ފެނަކީ ހުރިހާ
ދިރުމެއްގެ އަސްލެވެ. ހަމަ އެހެންމެ، ފެނަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ
ގިނަގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އިންސާނުންނާއި ދިރުން
ހުރި ކޮންމެ އެއްޗެއް މާތް ﷲ ލައްވާފައިވަނީ ފެނުންނެވެ. ފެނަކީ ޠާހިރު އަދި
އެހެން އެއްޗެތި ޠާހިރު ކުރުވާ، ޠާހިރު ކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ﷲ
މިންވަރު ކުރައްވާފައިވާ އެހެނިހެން ނިޢުމަތްތަކެކޭ އެއްފަދައިން ފެނަކީވެސް ވަކި
މިންވަރަކަށް ކަނޑައަޅުއްވާފައިވާ ނިޢުމަތެކެވެ. ފެން އުފެދިފައިވަނީ އޮކްސިޖަނާއި،
ހައިޑްރޯޖަން އެކުލެވިގެންނެވެ.
Saturday, December 6, 2014
Thursday, December 4, 2014
ސިފައިންގެ ފެމެލީ އެސޯސިއޭޝަން، ސިފަމާ އާއި މޯލްޑިވްސް މިލިޓަރީ ވެޓަރަންސް، މޯލްވެޓްސް
ޢަބްދުﷲ ސަޢީދު
"ސިފަމާ"
-----

މި ޚާއްޞަ ރަސްމިއްޔާތުގަައި ސިފައިންގެ ފެމެލީ
އެސޯސިއޭޝަން (ސިފަމާ) އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
އިލްޙާމް ޙުސައިނެވެ. މޯލްޑިވްސް މިލިޓަރީ ވެޓެރަންސް (މޯލްވެޓްސް) އިފްތިތާޙްކޮށްދެއްވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ.
ސިފައިންގެ
ފެމެލީ އެސޯސިއޭޝަން (ސިފަމާ) ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 2012
ސެޕްޓެންބަރު 12 ވަނަ ދުވަހުއެވެ. ސިފަމާގެ ހިންގާކޮމެޓީގެ އިންތިޚާބު ބާއްވައި،
އިފްތިތާޙު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލެއްވި ކޮމެޓީގެ
ޗެއަރމަންއަކީ ކާނަލް ޢަލީ ޒުހައިރެވެ. އެހިސާބުން ފެށިގެން ސިފަމާއަށް މެމްބަރުން
ހޯދުމަށާއި ހިންގާ ކޮމެޓީގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް
ކެޕްޓަން ޙުސައިން ޢަލީގެ ޗެއަރމަން ކަމުގެ ދަށުން އިންތިޚާބީ ކޮމެޓީއެއް
އެކުލަވާލައި މަސައްކަތް ފެށިއެވެ. ހަމައެއާއެކު ސިފަމާ އިފްތިތާޙު ކުރުމުގެ
ޙަފްލާގެ އެންމެހާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކެޕްޓަން ޢަލީ މަނިކުގެ
ޗެއަރމަން ކަމުގެ ދަށުން ކޮމެޓީއެއް އެކުލަވާލައި މަސައްކަތް ފެށިއެވެ.
