, 2023
ދިވެހި އަސްކަރިއްޔާއަށް މުޙައްމަދު އަމީނު ގެންނެވި ޒަމާނީ ބަދަލުތައް
ޢަބްދުﷲ ސަޢީދު
ދިވެހި އަސްކަރިއްޔާގެ ބާރުތައް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ލިބިވަޑައިގަތީ ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް އެމަނިކުފާނަށް ލިބިވަޑައިގެންނެވުމާއެކުގައެވެ. ދައުލަތް ހިންގެވުމުގެ އެންމެ މަތީބާރާ ހަވާލުވެ ވަޑައިގެން ހުންނެވި ވަޒީރުއްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީ ޗުއްޓީއެއް ނެންގެވުމާއެކު ވަޒީރުއް ދާޚިލިއްޔާގެ ޤާއިމް މަޤާމުގެ ގޮތުން ދައުލަތް ހިންގެވުމުގެ ޒިންމާ، މުޙައްމަދު އަމީން ދީދީއާ ހަވާލު ކުރެވުނެވެ. މި ބަދަލާއެކު ސިފައިންގެ ވެރިކަން މުޙައްމަދު އަމީން ދީދީއަށް ލިބިވަޑައިގަތީ 1942 ވަނަ އަހަރުއެވެ. އެ ހިސާބުން ފެށިގެން ސިފައިންގެ ކަންތައްތަކުގެ ތެރެއަށް މުޙައްމަދު އަމީން ގެންދެވީ ވަދެވަޑައި ގަންނަވަމުންނެވެ.
Sunday, October 1, 2023
އަލްއަމީރު ޙަސަން ފަރީދު ދީދީގެ ސިފައިންގެ ވެރިކަން
ޢަބްދުﷲ ސަޢީދު
ސިފައިންގެ ވެރިކަމުގެ ބާރުތައް އަލްއަމީރު ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގަތީ ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީއާ އެކުގައެވެ. އެ ޤާނޫނު އަސާސީގެ ދަށުން ދެ ވުޒާރާއެއްގެ ވަޒީރުކަމާއެކު ވަޒީރުލްޢަސްކަރިއްޔާގެ ނާއިބުކަން ލިބިވަޑައިގަތުމުންނެވެ. ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސް ވެރިޔަކަށް އޭރަކު ހުންނަވާ ބޭފުޅެކެވެ. ރަސްކަމުގެ ދުވަސްވަރު އެއީ ކީރިތި މަހާރަދުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހި ރަސްކަމުގެ ތަޚުތުގައި ރަސްކަލަކު ނެތި ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ވެސް ޙަސަން ފަރީދު ދީދީއަށް ލިބިވަޑައިގެންނެވިއެވެ. ކުރިއްސުރެ ސިފައިންގެ މައްޗަށް އޮތް ނުފޫޒާއި ބާރުގެ އިތުރުން އެ ދުވަސްވަރު ދިވެހި ސިފައިންގެ އެންމެ މަތީ ވެރިކަން ވެސް ޙަޤީޤަތުގައި އޮތީ އެމަނިކުފާނުގެ އަތްޕުޅުގައިކަމަށް ދެންނެވިދާނެއެވެ.
ރިޔާސީ އިންތިޚާބު 2023 ގައި ރާއްޖޭގެ 100 ދީނީ ޢިލްމުވެރިންގެ ބަސް
ޢަބްދުﷲ ސަޢީދު
ތިރީގައި މިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ދިވެހިރާއްޖޭގެ 100 ދީނީ ޢިލްމުވެރިއަކު ނެރުއްވި އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅީ ކޮން ބޭފުޅެއްކަން ބަޔާންކުރައްވާ ނެރުއްވި ބަޔާނެވެ. މި ބަޔާން މި ބްލޮގުގައި ޝާއިޢު މިކުރަނީ ހަމައެކަނި ތާރީޚަށް ޓަކައެވެ. މި ބްލޮގުގައި މި ބަޔާން ޕަބްލިޝިން މިކުރެވެނީ އިންތިޚާބު ނިމުމަށްފަހުގައެވެ.
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...