ސިފަމާގެ ލީފްލެޓް
ތައްޔާރުކޮށް، ސިފައިން ދިރިއުޅޭ ބަނޑޭރިކޮށީގެ ގޭބިސީތަކަށާއި ވިލިމާލެ ފުލެޓްގެ ގޭބިސީތަކަށް "އޮޅިން އޮޅިއަށް"
ކެމްޕޭނެއް ފެއްޓިއެވެ. އަދި ޔުނިޓްތަކުގެ އެންލިސްޓެޑް ލީޑަރުން މެދުވެރިކޮށް ސިފައިން
ހޭލުންތެރިކުރަން ފެށިއެވެ. ހުރިހާ އޮފިސަރުންނަށް ސިޓީއަކުން މަޢުލޫމާތު
އެރުވުމުގެ އިތުރުން ޔުނިޓުތަކުގެ ކޮމާންޑަރުންނާއި ޑެޕިއުޓީ ކޮމާންޑަރުން
އެކްޓިންގ ކޮމާންޑް ސާރޖަންޓް މޭޖަރުންނާ ވައިސް ޗީފް އޮފް ޑިފެންސް ފޯސް
ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި ސިފަމާއާ ބެހޭ
މަޢުލޫމާތު ދެއްވިއެވެ. އޭރުއައީ މެމްބަރޝިޕަށް އެދި ގިނަ އަދަދެއްގެ ބަޔަކު ފޯމް
ފުރަމުންނެވެ. އެހިސާބުން ހިންގާ ކޮމެޓީގެ އިންތިޚާބު އިޢުލާންކުރިއެވެ. ހިންގާ
ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ސާރވިސް ކޯރ ގެ
އޮފިސަރ ކޯރ އަށް ނިސްބަތްވާ ދާއިރާ ފިޔަވާ ކޮންމެ އިންތިޚާބީ ކޮންމެ
މަޤާމަކަށްވެސް ކުރިމަތިލައްވާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ. މިދާއިރާއިން
ކުރިމަތިލެއްވި ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ނަން އަނބުރާ ގެންދެވުމުން
ވޯޓް ނުލައި ސިފަމާގެ ހިންގާ ޤަވާޢިދާ އެއްގޮތަށް އެފަރާތްތައް އިންތިޚާބުވީއެވެ.
ހިންގާ ކޮމެޓީ އިންތިޚާބު ވެގެންދިޔައިރު މެރިން ކޯރ ގެ ވޮރަންޓް އޮފިސަރ ކޯރ އަށް
ނިސްބަތް މެމްބަރަކު އިންތިޚާބަށް ކުރިމަތިލާފައިނުވާތީ ފުރަތަމަ ދައުރުގެ ހިންގާ
ކޮމެޓީގެ މަސައްކަތް ފެށިގެންދާނީ ހިންގާ ކޮމެޓީގެ 19 މެމްބަރުންނާއެކުގައެވެ.
ސިފަމާގެ ހިންގާ ކޮމެޓީ
1-
ޗެއަރޕާސަން: ޚަދީޖާ
ނަޢީމް
2-
ވައިސް ޗެއަރޕާސަން:
ޝެލްވިޔާ ޙަމީދު
3-
ސެކްރެޓަރީ ޖެނެރަލް
ފާޠިމަތު ފިރާޝާ
4-
ޚަޒާންދާރު މަރިޔަމް
ޝީނީޒް ޝާކިރު
5-
މުޝީރު: ޢާއިޝަތު
މުޙައްމަދު ސަމީރު
6-
އިތުރު މެމްބަރު:
އިލްހާނާ ނިޒާރު (ކޯސްޓްގާޑް / އޮފިސަރ ކޯރއަށް ނިސްބަތްވާ)
7-
އިތުރު މެމްބަރު:
ޢާއިޝަތު ބުޝްރީ (ކޯސްޓްގާޑް / ވޮރަންޓް
އޮފިސަރ ކޯރއަށް ނިސްބަތްވާ)
8-
އިތުރު މެމްބަރު:
ޒުލްފާ މުޙައްމަދު (ކޯސްޓްގާޑް /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
9-
އިތުރު މެމްބަރު:
ފާތިމަތު ޙުސައިން (ކޯސްޓްގާޑް /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
10-
އިތުރު މެމްބަރު:
މަރިޔަމް ރަޝީދާ (ކޯސްޓްގާޑް /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
11-
އިތުރު މެމްބަރު:
މަރިޔަމް ޝަރީފް (ސަރވިސް ކޯރ / އޮފިސަރ ކޯރއަށް ނިސްބަތްވާ)
12-
އިތުރު މެމްބަރު:
އައިމިނަތު ޙަމީދު (ސަރވިސް ކޯރ / ވޮރަންޓް
އޮފިސަރ ކޯރއަށް ނިސްބަތްވާ)
13-
އިތުރު މެމްބަރު:
އައިމިނަތު ރިންޒީ (ސަރވިސް ކޯރ /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
14-
އިތުރު މެމްބަރު:
ޝަހީމާ މުޙައްމަދު (ސަރވިސް ކޯރ /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
15-
އިތުރު މެމްބަރު:
އައިމިނަތު ޢަބްދުﷲ (ސަރވިސް ކޯރ / އެންލިސްޓެޑް
ކޯރއަށް ނިސްބަތްވާ)
16-
އިތުރު މެމްބަރު:
ފާޠިމަތު އިނާޔާ (މެރިން ކޯރ / އޮފިސަރ ކޯރއަށް ނިސްބަތްވާ)
17-
އިތުރު މެމްބަރު:
ޠޯމާ ޢަބްދުއްސަމަދު (މެރިން ކޯރ /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
18-
އިތުރު މެމްބަރު:
އައިމިނަތު ޞަބީހާ (މެރިން ކޯރ /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
19-
އިތުރު މެމްބަރު:
އައިމިނަތު ތައުމާ (މެރިން ކޯރ /
އެންލިސްޓެޑް ކޯރއަށް ނިސްބަތްވާ)
·
ހިންގާކޮމެޓީގެ
މެރިންކޯރ / ވޮރަންޓް އޮފިސަރ ކޯރ ދާއިރާއަށް ބޭފުޅަކު ކުރިމަތިލާފައި ނުވާތީ
އެގޮޑިއަށް ބޭފުޅަކު އިންތިޚާބު ކުރެވިފައެއް ނުވެއެވެ.
ސިފަމާގެ މަޤްޞަދުތައް:
1-
ސިފައިންގެ ޤައުމީ
ވާޖިބު އަދާކުރުމުގައި ސިފައިންގެ އާއިލާތަކުގެ މުޙިއްމު ދައުރާއި ހިއްސާ އަދި
ގުރުބާނީ ފާހަގަކުރުން.
2-
ސިފައިންގެ
ޢާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާއާލާކުރުން
3-
ސިފައިންގެ
ޢާއިލާތަކަށް ބޭނުންވާ އިނާޔަތްތަކާއި ރައްކާތެރިކަން ހޯދައިދިނުމުގައި
އެހީތެރިވެދީ، ޢާއިލާތައް ބާރުވެރިކުރުވުން
4-
ސިފައިންގެ
ޢާއިލާތައް ޙިމާޔަތްކޮށް، ސިފައިންގެ ޚިދުމަތާމެދު ޢާންމުރައްޔިތުންގެ މެދުގައި
އިޙްތިރާމް އުފެއްދުން.
5-
ސިފައިންގެ
ޢާއިލާތަކުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކުރުމާއި އަދަބީ ، ސަޤާފީ، އަދި
ފަންނުވެރިކަން ކުރިއަރުވާ އާލާކުރުން
6-
ކުޅިވަރު
ތަރައްޤީކޮށް ކުރިއެރުވުމާއި ޤައުމީ އަދި ބައިނަލް އަޤްވާމީ މުބާރާތްތަކުގައި
ތަމްސީލު ކުރުން
7-
ސިފައިންގެ
ޢާއިލާތަކަކީ ދުޅަހެޔޮ އަދި ފުދުންތެރިކަމާއި އަމާންކަމާއެކު ދިރިއުޅޭ ޢާއިލާތަކެއްގެ
ގޮތުގައި ހެދުން
8-
ސިފައިންނާއި
ސިފައިންގެ ޢާއިލާތަކާއި ޢާންމުރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުން
9-
ޢާއިލީ ގުޅުންތައް
ބަދަހިކޮށް، އިޖްތިމާޢީ ގުޅުންތައް ހަރުދަނާކުރުން
މޯލްވެޓްސް
----------

ކުރިން
ސިފައިންގޭގައި ޚިދުމަތްކުރައްވާފައިވާ ވަރަށް ސީނިއަރ އޮފިސަރުންވެސް
ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި
މޯލްވެޓްސް އާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ހަމަޖެހިފައިވާ ގޮތަށް ސިފައިންގެ
ފެމެލީ އެސޯސިއޭޝަން އިފްތިތާޙުކޮށް، މިއަހަރުގެ ނަޞްރުގެ ދުވަސް ކުލަގަދަކޮށް
ފާހަގަކުރުމަށް ކުރެވުނު މަސައްކަތްތަކާއި ހިންގުނު ހަރަކާތްތަކުގައި ބައިވެރިވި
ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ނޮވެމްބަރު 28 ގައި މި
އެސޯސިއޭޝަންވެސް އިފްތިތާޙު ކުރުމަށެވެ.
މޯލްވެޓްސްގެ
ފުރަތަމަ ދައުރުގެ އިންތިޚާބުގެ ކަންތައްތައް ނިމެންދެން، ވަގުތީގޮތުން
އެސޯސިއޭޝަން ހިންގުމަށް އިސް ޚިދުމަތްތެރިންގެ ލަފާފުޅާއެކު މުއައްސިސުން 11
މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓްރިމް ކޮމެޓީއެއް އެކުލަވާލެއްވިއެވެ. އަދި
އެކޮމެޓީން ބައްދަލުވުމެއް ބާއްވަވާ ވަގުތީ ހިންގާ ކޮމެޓީގެ މަޤާމުތަކަށް
އޭގެތެރެއިން މެމްބަރުން ހަމަޖެއްސުމަށް ނިންމެވިއެވެ. ނޮވެމްބަރު 25
ވަނަދުވަހުގެރޭ ބީކޭ ކޮންފަރެންސްހޯލް-1 ގައި ބޭއްވި އިންޓްރިމް ކޮމެޓީގެ ފުރަތަމަ
ބައްދަލުވުމުން ވަގުތީ ހިންގާ ކޮމެޓީވަނީ އެކުލަވާ ލައްވާފައެވެ. ވަގުތީ ހިންގާ
ކޮމެޓީ އެކުލަވާލެއްވިއިރު މޯލްވެޓްސްގެ އިންތިޚާބީ ހިންގާ ކޮމެޓީގައި
އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި އިންތިޚާބުކުރެވޭ އަދަދު ފަހަކުން
ހަތަކަށްވަނީ އިތުރުކޮށްފައެވެ.
ވަގުތީ ހިންގާ ކޮމެޓީ
1-
މޯލްވެޓްސް ކޮމާންޑަރ
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު
2-
މޯލްވެޓްސްގެ
ޑެޕިއުޓީ ކޮމާންޑަރ ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމް
3-
އޮޕަރޭޝަންސް އޮފިސަރ
ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް އަފްޒަލް
4-
ފައިނޭންޝަލް އޮފިސަރ
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ނަޢީމް މުޙައްމަދު
5-
އިތުރު މެމްބަރު:
ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް)
6-
އިތުރު މެމްބަރު:
ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރު
7-
އިތުރު މެމްބަރު: ލެފްޓިނަންޓް
ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު
8-
އިތުރު މެމްބަރު:
ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒަރީރު
9-
އިތުރު މެމްބަރު:
މޭޖަރ (ރިޓަޔަރޑް) ޙުސައިން ޝާކިރު
10-
އިތުރު މެމްބަރު ރިޓަޔަރޑް،
ކެޕްޓަން ޙުސައިން ޝާމް
11-
އިތުރު މެމްބަރު:
ރިޓަޔަރޑް ފަސްޓްލެފްޓިނަންޓް ޢަލީ ރިޔާޒް
މޯލްވެޓްސްގެ މަޤްޞަދުތައް:
1-
ޚިދުމަތުގައި
ދެމިތިބި ސިފައިންނާ ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ވަކިވާ
ފަރާތްތަކުގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމުކޮށް ދެމެހެއްޓުން؛
2-
އިސްޚިދުމަތްތެރިންނަކީ
ވަރަށް އަގުހުރި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ދިވެހި ޤައުމަށާއި
އަސްކަރިއްޔާއަށް ކޮށްދީފައިވާ ބަޔަކަށް ވީހިނދު، އެފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަން ކުރުން؛
3-
އިސްޚިދުމަތްތެރިންނަކީ
ޚާއްޞަ ތަމްރީން ތަކަކާއި ސިފަތަކެއް ލިބިފައިވާ ސިފަވަންތަބަޔަކަށް ވީހިނދު އެސިފަތައް ދިވެހި މުޖުތަމަޢުގައި ދަމަހައްޓާ
ޝަރަފާއި އިއްޒަތާއެކު އަބުރުވެރި ދިރިއުޅުމެއް ދެމެހެއްޓުން؛
4-
ސިފައިންގެ ޤައުމީ
ވާޖިބު އަދާކުރުމަށްފަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ
ފަރާތްތަކުގެ މުހިއްމު ދައުރު ފުޅާކޮށް ހަރުދަނާކުރުން؛
5-
ސިފައިންނާއި، ސިފައިންގެ އާއިލާތަކާއި
އަދި ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ވަކިވާފަރާތްތަކާއި،
އެފަރާތްތަކުގެ އާއިލާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން
ދިރުވާއާލާކުރުން؛
6-
ސިފައިންގެ
ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ
އިނާޔަތްތަކާއި ރައްކާތެރިކަން ހޯދައިދިނުމުގައި އެހީތެރިވެދީ، ޢާއިލާތައް
ބާރުވެރިކުރުވުން؛
7-
ސިފައިންގެ
ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތައް
ޙިމާޔަތްކޮށް ޢާންމު ރައްޔިތުންގެ
މެދުގައި އިޙްތިރާމް ދެމެހެއްޓުން؛
8-
ސިފައިންގެ
ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކުން ރައްޔިތުންގެ ލާބަޔާ
މަންފާއަށްޓަކައި އިޖުތިމާއީ މަސައްކަތްތައް ރާވާ ހިންގުން؛
9-
ސިފައިންގެ
ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާގެ
މެންބަރުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކުރުމާއި އަދަބީ ، ސަޤާފީ، އަދި
ފަންނުވެރިކަން ކުރިއަރުވާ އާލާކުރުން؛
10-
ސިފައިންގެ
ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކުގެ ޢާއިލާތަކަކީ ދުޅަހެޔޮ އަދި
ފުދުންތެރިކަމާއެކު އަބުރުވެރި ދިރިއުޅުމެއް
އުޅެވޭނެބަޔަކަށް ހެދުމަށް އެހީތެރިވެދިނުން؛
11-
ސިފައިންގެ
ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތައް
އަމާންކަމާއެކު ދިރިއުޅޭ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުމާއި، ޢާއިލީ ގުޅުމާއި އިޖުތިމާޢީ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް
އެހީތެރިވެދިނުން؛
12-
ސިފައިންގެ
ކުރިއެރުމާއި ތަރައްޤީއަށް ފަންނީ އަދި ޕްރޮފެޝަނަލް ލަފާއާއި މަޝްވަރާ ދިނުން؛
13-
ސިފައިންގެ
ތަޞައްވުރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި، ސިފައިންގެ ޚިދުމަތަކީ
ރައްޔިތުން ބަލައިގަންނަ މަޤްބޫލު ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރުން.
14-
ސިފައިންގެއިން
ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވާ ފަރާތްތައް، މަދަނީ ދިރިއުޅުމަކަށް
އަހުލުވެރިކުރުމަށް ޕްރޮގްރާމްތައް ހިންގައި އެފަރާތްތަކަށް އެހީތެރިކަން
ފޯރުކޮށްދިނުން.
Subscribe to:
Posts (Atom)
މާސިނަރީން ގެންނަން އުޅުނު އިންޤިލާބު
ޢަބްދުﷲ ސަޢީދު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...
.jpg)
-
ޢަބްދުﷲ ސަޢީދު ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާ...
-
ޢަބްދުﷲ ސަޢީދު ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤ...
-
ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސ...